Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޑރ.މުހައްމަދު މުއިއްޒު

ރައީސް މުއިއްޒު ބާއްވަވާ ބައްދަލުވުންތަކުގައި އެމަނިކުފާނު ކުރައްވާ ކަންކަމުގެ ނަތީޖާއާ ގުޅޭ ގޮތުން ސުވާލު ކުރަން ޖެހޭ: އަމްރު

29 ނޮވެމްބަރު 2025 | ހޮނިހިރު 08:12

މި ބައްދަލުވުންތަކުން ރައްޔިތުންނަށް ފައިދާވާން ޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 29 ނޮވެމްބަރު 2025 | ހޮނިހިރު 08:12
ރައީސް ޑރ. މުހައްމަދު މުއިއްޒު ވިލިމާލެ ރައްޔިތުންނާއި ބައްދަލު ކުރައްވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިލިމާލެ ރައްޔިތުންނާއި ބައްދަލު ކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރައްޔިތުންނާއެކު ބާއްވަވާ ބައްދަލު ކުރެއްވުންތަކުގައި އެމަނިކުފާނު ކުރައްވާ ކަންކަމުން ނުކުންނަ ނަތީޖާއާ ގުޅޭ ގޮތުން ސުވާލު ކުރަން ޖެހޭ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އަމްރު ވިދާޅުވީ ރައީސް މުއިއްޒު ރައްޔިތުންނާ ވަރަށް ގާތުން ބައްދަލު ކުރައްވާ ކަމަށާއި، މި ބައްދަލުވުންތަކުން ރައްޔިތުންނަށް ފައިދާވާން ޖެހޭ ކަމަށެވެ. އަމްރު ވިދާޅުވީ މި ބައްދަލުކުރެއްވުން ތަކުގައި އެމަނިކުފާނާ ރައްޔިތުން ސުވާލު ކުރަން ޖެހޭ ކަމަށާއި، ކަންކަން އޮޅުން ފިލުވަން ޖެހޭ ކަމަށެވެ. އަދި ސުވާލު އަމާޒު ކުރަންވީ އެމަނިކުފާނު ކުރައްވާ ކަންކަމުގެ ސަބަބުން ނުކުންނަ ނަތީޖާއާ ގުޅޭ ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

އެގޮތުން ރައީސް ކުރައްވާ ބޮޑެތި ހަރަދުތަކުން ރައްޔިތުންނަށް ލިބޭ ފައިދާއާ ގުޅޭގޮތުން ސުވާލު ކުރަން ޖެހޭ ކަމަށާއި، ބިޑަކާ ނުލާ ޕްރޮޖެކްޓްތައް ބަހާލުމުން 12 މަސް ދުވަހުން ނިންމާ މަޝްރޫއު، 6 މަސް ދުވަހުން ނިމެނީތޯ ނުވަތަ ނުކުންނާނެ ރަނގަޅު ނަތީޖާ ރައީސް މުއިއްޒުގެ އަރިހުން ރައްޔިތުން ހޯދަން ޖެހޭ ކަމަށް އަމްރު ވިދާޅުވި އެވެ.

ސަރުކާރު ކުންފުނިތަކަށް މިވޭތުވެދިޔަ 12 މަސް ދުވަހު ތެރޭގައި ވެއްދީ ކިހައި ބައެއްތޯ. އެ ވެއްދީ. އެ ވެއްދުމުގެ ސަބަބުން ޚިދުމަތުގެ ފެންވަރަށް އައީ ކޮންކަހަލަ ރަނގަޅު ބަދަލުތަކެއް ތޯ. ނުވަތަ ޚިދުމަތުގެ އަގަށް ކިހައިވަރެއްތޯ ލުއިވެގެން ދިޔައީ. ރައްޔިތުންގެ ޖީބަށް ކިހައި ވަރަކަށްތޯ ލުއިވެގެން ދިޔައީ. ރައްޔިތުން ބޭނުންވާ ކަންކަމަށް ކިހައި ވަރެއްގެ ލުޔެއްތޯ ލިބުނީ. އެ ސާފުކޮށްދެއްވަން ޖެހޭ ރައީސުލްޖުމްހޫރިއްޔާ.
އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު

އަމްރު ވިދާޅުވީ މި ސަރުކާރާއެކު އިންވެސްޓަރުންގެ އިތުބާރު މުޅި ގައުމަށް ގެއްލިފައިވާ ކަމަށާއި، މިގައުމުގެ މިނިވަން މުއައްސަސާތަކުގެ މިނިވަންކަމާ މެދު ސުވާލު އުފައްދަމުންދާ ކަމަށެވެ. އެކަމުގެ ގެއްލުން މުޅި ގައުމަށް ވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އަމްރު ވަނީ މުޅި ދުނިޔޭގައި ތެލުގެ އަގު ބޮޑުވެއްޖެ ހާލަތެއްގައި ރާއްޖެއިން އަމަލު ކުރާނެ ގޮތާއި ނުވަތަ ފަތުރުވެރިކަމުގެ ސިނާއަތް ދަށްވާ ހާލަތެއްގައި އަމަލު ކުރާނެ ގޮތާ ގުޅޭ ގޮތުން ވެސް ސުވާލު އުފައްދަވާފަ އެވެ. ރައްޔިތުން ހާލުގައި ނުޖައްސާ ގައުމު ހިންގާނެ ރަނގަޅު ޕްލޭނެއް އޮތްކަމާމެދު ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. މުހައްމަދު މުއިއްޒުރައްޔިތުންނާ ބައްދަލުކުރުންހުސެއިން އަމްރު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ގައިންގަޔަށް ނާރާ ބަލިތައް ކަންބޮޑުވާ މިންވަރަށް ދަނީ އިތުރުވަމުން، އިމްޕޯޓު ކުރާ ހުރިހާ އެއްޗެއް ޓެސްޓު ކުރެވޭނެ ގޮތަށް ލެބޯޓްރީއެއް ގާއިމް ކުރަންޖެހޭ: އަމްރު

12 ޑިސެމްބަރު 2025
ގައިންގަޔަށް ނާރާ ބަލިތައް ކަންބޮޑުވާ މިންވަރަށް ދަނީ އިތުރުވަމުން، އިމްޕޯޓު ކުރާ ހުރިހާ އެއްޗެއް ޓެސްޓު ކުރެވޭނެ ގޮތަށް ލެބޯޓްރީއެއް ގާއިމް ކުރަންޖެހޭ: އަމްރު
11 ޑިސެމްބަރު 2025

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
10 ޑިސެމްބަރު 2025

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!
10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
08 ޑިސެމްބަރު 2025

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!
07 ޑިސެމްބަރު 2025

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް
06 ޑިސެމްބަރު 2025

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!
06 ޑިސެމްބަރު 2025

ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި
05 ޑިސެމްބަރު 2025

ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟

05 ޑިސެމްބަރު 2025
ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟
04 ޑިސެމްބަރު 2025

ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި

04 ޑިސެމްބަރު 2025
ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް