Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އަރަފާތުގެ ނަޖިސް ބަދިގެއިން ބުޅާ މަހުގެ އުފެއްދުންތައް ފިހާރަތަކުގެ ހަރުގަނޑަށް: ކަމާއި ބެހޭ ފަރާތްތައް ފެއިލް ވެފައިވާވަރު ހާމަވި ބޮޑު މައްސަލަ

އަރަފާތު ހޮސައިން ނަމަކަށް ކިޔާ އުމުރުން 32 އަހަރުގެ މީހާ ބުޅާ ގެނެސް އެ މަރާ އޭގެ މަސް ނަގައިގެން ކުރާ ވިޔަފާރީގެ ވާހަކަ އެތައް ފަހަރަކު ފުލުހުންނަށް ރިޕޯޓްކުރެވުނުކަމަށްވެއެވެ. އިމިގްރޭޝަނުންވެސް މީގެ ކުރިން އައިސް އެތަން ބަލާ ފިޔަވަޅެއް ނާޅައެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 20 އޯގަސްޓު 2024 | އަންގާރަ 14:02
އަރަފާތުގެ މައްސަލަ އެތައް ފަހަރަކު ކަމާއިބެހޭ ފަރާތްތަކަށް ހުށަހެޅުނު، އަޅާލި މުއައްސަސާއެއް ނެތް

އަރަފާތުގެ މައްސަލަ އެތައް ފަހަރަކު ކަމާއިބެހޭ ފަރާތްތަކަށް ހުށަހެޅުނު، އަޅާލި މުއައްސަސާއެއް ނެތް

މި ފަހުން ނޫސްތަކުގެ ފަލަސުރުހީއިން ޖާގަ ހޯދި އެއް ހަބަރަކީ އެއްގޮތުން ވަރަށް ފަކުރު ހަބަރެކެވެ. އަދި އެހާ އިންސާނިއްޔާތުކަމެއް ނެތް ދަށު ދަރަޖައިގެ އަމަލެއްގެ ވާހަކައެވެ. މާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް ހިފާ އޭގެ މަސް ބޭނުންކޮށްގެން ކާތަކެތި ތައްޔާރުކޮށް ވިއްކާ ވާހަކައެވެ. މިއީ މިހާތަނަށް ތާރީހުގައި ފުރަތަމަ ފަހަރަށް އިވުނި މިފަދަ ހަބަރަށްވެސް ވެދާނެއެވެ. ނަމަވެސް މިކަން ހުއްޓުވެން އޮވެ ނުހުއްޓުވުނީ ކީއްވެގެންތޯ ވެސް ސުވާލު އުފައްދަން ޖެހެއެވެ.

ކަމާއި ބެހޭ އިދާރާތައް ވެސް އެބަހުއްޓެވެ. ނަމަވެސް މިހާ ދުވަސްވެގެން ދިޔައިރު މިކަން ނުހުއްޓުވި ދިގުލައިގެން ދިޔަ ސަބަބާއިމެދުވެސް ވިސްނާލަންޖެހެއެވެ. އާންމުން ތިލަކޮށްލި މި ވާހަކައިގެ ކްރެޑިޓް ނަގަން މިއަދު އިދާރާތަކުން މަސައްކަތް ކުރި ނަމަވެސް އެކަން އެގޮތަކަށް ވާކަށްނެތެވެ. އެ މުއައްސަސާތަކުގެ އަޅާލުން ކުޑަވެ ބަލަންޖެހޭ ވަރަށް ނުބެލި ކުރި ޝަކުވާތަކުގެ އަޑު ނޭހުމުގެ ނަތީޖާއަކަށް ވެގެންދިޔައީ ބުޅާ މަހުން ތައްޔާރުކޮށްފައިވާ ކާނާ އެތައް ބަޔަކު އެތައް ދުވަހެއް ވަންދެން ނޭނގިތިބެ ކެއުމެވެ.

ކާބޯ ތަކެތީގެ ކަންކަން ރެގިއުލޭޓްކޮށް ބަލާ ޗެކްކޮށް އެކަންކަން މޮނިޓަރކުރަން މޯލްޑިވްސް ފުޑްއެންޑް ޑްރަގް އޮތޯރިޓީގެ ނަމުގައި އިދާރާއެއް އުފައްދާފައި އޮވެއެވެ. މި ނަމުގައި އުފައްދާފައިވާ ވަކި އޮފީހެއް ހެލްތް މިނިސްޓްރީގެ ދަށުން ހިންގާއިރު އެ އޮފީހަކީ ކާބޯތަކެޗާއި ބޭހާ ބެހޭ މިންގަނޑުތައް ކަނޑައަޅައި، އެކަން ވިލަރެސްކުރުމުގެ މަސައްކަތް ކުރުމެވެ. ނަމަވެސް މިހާތަނަށްވެސް ފިހާރަތަކުގެ ކައުންޓަރުމަތިންނާއި ހަރަތަކުގައި ވިއްކަން ހުންނަ ކާބޯތަކެތި މި އިދާރާއަކުން ބަލާ ޗެކް ނުކުރެއެވެ. ހަމައެކަނި ކުރަނީ ކެފޭ ރެސްޓޯރަންޓްތައް އެކަންޏެވެ. އެވެސް ރޯދަމަހާއި ދިމާކޮށެވެ. މި އިދާރާ އޮތީ މި މައްސަލަ ފެންމަތިވި އިރުވެސް ނިދާފައެވެ.

ދެން އޮތީ ގަވާއިދާ ހިލާފުކަމެއް ކުރާނަމަ އެކަން ރިޕޯޓްކޮށް ގާނޫނޫ ތަންފީޒުކުރާ އިދާރާތަކެވެ. އަރަފާތު ފަދަ ގަވާއިދާ ހިލާފު ބިދޭސީންގެ މައްސަލަ އިމިގްރޭޝަނަށް ރިޕޯޓްކުރުމުންވެސް އެކަން ބަލާ ނުލާ ވާހަކައެވެ. އަރަފާތު ހޮސައިން ނަމަކަށް ކިޔާ އުމުރުން 32 އަހަރުގެ މީހާ ބުޅާ ގެނެސް އެ މަރާ އޭގެ މަސް ނަގައިގެން ކުރާ ވިޔަފާރީގެ ވާހަކަ އެތައް ފަހަރަކު ފުލުހުންނަށް ރިޕޯޓްކުރެވުނުކަމަށްވެއެވެ. ނަމަވެސް އެކަން ބަލާނެހާ ހިތްވަރެއް އެ މުއައްސަސާގައި ނެތެވެ. މި މައްސަލައާއ ގުޅިގެން، އަރަފާތު އުޅު ގޭގެ މީހަކު ބުނެފައިވަނީ އޭނާ އުޅުނު ކޮޓަރިން އަބަދުވެސް ބުޅާތައް ރޯ އަޑު އިވޭ ކަމަށެވެ. އަދި ރޯތީވެ ފުރާޅު މަތީގައި ބައިތިއްބާ ކަމަށެވެ. އަދި ދެދުވަހަކު އެއް ބުޅަލެއް އެތަނުން ނުފެންނަ ކަމަށެވެ.

އެގޭގައި އުޅޭ މީހާ ބުނެފައިވަނީ ބުޅަލަށް ހަދާގޮތެއް ނޭނގޭ ކަމަށެވެ. އަދި މި މީހާއަކީ ގަވާއިދާ ހިލާފަށް އުޅޭ މީހެއް ކަމަށާއި، އޭނާ އުޅުނީ 8 ފޫޓް 10 ފޫޓުގެ ކޮޓަރިއެއްގައި ކަމަށް ބުނެފައިވެއެވެ. އަދި އޭނާ ކުރާ ކަމަކީ 24 ގަޑިއިރު ހުއްޓާ ނުލާ އެތަނުގައި ކައްކައިގެން ކާބޯތަކެތި ވިއްކުން ކަމަށެވެ. އަދި އެ މައްސަލަ އިމިގްރޭޝަނަށް ވެސް ރިޕޯޓްކުރި ކަމަށާއި، އައިސް ބަލާފައި ވެސް އެއްވެސް ކަމެއް ނުކުރާ ކަމަށެވެ.

އަރަފާތު ބަދިގެ ހަދައިގެން އުޅުނު ގެ ކައިރި އުޅޭ މީހުން ބުނެފައިވަނީ އެ މައްސަލަ ފުލުހުންނަށްވެސް ހުށަހެޅި ކަމަށެވެ. ނަމަވެސް ފުލުހުންގެ ޖަވާބަކަށްވީ އެއީ ބަޔަކު ކުއްޔަށް ނަގައިގެން އުޅޭ ތަނެއް ކަމަށާއި، ފުލުހުންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށެވެ. ފުލުހުންނަށް ރިޕޯޓް ކުރީ ބުޅާ މަރާ މައްސަލައާއި އޭނާ ވަގު ވިޔަފާރިއެއް ކުރާ ވާހަކައެވެ. ނަމަވެސް ފުލުހުންގެ ގާނޫނީ އަތް އޮތީ ބެނދިފައެވެ.

މިއީ މި ފަހުން ކުރި ރިޕޯޓްތަކުގެ ވާހަކައެވެ. ގާނޫނީ ގޮތުން ޒިންމާ މަތިކޮށްފައިވާ 3 މުއައްސަސާއިން ކުރި އެއްވެސް ކަމެއް ނެތެވެ. އެންމެ ފަހުން އާންމުން މިކަން ތިލަކުރީއެވެ. މިކަން ހުއްޓުވަން އާންމުންގެ އަޑު އިއްވަން ފެށުމުން އެކަމުގެ ކްރެޑިޓް ނަގަން މިއަދު ނުކުމެތިބީ އެއްކަލަ މި ދެންނެވި މުއައްސަސާތަކެވެ. މިއަދު އެ މުއައްސަސާތަކުންދަނީ މެޑަލް ޖަހަމުންނެވެ. ނަމަވެސް އެތައް ބަޔަކު ނޭނގި ތިބެ ބުޅާ މަސް ކެއުމުގެ ކުރިން މިކަން ވެސް ހުއްޓުވެން އޮތެވެ. ނަމަވެސް މިއިން އިދާރާއެއްގެ އިހްލާސްތެރިކަމެއް ނެތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މި މަހުގެ މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު މެއި އަދި ޖޫންގެ ޖުމްލަ އަދަދަށް ވުރެ އިތުރު

މި މަހުގެ މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު މެއި އަދި ޖޫންގެ ޖުމްލަ އަދަދަށް ވުރެ އިތުރު

23 ޖުލައި 2021
ޔާސިރު އަރަފާތުގެ ހިތްވަރާއި އޭނާއަށް ވިހަދީ އަވަހާރަކޮށްލިގޮތް

ޔާސިރު އަރަފާތުގެ ހިތްވަރާއި އޭނާއަށް ވިހަދީ އަވަހާރަކޮށްލިގޮތް

19 މެއި 2021
ކޮވިޑް-19: 9 މަހުގެ ދަރިފުޅު ޝައްކު ކުރެވޭ ކޭސްއަކަށް ވުމުން ހައިރާންވި ވަރުން މަންމަ ފެށީ ހޭން!

ކޮވިޑް-19: 9 މަހުގެ ދަރިފުޅު ޝައްކު ކުރެވޭ ކޭސްއަކަށް ވުމުން ހައިރާންވި ވަރުން މަންމަ ފެށީ ހޭން!

18 މާރިޗު 2020
މާލެ ސިޓީގައި އުޅޭ ބުޅާތައް ގެންގުޅެން އެންމެ ރަނގަޅުވާނީ ކޮންތަނެއް؟

މާލެ ސިޓީގައި އުޅޭ ބުޅާތައް ގެންގުޅެން އެންމެ ރަނގަޅުވާނީ ކޮންތަނެއް؟

25 ޑިސެމްބަރު 2019
ދީނުގެ ވާހަކަދައްކަވާއިރު، ޤާސިމް ބަރޯސާވަނީ ރަލާ އޫރު މަހުގެ ވިޔަފާރީއަށް!

ދީނުގެ ވާހަކަދައްކަވާއިރު، ޤާސިމް ބަރޯސާވަނީ ރަލާ އޫރު މަހުގެ ވިޔަފާރީއަށް!

16 ސެޕްޓެމްބަރު 2019

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު