Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޒާގެ ލީގަލް ފީ ބޮޑުވުން

ރިޒާ އަށް އެމްޕީއެލް އިން ދިން 2.9 މިލިއަން ރުފިޔާއާ މެދު ސުވާލެއް!

މީގެ ކުރިން ހަމަ އެ އަދަދުގެ ފައިސާ ހިމެނޭ މައްސަލައެއްގައި ރިޒާ ނެންގެވީ 150،000 ރުފިޔާ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 16 ޖެނުއަރީ 2017 | ހޯމަ 18:29
އެމްޕީއެލްގެ ސީއީއޯ ޖުނައިދު: ރިޒާ އަށް ފައިސާ ދިނީ ބޯޑުން

އެމްޕީއެލްގެ ސީއީއޯ ޖުނައިދު: ރިޒާ އަށް ފައިސާ ދިނީ ބޯޑުން

މައްސަލައެއްގައި ވަކާލާތު ކުރެއްވުމަށް، ޖުޑިޝަލް ސާވިސް ކޮމިޝަންގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ އަށް އެމްޕީއެލްއިން 2.9 މިލިއަން ރުފިޔާ ދިން ވާހަކައަކީ މިހާރު ރާއްޖޭގައި އެންމެ އަޑުހަރުކޮށް ދެކެވޭ އެއް ވާހަކަ އެވެ. މި އަދަދަކީ ގާނޫނީ ވަކީލެއްގެ ފީއަކަށް ބޮޑު އަދަދެއް ކަމަށް އެއްބަޔަކު ބުނަމުންދާއިރު، އަނެއް ބަޔަކު ދެކޭ ގޮތުގައި މިއަދަދުގައި މާބޮޑު މައްސަލައެއް ނެތެވެ.

ދަށު ކޯޓުގެ ނަތީޖާއަށް ބެލުމެއް ނެތި އެޑްވާންސްކޮށް މި ފައިސާ ދިން އިރު، އެއްބަޔަކު ތުހުމަތުކުރާ ގޮތުގައި މިކަމުގައި ކޮންމެވެސް ސިއްރުތަކެއް ފޮރުވިފައި އެބަހުއްޓެވެ.

މި މައްސަލައަކީ ޓަގް ބޯޓެއް ބަނުމަށް 2008 ވަނަ އަހަރުގެ ތެރޭގައި އެމްޕީއެލް އިން ސެންޓާ އެންޓަޕްރައިސަސް ކިޔާ ކުންފުންޏަކާއި ހަވާލުކޮށް، ޓަގް ބޯޓުގެ 60 އިންސައްތަ މަސައްކަތް ނިމިފައިވަނިކޮށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންގައިގެން ކަމަށް ބުނެ އެ މަސައްކަތް ހުއްޓުވި މައްސަލަ އެވެ. އެ ކުންފުނިން އެމްޕީއެލްއާ ދެކޮޅަށް ދައުވާކުރީ، އެ ކުންފުނިން ކުރި މަސައްކަތުގެ އަގު ގޮތުގައި ދައްކަންޖެހޭ ފައިސާ އާއި، ފައިސާ ނުދައްކާ ތިން އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާތީ ޖޫރިމަނާ އާއި އެހެނިގެން ފީތަކުގެ ގޮތުގައި ދޭންޖެހޭ ފައިސާ ހޯދުމަށެވެ. މި މައްސަލައިގައި ޖުމްލަ ދެ ދައުވާއެއް އެ ކުންފުނިން ކޮށްފައިވާއިރު ދެ ގަޒިއްޔާ ކުރިއަށް ގެންގޮސްފައިވަނީ ވަކިވަކިންނެވެ. އެއީ 139 މިލިއަން ރުފިޔާ ދައްކަން އެމްޕީއެލްގެ މައްޗަށް ހުކުމް ކުރި 1263 ނަމްބަރު ގަޒިއްޔާ އާއި 21.1 މިލިއަން ރުފިޔާ ދައްކަން ހުކުމް ކުރި 447 ނަމްބަރު ގަޒިއްޔާ އެވެ.

މި ދެ މައްސަލައިގެ ތެރެއިން ރިޒާއާ ހަވާލުކުރީ 21.1 މިލިއަން ރުފިޔާ ދައްކަން ހުކުމް ކުރި ގަޒިއްޔާ އެވެ. 139 މިލިއަން ރުފިޔާ ދައްކަން ހުކުމް ކުރި ގަޒިއްޔާގައި ކޯޓަށް ވަޑައިގެން ވަކާލާތު ކުރައްވާފައިވަނީ އެމްޕީއެލްގެ ގާނޫނީ ވަކީލެވެ. އެހެންކަމުން ބޮޑު މައްސަލައިގައި ކޯޓަށް ވަޑައިގެންނެވީ އެމްޕީއެލްގެ ވަކީލެވެ. ރިޒާ ކޯޓަށް ވަޑައިގެންނެވީ މި ދެ މައްސަލައިގެ ތެރެއިން ކުޑަ މައްސަލައިގަ އެވެ.

ރިޒާ އަށް ފައިސާ ދީފައިވާ ޑޮކިއުމެންޓްތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ މެއި 11 ވަނަ ދުވަހު 2.9 މިލިއަން ރުފިޔާ ދީފައިވެ އެވެ. އެ ފައިސާ ދޫކޮށްފައިވަނީ އެމްޕީއެލްގެ ވައުޗަރު ނަމްބަރު 01858/16 ވަނަ ނަމްބަރު ވައުޗަރުންނެވެ. ފައިސާ ދޫކުރި ޗެކް ނަމްބަރަކީ 12263 އެވެ.

ޖުމްލަ 21.1 މިލިއަން ރުފިޔާގެ މައްސަލައެއްގައި ވަކާލާތު ކުރެއްވުމަށް ރިޒާ އަށް މިދިޔަ އަހަރު 2.9 މިލިއަން ރުފިޔާ ދިން އިރު، މީގެ ކުރިން ރިޒާ ވަނީ ހަމަ ގާތްގަނޑަކަށް އެ އަދަދުގެ ފައިސާ ހިމެނޭ މައްސަލައެއްގައި އެއަށް ވުރެ އެތައް ގުނައެއް ކުޑަ އަގެއްގައި އެމްޕީއެލްގެ ފަރާތުން ވަކާލާތު ކޮށްފަ އެވެ. އެގޮތުން 1899/ސީވީސީ/2014 ވަނަ ނަމްބަރު ގަޒިއްޔާ ގައި ރިޒާ ވަކާލާތު ކުރައްވާފައިވަނީ 150،000 ރުފިޔާ އަށެވެ. އެ މައްސަލައަކީ 21.5 މިލިއަން ރުފިޔާގެ މައްސަލައެކެވެ.

އަދި މީގެ އިތުރުން، 1956/ސީވީސީ/2014 ވަނަ ގަޒިއްޔާ ގައި ވެސް ރިޒާ ވަކާލާތު ކުރައްވާފައިވަނީ 150،000 ރުފިޔާ އަށެވެ. ނަމަވެސް އެ މައްސަލައަކީ 157.7 މިލިއަން ރުފިޔާ ހިމެނޭ މައްސަލައެކެވެ.

މި ދެ މައްސަލައަށް އެމްޕީއެލް އިން ރިޒާ އަށް ފައިސާ ދީފައިވަނީ 2015 ވަނަ އަހަރުގެ ނޮވެމްބަރު ފަސް ވަނަ ދުވަހު އެވެ. ރިޒާ އަށް ފައިސާ ދިން އެމްޕީއެލްގެ ވައުޗަރު ނަމްބަރަކީ 15/03779 އެވެ. މި ދެ މައްސަލަ ރިޒާއާ ހަވާލުކުރި އިރު، އެމްޕީއެލްގެ ސީއީއޯ އަކަށް ހުންނެވީ މަހުދީ އިމާދު އެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވާ ގޮތުގައި އެ ފައިސާ ދިނީ އެމްޕީއެލްގެ ބޯޑުން ފާސްކޮށްގެންނެވެ. އަދި 160 މިލިއަން ރުފިޔާގެ މައްސަލައެއް ކާމިޔާބުކުރުމަށް އެ އަދަދަކީ ބޮޑު އަދަދެއް ނޫން ކަމަށް ވެސް ޖުނައިދު ވިދާޅުވެފައިވެ އެވެ.

މިކަމާ ގުޅޭ ގޮތުން ރިޒާގެ ބަހެއް ހޯދަން ތަކުރާރުކޮށް މަސައްކަތް ކުރި ނަމަވެސް، އޭނާގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

މި ދެ ގަޒިއްޔާގައި ވަކާލާތު ކުރުމަށް 2015 ވަނަ އަހަރު ރިޒާ އަށް އެމްޕީއެލް އިން ތިން ލައްކަ ރުފިޔާ ރިޒާ ދިން އިރު، 2016 ވަނަ އަހަރުގެ ތެރޭގައި ހަމަ އެ އަދަދުގެ ފައިސާ ހިމެނޭ މައްސަލައެއްގައި ރިޒާ އަށް އެމްޕީއެލް އިން އެޑްވާންސްކޮށް ފުލް ޕޭމަންޓްގެ ގޮތުގައި 2.9 މިލިއަން ރުފިޔާ ދިނީ ކީއްވެތޯ އެވެ؟ 2015 ވަނަ އަހަރަށް ވުރެ، 2016 ވަނަ އަހަރުގެ ތެރޭގައި ރިޒާގެ އަގުތައް ބޮޑުވީތޯ އެވެ؟ ގާތްގަނޑަކަށް އެއް އަދަދެއްގެ ފައިސާގެ މައްސަލަތަކެއްގައި ކުރިން ނެގި ލީގަލް ފީ ކުޑަވެފައި، ފަހުން އެ ފީ އެތައް ގުނައެއް ބޮޑުވީ ކީއްވެތޯ އެވެ؟ މިއީ ހައްތަހާވެސް ސުވާލެވެ. ފައިސަލާ ކުރައްވާނީ ތިޔަބޭފުޅުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެއްމާބަނޑު ހަތަރު ކުދިންގެ ބައްޕަގެ އިހްސާސްތައް!

އެއްމާބަނޑު ހަތަރު ކުދިންގެ ބައްޕަގެ އިހްސާސްތައް!

19 ޖޫން 2017
ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!

ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!

17 ޖޫން 2017
ބްރޯޑްކޮމް ކުރުދޮށީގައި - އެ ހޯދީ މީޑިއާނެޓުން ބައި މިލިއަން، ރާއްޖެޓީވީން 1.2 މިލިއަން

ބްރޯޑްކޮމް ކުރުދޮށީގައި - އެ ހޯދީ މީޑިއާނެޓުން ބައި މިލިއަން، ރާއްޖެޓީވީން 1.2 މިލިއަން

16 ޖޫން 2017
ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް

ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް

27 އެޕްރީލު 2017
އިދްލީބަށް ދިން ކެމިކަލް ހަމަލާ: އެންމެން ރުޅި އަރުވާލައިފި

އިދްލީބަށް ދިން ކެމިކަލް ހަމަލާ: އެންމެން ރުޅި އަރުވާލައިފި

07 އެޕްރީލު 2017

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު