Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސް މުއިއްޒުގެ ސަރުކާރު

ރައީސް މުއިއްޒު އަކީ ދިވެހި ރައްޔިތުންނަށް ބަލަދު އަރާ ބޭފުޅެއް ނޫން، ކަންކަން ނުހިންގޭ ނަމަ އެއްކައިރިއަށް ޖެހިވަޑައިގަންނަވާ - އިކްރާމް

ސަރުކާރުން ވައުދުތައް ބޮލާލާ ޖަހާ ރައްޔިތުންނަށް ނިކަމެތިކަން ދެމުންދާ ކަމަށް އިކްރާމް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 25 އޮކްޓޯބަރު 2024 | ހުކުރު 00:32
މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އިކްރާމް ހަސަން

މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އިކްރާމް ހަސަން

ރައީސް ޑރ.މުހައްމަދު މުއިއްޒު އަކީ ދިވެހި ރައްޔިތުންނަށް ބަލަދު އަރާ ބޭފުޅެއް ނޫން ކަމަށާއި ޤައުމު ހިންގަން ނޭނގޭ ނަމަ ރަނގަޅުވާނީ އެއްފަރާތަށް ޖެހިވަޑައިގަތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ހަރުގެ ޖަލްސާގައި ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަމަށް ފާޑު ވިދާޅުވެ އިކްރާމް ވަނީ ވާހަކަދައްކަވާފައެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ވީ ވައުދުތައް ވަރަށް ސާފުކޮށް އާއްމުންނަށް އެނގޭ ކަމަށާއި އޭގެ ތެރެއިން ފުރަތަމަ ކަމަކީ ވެރިކަމަށް ވަޑައިގެން ކުރީގެ ސަރުކާރަކުން ރައްޔިތުންނަށްޓަކާ ކޮށްދެއްވި އެއްވެސް ކަމެއް ބޮލާލާ ނުޖައްސާނެކަމަށް ވިދާޅުވެ ވެވަޑައިގެންނެވި ވައުދު ކަމަށް އިކްރާމް ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އެ ވައުދުތައް ބޮލާލާ ޖަހާ ރައްޔިތުންނަށް ނިކަމެތިކަން ދެމުންދާ ކަމަށް އިކްރާމް ވިދާޅުވިއެވެ. ހަމައެހެންމެ ފައިސާ ލިބެން އެބަ ހުރި ކަމަށާއި އިގްތިސާދު ނަގާ ކޮޅަށް ޖަހާނެކަމަށް ބުނެ ރައީސް މުއިއްޒު ދެއްކި ވާހަކަތަކުގެ ހަގީގަތަކީ ކޮބައިތޯ މިއަދު ސުވާލުކޮށްލަން ޖެހޭ ކަމަށް އިކްރާމް ވިދާޅުވިއެވެ. އަދި އިންޑިއާ އާއި އެކު ރާއްޖެ އިން ބާއްވަމުން އައި ޑިޕްލޮމެޓިކް ގުޅުމަށް ބުރޫ އަރާ ގޮތަށް ރައްޔިތުންނަށް ވަރަށް ބޮޑަށް ރައީސް މުއިއްޒު ވަނީ އޮޅުވާލައްވާފައި ކަމަށް އިކްރާމް ވިދާޅުވިއެވެ. މާލީ ޙާލަތު ގޯސްވަމުން ދާއިރު އެކަމުގެ ގެއްލުމާއި ކުރިމަތިލާން ޖެހެނީ ދިވެހި އާއްމު ރައްޔިތުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި މިހާރު އާއްމުން ތިބީ ދިިރިއުޅުމުގެ އާއްމު ކަންކަން ކުރުމަށް ދަތިވެފައި ކަަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މި ސަރުކާރުން މިހާރު މިދާ މިސްރާބަށް ގައުމު ގެންދާ ކަމަށް ވާނަމަ ޤައުމު ހޯދާ ނުފެންނާނެ ކަމަށާއި އެއީ ރައްޔިތުން ހަގީގަތުގައި ވެސް ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

އިކްރާމް ވަނީ ވެރިކަމުގައި ނެތް ނަމަ އާއްމުންގެ ފަރާތުން ފާޑުކިޔުން އަމާޒު ނުވާނެ ކަމަށް ވިދާޅުވެފައެވެ. މިއަދު ގައުމުގެ ހާލަތު އޮތް ގޮތުން ދެރަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ގައުމުގެ ހުރިހާ އާރަކާއި ބާރެއް މި ވަގުތު އޮތީ ރައީސް މުއިއްޒުގެ އަތްޕުޅުގައި ކަމަށް އިކްރާމް ވިދާޅުވިއެވެ. އެހެންކަމުން އެ މަނިކުފާނަށް ޤައުމު ނުހިންގެނީ ކަންކަން ކުރަން ނޭނގޭތީ ނޫންތޯ އިކްރާމް ސުވާލު އުފެއްދެވިއެވެ. އިކްރާމް ވަނީ ކުރިން ވެރިކަމަށް ވަޑައިގަންނަވަން ދެއްކެވި ވާހަކަ އާއި އެއްގޮތަށް ޢަމަލުކުރުމަށް ގޮވާލައްވާފައެވެ. އެކަން ނުކުރެވޭނަމަ އެންމެ ރީތި ގޮތަކީ މަޤާމުން އެކަހެރިވުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އިކްރާމް އެފަދައިން ވިދާޅުވެފައި މި ވަނީ ވެރިމަށް އައުމަށް ސަރުކާރުން ދެއްކި ވާހަކަތައް ދިމާނުވާތީ އާއްމުން ވެސް ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ތަރައްޤީގެ މަޝްރޫޢުތައް ހިނގަމުން ނުދިއުމާއި، ސިޔާސީ މަޤާމުތައް ގިނަ ވުން ފަދަ ސަބަބުތަކާއި ހުރެ އާއްމުން ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

އިކްރާމް ހަސަންރާއްޖޭގެ މާލީ ހާލަތުޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު