Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބަޔާން މިއުނިކް

ޔޫރަޕުގެ ރަން ބޫޓު ކޭން އަށް

އޭނާ ވަނީ ޖަރުމަނު ލީގުގައި ބަޔާނަށް ކުޅެދިން 32 މެޗުގައި 36 ލަނޑު ޖަހައިފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 29 އޯގަސްޓު 2024 | ބުރާސްފަތި 07:18
ޔޫރަޕުގެ ރަން ބޫޓާ އެކު ކޭން

ޔޫރަޕުގެ ރަން ބޫޓާ އެކު ކޭން

ޔޫރަޕުގެ އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާ އަށް ދެމުން އަންނަ ރަން ބޫޓު، ބަޔާން މިއުނިކަށް ކުޅެމުން އަންނަ އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން އަށް ލިބިއްޖެ އެވެ.

މިއީ އުމުރުން 31 އަހަރުގެ ކޭން އަށް ޔޫރަޕުގެ ރަން ބޫޓު ލިބުނު ފުރަތަމަ ފަހަރެވެ. ބަޔާންގެ އަލިއާންޒް އެރީނާގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި ބުދަ ދުވަހު ވަނީ ކޭން އަށް ރަން ބޫޓު ހަވާލު ކޮށްފަ އެވެ.

ޓޮޓެންހަމުން ސީނިއާ ކެރިއަރު ފެށި ކޭން، އެ ކުލަބު ދޫކޮށް ބަޔާނަށް ބަދަލުވީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގަ އެވެ. ބަޔާންގައި ހޭދަ ކުރި ފުރަތަމަ ސީޒަންގައި ވެސް ކޭން ވަނީ އެ ކުލަބުގައި މޮޅު ކުޅުމެއް ދައްކައި، ގިނަ ލަނޑުތަކެއް ޖަހައިފަ އެވެ. ބަޔާނަށް ޖުމުލަ ކުޅެދިން 45 މެޗުން ކޭން ވަނީ 44 ލަނޑު ޖަހައިފަ އެވެ. އޭގެ ތެރެއިން ޖަރުމަނު ލީގުގައި އޭނާ ވަނީ 32 މެޗުން 36 ލަނޑު ޖަހައިފަ އެވެ.

އެވޯޑާ ހަވާލުވުމަށްފަހު ވާހަކަ ދައްކަމުން ކޭން ބުނީ، ރަން ބޫޓު ހާސިލުކުރެވުމުން އޭނާ އަށް ކުރެވެނީ އުފާވެރި އިޙުސާސެއް ކަމަށެވެ. އެކަމުގެ ޝުކުރު އަދާ ކުރަން ޖެހެނީ އޭނާ ކުޅެމުން އަންނަ ބަޔާން އަދި ބަޔާންގެ ކުޅުންތެރިންނަށް ކަމަށް ވެސް ކޭން ބުންޏެވެ. ބަޔާންގެ ކުޅުންތެރިންގެ އެހީތެރިކަން ނެތި، އޭނާ އަށް ރަން ބޫޓު ނުލިބޭނެ ކަމަށް ވެސް ކޭން ބުންޏެވެ. އެކަން ފާހަގަކޮށް ކޭން ބުނީ، ބަޔާނަށް ބަދަލުވުމަކީ އޭނާގެ ޙަޔާތުގައި ވެސް ނިންމުނު އެންމެ ރަނގަޅު ނިންމުން ކަމަށެވެ.

ޔޫރަޕުގެ ރަން ބޫޓު ދޭން ފަށާފައި ވަނީ 1967 ވަނަ އަހަރު އެވެ. އޭގެ ފަހުން މިހާތަނަށް އެންމެ ގިނަ ފަހަރު ޔޫރަޕުގެ ރަން ބޫޓު ހޯދާފައި ވަނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އެވެ. މެސީ ވަނީ ހަ ފަހަރެއްގެ މަތިން ރަން ބޫޓު ހޯދައިފަ އެވެ. މެސީގެ ފަހަތުން ދެ ވަނައިގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އޮތީ، ހަތަރު ފަހަރު ރަން ބޫޓު ހޯދައިގެންނެވެ.

ބަޔާން މިއުނިކްހެރީ ކޭން

ކޮމެންޓް

އިތުރަށް ކިޔާލަން

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު