Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އަދީބުގެ ސިއްހީ ހާލަތު

އަދީީބާ މެދު ވެސް އޯގާތެރިވެ، އިހުސާންތެރިވާށެވެ.

އަދީބުގެ ބޮޑު ތިން ބައްޔެއް ހުރި ކަމަށް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 28 މެއި 2017 | އާދީއްތަ 11:00
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

އަހުމަދު އަދީބު އަބްދުލްޣަފޫރުގެ ފަރާތުން އެތައް ބަޔަކަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން އަނިޔާތަކެއް ނުވަތަ ގެއްލުންތަކެއް ލިބިފައި ހުރެދާނެ އެވެ. އަދީބާ ގުޅޭ ގޮތުން މީހުން ދައްކާ ވާހަކަތައް އަޅުގަނޑަށް ވެސް އިވެ އެވެ. އަދި އެންމެ އާރާއިބާރުގައި އަދީބު ހުންނެވި އިރު ކުރެއްވި ކަންތައްތަކާއި ތުހުމަތު ކުރެވުނު ކަންތައްތަކުގެ ވާހަކަ އަޅުގަނޑު ލިޔެފައި ވެސް ހުންނާނެ އެވެ. އަޅުގަނޑު ގަބޫލުކުރަނީ، ކިތަންމެ ބަޔަކަށް އަދީބުގެ ފަރާތުން ގެއްލުންތަކެއް ލިިބިފައިވީ ނަމަވެސް، އަދީބާ މެދު ވެސް ކަންތައްތައް ކުރެވެން ވާނީ އިސްލާމީ އުސޫލުތަކުގެ މައްޗަށް ހެދިފައިވާ ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތަކުގައި ބަޔާންކޮށްފައިވާ މިންގަނޑުގެ ތެރެއިން ކަމަށެވެ. އެއިރުން އެންމެންގެ މަސްލަހަތު ވެސް ހިމާޔަތް ކުރެވޭނެތީ އެވެ.

އަދީބާ މެދު އަޅުގަނޑާއި އަދި ތިބޭފުޅާ ދެކޭ ގޮތަކީ އޭނާއާ މެދު ބޭއިންސާފުވާން ދައްކަން އޮތް ހުއްޖަތެއް ނޫނެވެ. އަޅުގަނޑުމެންގެ ހިތްތަކުގައި މީހަކާ މެދު އޮންނަ ނުތަނަވަސްކަމަކީ އެމީހެއްގެ މައްޗަށް އަދުލުއިންސާފުން ކަން ނުކުރުމަށް ދައްކަން އޮތް ހުއްޖަތަކަށް ހަދައިގެން ނުވާނެ އެވެ. ހުރިހާ އެންމެންނަށް ވެސް އިންސާފުވެރިވާން އަޅުގަނޑުމެން ޖެހެނީ އިންސާފުވެރިވުމަކީ ތަގުވާވެރިކަމުގެ ސިފައެއް ކަމަށްވާތީ އެވެ. އަދި ތަގުގާވެރިކަމަކީ މާތް ﷲ ރުހިވޮޑިގެންވާ ކަމަކަށްވާތީ އެވެ.

ބައެއް ފަހަރު އަޅުގަނޑުމެންގެ ހިތުގައި މީހަކާ މެދު އޮންނަ ނުތަނަވަސްކަމެއްގެ ސަބަބުން ނުވަތަ ރުޅިވެރިކަމެއްގެ ސަބަބުން، ނުވަތަ ޒާތީ ތައައްސުބެއްގެ ސަބަބުން އެ މީހަކީ އާދަޔާ ޚިލާފަށް ވިޔާ ނުދާ މީހެއް ކަމަށް އަޅުގަނޑުމެންނަށް ނިންމެ އެވެ. އެހާ ހިސާބުން އެ މީހަކަށް ބޭއިންސާފު ލިބުމަށް އެދެވޭ ފަހަރު ވެސް އާދެ އެވެ. އިންސާނިއްޔަތުކަމުގެ މަތިން ހަނދާން ނެތި އެ މީހަކަށް ކޮންމެ ފަދަ ބޮޑު ގެއްލުމެއް ލިބުމަށް އެދި ބަދު ދުއާކުރެވޭ ފަހަރު ވެސް އާދެ އެވެ. ހިތުގައި އޮންނަ ނުތަނަވަސް ކަމެއްގެ ސަބަބުން އިސްލާމްދީނުގެ މަތިވެރި އުސޫލުތަކުގެ މަތިން ވެސް މަދުން ނަމަވެސް ހަނދާން ނެތެނީ އެވެ. މިފަދަ ކަންކަން އަޅުގަނޑުމެންނަށް ކުރެވެނީ، އަޅުގަނޑުމެންގެ އީމާންކަން އެންމެ ފުރިހަމަ ނުވާތީ އެވެ.

ދިވެހިރާއްޖޭގެ ގާނޫނު އަސާސީން ކޮންމެ ރައްޔިތަކަށް ވެސް ދިރިހުރުމުގެ ހައްގާއި އަމިއްލަ ނަފްސު ރައްކާތެރި ކުރުމުގެ ހަައްގު ކަށަވަރުކޮށްދެ އެވެ. ގާނޫނު އަސާސީގެ 54 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުގައި އެއްވެސް މީހަކަށް، ރަހުމުކުޑަ، ލާއިންސާނީ، އިހާނެތިކަމެއް ކޮށްގެން ނުވާނެ އެވެ. އިންސާނީ ކަރާމާތް ގެއްލޭ ފަދަ އަދަބެއް އެއްވެސް މީހަކަށް ދީގެން ނުވާނެ ކަމަށާއި އެއްވެސް މީހަކަށް އަނިޔަކޮށްގެން ނުވާނެ ކަމަށް ވެސް އެ މާއްދާގައި ބަޔާން ކޮށްފައިވެ އެވެ.

ގާނޫނުން ލިބިދޭ މަންފާތަކާއި ރައްކާތެރިކަން ހަމަހަމަކަމާއެކު ކޮންމެ ރައްޔިތަކަށް ލިބިގެންވާ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާތީ އާއި އަޅުގަނޑުމެންގެ މާތްވެގެންވާ ދީނުގައި ނުހައްގުން އެއްވެސް މީހަކަށް އަނިޔާއެއް ނުދިނުމަށް އަންގަވާފައިވާތީ އަދީބާ މެދު ވެސް އޯގާތެރިވާންޖެހެ އެވެ. އިހުސާންތެރިވެ، އޭނާއަށް ކުރިމަތިވެފައިވާ ބަލިތަކަށް ފަރުވާ ހޯދުމުގެ ފުރުސަތު ދޭންޖެހެ އެވެ. އެހެނިހެން ގައިދީންނަށް ބޭސްފަރުވާ ކުރުމަށް ފުރުސަތު ދިން މިންވަރަށް އޭނާއަށް ވެސް ފުރުސަތު ދޭންޖެހެ އެވެ.

އަދީބުގެ އާއިލާއިން ބުނެފައިވާ ގޮތުގައި ބަންދުގައި ބަހައްޓައިގެން ހަދާފައިވާ ޓެސްޓް ތަކުން އަދީބުގެ އެތެރެހަށީގައި ސިސްޓެއް އުފެދިފައި ވުމާއި، ކިޑްނީގައި ހިލަ އުފެދިފައިވުމުގެ އިތުރުން ލޮލުގެ ވަރަށް ނުރައްކާތެރި ބައްޔެއް ކަމުގައިވާ "ގްލޮކޮމާ" ޖެހިފައިވާކަން ހާމަވާ ކަމަށެވެ. އެ އާއިލާއިން އެދިފައިވަނީ ބަންދުގައި ތިބޭ އެހެން ފަރާތްތަކަށް ފުރުސަތުދޭ އުސޫލުގެ ދަށުން އަދީބަށް ވެސް ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމުގެ ހުއްދައެއް ދިނުމަށެވެ. ގްލޮކޮމާ އަކީ ލޮލުގެ ނާރުތަކަށް ޖެހޭ ބައްޔެކެވެ. އެ ބައްޔަށް ފަރުވާ ކުޑަކޮށްފިނަމަ ލޮލުގެ ފެނުން ވެސް ގެއްލިގެން ހިނގައިދާނެ އެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން ގްލުކޯމާ ބަލީގައި ދުނިޔޭގެ އެކިކަންކޮޅުތަކުން 4.5 މިލިއަން މީހުންގެ ލޮލުގެ ފެނުން ވަނީ ގެއްލިފަ އެވެ. އަދި އެ އަދަދު 2020 އާ ހަމައަށް ދާއިރު 11.2 މިލިއަނަށް އަރާނެ ކަމަށް ލަފާކުރެ އެވެ.

ނަމަވެސް މިއަދާ ހަމައަށް ވެސް މިބަލިތަކަށް އަދީބަށް ދޭ ފަރުވާއާ ގުޅޭ ގޮތުން ފުލުހުންގެ ޚަބަރެއް ނެތެވެ. ގާނޫނު އަސާސީގައި ބުނާ ހައްގުތަކާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ މިންވަރު ބެލުމުގެ ޒިންމާ މަތިކޮށްފައިވާ ކޮމިޝަންތަކުގެ ބަހެއް ވެސް ނެތެވެ. އިންސާނީ ހައްގެއް ގެއްލިގެން އުޅޭއިރު، އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނުގެ ބަހެއްވެސް ނެތެވެ. ގާނޫނު އަސާސީގެ ބާރު ކަނޑުވާލުމުގެ ގެއްލުން ހުރިހާ އެންމެންނަށް ވެސް މި ވަނީ ތަހައްމަލު ކުރަން ޖެހިފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މުސާރައާ މެދު ސަރުކާރުން ބޮޑު އޮޅުވާލުމެއް!

މުސާރައާ މެދު ސަރުކާރުން ބޮޑު އޮޅުވާލުމެއް!

09 ފެބުރުއަރީ 2018
ޝަރީޢަތް މެދުވެރިކޮށް ވެރިކަމުން ދުރުކުރުމަކީ އާ ކަމެއް ނޫން!

ޝަރީޢަތް މެދުވެރިކޮށް ވެރިކަމުން ދުރުކުރުމަކީ އާ ކަމެއް ނޫން!

29 ޖެނުއަރީ 2018
ބަޖެޓާއިމެދު ބަސްބުނުމުގެ ހައްގު 60،000 އެއްހާ ރައްޔިތުންގެ ކިބައިން ނިގުޅައިގަނެވިފައި!

ބަޖެޓާއިމެދު ބަސްބުނުމުގެ ހައްގު 60،000 އެއްހާ ރައްޔިތުންގެ ކިބައިން ނިގުޅައިގަނެވިފައި!

19 ނޮވެމްބަރު 2017
ޤަތަރުގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން ކުޑަވަނީ!

ޤަތަރުގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން ކުޑަވަނީ!

03 ނޮވެމްބަރު 2017
އުތުރު ކޮރެއާ އާއި ޖަޕާނާ މެދު ގުޅުން އިންތިހާއަށް ގޯސްވެ، މައްސަލަތައް އާ ހަރުފަތަކަށް!

އުތުރު ކޮރެއާ އާއި ޖަޕާނާ މެދު ގުޅުން އިންތިހާއަށް ގޯސްވެ، މައްސަލަތައް އާ ހަރުފަތަކަށް!

15 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު