Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޮލީބޯލް އެސޯސިއޭޝަން

ވީއޭއެމް އެކްސޯގެ ބައެއް މެމްބަރުން އަދި އޮފިޝަލުން ސޮނޭވާ އަށް އަރުވަން ދެކޮޅު ހެދުމުން ފައިނަލް މެޗު ކެންސަލްކޮށްފި

ފައިނަލްގައި ވާދަކުރަނީ ސޮނޭވާ އަދި އަނަންތަރާ

ލީވާން އަލީ
ލީވާން އަލީ | 15 އޯގަސްޓު 2017 | އަންގާރަ 08:06
ވީއޭއެމްގެ އެކްސްކޯގައި ހިމެނޭ ބައެއް މެމްބަރުން

ވީއޭއެމްގެ އެކްސްކޯގައި ހިމެނޭ ބައެއް މެމްބަރުން

ވޮލީބޯލް އެސޯސިއޭޝަންގެ އެކްސްކޯ ބައެއް މެމްބަރުން އަދި އޮފިޝަންލުން ސޮނޭވާ ފުއްޓަށް އަރުވަން ދެކޮޅު ހެދުމުން އިންޓަ ރިސޯޓް ވޮލީބޯލް މުބާރާތުގެ ޒޯން ފަހެއްގައި އަނަންތަރާ ކިހާވަށް ވިލާސް އަދި ސޮނޭވާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ ފައިނަލް މެޗު ކެންސަލްކޮށްފި އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފައިނަލް މެޗު ކެންސަލްކޮށްފައިވަނީ ވީއޭއެމްގެ އެކްސޯގައި ހިމެނޭ އެކްޓިން ޖެނެރަލް ސެކެޓްރީ އަދި ޓެކްނިކަލް ޑައިރެކްޓަރު މުހައްމަދު ޝަރަފު އާއި ޑިސިޕްލިނަރީ ކޮމެޓީގެ ޗެއާމަން އަލީ ލަތީފުގެ އިތުރުން ވީއޭއެމްގެ އޮފިޝަލުން ކަމަށްވާ ޖަމްޝާދު ޖައުފަރު، އަހުމަދު މިޔާން އަދި ނަސީމް އަލީ އަށް ސޮނޭވާ އަށް އަރުވަން ދެކޮޅުހެދުމުންނެވެ.

ވީއޭއެމްގެ އޮފިޝަލުން އަދި އެކްސްކޯ ބައެއް މެމްބަރުން ފައިނަލް މެޗަށް ސޮނޭވާ އަށް ދިޔުމަށް ދަރަވަންދޫ އަށް އަންގާރަ ދުވަހު ހެނދުނު ވަނީ އައިސްފައެވެ. އެހެންނަމަވެސް އެ ރިސޯޓުން އެ މީހުން ބަލާ އައިސްފައެއްނުވެއެވެ. އެގޮތުން އެކްސްކޯ މެމްބަރުން އަދި އޮފިޝަލުން މިވަގުތު ތިބީ އަނަންތަރާގައެވެ.

އެކްސްކޯ މެމްބަރުން އަދި އޮފިޝަލުންނާއެކު ރާއްޖެއެމްވީގެ ނޫސްވެރިޔަކުވެސް ވަނީ ދަތުރުކޮށްފައެވެ. މީގެއިތުރުން ވީޓީގެ ނޫސްވެރިން ވެސް ފައިނަލް މެޗު ކަވަރު ކުރުމަށް ދަތުރުކުރިއެވެ. ވީޓީވީގެ ނޫސްވެރިން ދަރަވަންދޫގައި ތިބިއިރު، ރާއްޖެއެމްވީގެ ނޫސްވެރިޔާ ހުރީ ވީއޭއެމް އޮފިޝަލުން އަދި އެކްސްކޯ މެމްބަރުންނާއެކު އަނަންތަރާގައެވެ.

ވީއޭއެމް އިން ބުނީ ފައިނަލް މެޗު ކުޅެވޭނީ އެ އެސޯސިއޭޝަންގެ އެކްސްކޯ މެމްބަރުން އަދި އޮފިޝަލުން އެ ރިސޯޓަށް އެރުވިގެން ކަމަށާއި، އެއްވެސް އެކްސޯ މެމްބަރަކަށް އަދި އޮފިޝަލަކަށް އެ ރިސޯޓަށް އަރުވަން ދެކޮޅު ނެހެދޭނެ ކަމަށެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސޮނޭވާގެ ކޯޗު އިބްރާހިމް ރަޝީދު (ސަތޯ) ވަނީ ވީއޭއެމްގެ އޮފިޝަލުން އަދި އެކްސްކޯގައި ހިމެނޭ ބައެއް މެމްބަރުން ސޮނޭވާއަށް ނޭރުވުމަށް އެ ރިސޯޓަށް އަންގާފައެވެ.

ސަތޯއާ ބޮޑަށް މައްސަލަ ޖެހިފައިވަނީ އެކްޓިންގ ޖެނެރަލް ސެކެޓްރީ ޝަރަފްއާކަމަށްވެސް މައުލޫމާތު ލިބެއެވެ. ޝަރަފް އަކީ ފައިނަލް މެޗުގައި ސޮނޭވާއާ އިދިކޮޅަށް ނިކުންނަ އަނަންތަރާގެ ކުރީގެ ކޯޗެވެ. އޭނާ ވަނީ ފާއިތުވެދިޔަ ދެ އަހަރު އެ ރިސޯޓަށް މުބާރާތް ކާމިޔާބުކޮށްދީފައެވެ. އެގޮތުން ޝަރަފް ފައިނަލް މެޗަށް ގެނައުމަށް ސަތޯ ބޭނުންނުވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

އެހެންނަމަވެސް ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ސަތޯ ބުނީ މެޗު ކެންސަލްވިކަން އޭނާ އަށް ރިސޯޓުން އަންގާފައިނުވާ ކަމަށާއި، އޭނާ މަސައްކަތްކުރަމުން ދަނީ ޓީމު ރަނގަޅަށް ތައްޔާރުކޮށް ފައިނަލް މެޗަށްކަމަށެވެ. އެގޮތުން އޭނާ ބުނީ ފައިނަލް މެޗު ކެންސަލްކޮށްފިނަމަ ރިސޯޓަށް ވަރަށް ބޮޑަށް ގެއްލުން ވާނެ ކަމަށެވެ.

ވީއޭއެމްގެ ބައެއް އެކްސްކޯ މެމްބަރުން އަދި އޮފިޝަލުންނާއި ސަތޯއާ ދެމެދު މައްސަލަތަކެއް މީގެކުރިންވެސް ވަނީ ޖެހިފައެވެ. މީގެއިތުރުން މިހާރު ކުރިޔަށްދާ އިންޓަ ރިސޯޓް ވޮލީބޯލް މުބާރާތުގައި ވީއޭއެމްގެ ބައެއް އޮފިޝަލުންނާ ހަޑިހުތުރު ބަހުން މުއާމަލާތު ކުރުމުން އޭނާ އަށް ވަނީ އެކަން ތަކުރާރުނުކުރުމަށް ނަސޭހަތްވެސް ދީފައެވެ.

އިތުރަށް ކިޔާލަން

12 އޯގަސްޓު 2017

މިއަދުގެ މެޗަށް ނިކުންނައިރު ލިވަޕޫލްގެ މުހިންމު ބައެއް ކުޅުންތެރިން އަނިޔާގައި

12 އޯގަސްޓު 2017
މިއަދުގެ މެޗަށް ނިކުންނައިރު ލިވަޕޫލްގެ މުހިންމު ބައެއް ކުޅުންތެރިން އަނިޔާގައި
19 ޖުލައި 2017

ނިކުތީ ތިން ޕޮއިންޓް ހޯދަން، ކޮލިފައިވަނީ ކޮން ބައެއްތޯ ބަލާކަށް ނޫން: ސޮބާ

19 ޖުލައި 2017
ނިކުތީ ތިން ޕޮއިންޓް ހޯދަން، ކޮލިފައިވަނީ ކޮން ބައެއްތޯ ބަލާކަށް ނޫން: ސޮބާ
06 ޖުލައި 2017

ގައުމީ ޓީމުތައް ރީފޯމް ކުރުމުގެ މަސައްކަތް ވީއޭއެމްއިން ފަށައިފި

06 ޖުލައި 2017
ގައުމީ ޓީމުތައް ރީފޯމް ކުރުމުގެ މަސައްކަތް ވީއޭއެމްއިން ފަށައިފި
16 މެއި 2017

ގަވާއިދާ ޚިލާފަށް އެއްވެސް ޓީމެއްގެ ކުޅުންތެރިޔަކު ނުކުޅޭ: ވީއޭއެމް

16 މެއި 2017
ގަވާއިދާ ޚިލާފަށް އެއްވެސް ޓީމެއްގެ ކުޅުންތެރިޔަކު ނުކުޅޭ: ވީއޭއެމް
09 މެއި 2017

ގައުމީ ވޮލީ ޓީމުތަކަށް އަނެއްކާވެސް ހަތް މެމްބަރުންގެ ކޮމިޓީއެއް

09 މެއި 2017
ގައުމީ ވޮލީ ޓީމުތަކަށް އަނެއްކާވެސް ހަތް މެމްބަރުންގެ ކޮމިޓީއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު