Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރާއްޖެ އަންނަ ފަތުރުވެރިން

މި މަހުގެ މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު މެއި އަދި ޖޫންގެ ޖުމްލަ އަދަދަށް ވުރެ އިތުރު

މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ ރަޝިއާއިން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 23 ޖުލައި 2021 | ހުކުރު 08:31
ރާއްޖެ އައި ފަތުރުވެރިންތަކެއް ވީއައިއޭ ގައި

ރާއްޖެ އައި ފަތުރުވެރިންތަކެއް ވީއައިއޭ ގައި

ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަށަށް ދާން ފެށުމަށް ފަހު ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ބޯޑަރު އަލުން ހުޅުވާލުމާއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މިވަނީ އަނެއްކާވެސް އިތުރުވާން ފަށައިފައެވެ. އެގޮތުން ޖުލައި މަހުގެ ފުރަތަމަ 21 ދުވަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މެއި އަދި ޖޫން މަހު ރާއްޖެ އައި ފަތުރުވެރިންގެ ޖުމުލަ އަދަދަށް ވުރެ އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ޖުލައި މަހުގެ ފުރަތަމަ 21 ދުވަހު 65,382 ފަތުުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިއީ 2019 ވަނަ އަހަރާ އަޅާބަލާއިރު، 26.1 އިންސައްތަ ދަށް އަދަދެއް ނަމަވެސް މި އަހަރުގެ ޖޫން އަދި މެއި މަހާ އަޅާބަލާއިރު، ވަރަށް ބޮޑު އިތުރުވުމެކެވެ. އެގޮތުން މެއި މަހު 64,613 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، ޖޫން މަހު ރާއްޖެ އައިސްފައި ވަނީ 56,166 ފަތުރުވެރިންނެވެ. ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މެއި އަދި ޖޫން މަހު ދަށްވެގެން ދިއުމަށް ފަހު އަނެއްކާވެސް މިވަނީ ހަލުވި ސްޕީޑެއްގައި އިތުރުވާން ފަށާފައެވެ.

މި އަހަރުގެ ފުރަތަމަ ތިން މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދުތަކަށް ބަލާއިރު، އެއް މަހަށް ވުރެ އަނެއް މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައެވެ. ޖެނުއަރީ މަހު 92,103 ފަތުރުވެރިން ރާއްޖެ އައި އިރު، ފެބްރުއަރީ މަހު އެ އަދަދު ވަނީ 96,882 ފަތުރުވެރިންނަށް އިތުރުވެފައެވެ. އަދި މާޗު މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް އަރާފައިވާއިރު، މިއީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލި ފަހުން އެއް މަހެއްގައި ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައި ފުރަތަމަ ފަހަރެވެ. އެމަހު 109,585 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ނަމަވެސް އޭޕްރިލް މަހު މި އަދަދު ވަނީ 91,200 ފަތުރުވެރިންނަށް ވެއްޓިފައެވެ.

މިހާރު ރާއްޖެއަށް ދުވާލެއްގެ މައްޗަށް އަންނަ ފަތުރުވެރިންގެ އަދަދުވެސް މިވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން މިހާރު ދުވާލެއްގެ މައްޗަށް 3,113 ފަތުރުވެރިން ރާއްޖެ އަންނަ ކަމަށް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަހަރު ފެށުނު އިރު، ޖެނުއަރީ މަހު ދުވާލަކު އެވްރެޖުކޮށް ރާއްޖެ އައިސްފައި ވަނީ2,971 ފަތުުރުވެރިންނެވެ. ފެބްރުއަރީ މަހު މިއަދަދު 3,460 ފަތުރުވެރިންނަށް އިތުރުވެފައިވާއިރު، މާޗު މަހު ދުވާލަކު އެވްރެޖުކޮށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ 3,535ށް އިތުރުވެފައެވެ. އޭޕްރިލް މަހުން ފެށިގެން ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ މަޑުމަޑުން ދަށަށް ދާން ފަށާފައެވެ. އެގޮތުން އޭޕްރިލް މަހު 3,040ށް މި އަދަަދު ވެއްޓުނު އިރު، މެއި މަހު މި އަދަދު ވަނީ 2,084ށް ދަށަށް ގޮސްފައެވެ. އަދި ޖޫން މަހު މި އަދަދު ހުރީ 1,872 ގައެވެ.

އަހަރު ފެށިގެން މިހާތަނަށް އައި އިރު ފަތުރުވެރިން ރާއްޖޭގައި އާންމުކޮށް ހޭދަކުރަނީ 9 ދުވަހެވެ. އަދި އަހަރުގެ މިހާތަނަށް 575,931 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިއީ ފާއިތުވި އަހަރު ރާއްޖެ އައި 555,494 ފަތުރުވެރިންނާ އަޅާބަލާއިރު، 20,437 ފަތުރުވެރިން އިތުރު އަދަދެކެވެ. ފާއިތުވި އަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މިހާ ބޮޑުތަނުން ދަށަށް ގޮސްފައި މިވަނީ ކޮވިޑް-19ގެ ސަބަބުން ދިމާވި ގޮންޖެހުންތަކާއި ބަލިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކާއެކު ރާއްޖޭގެ ބޯޑަރު ތިން މަސް ދުވަހަށް ވުރެ ދިގު މުއްދަތަކަށް ބަންދުކުރުމާ ގުޅިގެންނެވެ. 2019 ވަނަ އަހަރު 1.7 މިލިއަން ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މި އަހަރަށް ސަރުކާރުން ވަނީ އެއް މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް އަމާޒުހިފާފައެވެ.

ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލިފަހުން 2020 ވަނަ އަހަރު ނިމުނު އިރު އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ އިންޑިއާ އިންނެވެ. އެގޮތުން އަހަރު ނިމުނު އިރު އެގައުމުން 62,960 ފަތުރުވެރިން އެގައުމުން އައިސްފައިވާ އިރު، އެގައުމުގެ ކޮވިޑް-19ގެ ހާލަތު ގޯސްވެ ރާއްޖެ އަށް ފަތުރުވެރިން އައުން މަނާކުރުމާ ހަމައަށް62,000ށް ވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އަދި ޖުލައި 15 ގައި އިންޑިއާގެ ފަތުރުވެރިން ރާއްޖެ އައުމުގެ ހުއްދަ ދިނުމާއެކު ފުރަތަމަ ދުވަހު އެކަނިވެސް ހަތް ފްލައިޓަކުން ފަތުރުވެރިން ރާއްޖެ ދަތުރުކޮށްފައިވާއިރު، އަހަރުގެ މިހާތަނަށް 94,927 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިއީ މި އަހަރު ރާއްޖެ އައިސްފައިވާ ފަތުރުވެރިންގެ 16.5 އިންސައްތައެވެ.

ރާއްޖެއަށް މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައި ގައުމެއްގެ ގޮތުގައި އޮތީ ރަޝިއާއެވެ. އެ ގައުމުން 136,955 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިއީ ރާއްޖެ އައި ފަތުރުވެރިންގެ 23.8 އިންސައްތައެވެ. ދެ ވަނައިގައި އޮތީ އިންޑިއާގައެވެ. މި ލިސްޓުގެ ތިން ވަނައިގައި 31,617 ފަތުރުވެރިންނާއެކު އޮތީ ޖަރުމަނެވެ. އަދި ޔޫކްރެއިނުން 25,303 ފަތުރުވެރިން ރާއްޖެ އައިސްފައިވާ އިރު، އެމެރިކާއިން 23,504 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އޭގެ އިތުރުން ކަޒަކިސްތާނުން 17,022 ފަތުރުވެރިން، ސައުދީ އަރަބިޔާއިން 15,355 ފަތުރުވެރިން، އިނގިރޭސިވިލާތުން 15,290 ފަތުރުވެރިން އަދި ރޫމޭނިއާއިން އައި 11,977 ފަތުރުވެރިންނާއި ފްރާންސުން އައި 11,730 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ރާއްޖެ އަންނަ ފަތުރުވެރިންނަށް ޚިދުމަތްދިނުމަށް ދިނުމަށް 739 ޓޫރިސްޓު ފެސިލިޓީއެއްގައި 48,440 އެނދު ދަނީ އޮޕަރޭޓު ކުރަމުންނެވެ. އެއީ 154 ރިސޯޓުގައި 36,446 އެނދު، 445 ހޮޓެލް އަދި ގެސްޓް ހައުސްގައި 9,190 އެނދު، އަދި 140 ސަފާރީގައި އޮޕަރޭޓްކުރަމުންދާ 2,748 އެނދެވެ. ޓޫރިޒަމް މިިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާރުވެސް ރާއްޖެއަށް ބައިނަލްއަގުވާމީ 30 އެއަރލައިނުން ދަތުރުތައް ކުރާއިރު، އިތުރު އެއަރލައިންތަކުން ރާއްޖެއާއި ދުނިޔޭގެ އެކި ސަރަހައްދުތަކާ ދެމެދު ސީދާ ދަތުރުތައް ފެށުމުގެ މަސައްކަތްތައް ސިނާއަތުގެ ހިއްސާދާރުން ދަނީ ކުރަމުންނެވެ. އެގޮތުން ދާދި ފަހުން މޮސްކޯ އާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފެށުމުގެ މަޝްވަރާތައްކޮށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާއިރު، ފަތުރުވެރިންގެ ނަޒަރުގައި ރާއްޖެ އަކީ މިހާރު ދުނިޔޭގެ އެންމެ ރައްކާތެރި އެއް މަންޒިލެވެ. އެގޮތުން ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން ކޮވިޑް-19ށް ޕޮޒިޓިވްވެފައި ވަނީ 0.25 އިންސައްތަ ފަތުރުވެރިންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގޮނޑުދޮށުގައި ވެއްޓިފައިއޮތް 16 މަހުގެ ތުއްތު ކުއްޖާގެ ފޮޓޯ: ލައްކަ ވާހަކަ

ގޮނޑުދޮށުގައި ވެއްޓިފައިއޮތް 16 މަހުގެ ތުއްތު ކުއްޖާގެ ފޮޓޯ: ލައްކަ ވާހަކަ

10 ސެޕްޓެމްބަރު 2017
"އައިފޯން 8"ނެރުމަށް ކުޑަ ދުވަސްކޮޅެއް:އެންމެން ކެތްމަދުވެފައި 

"އައިފޯން 8"ނެރުމަށް ކުޑަ ދުވަސްކޮޅެއް:އެންމެން ކެތްމަދުވެފައި 

07 ސެޕްޓެމްބަރު 2017
އައިޖީއެމްއެޗުގެ 25 ބުރީގެ އިމާރާތުގެ ކޮރަޕްޝަން

އައިޖީއެމްއެޗުގެ 25 ބުރީގެ އިމާރާތުގެ ކޮރަޕްޝަން

03 ސެޕްޓެމްބަރު 2017
ބަޣްދާދީއަށްފަހު އައިސިސް: ވެރިކަމާއި ދެން ހަވާލުވާނީ ކާކު؟

ބަޣްދާދީއަށްފަހު އައިސިސް: ވެރިކަމާއި ދެން ހަވާލުވާނީ ކާކު؟

17 ޖުލައި 2017
ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

25 ޖޫން 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު