Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަނު ލީގު

ވުލްވްސްބާގް އަތުން ބަޔާނަށް އުނދަގޫ މޮޅެއް

އެ މެޗަކީ ބަޔާންގެ ކޯޗު ކަމާ ހަވާލުވި ވިންސެންޓް ކޮމްޕެނީގެ އިރުޝާދުގެ ދަށުން ލީގުގައި އެ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 އޯގަސްޓު 2024 | ހޯމަ 06:59
ބަޔާނުން ކުޅުނު މެޗުގެ ތެރެއިން

ބަޔާނުން ކުޅުނު މެޗުގެ ތެރެއިން

އައު ސީޒަންގެ ޖަރުމަނު ލީގުގައި ބަޔާން މިއުނިކުން ކުޅުނު ފުރަތަމަ މެޗުގައި ވުލްވްސްބާގް އަތުން އުނދަގޫ މޮޅެއް ހޯދައިފި އެވެ.

ވުލްވްސްބާގްގެ އަމިއްލަ ދަނޑުގައި އާދިއްތަ ދުވަހުގެ ރޭ ކުޅުނު އެ މެޗަކީ ބަޔާންގެ ކޯޗު ކަމާ ހަވާލުވި ވިންސެންޓް ކޮމްޕެނީގެ އިރުޝާދުގެ ދަށުން ލީގުގައި އެ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ. އެ މެޗުގައި ބަޔާން އިން ވުލްވްސްބާގްގެ މައްޗަށް ކުރި ހޯދީ 3-2 ގެ ނަތީޖާ އަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ބަޔާނުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. މެޗުގެ 20 ވަނަ މިނެޓުގައި ބަޔާނަށް ލީޑު ނަގައިދިނީ ޖަމާލް މުސިއާލާ އެވެ. ނަމަވެސް ދެ ވަނަ ހާފުގައި ވުލްވްސްބާގް އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށް، ލީޑު ވެސް ނަގައިފަ އެވެ. ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި އެ ޓީމުން ނަތީޖާ ހަމަހަމަ ކުރީ ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްގެންނެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށް ނަތީޖާ ހަމަހަމަ ކޮށްދިނީ ލޮވްރޯ މާޔާ އެވެ.

އޭގެ އަށް މިނެޓު ފަހުން ލޮވްރޯ މާޔާ ވަނީ އިތުރު ލަނޑެއް ޖަހައި ވުލްވްސްބާގަށް ލީޑު ނަގައިދީފަ އެވެ. އެ ލީޑުގައި އެ ޓީމަށް އޮވެވުނީ ދިހަ މިނެޓަށެވެ. މެޗުގެ 65 ވަނަ މިނެޓުގައި ބަޔާނަށް ނަތީޖާ ހަމަހަމަވީ ވުލްވްސްބާގްގެ ޖަކޫބް ކަމިންސްކީ އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ. މެޗުން ބަޔާން މޮޅުވީ މެޗުގެ 82 ވަނަ މިނެޓުގައި ސާޖް ގްނަބްރީ ޖެހި ލަނޑުންނެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ހެރީ ކޭން އެވެ.

ލީގުގައި ބަޔާންގެ ދެ ވަނަ މެޗުގައި އެ ޓީމުގެ އަމިއްލަ ދަނޑުގައި ނިކުންނާނީ ފްރެއިބާގްއާ ދެކޮޅަށެވެ.

ޖަރުމަން ލީގުބުންޑެސްލީގާބަޔާން މިއުނިކް

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
07 އޮކްޓޯބަރު 2025

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް
27 ސެޕްޓެމްބަރު 2025

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި
18 ސެޕްޓެމްބަރު 2025

ބަޔާން އިން ޗެލްސީ ބަލިކޮށްފި

18 ސެޕްޓެމްބަރު 2025
ބަޔާން އިން ޗެލްސީ ބަލިކޮށްފި
23 އޯގަސްޓު 2025

ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި

23 އޯގަސްޓު 2025
ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި
30 ޖޫން 2025

ފްލަމެންގޯ ބަލިކޮށް، ބަޔާން ކުއާޓާ ފައިނަލަށް

30 ޖޫން 2025
ފްލަމެންގޯ ބަލިކޮށް، ބަޔާން ކުއާޓާ ފައިނަލަށް
25 ޖޫން 2025

ބެންފީކާ އިން ބަޔާން ބަލިކޮށްފި، ދެ ޓީމު ވެސް ގަދަ 16 އަށް

25 ޖޫން 2025
ބެންފީކާ އިން ބަޔާން ބަލިކޮށްފި، ދެ ޓީމު ވެސް ގަދަ 16 އަށް
05 މެއި 2025

ލެވަކޫސަން އެއްވަރުވުމުން، ބަޔާނަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ

05 މެއި 2025
ލެވަކޫސަން އެއްވަރުވުމުން، ބަޔާނަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު