Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާޒިޔާ

މާޒިޔާއާ ހަވާލުވީ މޮންޓެރީގްރޯގެ ކޯޗެއް

އޭއެފްސީ ޗެލެންޖް ލީގުގައި ވާދަކުރާ ރާއްޖޭގެ މާޒިޔާ އަށް މޮންޓެނީގްރޯގެ ކޯޗެއް ގެނެސްފި އެވެ.

ރާއްޖެ އެމްވީ | 28 އޯގަސްޓު 2024 | ބުދަ 09:34
މާޒިޔާގެ ކޯޗު (މ) ޗެއާމަން އާއި މެނޭޖްމަންޓުން ކޯޗާއެކު ސޮއިކޮށް ޖާޒީ ދައްކާލަނީ

މާޒިޔާގެ ކޯޗު (މ) ޗެއާމަން އާއި މެނޭޖްމަންޓުން ކޯޗާއެކު ސޮއިކޮށް ޖާޒީ ދައްކާލަނީ

އޭއެފްސީ ޗެލެންޖް ލީގުގައި ވާދަކުރާ ރާއްޖޭގެ މާޒިޔާ އަށް މޮންޓެނީގްރޯގެ ކޯޗެއް ގެނެސްފި އެވެ.

އުމުރުން 54 އަހަރުގެ ކޯޗު ޑްރަގަން ޑުކަނޮކޮވިޗް އަކީ މީގެ ކުރިން އޭޝިޔާގެ ގިނަ ގައުމުތަކެއްގައި ކޯޗުކޮށްދީފައިވާ ތަޖުރިބާކާރެކެވެ. މި ގޮތުން އޭނާ ވަނީ އިންޑޮނީޝިއާ އާއި ބަނގްލަދޭޝް އަދި މޮންޓެނީގްރޯ އާއި ސާބިއާގެ އިތުރުން ގްރީސްގެ ބައެއް ޓީމުތަކަށް ވެސް ކޯޗުކޮށްދީފަ އެވެ. އޭނާއާއެކު މާޒިޔާއިން ރަސްމީކޮށް ކޮންޓްރެކްޓްގައި ސޮއިކުރުން ބޭއްވީ މިއަދު ހެނދު މަޒާޑާ ކެފޭގަ އެވެ. ޓީމުގެ ފަރާތުން ސޮއިކުރީ ޗެއާމަން އަހުމަދު ސާޖިދެވެ.

ޑްރަގަން މާޒިޔާއާއެކު އަންނަ އަންގާރަ ދުވަހު ޗެލެންޖް ލީގަށް ތައްޔާރުވާން ފަށާނެ އެވެ. އޭނާ އަށް ލިބިފައިވާ މާޒިޔާގެ ޓީމަކީ ރާއްޖޭގެ ގައުމީ ޓީމުގެ 90 ޕަސެންޓް ކުޅުންތެރިން ތިބި ޓީމެވެ.

މާޒިޔާ ހިމެނޭ ގްރޫޕް ބީގައި ހިމެނެނީ ކުވޭރުގެ އަލް އަރަބީ އާއި ތުރުކުމެނިސްތާންގެ އެފްސީ އާކަޑާ އާއި ކަޒަކިސްތާނުގެ އެފްސީ އަބްޑީޝް އަޓާ ކަންޓެވެ. މި ހަތަރު ޓީމު ގްރޫޕް ސްޓޭޖުގައި ކުޅޭ ހުރިހާ މެޗެއް ވެސް ކުޅޭނީ ކުވޭތުގަ އެވެ. ފުރަތަމަ މެޗުގައި މާޒިޔާ ނުކުންނާނީ އަންނަ އޮކްޓޫބަރު މަހު 26ގައި އެފްސީ އާކަޑާއާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި 29 ވަަނަ ދުވަހު ކުޅޭނީ އަލް އަރަބީއާ ދެކޮޅަށެވެ. ތިން ވަނަ މެޗުގައި އަބްޑީޝްއާ ދެކޮޅަށް ކުޅޭނީ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހު އެވެ.

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2025

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް
01 ނޮވެމްބަރު 2025

ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

01 ނޮވެމްބަރު 2025
ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި
26 އޮކްޓޯބަރު 2025

ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް

26 އޮކްޓޯބަރު 2025
ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް
20 އޮކްޓޯބަރު 2025

ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް

20 އޮކްޓޯބަރު 2025
ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް
01 އޮކްޓޯބަރު 2025

ބުރު ބަލިކޮށް މާޒިޔާ އަށް ތިން ވަނަ މޮޅު

01 އޮކްޓޯބަރު 2025
ބުރު ބަލިކޮށް މާޒިޔާ އަށް ތިން ވަނަ މޮޅު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު