Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މިނިވަން ޗެމްޕިއަންޝިޕް

ގދ.ތިނަދޫއިން ފަހަތުން އަރައި އެންމެ ފަހުގެ ރަނަރަޕް ސ.ފޭދޫ ބަލިކޮށްފި

ތިނަދޫ އިން ފޭދޫގެ މައްޗަށް ކުރިހޯދީ ފަހަތުންއަރައި 3-1 ގެ ނަތީޖާއަކުން

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ, ރާއްޖެ އެމްވީ | 9 ޖުލައި 2017 | އާދީއްތަ 14:52
މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ތެރެއިން

މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ތެރެއިން

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލް ބުރުގައި ގދ.ތިނަދޫއިން ފަހަތުން އަރައި އެންމެ ފަހުގެ ރަނަރަޕް ސ.ފޭދޫ ބަލިކޮށްފިއެވެ.

އާދީއްތަ ދުވަހު ހަވީރު ތިނަދޫގައި ކުޅުނު ގުރޫޕް 2 ގެ މިމެޗް ތިނަދޫއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ފޭދޫ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައި ވާއިރު ފުރަތަމަ ލަނޑުޖަހާ އެޓީމުން ލީޑު ނަގާފައިވަނީ 30 ވަނަ މިނެޓުގައި އަހުމަދު ތޮލާލް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި ލަނޑަށް ފަހުގައި ދެޓީމަށްވެސް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ. ނަމަވެސް ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ 1-0 އިން ފޭދޫ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ތިނަދޫއިން ވަނީ ކުޅުން އިތުރަށް ވަރުގަދަކޮށް ހަމަލާތަށް އުފައްދަން ފަށާފައެވެ. އެގޮތުން އެޓީމުން ދިޔައީ ފުރުސަތުތަށް ތަނަވަސްކޮށް ފޭދޫގެ ހާފަށް ނުރަށްކާ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން އެޓީމުން ވަނީ 65 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށް ހިތްވަރު އާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހުސައިން އަބްދުލް ހަކީމެވެ. މި ލަނޑަށް ފަހުގައިވެސް އެޓީމުން ވަނީ ފުލުފުލު ގައި ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން އެޓީމުން ވަނީ މާ ގިނައިރުތަކެއް ނުވަނީސް އިތުރު ލަނޑެއްޖަހާ ފަހަތުން އަރައި ތިނަދޫ ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. މި ލަނޑު 69 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އިބްރާހިމް ޝަފްރާދެވެ. އެޓީމުގެ 3 ވަނަ ލަނޑުވެސް ކާމިޔާބުކޮށްދިނީ ޝަފްރާދެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްދީ، ތިނަދޫއަށް ލީޑު ފުޅާކޮށްދިނީ 75 ވަނަ މިނެޓުގައެވެ.

މި މުބާރާތުގެ ފައިނަލް ބުރުގެ ގުރޫޕް 1 ގައި އާދީއްތަ ދުވަހު ހަވީރު ހދ.ކުޅުދުއްފުއްޓާއި އއ.މާޅޮސް ބައްދަލުކުރި މެޗް ނިމުނީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނިއު އަތުންވީ ބަލިން އަރައިގަންނަން އީގަލްސް މެޗު މުހިންމު:ނިޒާމްބެ

ނިއު އަތުންވީ ބަލިން އަރައިގަންނަން އީގަލްސް މެޗު މުހިންމު:ނިޒާމްބެ

27 އެޕްރީލު 2017
އީގަލްސް ބަލިކޮށް ގްރީން ސްޓްރީޓް ތާވަލުގެ އެއްވަނައަށް އަރައި ފެންވަރު ދައްކާލައިފި

އީގަލްސް ބަލިކޮށް ގްރީން ސްޓްރީޓް ތާވަލުގެ އެއްވަނައަށް އަރައި ފެންވަރު ދައްކާލައިފި

23 އެޕްރީލު 2017
ވިލާ ސްކޫލުން ފަހަތުން އަރައި އަހުމަދިއްޔާ ސްކޫލް ބަލިކޮއްފި

ވިލާ ސްކޫލުން ފަހަތުން އަރައި އަހުމަދިއްޔާ ސްކޫލް ބަލިކޮއްފި

20 އެޕްރީލު 2017
ކްރިސްޓަލް ޕެލަސްއިން ފަހަތުންއަރާ ޗެލްސީ ބަލިކޮށްފި

ކްރިސްޓަލް ޕެލަސްއިން ފަހަތުންއަރާ ޗެލްސީ ބަލިކޮށްފި

02 އެޕްރީލު 2017
ފަހަތުން އަރައި ނައިފަރު ބަލިކޮށް އޮޅުވެލިފުށިން ފެށުން ރަނގަޅުކޮށްފި

ފަހަތުން އަރައި ނައިފަރު ބަލިކޮށް އޮޅުވެލިފުށިން ފެށުން ރަނގަޅުކޮށްފި

01 އެޕްރީލު 2017

އަހަރުތަކުން މިއަދު

5 ފެބުރުއަރީ
ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް
20251 އަހަރު ކުރިން
ރިޕޯޓު

ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި
20242 އަހަރު ކުރިން
މީހުން

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ
20233 އަހަރު ކުރިން
ރާއްޖެ

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ
20224 އަހަރު ކުރިން
ރާއްޖެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު