Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ހުޅަނގު އައްސޭރީގެ ހަނގުރާމަ

އިޒްރޭލު ސިފައިންނާ ކުރިމަތި ލުމަށް ހަމާސްގެ ހަރަކާތްތައް ހުޅަނގު އައްސޭރީގައި ފުޅާ ކުރަނީ

ހުރިހާ ގްރޫޕް ތަކެއް ގުޅިގެން ހުޅަނގު އައްސޭރީގައި އިޒްރޭލާ ދެކޮޅަށް ހަރަކާތްތެރިވުމަކީ މުޅި ފަލަސްތީންގެ މަސްލަހަތު އޮތް ގައުމީ އެއްބައިވަންތަ ކަމުގެ ހަރަކާތެއްގެ ގޮތުގައި ހަމާސް އިން ދެކޭ

ރާއްޖެ އެމްވީ | 31 އޯގަސްޓު 2024 | ހޮނިހިރު 11:22
ހުޅަނގު އައްސޭރީގެ ތުލްކަރަމް އިޒްރޭލް ސިފައިން ރެއިޑް ކުރަނީ

ހުޅަނގު އައްސޭރީގެ ތުލްކަރަމް އިޒްރޭލް ސިފައިން ރެއިޑް ކުރަނީ

ފަލަސްތީނުގެ ދިފާއު ގައި މަސައްކަތް ކުރާ ހަމާސްގެ އިސް އޮފިޝަލެއް ބުނެފައިވަނީ އިޒްރޭލުން މިހާރު ހިންގަމުންދާ ޖަރީމާތަކާ ގުޅިގެން، ހިފާފައިވާ ހުޅަނގު އައްސޭރީގައި ތިބި ހަމާސްގެ ހަނގުރާމަވެރިން އިޒްރޭލް ސިފައިންނާ ދެކޮޅަށް ހިންގާ ހަރަކާތްތައް ފުޅާކޮށް އިތުރުކުރާނެ ކަމަށެވެ.

ހަމާސްގެ ހަރަކާތްތަކާ ކޮންޓްރޯލް މައިގަނޑު ގޮތެއްގައި އޮންނަނީ ޣައްޒާ ސްޓްރިޕް ގައި ކަމަށް ވިޔަސް އެ ޖަމާއަތުގެ ޕޮލިޓިކަލް ބިއުރޯގެ މެންބަރެއް ކަމުގައިވާ ހުސާމް ބަދްރާން، ބުރާސްފަތި ދުވަހު އަލް-މަޔާދީން ޓީވީ ނެޓްވޯކަށް ދިން ބަސްދީގަތުމެއްގައި ބުނެފައިވަނީ ހުޅަނގު އައްސޭރީގައި ޔަހޫދީ ސިފައިންގެ ހަރަކާތްތައް އިތުރުވެފައިވުމާއެކު ހަމާސްގެ އަސްކަރީ ހަރަކާތްތައް އެ ސަރަހައްދަށް ފުޅާކުރަން ނިންމާފައިވާ ކަމަށެވެ.

ހުޅަނގު އައްސޭރީގައި އިޒްރޭލުގެ ހަމަލާތައް އިތުރުވެފައިވާ ދަނޑިވަޅެއްގައި، ހަމާސްގެ އޮފިޝަލް ބުނެފައިވަނީ ހިފާފައިވާ ބިންތަކުގައި ހަރަކާތްތެރިވާ ދިފާއީ ގްރޫޕްތަކުގެ ސަބަބުން އިޒްރޭލަށް ކަންބޮޑުވުން އިތުރުވެފައިވާ ކަމަށާއި، އެ ގްރޫޕްތަކުގެ ބާރު ކުރިއަށްވުރެ ގަދަވެ، އިޒްރޭލާ ދެކޮޅަށް އެ ގްރޫޕްތަކުން ހިންގާ ހަރަކާތްތައްވެސް އިތުރުވެފައިވާ ކަމަށެވެ.

ހުރިހާ ގްރޫޕް ތަކެއް ގުޅިގެން ހުޅަނގު އައްސޭރީގައި އިޒްރޭލާ ދެކޮޅަށް ހަރަކާތްތެރިވުމަކީ މުޅި ފަލަސްތީންގެ މަސްލަހަތު އޮތް ގައުމީ އެއްބައިވަންތަ ކަމުގެ ހަރަކާތެއްގެ ގޮތުގައި އޭނާ ވަނީ ސިފަ ކުރައްވާފައެވެ.

ބަރްދާން ބުނެފައިވަނީ ހުޅަނގު އައްސޭރީގައި ހަރަކާތްތެރިވާ ފަލަސްތީނުގެ ދިފާއީ ގްރޫޕްތައް ނައްތާލުމަށް އިޒްރޭލުން ކުރާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށެވެ. އިޒްރޭލުން ރާވާ ރޭވުންތަކަކީ މުހިންމު ކަމެއް ނޫން ކަމަށް ބުނަމުން އޭނާ ބުނީ، ކުރީގެ ރޭވުންތައް ފެއިލްވި ފަދައިން މި ރޭވުންތައްވެސް ފެއިލްވާނެ ކަމަށެވެ. ދިފާއީ ޖަމާއަތްތަކުގެ ގިނަ ހަނގުރާމަވެރިންނަކީ ޒުވާނުން ކަމަށްވެސް އޭނާ ބުންޏެވެ.

ބަދުރާން ބުނިގޮތުގައި އޮކްޓޯބަރު 7 ގެ އަލް-އަޤްޞާ ސްޓޯމް އޮޕަރޭޝަނުން ދުނިޔެއަށް ދައްކުވައިދިނީ އިޒްރޭލުގެ މަޤްޞަދަކީ ފަލަސްޠީނުގެ ރޫހް ނައްތާލުން ކަމާއި، އަލް-އަޤްޞާ މިސްކިތާއި، އަލް-ޤުދުސްއާއި ހުޅަނގު އައްސޭރިއަށް ކުރިމަތިވެފައިވަނީ މިހާތަނަށް ކުރިމަތިވި "އެންމެ ބޮޑު ނުރައްކާ" ކަމަށާއި، އަދި މިއީ ޣައްޒާ ސްޓްރިޕަށް ކުރިމަތިވެފައިވާ ނުރައްކަލަށްވުރެވެސް ބޮޑު ނުރައްކަލެއް ކަން އޭނާ ފާހަގަ ކުރިއެވެ.

އޭނާ ބުނީ އިޒްރޭލާ ކުރިމަތިލާ ދިފާއީ ފަރާތްތަކުގެ "ސާފު ޕްލޭނެއް" އޮތް ކަމަށާއި، އެއީ ޣައްޒާގައި ވިޔަސް، ހުޅަނގު އައްސޭރީގައި ކަމަށް ވިޔަސް ނުވަތަ 1948 ގައި ހިފާފައިވާ ސަރަޙައްދުތަކުގައި ވިޔަސް ހަނގުރާމަވެރިންގެ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.

ވެސްޓް ބޭންކުއިސްރާއީލް އަސްކަރިއްޔާހަމާސް-އިސްރާއިލް ހަނގުރާމަފަލަސްތީން

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ވެސްޓް ބޭންކު ގައި އިޒްރޭލުގެ އަނިޔާވެރިކަން އިތުރުވުމުން ދާތީ ތިންވަނަ އިންތިފާޟާ އެއްގެ އިންޒާރު ދީފި

ވެސްޓް ބޭންކު ގައި އިޒްރޭލުގެ އަނިޔާވެރިކަން އިތުރުވުމުން ދާތީ ތިންވަނަ އިންތިފާޟާ އެއްގެ އިންޒާރު ދީފި

21 ނޮވެމްބަރު 2025
ތަރައްގީ ކުރަން ކަމަށް ބުނެ ވެސްޓް ބޭންކު ގެ ފަލަސްތީނު ރައްޔިތުންގެ ބިމުގެ ބޮޑު ސަރަހައްދެއް އަތުލަން އިޒްރޭލުން ރާވަނީ

ތަރައްގީ ކުރަން ކަމަށް ބުނެ ވެސްޓް ބޭންކު ގެ ފަލަސްތީނު ރައްޔިތުންގެ ބިމުގެ ބޮޑު ސަރަހައްދެއް އަތުލަން އިޒްރޭލުން ރާވަނީ

21 ނޮވެމްބަރު 2025
ވެސްޓް ބޭންކުގެ މިސްކިތެއްގައި ޔަހޫދީން ހުޅު ޖަހައި، ގެއްލުން ދީފި

ވެސްޓް ބޭންކުގެ މިސްކިތެއްގައި ޔަހޫދީން ހުޅު ޖަހައި، ގެއްލުން ދީފި

13 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު