Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އަލި ރަސްގެފާނު

އަލި ރަސްގެފާނުގެ ޒިޔާރަތް "ނަޖިސް ވަޅުގަނޑަކަށް!"

ސަރުކާރުން ބުނަނީ ޒިޔާރަތުގައި ގާއިމުކުރަނީ ޕަމްޕް ސްޓޭޝަނެއް ކަމަށް

ރާއްޖެ އެމްވީ | 15 ޖޫން 2017 | ބުރާސްފަތި 12:03
އަލި ރަސްގެފާނު ޒިޔާރަތުގައި ޕަމްޕް ސްޓޭޝަނެއް ގާއިމުކުރަން ކޮނެފައި

އަލި ރަސްގެފާނު ޒިޔާރަތުގައި ޕަމްޕް ސްޓޭޝަނެއް ގާއިމުކުރަން ކޮނެފައި

މީގެ 450 އަހަރު ކުރިން ޕޯޗްގީޒުންގެ އުނދަގޫ ރާއްޖެއަށް ބޮޑުވަމުން ދިޔަ އެވެ. މި އުނދަގޫ ރާއްޖެ އަށް ބޮޑުވެގެންދިޔައީ، ރާއްޖެ ދޫކޮށް ވަޑައިގެން ނަސޯރާ ދީން ގަބޫލުކުރެވި ޣައްދާރު ނުވަ ވަނަ ހަސަން ރަސްގެފާނުގެ ސަބަބުންނެވެ. ނަތީޖާއަކަށްވީ މީލާދުން 1558 ގައި ޕޯޗުގީޒުންގެ އަޅުވެތިކަމަށް ރާއްޖެ ދިއުމެވެ. ޕޯޗްގީޒުންގެ އަޅުވެތިކަމަށް ރާއްޖެ ދިޔަ ނުދިނުމަށްޓަކައި ކުރި ހަނގުރާމައެއްގައި އޭރު ހުންނެވި ރަދުން އައްސުލްޠާނު ޢަލީ ހަވަނަ ސިރީ އައުދަ ސިޔާކަ ކައްތިރި މަހާރަދުން ޝަހީދު ކޮށްލި އެވެ. ރަދުން ޝަހީދުކޮށްލި ނަމަވެސް، ދިވެހި ލަސްކަރުގެ ހަމަލާތައް ބަލިކަށިކަމެއް ނައިސް ބަދަލުކުރަމުންދިޔުމުގެ ނަތީޖާއަކަށްވީ ޕޯޗްގީޒުން ނާއުއްމީދުވުމެވެ. ނަމަވެސް ދިވެހި ލަޝްކަރުން ބަޔަކު ޚިޔާނާތްތެރިވި އެވެ. ޕޯޗްގީޒުންނާ ހަނގުރާމަ ކުރައްވަމުން ގެންދެވި ލަސްކަރުގެ ސަފުތަކުން އެތައް ބަޔަކު ފިލައި ރައްކާވި އެވެ. އަލި ރަސްގެފާނުގެ ގިނިކަންޏާ ވެއްޖެ އެވެ. ނަމަވެސް، އަލިރަސްގެފާނަށް މުހިންމުވީ އަމިއްލަ ނަފުސަށްވުރެ ދިވެހި ގައުމާއި އިސްލާމް ދީނެވެ. އަންނަން އޮތް ޖީލްތަކަށް މި ބިމުގައި އިސްލާމްދީނާއި ދިވެހިވަންތަކަން ބޭއްވުމެވެ. ނަމަވެސް ނަމަވެސް ޕޯޗްގީޒުންގެ ހަމަލާތަކަށް އަލިރަސްގެފާނު ގިނިކަންޏާ ރައްދެއް ނުދެވުނެވެ. ޕޯޗްގީޒުންގެ ހަމަލާއެއްގައި އަލިރަސްގެފާނު އަވަހާރަވެވަޑައިގެން ވެއްޓިވަޑައިގަތެވެ. އެއީ އޭރު މާފަންނުކޮޅު މޫދެވެ. މިހާރު އަލިރަސްގެފާނުގެ ޒިޔާރަތް އެ ހުރީ އެ ގައުމީ ބަދަލު ވެއްޓިވަޑައިގެންނެވި ތަނުގަ އެވެ.

ޝަހީދުންގެ ދުވަސް ނިސްބަތްކޮށްފައިވަނީ މި ބަތޮލަށެވެ. މި ބަތޮލުގެ ޖިހާދުގެ ވާހަކަ ދަރިވަރުންގެ ހިތްތަކުގައި އާކޮށްދެ އެވެ. މި މާތް ގައުމީ ބަދަލުގެ އަގުހުރި ޖިހާދުން ގައުމީ ރޫހު އާކޮށްދެ އެވެ.ނަމަވެސް މިއަދު ފެނިގެން މިދަނީ ކޮން މަންޒަރެއްތޯ އެވެ.

އެ މާތް އަގުހުރި ދިވެހި ދަރި، މި ގައުމަށްޓަކައި ޖާނު ދުއްވާލި އަބްތޯލް ފަސްތާނު ލެވިފައިވާ ޒިޔާރަތަކީ އެއްވެސް އަގެއް ނެތް، ތަނެއްގެ ގޮތުގައި މި ސަރުކާރުން އެ ވަނީ ހަދައިފަ އެވެ. އަލި ރަސްގެފާނު ޝަހީދުވެވަޑައިގެންނެވިތާ 450 އަށް ވުރެ ގިނަ އަހަރު ވެފައިވާއިރު، ކޮންމެ ވެރިކަމެއްގައި ވެސް އަލި ރަސްގެފާނުގެ ޒިޔާރަތަކީ ތާރީހީ ގޮތުން އިހްތިރާމާއި ގަދަރު ދެވިފައިވާ ތަނެއްގެ ގޮތުގައި ހެދިއެވެ. ނަމަވެސް މި ސަރުކާރަށް އަލިރަސްގެފާނުގެ ޒިކުރާ ފުރިހަމައަށް އާ ނުކުރެވުނެވެ. އެ ބަތޮލު ގައުމަށްޓަކައި ކުރެއްވި ޖިހާދުގައި އަގެއް ހުރިކަމަކަށް ނުދެއްކުނެވެ. ބަދަލުގައި ދިން ގަދަރަކީ ޒިޔާރަތް ނަޖިސްތަނަކަށް ހެދުމެވެ.

އަލި ރަސްގެފާނު ޒިޔާރަތް

މީގެ ދެތިން ހަފުތާކުރިން އަލި ރަސްގެފާނުގެ ޒިޔާރަތުގައި ބިތްގަނޑެއް ޖަހައި، އާންމުންނަށް ނުފެންނާނެހެން ފޮރުވި އެވެ. ދުވަސްކޮޅެއް ފަހުން އެ ޒިޔާރަތުގައި ބޮޑު ވަޅުގަނޑެއް ކޮންނަމުންދާ ކަން ސޯޝަލް މީޑިއާގައި ފަޅައިއަރުވާލި އެވެ. އެއާއެކު ހައުސިން މިނިސްޓްރީން ބަސް ބުނެފި އެވެ.

އަލި ރަސްގެފާނު ޒިޔާރަތުގައި ކޮނެފައިވަނީ މާލޭގެ މަގުތަކުގައި އުފެދޭ ފެން ބޭރުކުރުމުގެ ނިޒާމުގެ ޕަ މްޕް ސްޓޭޝަނެއް ބެހެއްޓުމަށް ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. އަޖައިބުވެ އަންތަރީސް ނުވާންވީ ސަބަބެއް ނެތެވެ. ހީވަނީ މާލޭގައި ފެން ނުހިންދިގެން މި އުޅެނީ އަލި ރަސްގެފާނު ޒިޔާރަތުގެ ޕަމްޕް ސްޓޭޝަނެއް ނެތިގެން ހެންނެވެ. މެދު ޒިޔާރަތުގައި ވެސް ޕަމްޕް ސްޓޭޝަނެއް ގާއިމު ނުކޮށްފިއްޔާ ދެރަ އެވެ.

ޕަމްޕް ސްޓޭޝަން ބަހައްޓަނީ އަލިރަސްގެފާނުގެ މަގުބަރާ ނަގައިގެން ނޫނަސް، ޒިޔާރަތް ހިމެނޭ ސަރަހައްދުގައި މިފަދަ ކަމެއް ކުރުމަކީ އަލިރަސްގެފާނަށް އިހްތިރާމް ކުޑަކުރުމެވެ. އެ މަނިކުފާނު ގައިމަށްވި ގުރުބާނީ އަގެއްނެތްކަން ދައުވައިދޭ ކަމެކެވެ. މިފަދަ ހުރިހާ ކަމަކުން ވެސް އެނގެނީ މި ސަރުކާރުން ތާރީހީ ތަންތަނަށް އެެއްވެސް އިހްތިރާމެއް ނެތް ކަމެވެ. މީގެ ކުރިން ނެގީ ކަޅުވަކަރު މިސްކެތެވެ. އަދިވެސް އެ މިސްކިތުގެ ބައިތައް ހުރި ގޮތަށް ހުރީއެވެ. ތިނަދުއަށް ގެންދިއުމަށް ނެގި މިސްކިތް ތިނަދު އަށް ގެންދާނެ ދުވަހެއް ވެސް ނޭނގެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަލިތަކުރުފާނުގެ ޒިޔާރަތް: ހަށިކޮޅު ތަކަންދޫގައި، އިސްތަށިފުޅު ވަނީ ފުނަދޫގައި!

އަލިތަކުރުފާނުގެ ޒިޔާރަތް: ހަށިކޮޅު ތަކަންދޫގައި، އިސްތަށިފުޅު ވަނީ ފުނަދޫގައި!

11 ޖެނުއަރީ 2018
ފާރިސްއާއި މަހުލޫފް: ސިޔާސީ މައިދާނުގައި އަލިގަދަ ދެ ތަރިން

ފާރިސްއާއި މަހުލޫފް: ސިޔާސީ މައިދާނުގައި އަލިގަދަ ދެ ތަރިން

31 ޑިސެމްބަރު 2017
އަލިފާން ރޯވުމުން އުކުޅަހު ރައްޔިތުން ދެއްކީ އެއްބައިވަންތަކަން

އަލިފާން ރޯވުމުން އުކުޅަހު ރައްޔިތުން ދެއްކީ އެއްބައިވަންތަކަން

07 ނޮވެމްބަރު 2017
 ރަޝީދުގެ އަންހެނުންގެ ދުލުން: ފިރިމީހާ ނިޔާވެގެންދިޔައީ ނަޖިސް މުންޑާއެކު

ރަޝީދުގެ އަންހެނުންގެ ދުލުން: ފިރިމީހާ ނިޔާވެގެންދިޔައީ ނަޖިސް މުންޑާއެކު

12 އޮކްޓޯބަރު 2017
ހަންބަންތޯޓާ އެއަރޕޯރޓް: ޗައިނާގެ ނުފޫޒާއި، ބެލްޓް އެންޑް ރޯޑްގެ ހީލަތްތެރި ކަމުގެ އަލިގަދަ ހެއްކެއް

ހަންބަންތޯޓާ އެއަރޕޯރޓް: ޗައިނާގެ ނުފޫޒާއި، ބެލްޓް އެންޑް ރޯޑްގެ ހީލަތްތެރި ކަމުގެ އަލިގަދަ ހެއްކެއް

18 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު