Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ނުދިނުން

ރައީސްގެ ފޮޓޯނެގި މީހާގެ ފޯނު ހިފެހެއްޓި މައްސަލައިގައި ކުރި ސުވާލަށް މިނިސްޓަރު ސައީދު ހުރަސް އަޅުއްވައިފި

ނޫސްވެރިޔާ ކުރި ސުވާލާއި ގުޅޭ ގޮތުން ޖަވާބެއް ނުދެއްވާ ޕްރެސް ފެށުމުގެ ކުރިން ދެއްކި ވާހަކަވެސް އޮޅުވާލެއްވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 1 ސެޕްޓެމްބަރު 2024 | އާދީއްތަ 13:01
އިކޮނަމިކް މިނިސްޓަރު ސައީދު ނޫސްވެރިންގެ ބައްދަލުވުމަކަށްފަހު ނޫސްވެރިޔާ ޝައިހާން (ކ) އާއި ވާހަކަދައްކަވަނީ

އިކޮނަމިކް މިނިސްޓަރު ސައީދު ނޫސްވެރިންގެ ބައްދަލުވުމަކަށްފަހު ނޫސްވެރިޔާ ޝައިހާން (ކ) އާއި ވާހަކަދައްކަވަނީ

ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެން ޝޮޕިންގ މޯލްއެއްގައި ވިޔަފާރި ކުރައްވަނިކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފޮޓޯފުޅެއް ނެގި މީހާގެ ފޯނު ހިފެހެއްޓި މައްސަލައިގައި ކުރި ސުވާލަށް މިނިސްޓަރު ސައީދު ހުރަސް އަޅުއްވައިފިއެވެ.

ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް ފުރުސަތު ދީފައިވަނީ ކެބިނެޓުގެ ނިންމެވުމާއި ގުޅޭ ސުވާލުގެ އިތުރުން ނޫސްވެރިން ބޭނުންވާ އެހެންކަމަކާއި ގުޅޭ އެއް ސުވާލެއް ކުރެވޭ ގޮތަށެވެ. އެގޮތުގެ މަތިން ރާއްޖެޓީވީގެ ނޫސްވެރިޔާ ޝައިހާން ޒަރީރު ސުވާލުކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި ޝޮޕިންގ މޯލްއެއްގައި ވިޔަފާރިކުރައްވަނިކޮށް ނަގާފައިވާ ފޮޓޯއަކާއި ގުޅިގެން މީހެއްގެ ފޯނު ހިފެހެއްޓި މައްސަލާގަ އެވެ.

Advertisement - newsAdvertisement

ޝައިހާންގެ ސުވާލަށް ޖަވާބު ދެއްވުމުގެ ބަދަލުގައި އިކޮނަމިކް މިނިސްޓަރު ވަނީ މައުޟޫޢު ބަދަލުކުރައްވާ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމަކީ ކެބިނެޓުގެ ނިންމެވުމަކާއި ގުޅިގެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް ކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރު ސައީދުގެ މި ވާހަކަ އާއި ގުޅިގެން ދެން ސުވާލުކުރަން އެރި ނޫސްވެރިޔާ ވަނީ މިނިސްޓަރު ސައީދު އެކަން އޮޅުވާލައްވާފައިވާ ކަމަށް ބުނެފައެވެ. އެގޮތުން ކެބިނެޓާއި ގުޅިގެން ކިތައްމެ ސުވާލެއް ކުރެއްވިޔަސް އެންމެ ރަނގަޅުކަމަށާއި، އެހެންކަންތަކާއި ގުޅިގެން 1 ސުވާލު ކުރައްވަން ވިދާޅުވި ކަމަށެވެ.

ނަމަވެސް ރައީސްގެ ފޮޓޯ ނެގި މީހާގެ ފޯނު ހިފެހެއްޓި މައްސަލައާއި ގުޅޭ އެއްވެސް ސުވާލަކަށް މިނިސްޓަރު ޖަވާބެއް ނުދެއްވާ މުޅި ސުވާލު އޮޅުވާލެއްވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފޭރިގަތް ފޯނު އަތުލުމަށް ދިޔުމުން ސައިކަލުން ޖައްސައި ފައި ބިންދާލައިފި

ފޭރިގަތް ފޯނު އަތުލުމަށް ދިޔުމުން ސައިކަލުން ޖައްސައި ފައި ބިންދާލައިފި

19 ފެބުރުއަރީ 2017
ލާމް ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސްއެއް ނޫން: އައިޖީއެމްއެޗް

ލާމް ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސްއެއް ނޫން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު