Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބެޗްލަރ އޮފް ފާމަސީ ކިޔަވާ ދަރިވަރުން

ވިލާ ކޮލެޖުގެ ބެޗްލަރ އޮފް ފާމަސީ ކިޔަވާ ދަރިވަރުން ހުވާކޮށްފި

21 އޯގަސްޓު 2024 | ބުދަ 12:39

މިހަފްލާގައި ވިލާ ކޮލެޖުގެ ބެޗެލަރ އޮފް ފާމަސީ ކިޔަވަމުންދާ 22 ދަރިވަރުން ހުވާ ކުރި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 21 އޯގަސްޓު 2024 | ބުދަ 12:39
ވިލާ ކޮލެޖުގެ ފާރމަސީ ދަރިވަރުން ހުވާ ކުރުމާއި "ވައިޓް ކޯޓް" ޙަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ވިލާ ކޮލެޖުގެ ފާރމަސީ ދަރިވަރުން ހުވާ ކުރުމާއި "ވައިޓް ކޯޓް" ޙަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ވިލާ ކޮލެޖުގެ ބެޗްލަރ އޮފް ފާމަސީ ކިޔަވާ ދަރިވަރުން ހުވާ ކޮށް، އެ ދަރިވަރުންނަށް ވައިޓް ކޯޓު ޙަވާލުކޮށްފިއެވެ.

މި ހަފްލާ ޝަރަފުވެރި ކޮށްދެއްވީ މިނިސްޓްރީ އޮފް ހެލްތްގެ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސާރވިސަސް، ޑރ. އަހުމަދު އަޝްރަފުއެވެ.

Advertisement - newsAdvertisement

ފެކަލްޓީ އޮފް ހެލްތް ސައިންސްގެ ޑީން ޢައިޝަތު މާލާ ދެއްކެވި ވާހަކަފުޅުގައި ފާރމަސިސްޓުންގެ މުހިއްމުކަމާއި މުޖުތަމަޢުގައި އެމީހުންގެ ދައުރު ފާހަގަކުރެއްވި އެވެ. އަދި ކުރިއަރާފައިވާ ޤައުމުތަކުގައި ފާރމަސިސްޓުންގެ ދައުރު ވަރަށް ފުޅާކަމަށާއި، ބޭސް އުފެއްދުމުގައި ވެސް ފާމަސިސްޓުންގެ އަދާ ކުރާ ދައުރު ފާހަގަކުރެއްވިއެވެ.

ބެޗެލަރ އޮފް ފާރމަސީ ދަރިވަރުންނަށް ވައިޓް ކޯޓް ހަވާލުކޮށްދެއްވީ ވިލާ ކޮލެޖުގެ ރެކްޓަރ ޑރ. އަހުމަދު އަންވަރު، ވައިސް ރެކްޓަރ ޑރ. އަލީ ނަޖީބު ވިލާ ކޮލުގެ ފެކަލްޓީ އޮފް ހެލްތް ސައިންސް ގެ ޑީން އައިޝަތު މާލާ އަދި ޝަރަފުވެރި މެހެމާނު، ޑރ. އަހުމަދު އަޝްރަފުއެވެ.

ވައިޓްކޯޓް ހަވާލުކޮށްދެއްވުމަށް ފަހު ދަރިވަރުން ވަނީ ހުވާ ކޮށްފައެވެ. ހުވާ ލައި ދެއްވީ ފެކަލްޓީ އޮފް ހެލްތް ސައިންސަސްގެ ޑީން އައިޝަތު މާލާއެވެ. މި ރަސްމިއްޔާތުގައި ވިލާ ކޮލެޖުގެ ފަރާތުން ހަނދާނީ ހަދިޔާއެއް ޝަރަފުވެރި މެހެމާނަށް އަރުވާފައިވާއިރު، މި ހަދިޔާ ހަވާލުކޮށް ދެއްވީ ވިލާ ކޮލެޖުގެ ރެކްޓަރ ޑރ.އަހުމަދު އަންވަރެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރަފުވެރި މެހެމާނު ވިދާޅުވީ ސިއްޙީ ދާއިރާއިން ފަންނީ ބޭފުޅުން އުފެއްދުމަށް ވިލާ ކޮލެޖުން މަސައްކަތްކުރަމުންދާ ކަމަށެވެ.

ވައިސް ރެކްޓަރ ޑރ.ޢަލީ ނަޖީބު ވަނީ މި ރަސްމިއްޔާތުގެ މުހިންމުކަމާއި، ވިލާ ކޮލެޖަކީ ފާމަސީ ދަރިވަރުންނަށް ވައިޓް ކޯޓް ހަވާލު ކުރާ ފުރަތަމަ ތަޢުލީމީ މުއައްސަސާކަން ފާހަގަ ކުރައްވާފައެވެ. ދިވެހިރާއްޖޭގައި

އަދި މި ޕްރޮފެޝަންއަށް ވިލާ ކޮލެޖުން ނިކުމެގެން ދާ ކުދިންނަކީ ޕްރޮފެޝަނަލް މުޖުތަމަޢު ގަބޫލުކުރާ އެތިކަލް ސްޓޭންޑާރޑްސް ތަކަށް ފެތިގެން މަސައްކަތް ކުރާ ކުދިބަޔަކަށް ވުމުގެ މުހިއްމު ކަމާއި އަބަދުވެސް ދަސްކުރާ މީހަކަށްވުމުގެ އަޒުމް އޮންނަން ޖެހޭނެ ބަޔަކަށް ވުމަށް އިލްތިމާސް ކުރެއްވިއެވެ. އަދި މިއަދު ހުވައިންނާއި ވައިޓް ކޯޓުންވެސް އެ ހަވާލުކުރެވުނީ ޒިންމާއެއްކަން ފާހަގަ ކުރެއްވިއެވެ.

މިހަފްލާގައި ވިލާ ކޮލެޖުގެ ބެޗެލަރ އޮފް ފާމަސީ ކިޔަވަމުންދާ 22 ދަރިވަރުން ހުވާ ކުރިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި

14 ފެބުރުއަރީ 2017
 ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި
09 ފެބުރުއަރީ 2017

ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

09 ފެބުރުއަރީ 2017
ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް
09 ފެބުރުއަރީ 2017

އޮޅުވެލި ރިސޯޓުގެ ވޯޓާވިލާއަކުން ވެއްޓި ޓޫރިސްޓަކު މަރުވެއްޖެ

09 ފެބުރުއަރީ 2017
 އޮޅުވެލި ރިސޯޓުގެ ވޯޓާވިލާއަކުން ވެއްޓި ޓޫރިސްޓަކު މަރުވެއްޖެ
05 ފެބުރުއަރީ 2017

އުމަރު ނަސީރު ޑރ.ޖަމީލާ ބައްދަލުކުރެއްވުމަށް އިނގިރޭސިވިލާތަށް

05 ފެބުރުއަރީ 2017
އުމަރު ނަސީރު ޑރ.ޖަމީލާ ބައްދަލުކުރެއްވުމަށް އިނގިރޭސިވިލާތަށް
04 ފެބުރުއަރީ 2017

ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލުން އޯޕަންޑޭ ބާއްވައިފި

04 ފެބުރުއަރީ 2017
ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލުން އޯޕަންޑޭ ބާއްވައިފި
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
02 ފެބުރުއަރީ 2017

ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި

02 ފެބުރުއަރީ 2017
ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި
01 ފެބުރުއަރީ 2017

ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ

01 ފެބުރުއަރީ 2017
ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ
01 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

01 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި
30 ޖެނުއަރީ 2017

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް