Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަޖިލީހުގެ މަސައްކަތްތައް

މެމްބަރުން، ޗުއްޓީއަށް ތިޔަވަޑައިގަންނަވަނީ މަސައްކަތާއި މެދު ހިތްހަމެޖެހިގެންތޯ؟

މަޖިލީހުގެ މެމްބަރުންގެ މި ދައުރުގެ މަސައްކަތުގެ ރޭޓް ދަށްކަމަށް އެތައް ބަޔަކު ބުނެއެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 23 އޯގަސްޓު 2024 | ހުކުރު 03:39
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާ ބުރާސްފަތި ދުވަހުގެ ރޭ ބާއްވާނެކަން އިޢުލާންކުރެއްވީ ބުރާސްފަތި ދުވަހުގެ މަޖިލީހުގެ ޖަލްސާގައެވެ. ދައުރު ނިންމާލާ ޗުއްޓީ އަށް ދާން އަތުކުރި އޮޅާލި އިރު މި މަޖިލީހުގައި މެމްބަރުން ކުރި މަސައްކަތާއި މެދު މެމްބަރުން ތިބީ ހިތްހަމަޖެހިގެން ބާއޭ ހިތަށް އަރައެވެ.

މި މަޖިލީހުގެ ޖުމްލަ 79 މެންބަރުންނާއެކު ސަރުކާރުގެ ފުރިހަމަ މެޖޯރިޓީ އާއި ބާރުގައި މަޖިލީހުގައި ތިއްބެވި އިރު އިދިކޮޅު މެމްބަރުންނަށް ފުރުސަތު ދެއްވަނީ ހިތަށް އެރި ދުވަހަކު ހިތަށް އެރި މިންވަރަކަށެވެ. ކޮމިޓީތައް ވެސް އާރު ހުރި ދިމާލަކަށް ބައްސަވާލެއްވީއެވެ. ފުރަތަމަ ކަމަކަށް ދައުރުދިގުދަންމާލާ ވަކި މަސައްކަތްތަކެއް ރާސްލާފައި ނިންމާލަން ކެތްމަދުވެފަ ތިއްބެވި މިންވަރު ނިކަން ބައްލަވާށެވެ. މި ހިނގާ ދައުރު ނިމޭނެ ކަމަށް ކުރިން އޮތީ އޯގަސްޓު 15 ވަނަ ދުވަހަށެވެ. މަޖިލީހުގައި މިވަގުތު ނިންމުމަށް މުހިންމު މަސައްކަތްތަކެއް ހުރިކަމަށް ވިދާޅުވެ މަޖިލީހުގެ ދައުރު މި މަހުގެ 26، އާ ހަމައަށް ދިގުދަންމާލަން މަޖިލީހުން ފާސްކުރީ އޯގަސްޓު 13 ވަނަ ދުވަހުއެވެ. އެގޮތަށް ނިންމީ ޚުދުމަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

މަސައްކަތުގެ ރޭޓްތޯއެވެ؟ މި މަޖިލީހުގެ ފުރަތަމަ ދައުރުގައި ސަރުކާރުގެ ފަރާތުން ޖުމްލަ 37 ބިލެއް ހުށަހަަޅާނެ ކަމަށް ބަންޑާރަނައިބުގެ އޮފީހުން އިޢުލާންކުރިއެވެ. އެހެންނަމަވެސް މަޖިލީހަށް ހުށަހެޅީ އެންމެ 23 ބިލެވެ. ދެން ހުރި ބިލްތަކަށް ވީ ގޮތެއް އެނގޭނީ ހަމަ އެ ބޭފުޅުންނަށްތާއެވެ.ކުރު މުއްދަތެއްގެ ތެރޭގައި މި މަޖިލީސް ނަންވީ ވިދާޅުވި ގޮތެއް މަޖިލީހެއް ގޮތުގައެވެ. ސަރުކާރުން އެޅިހާ ބަތަކަށް އަޅަނީ ރިހައެވެ. ވާނީވެސް އެހެންތާއެވެ. ލިބޭ މުސާރަޔާއި އެއްވަރު އަދަދަކަށް މުލިއާގެއިން މިވެރިންނަށް ފައިސާ ދެއްވަޔޯ ރަށުތެރޭގައި ކިޔާތީ އަޑު އެހީމެވެ.

މަޖިލީހުން ކުރަން ފައި ވިއްދާފައި އޮތް މަސައްކަތަކީ ސަރުކާރަށް ފަސޭހަކޮށްދިނުމެވެ. ހިތްޕުޅާ ވާހާ ގޮތަކަށް މާލީ ކަންކަން ފަރުޖައްސާ ނުދެއްވާތީ ގަވަރުނަރުވަކިކުރެއްވީއެވެ. ދެން ޕީޖީގެ މަޤާމުވެސް އެހެރަ ދަނީ އެ މޭރުމުންނެވެ. ނުރުހުން ވާހިސާބުން އެ ބޭފުޅަކު ވަކިކުރަންވީ އެވެ. މިނިވަން މުއައްސަސާއަކަސް އިދާރާއަކަސް ރައްކާތެރިކަމެއް ނެތެވެ. މަޖިލީހުގައި އާއްމުން އެންމެ އިންތިޒާރު ކުރި ބިލަކަށް އޮތީ އިސްރާއީލް ޕާސްޕޯޓްގެ ބިލެވެ. އެކަން އެއޮތީ ޕާކްކުރައްވާފައެވެ. އެކަމަކު ސަރުކާރަށް ކޭޝްކޮޅެއް ލިބޭ ގޮތަށް އޮތް ޓޫރިޒަމް ޤާނޫނު ފާސްކުރަން އާނބަހީ ކިޔާފައި މުޅި މަޖިލީހުގެ ކޮމިޓީ އަށް ގޮސް ދުވަހުން ދުވަހަށް އެ މަސައްކަތް ނިންމާދެއްވިއެވެ. މަޖިލީހެކޭ ސަރުކާރުގެ ގޮތްޕެކޭ އެއްގޮތެވެ. މިވަރުން ވެސް ވިދާޅުވާނީ މިއީ ލައްކަ ގިނަ މަސައްކަތް ކުރި ކާމިޔާބު މަޖިލީހެކޭތޯއެވެ؟

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމް މެމްބަރުން އުޅުއްވާ ގޮތުން ލަދުން ބޯހަލާކު!

ޕީޕީއެމް މެމްބަރުން އުޅުއްވާ ގޮތުން ލަދުން ބޯހަލާކު!

15 އޮކްޓޯބަރު 2017
ފެނަކައިގެ އޮޑިޓް ރިޕޯޓް: ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްދިން އިންޒާރެއްތަ؟

ފެނަކައިގެ އޮޑިޓް ރިޕޯޓް: ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްދިން އިންޒާރެއްތަ؟

21 ސެޕްޓެމްބަރު 2017
އުތުރު ކޮރެއާ އާއި ޖަޕާނާ މެދު ގުޅުން އިންތިހާއަށް ގޯސްވެ، މައްސަލަތައް އާ ހަރުފަތަކަށް!

އުތުރު ކޮރެއާ އާއި ޖަޕާނާ މެދު ގުޅުން އިންތިހާއަށް ގޯސްވެ، މައްސަލަތައް އާ ހަރުފަތަކަށް!

15 ސެޕްޓެމްބަރު 2017
ރާއްޖެއާއި މިޔަންމާއާ ދެމެދު މާބޮޑު ވިޔަފާރީގެ ގުޅުމެއް ނެތް!

ރާއްޖެއާއި މިޔަންމާއާ ދެމެދު މާބޮޑު ވިޔަފާރީގެ ގުޅުމެއް ނެތް!

04 ސެޕްޓެމްބަރު 2017
އުތުރު ކޮރެއާ އާއި މެދު ދެން ކަންކުރަން ޖެހޭ ގޮތަކީ ކޮބައިތޯ؟

އުތުރު ކޮރެއާ އާއި މެދު ދެން ކަންކުރަން ޖެހޭ ގޮތަކީ ކޮބައިތޯ؟

15 އޯގަސްޓު 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު