Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން - އިޒްރޭލް ހަނގުރާމަ

ފަލަސްތީނުގެ 16 އަހަރުގެ ކުއްޖެއްގެ ގަޔަށް އިޒްރޭލު ސިފައިން އެތައް ވަޒަނެއް ޖަހާ ޝަހީދު ކޮށްލައިފި

ޣައްޒާއަށް ބޮން އަޅާ ބުދަ ދުވަހުގެ މަދުވެގެން 18 ފަލަސްތީނު މީހުން ވަނީ ޝަހީދު ކޮށްލާފައެވެ.

ރާއްޖެ އެމްވީ | 5 ސެޕްޓެމްބަރު 2024 | ބުރާސްފަތި 09:41
އިޒްރޭލުން ބަޑިޖަހައި މަރާލި، ލުޖެއިން މުސްލިހްގެ ހަށިގަނޑު ގެންދަނީ

އިޒްރޭލުން ބަޑިޖަހައި މަރާލި، ލުޖެއިން މުސްލިހްގެ ހަށިގަނޑު ގެންދަނީ

އިޒްރޭލު ސިފައިން ފަރްއާ ރެފިއުޖީ ކޭމްޕުގައި 16 އަހަރުގެ ފަލަސްތީނު ކުއްޖެއްގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލައިފިއެވެ.

ވަފާ ނިއުސް އޭޖެންސީން ރިޕޯޓުކުރި ގޮތުގައި ޔަހޫދީ އިޒްރޭލް ސިފައިން ވަނީ އެ ކުއްޖާ ގަޔަށް އެތައް ވަޒަނެއް ޖަހައި، ފުރައްސާރަކޮށް، އަދި އެކުއްޖާ އާ ހަމަ އަށް އެމްބިއުލާންސް ވެސް އަޔަނުދީ ހުރަސްއަޅާފައެވެ.

އަނެއްކޮޅުން އިޒްރޭލުން ގެންދަނީ ޣައްޒާއަށް ބޮން އަޅަމުންނެވެ. އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާ ގައި ބުދަ ދުވަހުގެ މަދުވެގެން 18 ފަލަސްތީނު މީހުން ވަނީ ޝަހީދުވެފައެވެ.

ހަމާސްއިން ބުނާ ގޮތުގައި އިޒްރޭލުގެ ބޮޑުވަޒީރު ނެތަންޔާހޫ ގެންދަވަނީ ޣައްޒާ އާއި މިސްރުގެ ބޯޑަރުގައި އޮންނަ "ފިލަޑެލްފި ކޮރިޑޯ" ގައި އިޒްރޭލް ސިފައިން އަބަދަށް ދެމި ތިބޭ ގޮތައް ހަދާ، ހަނގުރާމަ އަށް ނިމުމެއް ގެނައުމަށް ހުރަސް އަޅުއްވަމުންނެވެ.

އިރުމަތީ ޖެނިން ގައި އިޒްރޭލް ސިފައިން ބަޑި ޖައްސާ ބިރު ދައްކައިގެން 4000 ށް ވުރެ ގިނަ ފަލަސްތީން މީހުން އެމީހުންގެ ގެދޮރުން ނުކުމެގެން ދިއުމަށް ވަނީ މަޖްބޫރު ކޮށްފައެވެ.

އދ. އިން ބުނާ ގޮތުގައި ހުޅަނގު އައްސޭރި އަށް އަރާ އިޒްރޭލް ސިފައިން ގެންދަނީ އާންމުންނާ ދެކޮޅަށް ހަނގުރާމަ މަތީ ގައި ކަންކުރާ ފަދައިން ކަން ކުރަމުންނެވެ.

އިޒްރޭލުން ޣައްޒާ ގައި ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 40،861 ފަލަސްތީން މީހުން ވަނީ ޝަހީދުވެފައެވެ. އަދި 94،398 މީހުން ވަނީ ޒަޚަމްވެފައެވެ. ކޮންމެ ދުވަހަކު އެތައް ފަލަސްތީން މީހުން އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވަމުން ދާއިރު ހަނގުރާމަ އަށް އަވަސް ނިމުމެއް އަތުވެދާނެ ކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ޑެންމާކުގައި ކުޑަ އަންހެން ކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި

12 ފެބުރުއަރީ 2017
ޑެންމާކުގައި ކުޑަ އަންހެން ކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި
10 ފެބުރުއަރީ 2017

ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ

10 ފެބުރުއަރީ 2017
ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
01 ފެބުރުއަރީ 2017

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް
01 ފެބުރުއަރީ 2017

ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

01 ފެބުރުއަރީ 2017
ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ
27 ޖެނުއަރީ 2017

އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ

27 ޖެނުއަރީ 2017
އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ
27 ޖެނުއަރީ 2017

އެމްބަސީ ބަދަލުކޮށްފިނަމަ، އިޒްރޭލު ބަލައެއް ނުގަންނާނަން: ސާއިބް އުރައިކާތް

27 ޖެނުއަރީ 2017
އެމްބަސީ ބަދަލުކޮށްފިނަމަ، އިޒްރޭލު ބަލައެއް ނުގަންނާނަން: ސާއިބް އުރައިކާތް
25 ޖެނުއަރީ 2017

ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި

25 ޖެނުއަރީ 2017
ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި
13 ޖެނުއަރީ 2017

ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް

13 ޖެނުއަރީ 2017
ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް
04 ޖެނުއަރީ 2017

ބަންގްލަދޭޝް މަޖިލިސް މެމްބަރެއް ގަޔަށް ބަޑިޖަހާ އަވާހަރަކޮށްލައިފި

04 ޖެނުއަރީ 2017
ބަންގްލަދޭޝް މަޖިލިސް މެމްބަރެއް ގަޔަށް ބަޑިޖަހާ އަވާހަރަކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު