Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާލެ ލީގު

ނިކުތީ ތިން ޕޮއިންޓް ހޯދަން، ކޮލިފައިވަނީ ކޮން ބައެއްތޯ ބަލާކަށް ނޫން: ސޮބާ

ގްރީން ސްޓްރީޓް ވަނީ ކުޅުނު 14 މެޗުން 27 ޕޮއިންޓް ހަމަކޮށްފަ

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 19 ޖުލައި 2017 | ބުދަ 15:43
ގްރީން ސްޓްރޯޓްގެ ހޭޑް ކޯޗް ސޮބާހް މުހަންމަދު

ގްރީން ސްޓްރޯޓްގެ ހޭޑް ކޯޗް ސޮބާހް މުހަންމަދު

މެޗަށް ނިކުތީ ތިން ޕޮއިންޓް ހޯދަން ކަމަށާއި، ޕްރެމިއާ ލީގަށް ކޮލިފައިވަނީ ކޮން ކަމެއްތޯ ބަލަން ނޫން ކަމަށް ގްރީން ސްޓްރީޓުގެ ކޯޗް ސޮބާހް މުހަންމަދު (ސޮބާ) ބުނެފިއެވެ.

އެސްޓީއޯ މާލެ ލީގުގެ ފަހު މެޗުގައި ކްލަބް އީގަލްސް އާއި ދެކޮޅަށް ކުޅުނު މެޗް ކާމިޔާބުކުރުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ސޮބާ ބުނީ، ޕްރެމިއާ ލީގުން ޖާގައެއް އޮތީ ކުރިންވެސް ކަށަވަރު ވެފައި ކަމަށާއި ނަމަވެސް 3 ޕޮއިންޓް ލިބެން އޮއްވާ ދޫކޮށްލާކަށް ނުޖެހޭ ކަމަށެވެ. އެގޮތުން، މެޗަށް ނިކުތީ ތިން ޕޮއިންޓް ހޯދަން ކަމަށް ސޮބާ ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން ސޮބާ ބުނީ، ހާސިލް މިވީ ވަރަށް ބޮޑު އެޗީވްމަންޓެއް ކަމަށާއި، ފުރަތަމަ ފަހަރަށް ފުރަތަމަ ޑިވިޝަނަށް ކޮލިފައިވެ، މާލެ ލީގުގެ 2 ވަނަ މަގާމުގައި އޮވެ ލީގު ނިންމާލަން ލިބުމަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ. ސޮބާ ބުނީ، މުޅި ޓީމުވެސް އަބަދުވެސް މަސައްކަތް ކުރަމުން އައީ ޕްރެމިއާ ލީގަށް ކޮލިފައި ވާއިރު، މުޅި ޓީމުވެސް މޯޓިވޭޝަން ވާ ވަރުގެ ނަތީޖާއެއް ހިފައިގެން ކޮލިފައި ވާން ކަމަށެވެ.

މާލެ ލީގުގެ ފަހު މެޗުގައި އީގަލްސް އާއި ދެކޮޅަށް ކުޅުނު މެޗް އެޓީމުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. އެގޮތުން އެޓީމް ވަނީ ކުޅުނު 14 މެޗުން 27 ޕޮއިންޓް ހަމަކޮށް ވަގުތީ ގޮތުން ތާވަލުގެ އެއްވަނައަށް އަރާފައެވެ. ނަމަވެސް ލީގުގެ ފަހު މެޗުގައި މާޒިޔާ އާއި ނިއު ބައްދަލުކުރާ މެޗުން ނިކުންނަ ނަތީޖާއިން ތާވަލަށް ބަދަލު އަންނާނެ އެވެ. އެގޮތުން ފަހު މެޗުން މާޒިޔާ ނުވަތަ ނިއު މޮޅުވި ނަމަވެސް ގްރިންއަށް 2 ވަނަ މަގާމުގައި އޮވެ ލީގު ނިންމާލެވޭނެއެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ
30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން

26 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު