Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގުޅިފައިވާ ސިޔާސީ ޕާޓީތައް

މަޖިލީހުގެ 20 މެންބަރުންގެ ގަޔަށް ބަޑި ޖަހާ މަރާލިއަސް ސަރުކާރަކަށް ދެނެއް މެޖޯރިޓީއެއް ނުހޯދޭނެ:މަހްލޫފް

14 އޯގަސްޓު 2017 | ހޯމަ 13:53

ދެނެއް 43 މެންބަރުން ހަމަކޮށްގެން ސަރުކާރަކަށް މަޖިލީހުގެ ޖަލްސާއެއް ނުބޭއްވޭނެ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 14 އޯގަސްޓު 2017 | ހޯމަ 13:53
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރ އަހްމަދު މަހްލޫފް

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރ އަހްމަދު މަހްލޫފް

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ގެއްލުމުން އެމެޖޯރިޓީ ހޯދުމަށް ރައީސް ޔާމީން ހަވާލު ކުރެއްވީ ފުލުހުންނަށް ކަމަށާއި 20 މެންބަރުންގެ ގަޔަށް ބަޑިޖަހާ މަރާލި ކަމަށް ވިއަސް ސަރުކާރަށް ދެން މެޖޯރިޓީ ނުލިބޭނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ތަރުޖަމާން އަހްމަދު މަހްލޫފް ވިދާޅުވެއްޖެވެ.

އިދިކޮޅު ފަރާތްތަކުން ކުނޫޒުގައި ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިދިކޮޅު ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ގެއްލި ރައްޔިތުންގެ ތާއީދު ގެއްލި އިދިކޮޅު ފަރާތްތަކަށް ތާއީދު ކުރާ ފަރާތްތައް އިތުރުވަމުންދާ ކަމަށެވެ. އެކަމާހުރެ ރައީސް އަބްދުﷲ ޔާމީނަށް ގޮތް ހުސްވުމުން މެޖޯރިޓީ ހޯދުމުގެ މަސައްކަތް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް މަހްލޫފް ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވި ފޮނުވުމަށް އިޝާރާތް ކުރައްވާ މަހުލޫފު ވިދާޅުވީ ސަރުކާރުން ފިޔަވަޅު އަޅާފައިވަނީ އިދިކޮޅު 12 މެންބަރެއްގެ މައްޗަށް އެކަނި ނޫން ކަމަށާއި މިހާރު ވެސް އިދިކޮޅު ހަތަރު މެންބަރަކު ހައްޔަރުކޮށްފައިވާ އިރު އިތުރު ބައެއް މެންބަރުންގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށެވެ. "ޙަޤީގަތަކީ 12 މެންބަރުންނެއް ނޫން.. ޖަލުގައި މިހާރު ވެސް ހައްޔަރުކޮށްފައި އެބަތިބި އަމީތާ، ސައުދާ، ވަހީދާ، ފާރިސްއާ. ރިޔާޒްގެ މައްސަލަ ، ޤާސިމްގެ މައްސަލަ އެބަ ހިނގާ. އެތައް މެންބަރުންގެ ޕާސްޕޯޓް އޮތީ ހިފަހައްޓާފައި. މަޖިލީހުގެ މެޖޯރިޓީ ގެއްލުނީމަ އެމެޖޯރިޓީ ހޯދަން ހަވާލު ކުރެއްވީ ފުލުހުންނާ. 20 މެންބަރުން ގަޔަށް ރައީސް ޔާމީން ބަޑިޖަހާ މަރާލިއަސް ދެން ސަރުކާރަކަށް މެޖޯރިޓީއެއް ނުހޯދޭނެ" މަހުލޫފު ވިދާޅުވިއެވެ. މަހުލޫފު ވިދާޅުވީ އިދިކޮޅު 12 މެންބަރެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވީ އެ މެންބަރުންނަށް ބިރު ދެއްކުމުގެ ގޮތުން ކަމަށެވެ. ނަމަވެސް އެއީ ބޭކާރު ކަމެއް ކަމަށާއި އިދިކޮޅު އެއްވެސް މެންބަރަކު ފަހަތަށް ނުޖެހޭނެ ކަމަށް މަހުލޫފު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޕީޕީއެމްގެ ޖަލްސާތަކާއި ހަރަކާތްތަކަށް ސަރުކާރުގެ ކުންފުނިތަކާއި ސިވިލްސަރވިސް މުވައްޒަފުންނަށް ބިރުދައްކައިގެން ގެންދާކަމަށް ބުނެ މަހްލޫފް ވިދާޅުވީ އެވަޒީފާތަކަކީ ރައީސް ޔާމީންގެ ހެޔޮފުޅު ކަމުން އެމީހުންނަށް ލިބިފައިވާ ވަޒީފާތަކެއް ނޫން ކަމަށާއި އެޖަލްސާތަކަށް އެމީހުންނަަށް ދާން ނުޖެހޭނެ ކަމަށެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގައި ހާހަކަށް ވުރެ ގިނަ ސިޔާސީ ވަޒީފާތައް އުފައްދާފައިވާ ކަމަށާއި އެމީސް މީހުން އެޖަލްސާތަކަށް ގެއްދިއުން މާ ރަނގަޅުވާނެ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017
ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް