Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުފިލްމު ކަމަނާ

ހައިރާން ނުވޭ އާޝާއާއި ދަރާ ކައިވެންޏެއް ނުކުރޭ، މިއީ "ކަމަނާގެ" މަންޒަރެއް

މި ފިލްމު އަޅުވަން ނިންމާފައިވަނީ އޯގަސްޓް 27 ގައި އޮލިމްޕަސް ސިނަމާގައެވެ.

ފިލްމު އެޅުވުމަށް ހަމަޖެހިފައިވަނީ 27 އޯގަސްޓް 2024 ގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 6 ޖުލައި 2024 | ހޮނިހިރު 06:10
ދިވެހި ފިލްމު ކަމަނާގެ މަންޒަރެއްގައި ދަރާ އަދި އާޝާ

ދިވެހި ފިލްމު ކަމަނާގެ މަންޒަރެއްގައި ދަރާ އަދި އާޝާ

ދިވެހި ފިލްމީ ދާއިރާގައި ފިޔަޖަހަމުން އަންނަ ޒުވާން ބަތަލާ އައިމިނަތު ރަޝްފާ (އާޝާ)އާއި ތަޖުރިބާކާރު އެކްޓަރ މުހައްމަދު ރަޝީދު (ދަރާ ރަޝީދު) ކައިވެނި ކުރި ކަމަށް ދޭހަވި ފޮޓޯއަކީ ފިލްމު "ކަމަނާގެ" މަންޒަރެކެވެ.

މި ފިލްމަކީ ގެވެށި އަނިޔާގެ ޝިކާރައަކަށްވި ޒުވާން އަންހެނެއްގެ ހަޔާތުގެ މައްޗަށް ލިޔެފައިވާ ހަގީގީ ވާހަކައަކަށް އުފައްދާފައިވާފިލްމެކެވެ. މި ފިލްމުގައި މި ދެ ތަރިންވެސް މުހިއްމު ރޯލެއް ދައްކުވައިދެއެވެ. އޯގަސްޓް 27 ގައި އޮލިމްޕަސް ސިނަމާގައި އަޅުވާ މި ފިލްމް ހުށަހަޅައިދެނީ ކިޑް ޕްރޮޑަކްޝަންއާއި ސެޓަރން ސްޓޫޑިއޯއިންނެވެ. ފިލްމު ކަމަނާގެ ފުރަތަމަ ޕޯސްޓަރާއެކު އެ ފިލްމުގެ ޓީމުންވަނީ ސޯޝަލް މީޑިއާގެ ދެ މަންސައެއްކަމަށްވާ ޓިކްޓޮކާއި އިންސްޓަރގްރަމްގައި ގެވެށި އަނިޔާއާ ދެކޮޅަށް ހޭލުންތެރި ކުރުވުމުގެ ކެމްޕެއިނެއްވެސް ފަށާފައެވެ.

"ކަމަނާ" މި ފިލްމް ފެށެނީ ހއ މޮޅަދޫގައި ވަރަށް ލޯބިން ދިރިއުޅެމުންދާ ދެމަފިރިން, ރިމްޝާއާއި ހައިދަރުގެ ދިރިއުޅުމަށް އިތުރު އުފާވެރިކަމެއް ލިބޭ ހިސާބުންނެވެ. ރިމްޝާއަށް ދަރިޔަކު ލިބެން އުޅޭކަން އެނގޭ ހިސާބުންނެވެ. 

ނަމަވެސް މި އުފާވެރިކަމަށް ހީވެސް ނުކުރާވަރު ކަޅު ބޯ ވިލާގަނޑެއްގެ ހިޔަނިއެޅި ރިމްޝާގެ ދިރިއުޅުން އެފުށް މިފުށަށް ޖެހިގެންދެއެވެ. މި ފިލްމުގައި އަންބެއްގެ ކެތްތެރިކަމާއި ރާއްޖޭގައި ގެވެށި އަނިޔާ ގޮސްފައި އޮތް ބިރުވެރި މިންވަރު ފެނިގެންދާނެއެވެ. މިއީ ހަގީގީ ހާދިސާއަކަށް އުފައްދާފައިވާ ފިލްމެކެވެ.

މި ފިލްމުގެ އެންމެ ހާއްސަ އެއް ކަމަކީ ރިމްޝާގެ ރޯލަށް އައްޒަގެ ހަށިގަނޑަށް ގެންނަންޖެހުނު ބަދަލެވެ. އަދި މިއީ އައްޒަގެ ފިލްމީ ކެރިއަރގައި އޭނާ ފެނިފައި ނުވާފަދަ ރޯލެކެވެ. މި ފިލްގައި ހައިދަރުގެ ބައި އަދާކުރަނީ ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ. މިއީ މިފަދަ ބޮޑު ރޯލަކުން އައްޒައާއި ޔޫއްޕެ އެކުގައި ފެންނަ ފުރަތަމަ ފަހަރެވެ.

އަދި މި ފިލްމުގައި އާޝާ ފެނިގެންދާނީ ފިލްމުގެ މުޅި ނެރެޓިވް އޭނާ ބޭނުން ގޮތަކަށް އަނބުރާލާ މުހިއްމު ރޯލަކުންމެވެ. އެ ތިން ބައިވެރިންގެ އިތުރުން, ދަރާ ރަޝީދު, މުހައްމަދު މަނިކު އަދި ނަތާގެ ކެރެކްޓަރތަށްވެސް ފިލްމު ކުރިޔަށް ގެންދިއުމުގައި މުހިއްމު ރޯލެއް އަދާކުރެއެވެ.

މި ފިލްމު ހުށަހަޅައިދެނީ ކިޑް ޕްރޮޑަކްޝަންއާއި ސެޓަރން ސްޓޫޑިއޯއިންވެ. ފިލްމުގެ ޕްރޮޑިސަރުންނަކީ ކާމިޔާބު ފިލްމު "ލޯބިވެވިއްޖެ" ގެ ޕްރޮޑިއުސަރ ޝާނިޒް އަލީ އަދި ހުސެން މުނައްވަރެވެ.  

ރިޝްފާ އަބްދުލްސަމަދުގެ ވާހަކައަކަށް މަހުދީ އަހުމަދު ސްކްރީން ޕްލޭ ލިޔެފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ ހުސެން މުނައްވަރެވެ. މިއީ މަހުދީގެ ސްކްރީން ޕްލޭގެ މައްޗަށް މުނައްވަރު ޑައިރެކްޓްކުރާ ތިންވަނަ ފިލްމެވެ. މުނައްވަރު ވަނީ މީގެކުރިން ސަޒާ އަދި ދިލަކަނި ޑައިރެކްޓްކޮށްފައެވެ.

ކަމަނާ

އިތުރަށް ކިޔާލަން

28 އޯގަސްޓު 2024

ދިވެހި ފިލްމް ކަމަނާ - ޓެކްނިކަލީ މޮޅު، ޖަޒުބާތީ ފިލްމެއް

28 އޯގަސްޓު 2024
ދިވެހި ފިލްމް ކަމަނާ - ޓެކްނިކަލީ މޮޅު، ޖަޒުބާތީ ފިލްމެއް
13 ޖެނުއަރީ 2018

އެންޖެލީނާ މީހަކާ ގުޅެން އަދި ބޭނުމެއް ނުވޭ!

13 ޖެނުއަރީ 2018
އެންޖެލީނާ މީހަކާ ގުޅެން އަދި ބޭނުމެއް ނުވޭ!
03 ޖެނުއަރީ 2018

މީހުން ސްޓޯކް ކުރާތީ އުނދަގުލެއް ނުވޭ: ޕްރިޔަންކާ ޗޮޕްރާ

03 ޖެނުއަރީ 2018
މީހުން ސްޓޯކް ކުރާތީ އުނދަގުލެއް ނުވޭ: ޕްރިޔަންކާ ޗޮޕްރާ
12 ޑިސެމްބަރު 2017

ޕަދްމަވަތީ އަޅުވާނެ ދުވަހެއް އަދިވެސް ފައިނަލެއް ނުވޭ

12 ޑިސެމްބަރު 2017
ޕަދްމަވަތީ އަޅުވާނެ ދުވަހެއް އަދިވެސް ފައިނަލެއް ނުވޭ
26 ޖުލައި 2017

"ކޮފީ ވިތު ކަރަން" އަށް އަރާކަށް ބޭނުމެއް ނުވޭ: ރަންބީރު ކަޕޫރު

26 ޖުލައި 2017
"ކޮފީ ވިތު ކަރަން" އަށް އަރާކަށް ބޭނުމެއް ނުވޭ: ރަންބީރު ކަޕޫރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު