Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލް

ގޮތް ހުސްވެފައި ތިބި އާއިލާތަކުން އިންސާފަށް ކުރާ ދަތުރުގެ ކޮޅުމަތި ފެންނަން ފަށައިފި

މަރުތަކުގެ ހަގީގަތް ހޯދުމަކީ މި ސަރުކާރުގެ މުހިންމު ވައުދެއް

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 11 ޖޫން 2019 | އަންގާރަ 06:15
ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިލްވާންގެ މަންމަ އިންސާފަށް ގޮވާލާ ބޭއްވި ހިނގާލުމެއްގެ ތެރެއިން

ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިލްވާންގެ މަންމަ އިންސާފަށް ގޮވާލާ ބޭއްވި ހިނގާލުމެއްގެ ތެރެއިން

ގައުމެއްގައި ދިރިއުޅޭ އެންމެން ވެސް، އެ މީހުންގެ ބެލެނިވެރިކަމާ ހަވާލުވެގެން ތިބޭ ދަައުލަތަކުން ބޭނުންވާނެ އެންމެ މުހިންމު އެއް ކަމަކީ އެ ގައުމެއްގެ ގާނޫނެއްގެ ދަށުން ލިބިދޭ ހައްގުތަކެވެ. ދެން ބޭނުންވާނީ، އެ ހައްގުތައް ގެއްލިއްޖެ ހާލަތެއްގައި ގާނޫނީ ގޮތުން ލިބެން ޖެހޭ އިންސާފު ކަށަވަރުކޮށްދިނުމެވެ.

އިންސާފަކީ އިންސާނުންގެ ދިރުއުޅުމުގައި ވަރަށް ވެސް މުހިންމު އަދި އެހާމެ ބޭނުން ކަމެކެވެ. މި ހަގީގަތް މީހުން ބަލާ ފިލްމުތަކުން ވެސް ޔަގީންވާނެއެވެ. އެންމެން ކެތް މަދުވެފައި އެ ފިލްމެއް ބަލަން ތިބެނީ އޭގައި އެ އުޅޭ ބަތަލަކަށް ނުވަތަ ބަތަލާއަކަށް އިންސާފު ލިބޭ މަންޒަރެވެ. ދިރިއުޅުމުގައި ކިތަންމެ ކަމެއް ތަހައްމަލު ކުރަން ޖެހުނު ކަމުގައިވީ ނަމަވެސް، އެންމެ ފަހު ވަގުތުގައި އެ މީހަކަށް އިންސާފު ލިބިއްޖެ ހިނދެއްގައި އެ ފިލްމެއް ބަލަންދާ މީހުން ނިކުމެގެން ދަނީ ހިތް ހަމަޖެހިގެންނެވެ. އަސްލު ދިރިއުޅުމުގައި ވެސް ހަމަ މި ހަގީގަތެވެ.

ރާއްޖޭގައި މި ފަހަކަށް އައިސް މާރާމާރީ އާންމުވެ، މީހުންގެ ފުރާނަޔަށް އެއްވެސް ބެލުމެއް ނެތި ހިންގާފައިވާ ޖަރީމާތަކުން އެތައް ބަޔަކު މި ދުނިޔެއާ ވަކިވެގެން ގޮސްފިއެވެ. އެތައް އާއިލާއެއް ރޮއްވާލާފައެވެ. އެ ވާހަކަތައް އަޑުއަހަން ތިބޭ މީހުން ސިއްސުވާލާފައެވެ. މަރާލުމުން ކޮންމެ އާއިލާއަކުން ވެސް ބޭނުންވަނީ އިންސާފެވެ. ބޭނުންވަނީ އެކަން ކުރި ބައެއްގެ މައްޗަށް ޝަރީއަތްކުރެވި، ލިބެން ޖެހޭ ހައްގު އަދަބު ލިބިދިނުމެވެ. ސުވާލު އުފެދެނީ، ދިވެހިރާއްޖޭގައި އެ އާއިލާތަކަށް އިންސާފު ލިބިދާނެ ކަމާ މެދުއެވެ.

މަރުތަކުގެ މައްސަލައިގައި ކަޅި ހިންގާލި ހުރިހާ ދިމާލަކުން ވެސް ފެންނަނީ އިހުމާލެވެ. ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން މަތިކުރެވިފައި ތިބި މުއައްސަސާތަކުގެ ނާގާބިލު ކަމެވެ. އިންޒާރު ލިބުނު ވާހަކަ ރިޕޯޓްކުރުމުން ވެސް ދިނީ ބީރު ކަންފަތެކެވެ. ތަހުގީގު ކުރުމުގައި ވެސް އެތައް ކަމެއް ފޮރުވަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގެ އިނގިލި ދިއްކުރެވެނީ ސަބަބެއް ނެތިއެއް ނޫނެވެ. ނުފޫޒުން ވިޔަސް އަމިއްލަ އިޙްތިޔާރުގައި ވިޔަސް، އެ މުއަައްސަސާތަައް އޮތީ ރައްޔިތުން ފެންބޮވައިގަނެފައި ތިބި އިންސާފު ހޯދައި ދޭން ނުކުޅެދިފައެވެ. ވަކި ބައެއްގެ މަސްލަހަތު އިސްކޮށް، ރައްޔިތުންގެ މަސްލަހަތު ފަސް ކުރެވިގެން ދިޔަކަމީ ހަމަ ޝައްކެއް ވެސް ނެތް ހަގީގަތެކެވެ.

މި ސަރުކާރު ވެރިކަމަށް އައުމުގެ ކުރިން، ޕޯޑިއަމްތަކުންނާއި ކެމްޕެއިން ޕޯސްޓަރުތަކުން އެންމެ ބޮޑަށް ފެނި، އަޑުއިވިގެން ދިޔަ ވާހަކައަކީ، މިހެން ހިނގާފައިވާ މަރުގެ ހާދިސާތަކަށް އިންސާފު ހޯދައިދޭނަމޭ ބުނެ ދެއްކި ވާހަކަތަކެވެ. އެ މަރުތަކުގެ އެންމެ އަޑިއަށް ފީނާ، ކަންވީ ގޮތުގެ ހަގީގަތް ހާމަކޮށްދޭން ވާހަކައެވެ. ވީ ވައުދުފުޅާ އެއްގޮތަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި "މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަން" ގެ ނަމުގައި ރިޔާސީ ކޮމިޝަނެއް އުފެއްދެވިއެވެ. ގައުމުގެ ރައީސް ޙުދު އަމިއްލަފުޅަށް ވިދާޅުވީ މުއައްސަސާތަކަށް އިތުބާރު ނުކުރައްވާ ކަމަށެވެ. އުފެއްދެވި ކޮމިޝަންތަކުން އިންސާފު ހޯދައިދޭނެ ކަމުގެ ޔަގީންކަން ވަލިއްޔުލް އަމުރު އެރުއްވި ހިސާބުން، އިންސާފު ބޭނުންވެފައި ތިބި އާއިލާތަކަށް އުފާވެރި ޚަބަރެކެވެ. ނަމަވެސް ކަންވެގެން ދިޔައީ އެހެންނެއް ނޫނެވެ.

ކޮމިޝަންތަކަށް ބޭނުންވާ ބާރުތައް ހޯދަން މަޖިލީހަށް ހުށައެޅި ހިސާބުން ފެނިގެން ދިޔައީ، މި ސަރުކާރު ގެންނަން އެކުގައި ކޯލިޝަން ހަދައިގެން ތިބި ޕާޓީތަކުގެ ބޭފުޅުން ވެސް އެ ބިލާ ދެކޮޅު ހެއްދެވި ތަނެވެ. އެކި ބަހަނާތައް ދައްކާ ބިލު ފާސްކުރަން ދެކޮޅު ހެއްދެވި މަންޒަރެވެ. ކުޑަމިނުން ވޯޓަށް އެހޭވަރަށް މަޖިލީހުގެ ތަޅުމުގައި މެމްބަރުން ވެސް ހަމައެއް ނުވިއެވެ. ދިން މެސެޖު ވަރަށް ސާފެވެ. އެ މަރުތަކަށް އިންސާފު ހޯދައިދޭން ކުރާ މަސައްކަތަށް ހުރަސް އަޅާނެ ކަމެވެ.

ކޮންމެ ގޮތެއް ވިޔަސް، އޭގެ ފަހުން އިންތިހާބެއް ނިމި މަޖިލީހުގެ ސާފު އަގުލަބިއްޔަތު ލިބިގެން ދިޔައީ މި މަރުތަކުގެ ހަގީގަތް ހޯދަން ޖެހޭނެ ކަމަށް އެންމެ ގަދަޔަށް ވަކާލާތު ކުރި އެއް ބަޔަކު ކަމުގައިވާ އެމްޑީޕީގެ ގިނަ ކެންޑިޑޭޓުންނަށް ގޮނޑި ކާމިޔާބު ކުރެވިގެންނެވެ. އަދުގެ މަންޒަރަށް ބަލާއިރު މި ފެންނަނީ އެ މެމްބަރުން ހުވާކޮށް، އާ މަޖިލީހުގެ މަސައްކަތްތައް ފެށިގެން ކުރިޔަށް ދާ ތަނެވެ. އެ ހުރިހާ މަސައްކަތެއްގެ ތެރެއިން ވެސް އިންސާފަށް އިންތިޒާރު ކުރަން ތިބި އާއިލާތަކަށް ހަމަ ޔަގީނުން ވެސް ލިބޭނެ އެންމެ އުފާވެރި ޚަބަރަކީ ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލް 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެޖެންޑާވެގެން ދިޔުމެވެ.

ބިލުގެ ބަހުސް މަރުހަލާގައި މެމްބަރުން ދެއްކެވި ވާހަކަފުޅުތަކުން، ރިޔާސީ ކޮމިޝަންތަކަށް ބާރު ލިބޭނެ ކަމާ މެދު ޝައްކެއް ވެސް ނެތެވެ. ސާފު އަގުލަބިއްޔަތު އޮތީ އެ މަރުތަކަށް އިންސާފު ދޭން ގޮވާލި ބައެއްގެ އަތުގައެވެ. އެ މީހުން އެތިބީ އެ ކޮމިޝަންތަކަށް ބާރުދީގެން އިންސާފު ހޯދައިދޭށެވެ. މެސެޖު ވަރަށް ސާފެވެ. މަރުތަކަށް އިންސާފު ހޯދައިދޭން އަތުކުރި އޮޅާލައިގެން އެތިބީ ތައްޔާރަށް ކަމަށެވެ. ހުރަސް އަޅާ ބަޔަކު މަޖިލީހުން ނިކުމެ، މަގުފަހިކޮށްދޭ ބަޔަކު މަޖިލީހަށް އައުމާ އެކު، ގޮތް ހުސްވެފައި ތިބި އާއިލާތަކުން އިންސާފަށް ކުރާ ދަތުރުގެ ކޮޅުމަތި ފެންނަން ފަށައިފިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީނަށް ފައިސާ ލިބިވަޑައިގެންނެވި ފަސް ގޮތް!

ރައީސް ޔާމީނަށް ފައިސާ ލިބިވަޑައިގެންނެވި ފަސް ގޮތް!

16 އޯގަސްޓު 2017
މަޖިލީހުގައި ނޫސްވެރިއެއްގެ ދައުރު ރޮޒެއިނާ އަދާކުރި ގޮތް ވަރަށް ފުރިހަމަ !

މަޖިލީހުގައި ނޫސްވެރިއެއްގެ ދައުރު ރޮޒެއިނާ އަދާކުރި ގޮތް ވަރަށް ފުރިހަމަ !

31 ޖުލައި 2017
ޔާމީނަށް ގޮތް ހުސްވެ ރައްޔިތުން ބަޑި ކުރިމައްޗަށް

ޔާމީނަށް ގޮތް ހުސްވެ ރައްޔިތުން ބަޑި ކުރިމައްޗަށް

19 ޖުލައި 2017
މިއީ ދުނިޔޭގައި އެންމެ ގިނަ ޕީއެޗްޑީ ހޯލްޑަރުން ތިބި ގައުމުތައް!

މިއީ ދުނިޔޭގައި އެންމެ ގިނަ ޕީއެޗްޑީ ހޯލްޑަރުން ތިބި ގައުމުތައް!

27 ޖޫން 2017
މާލޭގެ ބަނދަރު ހުސްވެފައި، އީދު ބަންދަށް ގިނަ ބަޔަކު ރަށްރަށަށް!

މާލޭގެ ބަނދަރު ހުސްވެފައި، އީދު ބަންދަށް ގިނަ ބަޔަކު ރަށްރަށަށް!

24 ޖޫން 2017

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު