Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭސީ މިލާން

އޭސީ މިލާާންގެ ފުރިހަމަ އިތުބާރު ފޮންސެކާ އަށް އެބަ އޮތް

3 ސެޕްޓެމްބަރު 2024 | އަންގާރަ 22:13

އޭސީ މިލާންގެ ސީއީއޯ ފުލްރާނީ ވިދާޅުވީ، ކުލަބުގެ ކޯޗު ފޮންސެކާ އާއި ކުލަބުގެ ސްކޮޑާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 ސެޕްޓެމްބަރު 2024 | އަންގާރަ 22:13
އޭސީ މިލާންގެ ކޯޗު ޕައުލޯ ފޮންސެކާ

އޭސީ މިލާންގެ ކޯޗު ޕައުލޯ ފޮންސެކާ

އިޓާލިއަން ލީގުގެ އޭސީ މިލާނަށް އިރުޝާދު ދެމުން އަންނަ ޕައުލޯ ފޮންސެކާ އަށް ކުލަބުގެ ފުރިހަމަ އިތުބާރު އޮތް ކަމަށް، އޭސީ މިލާންގެ ސީއީއޯ ޖޯޖިއޯ ފުލްރާނީ ވިދާޅުވެއްޖެ އެވެ.

އޭސީ މިލާންގެ ކޯޗުކަމުގެ މަޤާމަށް ފޮންސެކާ ހަމަޖެއްސީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. އޭސީ މިލާނާ އެކު ފޮންސެކާ ސޮއި ކޮށްފައި ވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ފޮންސެކާގެ އިރުޝާދުގެ ދަށުން އައު ސީޒަންގެ އިޓާލިއަން ލީގުގައި މިހާތަނަށް އޭސީ މިލާން ވަނީ ތިން މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން ދެ މެޗު އެއްވަރުވެފައިވާއިރު، އަނެއް މެޗުން ވަނީ ބަލިވެފަ އެވެ. ތިން މެޗުން މިހާތަނަށް ލިބުނު ދެ ޕޮއިންޓާއެކު މިލާން އޮތީ ވެސް 14 ވަނައިގަ އެވެ. އެކަމާ ގުޅިގެން ސީޒަންގެ ކުރީކޮޅު ފޮންސެކާ އަށް ޕްރެޝަރު ބޮޑުވަމުން އަންނަ ކަމަށް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ.

އެންކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އޭސީ މިލާންގެ ސީއީއޯ ފުލްރާނީ ވިދާޅުވީ، ކުލަބުގެ ކޯޗު ފޮންސެކާ އާއި ކުލަބުގެ ސްކޮޑާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ. ފޮންސެކާ އާއި މިލާންގެ ސްކޮޑަށް ކުލަބުގެ ވެރިން އަދި މުޅި ކުލަބުގެ ސަޕޯޓު އަދި ހިތްވަރު އޮންނާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، މިލާނާ ހަވާލުވެ ޕްރީ ސީޒަންގައި ފޮންސެކާ ކޮށްފައިވާ މަސައްްކަތާއި، ނަތީޖާއާ މެދު ހިތްހަމަ ޖެހޭ ކަމުގައި ވެސް ފުލްރާނީ ވިދާޅުވި އެވެ. ސީޒަންގެ މިހާތަނަށް އައިއިރު ތިން މެޗު ކުޅެފައިވާއިރު، ނުވަ ޕޮއިންޓު ކޮންމެހެން ވެސް ބޭނުންވެފައި ތިބި ކަމަށާއި، އެކަން ޙާސިލު ނުވުމުން "ޕެނިކެއް" ވެސް ނެތް ކަމަށް ފުލްރާނީ ވަނީ ވިދާޅުވެފަ އެވެ.

އިޓާލިއަން ލީގުގައި ދެން އޭސީ މިލާން ނިކުންނާނީ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު ވެނެޒިއާއާ ދެކޮޅަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

02 މެއި 2017

އެމްއާރްޑީސީއާ އެމްއޭސީއެލް ސެމީއަށް

02 މެއި 2017
އެމްއާރްޑީސީއާ އެމްއޭސީއެލް ސެމީއަށް
22 އެޕްރީލު 2017

ޔޫވީ މެޗަށް ފުރިހަމައަށް ތައްޔާރު، ރަނގަޅު ނަތީޖާއެއް ނެރެވޭނެ: ފެސްކޯ

22 އެޕްރީލު 2017
ޔޫވީ މެޗަށް ފުރިހަމައަށް ތައްޔާރު، ރަނގަޅު ނަތީޖާއެއް ނެރެވޭނެ: ފެސްކޯ
21 އެޕްރީލު 2017

ހޭންޑްބޯލް ޖޫނިއާ ރެފްރީ ކޯސް ބެޗް 1 ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮއްފި

21 އެޕްރީލު 2017
ހޭންޑްބޯލް ޖޫނިއާ ރެފްރީ ކޯސް ބެޗް 1 ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮއްފި
19 އެޕްރީލު 2017

ވަކިން ހާއްސަކޮށް މޯހަން ބާގަން މެޗަށް ތައްޔާރެއް ނުވަން، ޓީމަށް އިތުބާރު އެބައޮތް: މާޒިޔާ ކޯޗު

19 އެޕްރީލު 2017
ވަކިން ހާއްސަކޮށް މޯހަން ބާގަން މެޗަށް ތައްޔާރެއް ނުވަން، ޓީމަށް އިތުބާރު އެބައޮތް: މާޒިޔާ ކޯޗު
07 އެޕްރީލު 2017

ތިން ޕޮއިންޓް ލިބުމުން ހުރިހާ ކަމެއް ފުރިހަމަވެއްޖެ: ނިޒާމްބެ

07 އެޕްރީލު 2017
ތިން ޕޮއިންޓް ލިބުމުން ހުރިހާ ކަމެއް ފުރިހަމަވެއްޖެ: ނިޒާމްބެ
04 އެޕްރީލު 2017

މުޅި ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި، އަމާޒަކީ ތިން ޕޮއިންޓު ހޯދުން:ޗެތުރީ

04 އެޕްރީލު 2017
މުޅި ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި، އަމާޒަކީ ތިން ޕޮއިންޓު ހޯދުން:ޗެތުރީ
11 މާރިޗު 2017

ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު

11 މާރިޗު 2017
ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު
11 މާރިޗު 2017

އިޓާލިއަން ލީގު: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް އަށް 11 ޕޮއިންޓްގެ ލީޑެއް

11 މާރިޗު 2017
އިޓާލިއަން ލީގު: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް އަށް 11 ޕޮއިންޓްގެ ލީޑެއް
14 ފެބުރުއަރީ 2017

އިޓާލިއަން ސެރީއޭ: ލާޒިއޯއާ އެއްވަރުކޮށް އޭސީ މިލާން ހަތްވަނަ އަށް

14 ފެބުރުއަރީ 2017
އިޓާލިއަން ސެރީއޭ: ލާޒިއޯއާ އެއްވަރުކޮށް އޭސީ މިލާން ހަތްވަނަ އަށް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް