Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ދިވެހި ފިލްމް ކަމަނާ

ދިވެހި ފިލްމް ކަމަނާ - ޓެކްނިކަލީ މޮޅު، ޖަޒުބާތީ ފިލްމެއް

27 އޯގަސްޓް އިން ފެށިގެން 14 ސެޕްޓެމްބަރާއި ހަމަޔަށް ޝޯތައް އޮންނާނެއެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 28 އޯގަސްޓު 2024 | ބުދަ 15:48
ދިވެހި ފިލްމް ކަމަނާގެ ޕްރިމިޔަރގެ ތެރެއިން

ދިވެހި ފިލްމް ކަމަނާގެ ޕްރިމިޔަރގެ ތެރެއިން

އަންގާރަ ދުވަހުގެ ރޭ ރިލީޒް ކުރި ދިވެހި ފިލްމް “ކަމަނާ”ވެގެން ދިޔައީ ނޭވާ ހިފަހައްޓާލަން ޖެހުނު ވަގުތުތައް ފިލްމުން ފެނިގެން ދިޔަ މޮޅު ފިލްމަކަށެވެ. މި ފިލްމަކީ ގެވެށިއަނިޔާގެ ޝިކާރަ އާއި އޭގެ ވޭން ދައްކުވައިދީފައިވާ ފިލްމަކަށް ވީ ނަމަވެސް ފިލްމުގައި ހެއްވާ މަޖާ ޑައިލޮގްތައް ވެސް ވަނީ ހިމަނާފައެވެ. އަދި ފިލްމަކީ ދެމަފިރިންގެ ދެމެދުގައި ދިމާވާ ކަންކަމާއި، ކައިވެނީގެ ހަޔާތުގައި ދިމާވާ ބައެއްކަން ވަރަށް ރަނގަޅަށް ގެނެސްދީފައިވާ ފިލްމެކެވެ. މި ފިލްމް ބެލި ބެލުންތެރިން ބުނާ ގޮތުން މިއީ ޓެކްނިކަލީ މޮޅު ފިލްމެކެވެ. އަދި ފިލްމުން ފެނިގެންދާ މޮޅު އެކްޓިން ފެނިފައި އާއްމުންނާއި ފިލްމީ ފަންނާނުން ވެސް ތިބީ އާޝޯހުވެފައެވެ.

ފިލްމްގެ ފުރަތަމަ ހާފްގައި ސަކަ މަޖާ ޑައިލޮގްތައް ގިނައިން ފެނިގެން ދިޔައެވެ. އަދި ފިލްމު އަތުރާލާފައި ވަނީ ބެލުންތެރިން ޝައުގުވެރިކުރުވާ ފަދަ މޭރުމަކުންނެވެ. ބޮޑު ޑިމާންޑެއް އޮތް މި ފިލްމްގެ ލީޑް ރޯލުން ފެނިގެންދާ މަރިޔަމް އައްޒަގެ އެކްޓިން އިން އޭނާގެ ކެރެކްޓަރ ކަމަނާގެ ޖަޒުބާތުތައް ވަރަށް ރަނގަޅަށް ވަނީ ދައްކުވާދީފައެވެ. އެ ފިލްމް ނިމުނު އިރު އައްޒަ އަށް ތައުރީފް ނުކުރާ މީހަކު މުޅި އޮލިމްޕަހުގަވެސް ނެތެވެ. އަދި މަޤްބޫލް ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ)ގެ ފަރާތުން ވެސް ފެނިގެން ދަނީ އާދަޔާ ޚީލާފު އެކްޓިންއެކެވެ. އާމިނަތު ރަޝްފާ (އާޝާ) އާއި ނަތާޝާ ޖަލީލް އާއި މުޙައްމަދު މަނިކު އާއި ދަރާ މުޙައްމަދު ރަޝީދުގެ އެކްޓިންވެސް ވަރަށް ފުރިހަމައެވެ. ޚާއްސަކޮށް ނަތާޝާގެ އެކްޓިން މި ފިލްމުގައި ވަރަށް މޮޅެވެ. ނަތާޝާ ޖަލީލް އާއި މުޙައްމަދު މަނިކު އާއި ދަރާ މުޙައްމަދު ރަޝީދު

ފިލްމްގެ ޑައިރެކްޓަރަކީ ސަޒާ، ދިލަކަނި ފަދަ ފިލްމްތައް ބެލުންތެރިންނާއި ހަމަޔަށް ގެނެސްފީފައިވާ ޒުވާން ޑައިރެކްޓަރ ޙުސައިން މުނައްވަރުގެ މި ފިލްމުގެ މަންޒަރުތައް ނަގާފައިވާ ގޮތާއި، ފިލްމްގެ ލަވަތަކާއި، މިއުޒިކް ވެސް ވަރަށް ހިތްގައިމެވެ. ލަވަތަކާއި ބެކް މިއުޒިކުން ފިލްމުން އާއްމުންނާއި ހަމައަށް ގެނެސްދޭން ބޭނުންވި ޝުއޫރުތައް ވަނީ ވަރަށް ރަނގަޅަށް ގެނެސްދީފައެވެ. ހއ. މޮޅަދޫގައި މަންޒަރުތައް ނަގާފައިވާ މި ފިލްމުން މޮޅަދޫގެ ގުދުރަތީ ޗާލުކަމާއި ހިތްގައިމުކަން ވަނީ ވަރަށް ރަނގަޅަށް ދައްކުވާދީފައެވެ. މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ތައްޔާރުކޮށްފައިވާ މި ފިލްމުގެ ޑައިލޮގްތައް ވެސް ވެގެން ދިޔައީ ބެލުންތެރިންނަށް ކަމުދިޔަ ޑައިލޮގްތަކަކަށެވެ.

27 އޯގަސްޓް އިން ފެށިގެން 14 ސެޕްޓެމްބަރާއި ހަމަޔަށް ކޮންމެ ހަފްތާއެއްގެ ބުރާސްފަތި އަދި ހުކުރު ދުވަހުގެ ރޭ 20:30ގެ ޝޯވގެ އިތުރުން 23:30 ގައި ފިލްމްގެ ޝޯވތައް ކުރިއަށްދާނެއެވެ.

ކަމަނާ

ކޮމެންޓް

އިތުރަށް ކިޔާލަން

ހައިރާން ނުވޭ އާޝާއާއި ދަރާ ކައިވެންޏެއް ނުކުރޭ، މިއީ "ކަމަނާގެ" މަންޒަރެއް

ހައިރާން ނުވޭ އާޝާއާއި ދަރާ ކައިވެންޏެއް ނުކުރޭ، މިއީ "ކަމަނާގެ" މަންޒަރެއް

06 ޖުލައި 2024
ސީޒަން ޑައިރެކްޓްކުރާ ސިންހަޅަ ފިލްމްގެ 85 ޕަސެންޓް މަސައްކަތް ނިމިއްޖެ

ސީޒަން ޑައިރެކްޓްކުރާ ސިންހަޅަ ފިލްމްގެ 85 ޕަސެންޓް މަސައްކަތް ނިމިއްޖެ

12 ފެބުރުއަރީ 2017
ސަންޖޭގެ ފިލްމްގައި ރަންބީރުގެ މަންމަގެ ރޯލު ކުޅޭނީ މަނީޝާ

ސަންޖޭގެ ފިލްމްގައި ރަންބީރުގެ މަންމަގެ ރޯލު ކުޅޭނީ މަނީޝާ

09 ފެބުރުއަރީ 2017
ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ

ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ

03 ފެބުރުއަރީ 2017
ފިލްމް އިންޑަސްޓްރީ އެއްކޮށް މާޔޫސްކޮށްލައިފި

ފިލްމް އިންޑަސްޓްރީ އެއްކޮށް މާޔޫސްކޮށްލައިފި

02 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު