Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގައުމު ބަގުރޫޓުވެ ބޮއްސުންލުން

ރައީސް މުއިއްޒުގެ ސަރުކާރާއެކު ރާއްޖެވަނީ ބޮއްސުންލާފައި: ވަހީދު

8 ސެޕްޓެމްބަރު 2024 | އާދީއްތަ 12:12

ކުރީ ސަރުކާރު ކުށްވެރި ކުރިނަމަވެސް މިސަރުކާރުގެ ބޭފުޅުންނަށް މަސްއޫލިއްޔަތުން ރެކެވެން ނޯންނާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 8 ސެޕްޓެމްބަރު 2024 | އާދީއްތަ 12:12
ފަލަސުރުހީ ޕްރޮގްރާމްގައި ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު ވާހަކަދައްކަވަނީ

ފަލަސުރުހީ ޕްރޮގްރާމްގައި ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު ވާހަކަދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރާއެކު ދިވެހިރާއްޖެ ބޮއްސުންލާފައިވާ ކަމަށާއި، ގައުމު ދަނީ ބަގުރޫޓުވަމުން ކަމަށް ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވަހީދު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެންޕޭން އަދި 20 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ކެންޕޭންގެ ތެރޭގައި މިސަރުކާރުގެ ބޭފުޅުން ދެއްކި ވާހަކައާއި މިހާރު ދައްކަމުންދާ ވާހަކަތައް މުޅިން ތަފާތުވެފައިވާ ކަމަށެވެ. މިއީ ރައްޔިތުންނަށް ކަންކަން އޮޅުވާލުން ކަމަށް ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު ގައުމުގެ އިގްތިސާދީ ހާލަތު ރަނގަޅަށް އެނގިވަޑައިގަންނަވާ، ދަރަނި ދެއްކޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް ދެއްވި ކަމަށެވެ. ނަމަވެސް ހުރިހާ ކަމެއް ބޮއްސުންލައިގެން ދިއުމުން ކުރީ ސަރުކާރު ކުށްވެރި ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، ކުރީ ސަރުކާރު ކުށްވެރި ކުރިނަމަވެސް މިސަރުކާރުގެ ބޭފުޅުންނަށް މަސްއޫލިއްޔިތުން ރެކެވެން ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ސަރުކާރުގެ ބޭފުޅުންގެ އަމަލުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ގެއްލުމެއް ކުރިމަތިވިކަން ފާހަގަކުރައްވައި ވަހީދު ވިދާޅުވީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަމުން އައި ގައުމުތަކުން ފަތުރުވެރިން އައުން އިންތިހާއަށް މަދުވެ، ރާއްޖެއާ ދެކޮޅަށް އެންޓި ކެންޕޭންތައް ކުރިއަށް ގެންދިޔަ ކަމަށެވެ. އަދި އެކަމުގެ ގެއްލުން ކުރިމަތިވީ މުޅި ރާއްޖެއަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ވަހީދު ވިދާޅުވީ މިސަރުކާރާއެކު ރާއްޖޭގެ ހާރިޖީ ސިޔާސަތު ހަލާކުކޮށްލާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންނަށް ދެމުންދިޔަ ޚިދުމަތްތަކަށް ވެސް ބުރޫއަރުވާފައިވާ ކަމަށެވެ. އެގޮތުން ބޭރު ގައުމުތަކުގެ ހޮސްޕިޓަލްތަކުން ލިބުނު އާސަންދަ ޚިދުމަތް މެދުކަނޑާލާފައިވާކަން ވަހީދު ފާހަގަކުރެއްވިއެވެ.

ވަހީދު ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރަށް ގައުމު ހިންގަން ނޭނގޭ ކަމަށެވެ.

ނަތީޖާއެއް ގޮތުން ކޮވިޑް-19ގެ ހާލަތުގައި ވެސް ދަތިނުވާ މިންވަރަށް މާލީ ހާލަތު ދަށްވެ، ވިޔަފާރިތައް ބަގުރޫޓުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ވަހީދު ވިދާޅުވީ ޑޮލަރުގެ ތާށިކަން ވެސް އިންތިހާއަށް ކުރިމަތިވެފައިވާ ކަމަށާއި، ރާއްޖޭގެ މަސައްކަތްތެރިކަމުގެ ހުރިހާ ދައިރާއެއް ހަލާކުވަމުންދާ ކަމަށެވެ. އަދި ވިދާޅުވީ ގައުމު މިއަދު އޮތީ ބޮއްސުންލާފައިވާ ކަމަށެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް