Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނޭމާ

ނޭމާ ބާސާގެ މެނޭޖްމަންޓަށް ފާޑުކިޔައިފި

އޭނާ ބުނެފައިވަނީ ބާސެލޯނާ މިހާރު އޮތް ހާލަތަށް ވެއްޓުމުގެ ޒިންމާ ބޯޑުން ނަގަން ޖެހޭނެ ކަމަށް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 21 އޯގަސްޓު 2017 | ހޯމަ 10:48
ޕީއެސްޖީގެ ތަރި ނޭމާ

ޕީއެސްޖީގެ ތަރި ނޭމާ

ދުނިޔޭގެ ރިކޯޑު ފީއަކަށް ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވި ބްރެޒިލްގެ ތަރި ނޭމާ އޭނާގެ ކުރީގެ ކްލަބް ބާސެލޯނާގެ ބޯޑަށް ފާޑުކިޔައިފިއެވެ.

އާދީއްތަ ދުވަހުގެ ރޭ ޓުލޫސްއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ވާހަކަ ދައްކަމުން ނޭމާ ވަނީ ބާސެލޯނާގެ މިހާރުގެ ބޯޑާ މެދު އޭނާ ހިތްހަމަ ނުޖެހޭ ކަމަށް ބުނެފައެވެ.

އެގޮތުން އޭނާ ބުނެފައި ވަނީ ބާސެލޯނާ މިހާރު އޮތް ހާލަތަށް ވެއްޓުމުގެ ޒިންމާ ބޯޑުން ނަގަން ޖެހޭނެ ކަމަށާއި ބަސާ މިހާރު އޮތް ހާލަތު ފެނިފައި އޭނާ ވަރަށް ދެރަވާ ކަމަށެވެ. އޭގެ އިތުރުން ވެސް ބާސާގައި ހޭދަކުރި ހަތަރު އަހަރަކީ ވަރަށް އުފާވެރި ހަތަރު އަހަރު ކަމަށާއި އޭނާގެ ހަނދާނުން ދުވަހަކު ވެސް އެ ހަތަރު އަހަރު ފިލައިގެން ނުދާނެ ކަމަށް ނޭމާ ވަނީ ބުނެފައެވެ.

ހަމައެހެންމެ ބާސާގެ ބޯޑުގައި މިވަގުތު ތިބި މީހުންނަކީ އެ މަގާމުތަކުގައި ތިބެން ނުޖެހޭ ބައެއް ކަމަށާއި ބާސާގެ ބޯޑުގައި ތިބެން ޖެހެނީ އެ މަގާމަށް ގާބިލު ބައެއް ކަމަށް ނޭމާ ބުނެފައި ވެއެވެ.

ނޭމާ މިހެން ބުނެފައިވާއިރު ބާސާގެ ބޯޑާ މެދު އެ ކްލަބުގެ ސަޕޯޓަރުން ވެސް ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން އެ ކްލަބުގެ ރައީސްގެ އިސްތިއުފާއަށް ގޮވާލައި ސޯޝަލް މީޑިއާގައި ވެސް އެތަކަށް ބަޔަކު ދަނީ އަޑު އުފުލަމުންނެވެ.

ބާސާގެ ބޯޑާ މެދު މީހުން ނުރުހުން ފާޅުކުރަން ފެށީ އެ ކްލަބުގެ ޓްރާންސްފާ ޕޮލިސީގެ ސަބަބުންނާއި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުން މަދުވުމުގެ ސަބަބުންނެވެ.

މި ޓްރާންސްފާ މާކެޓުގައި ބާސާއަށް ގެންނަން ބޭނުންވި ގިނަ ކުޅުންތެރިން އެ ޓީމަށް ގެނެވިފައި ނުވާއިރު ޓީމުގައި ތިބި ޒުވާން ކުޅުންތެރިން ވެސް އެހެނިހެން ޓީމުތަކަށް ފޮނުވާލާފުމުގެ އިޝާރާތެއް އެ ކްލަބުގެ މެނޭޖްމަންޓުން ވަނީ ކޮށްފައެވެ.

ނޭމާގެ ބަހުގެ ހަމަލާތައް ބާސާގެ ބޯޑަށް އަމާޒުވެފައިވާއިރު އޭނާ އަންނަނީ ޕީއެސްޖީއަށް ބަދަލުވުމަށް ފަހު އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.

އިތުރަށް ކިޔާލަން

21 މެއި 2017

ނޭމާ ޖޫނިއާސް ފައިވްގެ ޗެމްޕިއަންކަން ހޯދާ ޓީނޭޖް ބްރެޒިލަށް

21 މެއި 2017
ނޭމާ ޖޫނިއާސް ފައިވްގެ ޗެމްޕިއަންކަން ހޯދާ ޓީނޭޖް ބްރެޒިލަށް
15 މެއި 2017

މިއީ އަހަރެން ބާސާއާ އެކު ހޭދަކުރި އެންމެ ކާމިޔާބު ސީޒަން: ނޭމާ

15 މެއި 2017
މިއީ އަހަރެން ބާސާއާ އެކު ހޭދަކުރި އެންމެ ކާމިޔާބު ސީޒަން: ނޭމާ
13 މެއި 2017

އެސިސްޓަންޓް ކޯޗާ ދެބަސްވެ ނޭމާ ކުލަބުގައި މަޑު ނުކުރާނެ ކަމުގެ އިންޒާރު ބާސާއަށް

13 މެއި 2017
އެސިސްޓަންޓް ކޯޗާ ދެބަސްވެ ނޭމާ ކުލަބުގައި މަޑު ނުކުރާނެ ކަމުގެ އިންޒާރު ބާސާއަށް
11 އެޕްރީލު 2017

ނޭމާއަށް 'އެލް ކްލެސިކޯ' ގައި ނުކުޅެވޭނެ!

11 އެޕްރީލު 2017
ނޭމާއަށް 'އެލް ކްލެސިކޯ' ގައި ނުކުޅެވޭނެ!
10 އެޕްރީލު 2017

އެލްކްލެސިކޯގައި ނޭމާއަށް ކުޅެވޭނެ ކަމާމެދު ސުވާލު އެފެދިފައި

10 އެޕްރީލު 2017
އެލްކްލެސިކޯގައި ނޭމާއަށް ކުޅެވޭނެ ކަމާމެދު ސުވާލު އެފެދިފައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު