Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަގުމައްޗަށް ކުނިއެޅުން

ހައުސިން މިނިސްޓްރީގެ ހުއްދަ ނެތި މަގުމަތީގައި ތަކެތި ބަހައްޓާ ފަރާތްތައް ޖޫރިމަނާ ކުރަނީ

14 އޯގަސްޓު 2017 | ހޯމަ 07:50

މަގުމަތީގައި ހުއްދަ ނެތި ތަކެތި ބަހައްޓައިފި ނަމަ 2،000ރ އާއި 6،000ރ އާދެމެދު އަދަދަކުން ޖޫރިމަނާ ކުރެވޭނެ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 14 އޯގަސްޓު 2017 | ހޯމަ 07:50
މާލޭގެ މަގުމަތި

މާލޭގެ މަގުމަތި

ހައުސިން މިނިސްޓްރީގެ ހުއްދަ ނެތި މަގުމަތީގައި ތަކެތި ބައްޓާ ފަރާތްތައް ޖޫރިމަނާ ކުރާ ގޮތަށް ގައިވާއިދެއް އެކުލަވާލައި އަމަލު ކުރަން ފަށައިފިއެވެ.

"މާލޭގެ މަގުމަތީގައި ތަކެތި ބެހެއްޓުމަށް ހުއްދަ ދޫކުރުމުގެ ގަވާއިދު" ގެ ނަމުގައި ހައުސިން މިނިސްޓްރީން އެކުލަވާލާފައިވާ ގަވާއިދުގައި ބުނެފައިވާ ގޮތުގައި މި ގަވާއިދުގެ މަގުސަދަކީ މާލޭގައި ރައްޔިތުންނަށް ދިމާވެފައިވާ ގޯތިގެދޮރުގެ ދަތިކަމާ ހެދި މަގުމަތީގައި ތަކެތި ބަހައްޓައިގެން އުމްރާނީ މަސައްކަތްތަކާއި ޒަރޫރީ ބައެއް އެހެނިހެން މަސައްކަތްތައް ކުރަންޖެހޭތީ، އެފަދަ ހާލަތްތަކުގައި މަގުމަތީގެ ބޭނުންކުރަމުންދާ ފަރާތްތަކަށް ފަސޭހަވާނެ ގޮތަކަށް މަގުމަތި ބޭނުންކުރެވޭނެ ގޮތް ހެދުމަށްޓަކައި މަގުމަތީގައި ތަކެތި ބެހެއްޓުމަށް ހުއްދަ ދިނުމާއި އެކަން ބެލެހެއްޓުމުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމެވެ

Advertisement - newsAdvertisement

ހުއްދަ ނަގައިގެން މެނުވީ ޢުމްރާނީ މަސައްކަތްތަކާއި ޒަރޫރީ ބައެއް އެހެނިހެން މަސައްކަތްތަކާއި ކަންކަމަށް މަގުމަތީގައި ތަކެތި ބެހެއްޓުމަކީ މި ގަވާއިދުގައިވާ ގޮތުން މަނާކަމެކެވެ. އެގޮތުން މަގުމަތީގައްޔާއި ގޯޅިތަކުގުގައި ގަސްފުނި، ގޮނޑި، ޖޯލި، މޭޒު ފަދަ ތަކެތި ބެހެއްޓުމަކީ ވެސް މަނާކަމެކެވެ.

ގަވާއިދުގައި ބުނެފައިވާ ގޮތުގައި މަގުމަތީގައި ތަކެތި ބެހެއްޓުމަށް މިނިސްޓްރީން ހުއްދަ ދިނުމުން އެތަކެތި މަގުމަތީގައި ބަހައްޓަން ވާނީ ހައުސިން މިނިސްޓްރީގެ ސުޕަވައިޒަރުން ކަނޑައަޅާ އުސޫލެއްގެ މަތިން އެ ކަނޑައަޅާ ތަނެއްގައެވެ. އަދި މަގުމަތީގައި ތަކެތި ބެހެއްޓމުގެ ހުއްދަ ދިން ނަމަވެސް އެއްވެސް އެއްޗެއް ދުވާރު މަތީގައި ނުބެހެއްޓޭނެ ކަމަށް މިނިސްްޓްރީން އެކުލަވާލި ގަވާއިދުގައި ބުނެފައި ވެއެވެ.

ގަވާއިދުގައި ބުނެފައިވާ ގޮތުގައި މަގުމަތީގައި ތަކެތި ބެހެއްޓުމަށް ހައުސިން މިނިސްޓްރީން ހުއްދަ ދީފައިވާ މުއްދަތު ނުވަތަ ވަގުތު ހަމަވުމުން އެތަކެތި މަގުމަތިން ނަގައި، ތަން ސާފުކުރަން ޖެހޭނެއެވެ.

ހަމައެހެންމެ ކަނޑައެޅިފައިވާ މުއްދަތުގައި ނުވަތަ ވަގުތުގައި މަގުމަތީގައި ބަހައްޓާ ތަކެތި ނުނަގައިފި ނަމަ އެ ބަހައްޓާފައިވާ މުއްދަތަށް ނުވަތަ ވަގުތަށް ބަލައި ޖޫރިނަމަނާ ކުރާނެ ކަމަށާއި އަދި އެ ތަކެތި ނުނަގައިފި ނަމަ އެ ތަކެތި މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދާނެ ކަމަށް މިނިސްޓްރީގެ ގަވާއިދުގައި ބުނެފައި ވެއެވެ. އަދި މަގުމަތީގައި ބަހައްޓާފައިވާ ތަކެތި މިނިސްޓްރީން ނަގައިފި ނަމަ އެ ތަކެތި ނެގުމަށް ދިޔަ ހަރަދު މިނިސްޓްރީ އަށް ދޭން ޖެހޭނެ ކަމަށް ވެސް ގަވާއިދުގައި ވަނީ ބުނެފައެވެ.

ގަވާއިދުގައި ބުނެފައިވާ ގޮތުގައި މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދާ ތެކެތި އަނބުރާ ގެންދިއުމަށް ފަސް ދުވަހުގެ މުއްދަތެއް ދެވޭނެ އެވެ. އަދި އެ މުއްދަތުގައި ތަކެތި ނުގެންގޮސްފި ނަމަ އެ ތަކެތި ނީލަމުގައި ވިއްކާލެވޭނެ ކަމަށް މިނިސްޓްރީގެ ގަވާއިދުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން އެއްވެސް ފަރާތަކުން މިނިސްޓްރީގެ ހުއްދަ ނުނަގައި މަގުމަތީގައި ތަކެތި ބަހައްޓައިފި ނަމަ 2،000ރ. އާއި 6،000ރ. އާދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް މިނިސްޓްރީގެ ގަވާއިދުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން މިގަވާއިދަށް އަމަލު ކުރަން ފަށާއިރު މަގުމަތީގައި ތަކެތި ބަހައްޓާފައި ވާނަމަ އެތަކެތި ނެގުމަށް ހަތް ދުވަހުގެ މުއްދަތެއް ދެވޭނެއެވެ. އަދި މުއްދަތުގައި ތަކެތި ނުނަގައިފި ނަމަ ޖޫރިމަނާ ކުރާނެ ކަމަށް ގަވާއިދުގައި ބުނެފައި ވެއެވެ.

ހައުސިން މިނިސްޓްރީން އެކުަލަވާލާފައިވާ މިގަވާއިދަށް އަމަލު ކުރަން ފަށާފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
25 ޖެނުއަރީ 2017

މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

25 ޖެނުއަރީ 2017
މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
15 ޖެނުއަރީ 2017

ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި

15 ޖެނުއަރީ 2017
ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް