Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުނޫޒް ޖަލްސާ

ސިޔާސީ މަގުގައި އިދިކޮޅު ފަރާތްތައް ކުރިއަށްދާއިރު ކުޑަކޮށް ހުއްޓިލާފައި ވިސްނާލަންޖެހޭ ކަންތައްތައް އެބަހުރި: އަސްލަމް

15 އޯގަސްޓު 2017 | އަންގާރަ 03:21

މިިއަދު ކަންތައްތައް ރަގަޅުވާނެ ކަމުގެ ޔަޤީންކަން އެބައޮތް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 15 އޯގަސްޓު 2017 | އަންގާރަ 03:21
ޖަލްސާގައި އަސްލަމް ވާހަަކަ ދައްކަވަނީ

ޖަލްސާގައި އަސްލަމް ވާހަަކަ ދައްކަވަނީ

އިދިކޮޅު ކޯލިޝަނުން ސިޔާސީ މަގުގައި ކުރިއަށްދާއިރު ކުޑަކޮށް ހުއްޓިލައި، މަޑު ޖައްސާލައި، ވިސްނާލަންޖެހޭ ކަންތައްތައް އެބަހުރިކަމަށް ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މ. ކުނޫޒްގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ކުރެވިގެންދިޔަ ސިޔާސީ ތަޖުރިބާއާ އެކީގައި ބަދަލުކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި ވިސްނާފައި އަމަލު ކުރަންޖެހޭ ކަންތައްތަކެއް ވެސް ހުރި ކަމަށެވެ.

Advertisement - newsAdvertisement

އަސްލަމް ވިދާޅުވީ ރާއްޖޭގެ ހާލަތު ބަދަލުވާނެ ކަމަށާއި ނޭނގެނީ ބަދަލުވާނެ އިރެއް ކަމަށެވެ. ސިޔާސީ ކަންތައްތައް ހާސިލްކުރާއިރު ދަތިތަކާއި ހުރަސްތައް ހުންނާނެ ކަމަށާއި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބް ނިމިގެންދިޔައީ ވަރަށް އޮމާންކޮށް ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި ދަތި ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ ކުރިން ކުރެވުނީ ކަންތައްތައް ރަގަޅު ވެދާނެކަމުގެ އުންމީދުތަކެއް ކަމަށާއި މިއަދު ކަންތައްތައް ރަގަޅުވާނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.

ދިވެހިރާއްޖެ ސިޔާސީ މަގުގައި ބަދަލުވަމުން ދިޔައިރު ޤާނޫނު އަސާސީ އިސްލާހުކޮށް ރައީސްއަކަށް ހުންނަވާ ބޭފުޅަކު ވޯޓަކުން ބަދަލުވެގެން ދިޔައިރު ޤައުމުގެ މުވައްސަސާތައް ހަމައަކަށް އަޅުވައި، މުޅި ޤައުމު ކުރީގައި އޮތް ނިޒާމުން އަނެއް ނިޒާމަށް ބަދަލުވާން ބޭނުންވާ މަރުހަލާ ލިބިފައިނުވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"ތަހުޒީބު ނޫންތޯ އަޅުގަނޑުމެން. އެއްޗެހި ގޮވާފަ ވެސް އެއްގަލަކަށް އަރަން ވީމަ އެއްގަލަކަށް އަރާ މިތިބީ އަޅުގަނޑުމެން. އުފާވެރި މަންޒަރެއް ނޫންތޯ އަޅުގަނޑުމެންނަށް މި ފެންނަނީ. ސިޔާސީ ހުރިހާ ވާދަވެރިން އެއްގަލަކަށް އަރާ މިތިބީ. މިއަށްވުރެ ރަނގަޅު ސިޔާސީ މާހައުލެއް ރާއްޖޭގައި މިހާތަނަށް ޤާއިމްކުރެވިފައެއް ނެތް. އަޅުގަނޑުމެން އެކަކު އަނެކަކާ ދިމާލަށް ނުގޮވާ އެއްޗެއް ނޯންނާނެ މީގެ ކުރިން. މިއަދު މިތިބީ އެކީގައި. އަދި އެކަމަކު މުސްތަޤްބަލުގައި ހަމަތިބެދާނެ ވާދަވެރިން ގޮތުގައި،" އަސްލަމް ވިދާޅުވިއެވެ.

ދިވެހިރާއްޖެއަށް އިންތިޤާލީ މަރުހަލާއެއް އަންނަން ޖެހޭކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ ފަސް އަހަރަށް ރައީސަކު އިންތިޙާބުވުމުން ސިޔާސީ ގޮތުން އެ ރައީސްއަކު ދެވަނަ ދައުރަކަށް އިންތިޙާބު ވުމަށް ބޭނުންފުޅުވާ ކަމަށެވެ. އެކަން އެގޮތަށް އޮތުމުން އެ ރައީސަކު ކުރައްވާނީ ހަމައެކަނި އެ ބޭނުމަށް ކުރައްވަން ޖެހިވަޑައިގަންނަވާ ކަންތައްތައް ކަމަށާއި އޭގެ ސަބަބުން ނިޒާމުތަކުގެ ތެރޭގައި ހުރި މައްސަލަތަކަށް ދެއްވާ ޝައުގުވެރިކަން ކުޑަވެގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ޤާނޫނު އަސާސީއަށް ގެންނަންޖެހޭ ބަދަލުތަކެއް ހުރިކަމަށާއި ދަޢުލަތުގެ މުވައްސަސާތަކަށް ވެސް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ. އަދި ފުލުހުންނާއި ސިފައިންގެ މުއައްސަސާ އާއި ޖުޑިޝަރީ އުވާލަން އިދިކޮޅު ކޯލިޝަނުން މަސައްކަތް ނުކުރާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގެ ވިއްސަކަށް މެމްބަރުންނަށް އެކިގޮތްގޮތަށް ބިރުދައްކައި ދަޢުވާކޮށް ހަދާއިރު ވެސް ފަހަތަށް ނުޖެހި އެ ތިބީ ރާއްޖޭގެ ޙާލަތު ބަދަލުވާނެތީ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމްވަނީ ދިވެހިރާއްޖޭގެ ކަންތައްތައް ހަމަ މަގަށް އަޅުވައި ރާއްޖެއަށް ދާއިމީ ޙައްލެއް ލިބިގެންދާނެކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

މަރަޑޯނާގެ ފަހު ދުވަސްތައް - ހަށިގަނޑު ފޮއްސިވެ، އެނދުމަތިވެ، ދިރިއުޅުމާމެދު އުންމީދު ކަނޑާލި

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
22 ޖެނުއަރީ 2017

އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

22 ޖެނުއަރީ 2017
އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް