Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އިދިކޮޅަށް ގޮތް ހުސްވެ، ހާކަނޑުގައި ލަބަރި ތަޅަނީ

މުޅިންވެސް އުޅެނީ އާންމުންގެ ރުޅިވެރިކަން އަމާޒުވާ ކަންކަން ސަރުކާރުން ކުރާ ކަންކަމުގެ ގޮތުގައި ދެއްކުމުގައި

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 13 އޮކްޓޯބަރު 2019 | އާދީއްތަ 14:53
އިދިކޮޅުން ބޭއްވި ރެލީއެއްގެ ތެރެއިން

އިދިކޮޅުން ބޭއްވި ރެލީއެއްގެ ތެރެއިން

ކޮންމެ ސަރުކާރެއް ޒިންމާދާރު ކުރަން ވެސް، އިދިކޮޅެއް އޮންނަން ޖެހެއެވެ. ސަރުކާރު ޖަވާބުދާރީ ކުރުވުމާއި، ފާޑު ކިޔުމަކީ އެ އިރެއްގައި އިދިކޮޅުގައި ތިބި ބަޔެއްގެ ޒިންމާއެކެވެ. އެއީ ފުރިހަމަ ޑިމޮކްރެސީއެއްގެ އެންމެ އަސާސީ އެއް ސިފައެވެ. ކިތަންމެ ބޮޑު އަގުލަބިއްޔަތަކުން ވިޔަސް، ކިތަންމެ ބައިވަރު ވޯޓެއް ލިބިގެން އަޔަސް، މިކަން ނުކޮށް ދޫކޮށްލައިފިއްޔާ، ސަރުކާރެއް ބޮއްސުންލައިގެން ދިޔުމުގެ ފުރުސަތު ބޮޑެވެ.

މިހާރުގެ ސިޔާސީ މަޝްރަހަށް ބަލާއިރު، ސަރުކާރާ އިދިކޮޅު ބަޔަކަށް އޮތީ ނިމިދިޔަ ރިޔާސީ ދައުރުގައި ވެރިކަން ކުރަން ތިބި ޕީޕީއެމް އާއި ހަމަ އެ ޕާޓީ ތެރެއިން ފެޅި ޕްރޮގްރެސިވް ކޮންގްރެސް ޕާޓީއެވެ. ދެ ޕާޓީއެއްގެ ގޮތުގައި އިލެކްޝަންސްގައި ރަޖިސްޓްރީ ކުރެވިފައި އޮތަސް، މިއީ އެއް ކެޔޮޅަކު ދުއްވާ ދެ އޮޑިއެވެ. އާރުކާޓީ އަކީ ވެސް ހަމަ އެކަކެވެ. މިސްރާބު ހުރީ ވެސް ހަމަ އެއް ދިމާލަކަށެވެ. ނަމަވެސް، ނަމުން އިދިކޮޅު ވުން ފިޔަވައި، އެ "ވަރުގަދަ" ޕްރޮގްރެސިވް ކޯލިޝަނަށް ހަމާ ވާކަމެއް ހަރާމެވެ.

ކިޔުންތެރިންގެ މައުލޫމާތަށްޓަކާ މިހާތަނަށް އެ ކޯލިޝަނުން ކުރި ބައެއް ކަންކަމަށް އަލިއަޅުވާލާނަމެވެ. މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިމިދިޔަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާ އެކު ގޯސްވީ އިލެކްޝަންސް ކޮމިޝަނެވެ. ފުއްމާލީ ވޯޓު ކަރުދާހުގައި ޖެހި ފާހަގަތަކެވެ. ޖާދުވީ އަނގޮޓީތަކާއި ދެލި ފުހެވޭ ގަލަންތަކުގެ ވާހަކައާ އެކު، އިންތިހާބުގެ ނަތީޖާ ބާތިލުކުރަން ކޯޓަށްވެސް ހުށައެޅިއެވެ. އެކަން ނިމުނީ ނާކާމިޔާބީގައެވެ. އަދި އަދަށް ދާން ދެން އެކަމާ ބޮޑާ ހޭކި ނަމަވެސް، ސުޕްރީމް ކޯޓުން އެކަމާއި މެދު ގޮތެއް ނިންމި ހިސާބުން ދެން ކުރާނެ ވަކި އެއްކަމެއް ވެސް ނެތެވެ.

ދެން ބޯމަތިބީ ރައްޔިތުންގެ މަޖިލިސް އިންތިހާބެވެ. އަވަށްޓެރިންނަށް ބޮނޑިބަތް ބަހާ އުސޫލުން، ޕާޓީގެ ޓިކެޓު ކޮޅު ބަހާލީއެވެ. އެއީ އިންތިހާބެއް ކާމިޔާބު ކުރެވޭނެ ބައެއްތޯ ބެލުމެއް ނެތި، ރައީސް ޔާމިން ޓިކެޓް ދެއްވީ އެ މަނިކުފާނަށް ފެނިވަޑައިގެންނެވި ބަޔަކަށެވެ. ދީފަ އަތުލާ ފީފާ ބުރި އުސޫލުން، ޖުމްހޫރީ ޕާޓީއާ އެކު ޒާތެއްގެ ކޯލިޝަނެއް ހަދައި، އެތަނުން ބަޔެއްގެ ޓިކެޓް އަތުލެއްވިއެވެ. ޕީޕީއެމްއާއި ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި 46 ކެނޑިޑޭޓުންގެ ތެރެއިން މަޖިލީހަށް ހޮވިވަޑައިގެންނެވީ އެންމެ ފަސް ކެނޑިޑޭޓުންނެވެ. އަނެއްކާވެސް ބޮޑު ނާކާމިޔާބީއެކެވެ. އެފަހަރު ގޯސްވީ، މަނީ ލޯންޑަރިންގެ ތުހުމަތުގައި ރައީސް ޔާމިން ހައްޔަރުކޮށް ޖަލަށް ގެންދިއުމާއި އެކައުންޓްގައި ހުރި ފައިސާކޮޅު ފްރީޒް ކުރުމެވެ. އެވެރިން ބުނާގޮތުން ނަމަ ފްރީޒް ކުރީ، އެ ދެ ޕާޓީން އިންތިހާބަށް ހަރަދުކުރަން ހުރި ހުރިހާ ފައިސާއެވެ.

ކަމެއް ނެތި މާޔޫސްވެފައި ތިބި ޕްރޮގްރެސިވް ކޯލިޝަނުން މި ދޭތެރޭގައި ސަރުކާރު ޒިންމާދާރު ކުރަން ކުރެވުނު އެއްކަމެއް ވެސް ނެތެވެ. ފަހަރުގައި، ލިބުނު ނާކާމިޔާބީތަކާއި އެކު، ހިތަށް ވެރިވީ މާޔޫސްކަން މާ ބޮޑުވީ ކަމުގައި ވެދާނެއެވެ. އެހެން ތިއްބާ ލައިގަތީ ބާގީ ލުތުފީ މައްސަލައެވެ. ގަދަ ނިދިން ހޭލި ސާރިދޯޅެއް ހެން، ސަރުކާރު ޒިންމާދާރުކުރަން ނިކުތެވެ. ދެއްކީ ސަރުކާރަށް އެކަމުގައި ފިޔަވަޅު އަޅަން ނުކުޅެދުނު ވާހަކައާއި ވައްކަން ކުރާ ވާހަކައެކެވެ. އެހެން ތިއްބާ އެ ލުތުފީ ވެސް ގެނެސް މިހާރު ހުރީ އޭނާގެ ޖަލު ހުކުމް ތަންފީޒުކުރާށެވެ. ފިލި މައްސަލައިގައި ދައުވާ ކުރަން ވެސް އެއޮތީ ފޮނުވާފައެވެ.

އެއާ ވިދިގެން ވެސް ބޭއްވި އެއްވުންތަކާއި ރެލީތަކުގައި މާކަށް ބުރަދަނެއް ހުރި ވާހަކައެއް ނުދެއްކެއެވެ. ބައެއް ފަހަރު ހީވަނީ، އެވެރިންގެ ވެރިކަމުގެ ދައުރުގައި ކުރި ކަންތައްތަކުގެ ވާހަކަ އަމިއްލަ ނަފްސަށް ރައްދުކޮށް ދައްކާ ހެންނެވެ. ވައްކަމުގެ ވާހަކައާއި މީހުންގެ މައްޗަށް ނުފޫޒު ފޯރުވާ ވާހަކައެވެ. އެހެން ތިއްބާ އަނެއްކާވެސް ލައްވާލީ އަނެއްކާ އަނެއް ކަންތައްގަނޑެވެ. ބައެއްގެ ސަމާލުކަން ހޯދަން ބަޔަކު ނެރުނު ރިޕޯޓެކެވެ.

އަނެއްކާވެސް، ތިމަންނާމެންގެ ސަރުކާރޭ، ދީނޭ ކިޔައިގެން ނިކުމެ ދެއްކީ މުޅިން ވެސް ހޮޅި ވާހަކައެވެ. އަބޫ ޖަހުލާ ދައްޖާލުތަކެއްގެ ވާހަކައެވެ. ފެނުނު މަންޒަރާއި އިވުނު ވާހަކަތަކުން ސިފަވީ އިދިކޮޅު ގޮތް ހުސްވެފައިވާ ވަރެވެ. އަނެއްކާވެސް ފިޔަވަޅު އަޅަން ނުކުރޭނެ ކަމަށް ބުނެ ސަރުކާރާ ޗެލެންޖް ކުރާ އުސޫލުންނެވެ. ސަރުކާރު ސިއްސައިގެން ދާވަރު ވާނެ ކަމަށް ބުނެ ބޭއްވި ރެލީގައި، ރެލީ އިންތިޒާމް ކުރި ޕާޓީގެ އިސްވެރިންވެސް ތިއްބެވީ ނިދިތާއްޔާ ޖެހިވަޑައިގެންފައެވެ. "އަންނަނީ އަންނަނީ" އޭ ކިޔާ ބޭއްވި ރެލީން ގާތަށް އައީ ހިންޏެވެ.

ފަހަރުގެ އަދިވެސް މި ތިއްބެވީ ވެރިކަމުގައޭ އެބޭފުޅުންނަށް ހީވާ ކަހަލައެވެ. އިދިކޮޅު ފަރާތްތަކަށް، ހަގީގަތުގައި އިދިކޮޅެއްގައި ތިބެގެން ކުރަން ޖެހޭ ކަންކަމެއް އެނގޭހެން ހިޔެއް ނުވެއެވެ. މުޅިންވެސް އުޅެނީ އާންމުންގެ ރުޅިވެރިކަން އަމާޒުވާ ކަންކަމަކީ، ސަރުކާރުން ކުރާ ކަންކަމުގެ ގޮތުގައި ދެއްކުމާއި، ރައްޔިތުންނާ ސަރުކާރާ ޖެއްސުމުގައި އަވަދިނެތިއެވެ.

ސިފަވަނީ ކަމެއްކުރާނެ ގޮތެއް ފެނިފައި ނެތިސްމ ނުވަތަ ނޭނގެނީސް އެކަމެއް ކުރަން ނިކުމެ އުޅޭ ބައެކެވެ. މުސްކުޅިން މިޒާތުގެ ކަންކަމަށް ރައްދުކުރާ މަޖާޒީ ބަހެއްވެސް އޮވެއެވެ. އެއީ "ހާކަނޑުގައި ލަބަރިތެޅުން" އެވެ. އިދިކޮޅުން އުޅެނީ ހަމަ އެހެންނެވެ. އާރާ ބާރުގައި ހަތް އަހަރު ހޭދަކުރެވުމުން މިއަދަކު އިދިކޮޅުގައި ތިބެގެން ކުރާނެ ކަމެއް ނޭނގެނީ ކަމަށް ވެސް ވެދާނެއެވެ. ގޮތް ހުސްވެ ހަމަ ހާކަނޑުގައި ލަބަރި ތަޅަނީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ގައުމެއްގެ ވެރިޔަކު "ވަންވޭއަކަށް އިދިކޮޅަށް" ވަންނަވައިގެން އުޅުއްވުން!؟

ގައުމެއްގެ ވެރިޔަކު "ވަންވޭއަކަށް އިދިކޮޅަށް" ވަންނަވައިގެން އުޅުއްވުން!؟

03 އޯގަސްޓު 2017
މަޖިލީހުގައި ނޫސްވެރިއެއްގެ ދައުރު ރޮޒެއިނާ އަދާކުރި ގޮތް ވަރަށް ފުރިހަމަ !

މަޖިލީހުގައި ނޫސްވެރިއެއްގެ ދައުރު ރޮޒެއިނާ އަދާކުރި ގޮތް ވަރަށް ފުރިހަމަ !

31 ޖުލައި 2017
ޔާމީނަށް ގޮތް ހުސްވެ ރައްޔިތުން ބަޑި ކުރިމައްޗަށް

ޔާމީނަށް ގޮތް ހުސްވެ ރައްޔިތުން ބަޑި ކުރިމައްޗަށް

19 ޖުލައި 2017
މާލޭގެ ބަނދަރު ހުސްވެފައި، އީދު ބަންދަށް ގިނަ ބަޔަކު ރަށްރަށަށް!

މާލޭގެ ބަނދަރު ހުސްވެފައި، އީދު ބަންދަށް ގިނަ ބަޔަކު ރަށްރަށަށް!

24 ޖޫން 2017
ސަރުކާރުން ހަދަނީ ހަދާނެ އެއްޗެއް! ރައްޔިތުން ގޮތް ހުސްވެފައި!

ސަރުކާރުން ހަދަނީ ހަދާނެ އެއްޗެއް! ރައްޔިތުން ގޮތް ހުސްވެފައި!

14 ޖޫން 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު