Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެޓީވީ ރޯކުރި މައްސަލަ

ރާއްޖެޓީވީ އިމާރާތް އަނދަމުންދަނިކޮށް އެ ސަރަހައްދުން އަންގިއެއް ފެނުނު: ހެކިން

14 އޯގަސްޓު 2017 | ހޯމަ 11:02

ދައުލަތުން ބުނާ ގޮތުގައި އަންގިން މީއާދުގެ ޑީއެންއޭ ފެނުނު

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 14 އޯގަސްޓު 2017 | ހޯމަ 11:02
ރާއްޖެޓީވީ ހިންގި އިމާރާތުގައި ރޯކޮށްލާފައި

ރާއްޖެޓީވީ ހިންގި އިމާރާތުގައި ރޯކޮށްލާފައި

ރާއްޖެޓީވީ ހިންގަމުން އައި އިމާރާތުގައި އަލިފާން ރޯކޮށްލި ރޭ، އިމާރާތް ކުރިމަތިން އަންގި އެއް ފެނިފައިވާ ކަމަށް ކްރިމިނަލް ކޯޓުގައި ހެކިވެރިން ބުނެފި އެވެ.

މީގެ ހަތަރު އަހަރު ކުރިން، 2013 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހުގެ ރޭ މެންދަމު ރާއްޖެޓީވީގެ އިމާރާތުގައި އަލިފާން ރޯކޮށްލާ ހުރިހާ އިކުއިޕްމެންޓްތައް އަންދާ އަޅިއަށް ހެދި މައްސަލައިގައި ހ. ގަސްވާ، މުހައްމަދު މީއާދުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމުގެ ދައުވާގެ ޝަރީއަތުގައި ހޯމަ ދުވަހު ބޭއްވި އަޑުއެހުމުގައި ދައުލަން ހުށަހެޅި ތިން ހެއްކެއްގެ ހެކި ބަސް ވަނީ ނަގާފަ އެވެ.

އެގޮތުން ހެކި ބަސް ދީފައިވަނީ، ރާއްޖެޓީވީ ހިންގަމުން އައި "ކުއީން އޮފް ދަ ނައިޓް" އިމާރާތުގައި ރޯކޮށްލުމުން އެ ސީން އަށް ދިޔަ ތިން ފުލުހެކެވެ. ތިން މީހުން ވެސް ބުނި ގޮތުގައި އިމާރާތުގައި ރޯވެ އަނދަމުން ދަނިކޮށް، އިމާރާތުގެ ކުރިމަތިން އަޅިކުލައިގެ އަންގިއެއް ފެނުނެވެ. އަދި އެ އަންގި ހެކީގެ ގޮތުގައި ސީލް ކުރެވުނު ކަމަށް ތިން މީހުން ވެސް ބުންޏެވެ.

ތިން ހެކިން ވެސް ބުނީ، ސީން އަށް ދިޔައިރު، އިމާރާތުގެ ސެކިއުރިޓީ ބަލަހައްޓަން ހުރި މީހާއަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށެވެ. އަދި އިމާރާތުގެ މަތިން އަންހެނަކު ސަލާމަތް ކޮށްދިނުމަށް އެދި ރޮމުން ދިޔަ ކަމަށް ވެސް ބުންޏެވެ.

މިމައްސަލައިގައި ދައުލަތުން ވަނީ ދައުވާ ސާބިތުކުރުމަށް ހަތަރު ހެކިންނާއި ދެ ގަރީނާއެއް ހުށަހަޅާފައެވެ.

ދައުލަތުން ގަރީނާގެ ގޮތުގައި ހުށަހަޅާފައިވަނީ، ރާއްޖެޓީވީ ހިންގި އިމާރާތުގައި އަލިފާން ރޯކޮށްލި ވަގުތު މީއާދުގެ އަތާއި ފަޔާއި ކަނދުރާގައި އަލިފާން ހިފިކަން ސާބިތުކުރުމަށް އައިޖީއެމްއެޗް ހޮސްޕިޓަލުން އޭނާ ފަރުވާ ހޯދި ކަމުގެ މެޑިކަލް ރިޕޯޓާއި، ރާއްޖެޓީވީ ހިންގި ބީކޭޓީ އިމާރާތް ކައިރިން ފެނުނު އަންގިއަކުން މީއާދުގެ ޑީއެންއޭ ފެނިފައިވާތީ، އަންގީގެ ޑީއެންއޭ ރިޕޯޓެވެ.

އެ ދެ ރިޕޯޓުގެ އިތުރުން ކްރައިމް އޮފް ސީން ރިޕޯޓާއި އައިޖީއެމްއެޗް އިން ފަރުވާ ހޯދިކަމުގެ ލިޔެކިޔުންތަކާއި އަދި ރާއްޖެޓީވީ ރޯކޮށްލާ މަންޒަރު ފެންނަ ވީޑިއޯ އެނެލެސިސް ރިޕޯޓް ވެސް ހުށަހަޅާފައި ވެއެވެ.

ދައުލަތުން ބުނެފައިވާ ގޮތުގައި ފުރަތަމަ ސިއްރު ހެކި ހުށަހަޅާފައިވަނީ ރާއްޖެޓީވީ ރޯކޮށްލުމަށް ރޭވި މީހުންގެ ތެރޭގައި މީއާދު ހިމެނޭކަން ސާބިތު ކުރުމަށް ކަމަށާއި އަދި ދެ ވަނަ ސިއްރު ހެކި ހުށަހެޅީ ރޯކޮށްލަން ދިޔަ މީހުންގެ ތެރޭގައި މޫނު ނިވާކޮށްގެން މީއާދު ހުރިކަން ސާބިތުކުރުމަށް ކަމަށެވެ. އަދި ތިން ވަނަ ސިއްރު ހެކި ހުށަހަޅާފައިވަނީ ރޯކޮށްލުމަށް ފަހު ބީކޭޓީ އިމާރާތުން މީއާދު ނިކުމެގެން ދިޔަކަން ސާބިތުކުރުމަށާއި މީއާދާއި އިތުރު ބަޔަކު އިމާރާތަކުން ނިކުތް ފަހުން ޒަހަމްތަކަކާއެކު ސެކިއުރިޓީ ގާޑު ނިކުމެގެން ދިޔަކަން ސާބިތުކުރުމަށެވެ.

މީގެ އިތުރުން ހަތަރު ވަނަ ސިއްރު ހެކި ހުށަހަޅާފައިވަނީ ރޯކޮށްލުމަށް ފަހު އެކަމުގައި ބައިވެރިވި އެންމެން ތަނަކަށް އެއްވި އިރު މިއާދުގެ އަތާއި ފަޔާއި އަދި ކަނދުރާ ފިހިފައިވާކަން ސާބިތުކުރުމަށާއި އަދި ލިބުނު އަނިޔާތަކަށް ފަރުވާ ހޯދުމަށް ދިޔަކަން ސާބިތުކުރުމަށް ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

ދައުވާ އަށް އިންކާރުކޮށް، ދިފާއުވުމަށް މީއާދު ވަނީ ނުވަ މީހުން ހެކިންގެ ގޮތުގައި ހުށަހަޅާފަ އެވެ. މީއާދު ބުނީ އެ މީހުން ހެކިންގެ ގޮތުގައި ހުށަހަޅަނީ ރާއްޖެޓީވީ ރޯކޮށްލި ދުވަހު އޭނާ މާލޭގައި ނެތްކަން ސާބިތުކުރުމަށް ކަމަށެވެ.

ރާއްޖެޓީވީ ރޯކޮށްލި މައްސަލާގައި ހަމައެކަނި މީއާދުގެ މައްޗަށް ދައުވާ އުފުލި ނަމަވެސް، ޖުމްލަ ނުވަ މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުން ޕީޖީއަށް ފޮނުވި އެވެ. އޭގެ ތެރޭގައި ހިމެނެނީ 35 އަހަރުގެ މީހަކާއި 24 އަހަރުގެ މީހަކާއި 22 އަހަރުގެ ދެ މީހުންނާއި 21 އަހަރުގެ މީހަކާއި 20 އަހަރުގެ މީހަކާއި 18 އަހަރުގެ ދެ މީހެއްގެ އިތުރުން 17 އަހަރުގެ ކުޑަކުއްޖެކެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
02 ފެބުރުއަރީ 2017

ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި

02 ފެބުރުއަރީ 2017
ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
28 ޖެނުއަރީ 2017

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ
27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް