Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޣައްޒާ ހޮސްޕިޓަލުތައް ކަނު އަނދިރީގައި

ތެޔޮ ހުސްވެ، ޣައްޒާގެ ހޮސްޕިޓަލުތަކުގައި ޑޮކްޓަރުން ކަނުއަނދިރީގައި!

ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވުމާއެކު، ޖެނެރޭޓަރުތައް މަސައްކަތް ނުކުރާތީ، ހޮސްޕިޓަލުގެ އަނދިރި ކޮރިޑޯތަކުގައި ޑޮކްޓަރުން ބަލިމީހުން ބަލަން އަންނައިރު ސްޓެތޮސްކޯޕް ފަދައިން މޯބައިލް ފޯނުގެ ފްލެޝްލައިޓުވެސް ވަނީ މުހިންމު އާލާތަކަށް ވެފައެވެ.

ނިއުސް ޓީމް
ނިއުސް ޓީމް, ރާއްޖެ އެމްވީ | 24 އޯގަސްޓު 2024 | ހޮނިހިރު 09:50
 ދާރުލް ބަލާހުގައި ހުންނަ އަލް-އަޤްޞާ ހޮސްޕިޓަލުގައި ކަރަންޓު ކެނޑުމުން ޑޮކްޓަރަކު ފޯނުގެ ފްލެޝްލައިޓް ބޭނުންކުރަނީ

ދާރުލް ބަލާހުގައި ހުންނަ އަލް-އަޤްޞާ ހޮސްޕިޓަލުގައި ކަރަންޓު ކެނޑުމުން ޑޮކްޓަރަކު ފޯނުގެ ފްލެޝްލައިޓް ބޭނުންކުރަނީ

ޣައްޒާގައި ދިގުލައިގެންދާ ހަނގުރާމައިގެ ސަބަބުން، ތެލުގެ ދަތިކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ. މީގެ ސަބަބުން، ޚިދުމަތްދޭ މަދު ހޮސްޕިޓަލްތަކުގެ ޚިދުމަތްތައްވެސް އިތުރަށް ވަނީ އިތުރަށް މަޑުޖެހިފައެވެ.

ބައިތުލް ލަހިޔާގައި ހުންނަ ކަމާލް އަދްވާން ހޮސްޕިޓަލަށް ފަރުވާ ހޯދުމަށް ދިޔަ މީހެއް ކަމުގައިވާ، އައިމަން ޒަޤޫތަށް ދިމާވި ގޮންޖެހުންތަކުގެ ވާހަކަ ހިއްސާކުރަމުން އޭނާ ބުނީ ގިނަ ވަގުތުތަކުގައި ފަރުވާ ލިބެނީ އަނދިރީގައިކަމަށެވެ. ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވުމާއެކު، ޖެނެރޭޓަރުތައް މަސައްކަތް ނުކުރާތީ، ހޮސްޕިޓަލުގެ އަނދިރި ކޮރިޑޯތަކުގައި ޑޮކްޓަރުން ބަލިމީހުން ބަލަން އަންނައިރު ސްޓެތޮސްކޯޕް ފަދައިން މޯބައިލް ފޯނުގެ ފްލެޝްލައިޓުވެސް މުހިންމު އާލާތަކަށް ވެފައިވާ ކަމަށް އައިމަން ފާހަގަކުރިއެވެ. "ކަރަންޓު ނެތުމުގެ ސަބަބުން، މި ހާލަތުގައި އަޅުގަނޑަށް ފަރުވާ ދެވޭނެ ގޮތެއް ނޭނގެ،" އައިމަން މި އޭއެފްޕީޓީވީއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.

ޑޮކްޓަރ މަޙްމޫދު އަބޫ އަމްޝާ ވިދާޅުވި ގޮތުގައި، "އާ ބަލިމީހުން ބަލައިގަތުން މިހާރު ވަނީ މުޅިން ހުއްޓާލައިފަ" އެވެ. އަދި "ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ޖަނަރޭޓަރުތައް ހިންގުމަށް ބޭނުންވާ ވަރަށް އިތުރު ތެޔޮ ފޯރުކޮށް ނުދޭ" ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ތެލުގެ ދަތިކަމުގެ ސަބަބުން ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމުގެ ބިރު އޮތްކަންވެސް ޑޮކްޓަރ އަބޫ އަމްޝާ ވަނީ ފާހަގަކުރައްވާފައެވެ.

ހޮސްޕިޓަލުތަކުގެ ހާލަތު ކިޔައިދެއްވަމުން ޑޮކްޓަރ އަމްޝާ އިތުރަށް ވިދާޅުވީ "އިންކިއުބޭޓަރުތަކުގައި ތިބި ކްރިޓިކަލް ހާލުގައިވާ ކުޑަކުދިންނަށް ހާޓްއެޓޭކްތައް ޖެހުމުގެ އިތުރުން އައިސީޔޫގައި ފަރުވާ ހޯދަމުންދާ 7 މަލި މީހުންގެ ފުރާނަވެސް އޮތީ މަރުގެ ތުންފަތް މަތީގަ ކަމަށެވެ.

އިޒްރޭލުގެ ބެލުމުގެ ދަށުގައިވާ ޗެކްޕޮއިންޓްތަކުން، އެހެނިހެން އިންސާނީ އެހީއާއެކު، ވަރަށް މަދު މިންވަރެއްގެ ތެޔޮ ޣައްޒާއަށް ފޯރުކޮށްދީފައިވެއެވެ. ނަމަވެސް، ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައި، ޚާއްޞަކޮށް ވައިގެ ޙަމަލާތަކާ ގުޅިގެން މަރުވާ މީހުންގެ އަދަދު އިތުރުވުމުން ނުވަތަ ކުއްލިއަކަށް ޒަޚަމްވެގެން އަންނަ މީހުންގެ އަދަދު އިތުރުވުމުން، މެޑިކަލް ޓީމަށް އިރުގެ ހަކަތައަށް ބަރޯސާވާން ޖެހޭ ކަން ފާހަގަކުރައްވަމުން ޑޮކްޓަރ އަމްޝާ ވިދާޅުވީ މި ނިޒާމަކީ 24 ގަޑިއިރު ކަރަންޓު ބޭނުންވާ ބަލިމީހުންނަށް އެކަށީގެންވާ ޙައްލެއް ނޫން ކަމަށެވެ.

މީގެއިތުރުން، ތެލުގެ ދަތިކަމުގެ ސަބަބުން އެމްބިއުލާންސްތައް ދުއްވުމަށްވެސް ބޮޑެތި ހުރަސްތަކާ ކުރިމަތިވެފައިވެއެވެ. މިކަމުގެ ސަބަބުން ކުއްލި ޙާލަތްތަކުގައި ބޭނުންވާ އިމަރޖެންސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ދަތިތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރެވެއެވެ.

އުތުރު ޣައްޒާގައި ހުންނަ އަލް-ޢައުދާ ހޮސްޕިޓަލްގެ ވަގުތީ ޑިރެކްޓަރު މުޙައްމަދު ސާލިޙާ އޭ.އެފް.ޕީއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ހޮސްޕިޓަލްގެ ޖަނަރޭޓަރުތައް އަލުން ހިންގުމަށްޓަކައި ތެލުގެ އެހީއަކަށް ބޭނުންވެފައިވާ މިންވަރު ވަރަށް ބޮޑު ކަމަށެވެ.

އިތުރަށް މަޢުލޫމާތު ދެއްވަމުން ސާލިޙާ ވިދާޅުވީ، އެހެން ހޮސްޕިޓަލްތަކުން "އެ ތަންތަނުގައި ރައްކާކޮށްފައިވާ ތެލުގެ ސްޓޮކުން ބައެއް ހިލޭ އެހީގެ ގޮތުގައި ފޯރުކޮށްދީފައިވާތީ" މިހާރު އެންމެ އަސާސީ މިންވަރަށް ޚިދުމަތް ދެވެމުންދާ ކަމަށެވެ.

ޣައްޒާގެ ހަނގުރާމަ ފެށުނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު އެވެ. އިޒްރޭލުގެ ދިފާއީ ބާރުތަކުން ބުނާ ގޮތުގައި ފަލަސްތީނުގެ 251 މީހުން ރަހީނުކޮށްފައިވާ ކަމަށާއި، މީގެ ތެރެއިން 105 މީހުން އަދިވެސް ޣައްޒާގައި ބަންދުކުރެވިފައިވާ ކަމަށާއި، 34 މީހުން ވަނީ ޝަހީދުވެފައެވެ. ހަމާސްގެ ބެލުމުގެ ދަށުން ހިންގަމުންދާ ޣައްޒާގެ ސިއްޙީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން މިހާތަނަށް 40،265 ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވެއެވެ. އދ އިން ހާމަކުރާ ގޮތުގައި ޝަހީދުވެފައިވާ މީހުންގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

މިހާރު ޣައްޒާގައި ޚިދުމަތް ދެމުން އަންނަނީ އެންމެ 16 ހޮސްޕިޓަލުންނެވެ. އަދި މި ހޮސްޕިޓަލުތަކުންވެސް ދެވެނީ ހަމައެކަނި އަސާސީ ޚިދުމަތްތަކެކެވެ. ހަނގުރާމަ ފެށުނު ފުރަތަމަ ދުވަސްތަކުގައި ޣައްޒާގެ ހަމައެކަނި ކަރަންޓު އުފައްދާ މަރުކަޒުގެ މަސައްކަތް ހުއްޓުމާއެކު، އިޒްރޭލުން ވަނީ ޣައްޒާއަށް ފޯރުކޮށްދެމުން އައި ކަރަންޓުގެ ޚިދުމަތްވެސް މުޅިން ކަނޑާލާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮވިޑް-19 ޖެހިގެން ރާއްޖެއިން ހާލު ދެރަވި މީހާ: ކުޑަ ވަގުތުކޮޅަކަށް ޑޮކްޓަރުންގެ ވެސް އުއްމީދު ކެނޑުނު!

ކޮވިޑް-19 ޖެހިގެން ރާއްޖެއިން ހާލު ދެރަވި މީހާ: ކުޑަ ވަގުތުކޮޅަކަށް ޑޮކްޓަރުންގެ ވެސް އުއްމީދު ކެނޑުނު!

28 މާރިޗު 2020
ސެންޓަށް ވުރެ އުއްޗުއަށް ކަމުދަނީ ޒައިތޫނި ތެޔޮ!

ސެންޓަށް ވުރެ އުއްޗުއަށް ކަމުދަނީ ޒައިތޫނި ތެޔޮ!

25 ޑިސެމްބަރު 2019
ޓެކްސީ ދުއްވާ ހަމައެކަނި އަންހެން ޑްރައިވަރު: އެހީ ހޯދުމަށްދާނެ ކޮޅެއް ނޭނގި ގޮތްހުސްވެފައި!

ޓެކްސީ ދުއްވާ ހަމައެކަނި އަންހެން ޑްރައިވަރު: އެހީ ހޯދުމަށްދާނެ ކޮޅެއް ނޭނގި ގޮތްހުސްވެފައި!

26 ނޮވެމްބަރު 2019
އިދިކޮޅަށް ގޮތް ހުސްވެ، ހާކަނޑުގައި ލަބަރި ތަޅަނީ

އިދިކޮޅަށް ގޮތް ހުސްވެ، ހާކަނޑުގައި ލަބަރި ތަޅަނީ

13 އޮކްޓޯބަރު 2019
ގޮތް ހުސްވެފައި ތިބި އާއިލާތަކުން އިންސާފަށް ކުރާ ދަތުރުގެ ކޮޅުމަތި ފެންނަން ފަށައިފި

ގޮތް ހުސްވެފައި ތިބި އާއިލާތަކުން އިންސާފަށް ކުރާ ދަތުރުގެ ކޮޅުމަތި ފެންނަން ފަށައިފި

11 ޖޫން 2019

އަހަރުތަކުން މިއަދު

26 މެއި
ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް

 ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް
20224 އަހަރު ކުރިން
ރާއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!
20197 އަހަރު ކުރިން
ރާއްޖެ

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!

ބީފް ސަބްމެރިން
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ބީފް ސަބްމެރިން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު