Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައްޔިތުން ނިކަމެތި ކުރުން

މާލީ ހާލަތު ދަށް ކަމަށްބުނެ، ނިކަމެތި ކުރަނީ ރައްޔިތުން

މާލީ ހާލަތާއި ގުޅޭގޮތުން ސަރުކާރުން ދައްކަމުން ދަނީ އެކިއިރު އެކި ވާހަކަތަކެވެ. ރާއްޖެ އޮތީ އިގްތިސާދީ ބޮޑު އަދަވަޅެއްގައި ކަމަށް އެއް މިނިސްޓަރަކު ސިފަކުރައްވާއިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، ރާއްޖެ ދަތުރުކުރާ މަންޒިލް ރީތިވެ، ކުރިއަށް އޮތީ އުޖާލާ ދުވަސްތަކެއް ކަމަށް އަނެއް މިނިސްޓަރަކު ވިދާޅުވާނެއެވެ. ރައްޔިތުން މިއަދު ވާނުވާގައި ތިބިއިރު، މިހުރިހާ ކަމެއްގައި ވެސް ދެރައާއި ނިކަމެތިކަން ލިބެމުންދަނީ ރައްޔިތުންނަށެވެ.

ފައިސާ ސަރުކާރުން ދޫނުކުރާތީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 24 އޮކްޓޯބަރު 2024 | ބުރާސްފަތި 08:02
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިފަހުން ރާއްޖޭގެ މާލީ ހާލަތު އޮތީ ވާނުވާއެވެ. މާލީ ހާލަތާއި ގުޅޭގޮތުން ސަރުކާރުން ދައްކަމުން ދަނީ އެކިއިރު އެކި ވާހަކަތަކެވެ. ރާއްޖެ އޮތީ އިގްތިސާދީ ބޮޑު އަދަވަޅެއްގައި ކަމަށް އެއް މިނިސްޓަރަކު ސިފަކުރައްވާއިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، ރާއްޖެ ދަތުރުކުރާ މަންޒިލް ރީތިވެ، ކުރިއަށް އޮތީ އުޖާލާ ދުވަސްތަކެއް ކަމަށް އަނެއް މިނިސްޓަރަކު ވިދާޅުވާނެއެވެ. ރައްޔިތުން މިއަދު ވާނުވާގައި ތިބިއިރު، މިހުރިހާ ކަމެއްގައި ވެސް ދެރައާއި ނިކަމެތިކަން ލިބެމުންދަނީ ރައްޔިތުންނަށެވެ.

އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަގުސަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމައި ރައީސް ޑރ.މުހައްމަދު މުއިއްޒު އެކަން އިއުލާން ކުރެއްވިއިރު ވެސް އެންމެ ބޮޑު ދެރައެއް ލިބެނީ ސިވިލް ސަރވިސް މުވައްޒަފުންނަށެވެ. އެއީ 12،000 ރުފިޔާއަށްވުރެ މަތިން މުސާރަ ލިބޭ ސިވިލް މުވައްޒަފުންގެ މުސާރައިން 10 އިންސައްތަ ކެނޑޭތީއެވެ. އަދި، ބޮޑެތި މުސާރަ ނަންގަވާ މަޖިލިސް މެންބަރުންނާއި، ސިޔާސީ ބޭފުޅުންނާއި އަދި ކުންފުނިތަކުގެ ވެރިންގެ މުސާރައިންވެސް 10 އިންސައްތަ އުނިވާ އުސޫލު ހަމަނުޖެހޭ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މީގެ އިތުރުން ރާއްޖޭގެ މާލީ ހާލަތު ދަށް ކަމަށްބުނެ، ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ސަރުކާރުން ދޫނުކުރާތީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ. އަދި ވިޔަފާރި ވެސް ހުއްޓާލަންޖެހޭ ހިސާބަށް ބައެއް ކުންފުނިތަކުގެ ހާލަތަށް ދަށަށް ގޮސްފައިވާއިރު، އެކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މުސާރަ ވެސް ވަނީ ދެވޭ ގޮތް ނުވެފައެވެ. އިތުބާރުހުރި ފަރާތަކުން މައުލޫމާތު ދޭ ގޮތުގައި ކުރިއަށް އޮތް ދެ ހަފުތާގައި ވެސް ކޮންޓްރެކްޓަރުންނަށް ފައިސާ ނުދެވޭނެކަން ފިނޭންސް މިނިސްޓްރީން ދަނީ އަންގަމުންނެވެ. މިމައްސަލައާ ގުޅިގެން ރަސްމީ ގޮތުން ފިނޭންސް މިނިސްޓްރީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

ކުންފުނިތަކަށް ފައިސާ ނުދޭ މައްސަލައާ ގުޅޭގޮތުން އެންމެފަހުން ފިނޭންސް މިނިސްޓަރު ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެފައިވަނީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރާއި ނޮވެމްބަރަކީ ދައުލަތުގެ ކޭޝް ފްލޯ ދަށްކޮށް ދާ ދެ މަސް ކަމަށެވެ. އެހެންކަމުން މިއަދު އަމިއްލަ ކުންފުނިތައް ބަގުރޫޓްވާން ދޫކޮށްލާފައޭ ވެސް ބުނުމުގެ ޖާގަ އެބައޮތެވެ.

ކަންމިހެން އޮތް ނަމަވެސް ސަރުކާރުގެ މިނިސްޓަރުންނާއި، އެ ފަންތީގެ ބޭފުޅުން ބޭރުގެ ގައުމުތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުތައް މަދެއް ނޫނެވެ. ބޭރުގެ ގައުމުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި ޕްރައިވެޓް ސެކްޓަރ ބާރުވެރި ކުރުވުމަށް ވެސް ވަކާލާތު ކުރައްވައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ހުސައިން މުހައްމަދު ލަޠީފު މިހާރު ސަމޯއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި 2024 ވަނަ އަހަރު ބާއްވާ ކޮމަންވެލްތު ހެޑްސް އޮފް ގަވަރމަންޓް ބައްދަލުވުމުގެ ކުރިން ބޭއްވި ކޮމަންވެލްތު ބިޒްނަސް ފޯރަމް: އައިލެންޑް ލީޑާސް ވަށްމޭޒު ބައްދަލުވުމުގައި ވާހަކަފުޅު ވިދާޅުވީ ތަރައްގީގެ މަސައްކަތްތަކުގައި ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުން އިތުރުކުރުމަށް އަމަލީގޮތުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މިކަހަލަ ފޯރަމްތަކުގައި މުޅިން އެހެން މަންޒަރެއް ސަރުކާރުން ދެއްކި ނަމަވެސް އަމަލުކުރަމުންދަނީ ރައްޔިތުންނާއި، އަމިއްލަ ކުންފުނިތަކަށް ދެރަ ލިބޭ ގޮތަށެވެ.

މީގެ އިތުރުން ކަޅު ބާޒާރުގެ ޑޮލަރުގެ ރޭޓްމަތިވަމުންދާއިރު، ބީއެމްއެލްއިން ވަނީ ރާއްޖެއިން ބޭރުގައި ކިޔަވާކުދިންގެ ބީއެމްއެލް ކާޑުގެ ލިމިޓު 750 އެމެރިކާ ޑޮލަރުން، 1,200 އެމެރިކާ ޑޮލަރަށް ބޮޑުކުރުމަށް 23 އޮކްޓޫބަރު 2024 ވީ ބުދަ ދުވަހު ވަނީ ނިންމާފައެވެ. މިއީ ބޭރުގައި ކިޔަވާ ދަރިވަރުންނާއި، އާއިލާތަކަށް ލިބޭ ބޮޑު ލުޔެއް ނަމަވެސް މިހާރު ވެސް ބޭރުގައި ކިޔަވާ ދަރިވަރުންގެ ކޯސް ފީއަށް ދައްކަން ޖެހޭ ފައިސާ ނުލިބި ދަތި އުދަނގޫތައް ކުރިމަތިވަމުންދާ ކަމަށް އެދަރިވަރުން ދަނީ ބުނަމުންނެވެ. އެހެންކަމުން ބީއެމްއެލްގެ މި ނިންމާ މެދުވެސް ސުވާލު އުފައްދާ ދަރިވަރުން ވެސް މަދެއް ނޫނެއެވެ.

ގިނަ އަދަދެއްގެ ދަރިވަރުން މާޔޫސްކަމުގައި ކިޔަވަމުންދާއިރު، ސަރުކާރުގެ މި އަމަލުތަކުގެ ސަބަބުން ހުރިހާ ދެރަ ނިކަމެތިކަމެއް ލިބެނީ ރައްޔިތުންނަށެވެ. އުދަނގުލާއި، ވާނުވާގައި ދިރިއުޅެމުން މިޖެހެނީ ރައްޔިތުންނަށެވެ.

ރާއްޖޭގެ މާލީ ހާލަތުރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އައު ބާޒާރުތައް ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މުއިއްޒު

ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އައު ބާޒާރުތައް ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މުއިއްޒު

28 ޖޫން 2025
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

20 މާރިޗު 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ފާސްކުރި ބިލު ތަސްތީގު ނުކުރުމަށް ރައީސް މުއިއްޒުގެ އަރިހުން އެދިއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ފާސްކުރި ބިލު ތަސްތީގު ނުކުރުމަށް ރައީސް މުއިއްޒުގެ އަރިހުން އެދިއްޖެ

26 ފެބުރުއަރީ 2025
އުންމީދުން ފުރިގެންވާ ރިޔާސީ ބަޔާން އާޚިރުގައި ވެގެން ދިޔައީ ސަޅިބައިސާ އަށް

އުންމީދުން ފުރިގެންވާ ރިޔާސީ ބަޔާން އާޚިރުގައި ވެގެން ދިޔައީ ސަޅިބައިސާ އަށް

05 ފެބުރުއަރީ 2025
ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ދިރާސާ ކުރުމަށް އިނޮވޭޝަން ހަބެއް ގާއިމްކުރަން ނިންމައިފި

ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ދިރާސާ ކުރުމަށް އިނޮވޭޝަން ހަބެއް ގާއިމްކުރަން ނިންމައިފި

03 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު