Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ނޭޝަންސް ލީގު

އިންގްލެންޑުން އަޔަލެންޑް ބަލިކޮށްފި

މިއީ އިންގްލެންޑުގެ ވަގުތީ ކޯޗުކަމާ ހަވާލުވި، އެ ޤައުމުގެ 21 އަހަރުން ދަށުގެ ޤައުމީ ޓީމަށް އިރުޝާދު ދެމުން އަންނަ ލީ ކާސްލޭގެ އިރުޝާދުގެ ދަށުން އިންގްލެންޑު ކުޅުނު ފުރަތަމަ މެޗެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 8 ސެޕްޓެމްބަރު 2024 | އާދީއްތަ 06:50
މެޗުގައި ލަނޑު ޖެހުމަށްފަހު އިންގްލެންޑުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު އިންގްލެންޑުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ޔުއެފާ ނޭޝަންސް ލީގު ބީގެ، ގްރޫޕް ތިނެއްގައި އަޔަލެންޑާ ދެކޮޅަށް ކުޅުނު މެޗުން އިންގްލެންޑު މޮޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ އަވިވާ ސްޓޭޑިއަމްގައި ކުޅުނު މެޗު އިންގްލެންޑުން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގައި އިންގްލެންޑުން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. މިއީ އިންގްލެންޑުގެ ވަގުތީ ކޯޗުކަމާ ހަވާލުވި، އެ ޤައުމުގެ 21 އަހަރުން ދަށުގެ ޤައުމީ ޓީމަށް އިރުޝާދު ދެމުން އަންނަ ލީ ކާސްލޭގެ އިރުޝާދުގެ ދަށުން އިންގްލެންޑު ކުޅުނު ފުރަތަމަ މެޗެވެ.

މެޗު ފަށައިގެން 11 ވަނަ މިނެޓުގައި އިންގްލެންޑަށް ލީޑު ނަގައިދިނީ ޑެކްލަން ރައިސް އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުގައި އިންގްލެންޑުގެ ދެ ވަނަ ލަނޑު ޖެހީ ޖެކް ގްރީލިޝް އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ރައިސް އެވެ.

މި ގުރޫޕުގައި ދެން ކުޅުނު މެޗަށް ބަލާއިރު، ގްރީސް އިން ވަނީ ފިންލޭންޑްގެ މައްޗަށް ކުރި ހޯދައިފަ އެވެ. އެ މެޗު ގްރީސް އިން ކާމިޔާބު ކުރީ 3-0 އިންނެވެ. މެޗުގައި ގްރީސްގެ ދެ ވަނަ ލަނޑަކީ ފިންލޭންޑުގެ ކުޅުންތެރިޔެއްގެ އަތުން ބައި ކޮޅަށް ވަތް ލަނޑެކެވެ.

މި ގުރޫޕުގައި އިންގްލެންޑުގެ ދެ ވަނަ މެޗުގައި އެ ޓީމު ނިކުންނާނީ ފިންލޭންޑާ ދެކޮޅަށެވެ.

އިތުރަށް ކިޔާލަން

09 ޖުލައި 2017

ގދ.ތިނަދޫއިން ފަހަތުން އަރައި އެންމެ ފަހުގެ ރަނަރަޕް ސ.ފޭދޫ ބަލިކޮށްފި

09 ޖުލައި 2017
ގދ.ތިނަދޫއިން ފަހަތުން އަރައި އެންމެ ފަހުގެ ރަނަރަޕް ސ.ފޭދޫ ބަލިކޮށްފި
22 ޖޫން 2017

ކޮންފެޑެރޭޝަންސް ކަޕް: ރޮނާލްޑޯގެ ލަނޑުން ޕޯޗުގަލް މޮޅުވިއިރު، މެކްސިކޯ އިން ނިއުޒިލޭންޑް ބަލިކޮށްފި

22 ޖޫން 2017
ކޮންފެޑެރޭޝަންސް ކަޕް: ރޮނާލްޑޯގެ ލަނޑުން ޕޯޗުގަލް މޮޅުވިއިރު، މެކްސިކޯ އިން ނިއުޒިލޭންޑް ބަލިކޮށްފި
14 ޖޫން 2017

އޭޝިއަންކަޕް ކޮލިފައިން: އޮމާންގެ މައްޗަށް ފަލަސްތީން ކުރިހޯދިއިރު، ކެމްބޯޑިއާ އިން އަފްއާނިސްތާން ބަލިކޮށްފި

14 ޖޫން 2017
އޭޝިއަންކަޕް ކޮލިފައިން: އޮމާންގެ މައްޗަށް ފަލަސްތީން ކުރިހޯދިއިރު، ކެމްބޯޑިއާ އިން އަފްއާނިސްތާން ބަލިކޮށްފި
06 ޖޫން 2017

އެޗްޑީސީ އިން ރިވާސް ބާބާ ބަލިކުރިއިރު ޝުގަރ ކޯންއިން އަކުންބަކުން ބަލިކޮށްފި

06 ޖޫން 2017
އެޗްޑީސީ އިން ރިވާސް ބާބާ ބަލިކުރިއިރު ޝުގަރ ކޯންއިން އަކުންބަކުން ބަލިކޮށްފި
24 އެޕްރީލު 2017

ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި

24 އެޕްރީލު 2017
ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު