Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ދީނުގެ ވާހަކަދައްކަވާއިރު، ޤާސިމް ބަރޯސާވަނީ ރަލާ އޫރު މަހުގެ ވިޔަފާރީއަށް!

ނިމުނު 2018 ޖެނުއަރީ މަހުގައި ޤާސިމްގެ ރިސޯޓުތަކަށް ރާ އެތެރެކުރުން މަނާކުރުމުން ވިޔަފާރި ހުއްޓުމަކަށް އައި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 16 ސެޕްޓެމްބަރު 2019 | ހޯމަ 14:10
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް

ޖުމްހޫރީ ޕާޓީއަށް މެމްބަރުންތަކެއް ސޮއިކުރުމަށް ހޯމަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޕާޓީގެ ލީޑަރު އަދި މަހުޖަނު ޤާސިމް އިބްރާހިމް ވިދާޅުވީ ރާއްޖޭގައި އިސްލާމްދީން އޮންނާތީ އެކަމާއި މެދު ބަޔަކު ކަންބޮޑުވެގެން އުޅުއްވާތަން ފެނިވަޑައިގެންފައިވާ ކަމަށެވެ. އަދި ''ކޮށި ކުޑަކޮށްލާފަ'' ދަންނަވާނަމަ އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ކަމަށް ގާސިމް ވިދާޅުވިއެވެ.

އެގޮތަށް ވިދާޅުވުމަށްފަހު، އެކި ގޮތްގޮތުން ދީނީ ވާހަކަތަކާއެކު މަހުޖަނު ގެންދެވީ ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވަމުންނެވެ. ފަހަރުގައި ސިޔާސީ ގޮތުން ބައެއްގެ ސަމާލުކަން ހޯދެން އޮތް ހަމައެކަނި ގޮތަކީ މޮޅުގޮތަކަށް ދީނީ ވާހަކައެއް ދެއްކެވުންކަމަށް ދެކިވަޑައިގަންނަވަނީކަމަށްވެދާނެ އެވެ. ނަމަވެސް ދައްކަން މި އުޅެނީ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅަކީ ކޮން ކަހަލަ ވާހަކަފުޅެއްތޯ އެއް ނޫނެވެ. އަދި އެއީ ދީނީ ވާހަކައެއްތޯ ނުވަތަ ލާދީނީ ވާހަކައެއްތޯއެއްވެސް ނޫނެވެ. ނަމަވެސް ޤާސިމް އިބްރާހިމް ދީނުގެ ވާހަކަދެއްކެވިއިރު، އަމިއްލަފުޅު ހާލަކީ ކޮބައިތޯ ވިސްނާލުމަކީވެސް މުހިންމުކަމެވެ.

މަހުޖަނު ޤާސިމް އިބްރާހިމް، ގިނަ ރިސޯޓުތަކެއް ހިންގަވާއިރު، ޤާސިމަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ރަލާއި އޫރު މަހުގެ ވިޔަފާރި ކުރައްވާ އެއް މަހުޖަނު އެވެ. މުޅި ހާންދާން ބިނާކޮށް، ބޮޑުކޮށް، ފުޅާ ކުރައްވަމުންގެންދަވަނީ ހަމަ މި ދެންނެވި ރަލާ އޫރު މަހުގެ ވިޔަފާރީގެ ތެރެއިންނެވެ.

މިކަމުގައި މާދުރު މާޖީއަކަށްދާކަށް ނުޖެހެ އެވެ. ނިމުނު 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މަހުޖަނު ޤާސިމްގެ ރިސޯޓުތަކަށް ރާ އެތެރެކުރުން މަނާކުރުމުން ކަންވީގޮތް މިހާރުވެސް އެ އޮތީ މީޑިއާތަކުގައި ހާމަކޮށް ފެންނާށެވެ. މުޅި ވިޔަފާރި ހުއްޓުމަކަށް އަންނާނެކަމުގެ ބިރާއެކު، އެހެން ރިސޯޓުތަކުންވެސް ރާ ރިސޯޓުތަކަށް އެތެރެކުރުމަށް މަހުޖަނުގެ ކުންފުނިތަކުން ގެންދިޔައީ މަސައްކަތް ކުރަމުންނެވެ. ބުނަމުން ގެންދިޔައީ އެންމެ ދުވަހަކަށްވެސް ރިސޯޓަށް ރާ އެތެރެނުކުރެވިއްޖެނަމަ ރިސޯޓު ހިންގުން ހުއްޓުމަކަށް އަންނާނެ ކަމަށެވެ.

މުޅި ހާންދާން ރަލާ، އޫރު މަހުގެ ވިޔަފާރިން ބިނާކޮށް، ކޮޅަށްޖަހައި، އޭގެއިން އުޅުއްވާ ބޭފުޅަކު ނިކުމެވަަޑައިގެން ދީނުގެ ވާހަކަތައް ދެއްކެވުމުން ގަބޫލުނުކުރެވެނީ މި ދެންނެވި ސަބަބާއި ހުރެ އެވެ. އެހެނެއް ނޫން، ޤާސިމްވެސް ނިކުންނަވާ، ސިޔާސީ ވާހަކައާއި، ވިޔަފާރީގެ ވާހަކަތައް ދައްކަވާނަމަ އެ ދައްކަވާ ވާހަކަފުޅެއްގައި ހެޔޮ ނިޔަތެއް ކޮންމެވެސް ވަރަކަށް އޮތްކަމަށް ގަބޫލުކުރުމުގެ ފުރުސަތު ބޮޑު އެވެ. ނަމަވެސް ރަލާއި އޫރު މަހުގެ ވިޔަފާރިން ކޮންމެ ދުވަހަކު އެތަށް ފައިދާތަކެއް ހޯދަވަމުން، ނިކުމެވަޑައިގެން، ލިބިވަޑައިގަންނަވާ ކޮންމެ ޕޯޑިއަމެއްގައި ދީނުގެ ވާހަކަ ދެއްކެވުމުން ނިޔަތާއި މެދު ސުވާލު އުފެއްދުމުގެ ޖާގަ ލިބިގެންދެ އެވެ.

ރައީސް ނަޝީދެއްކަމަކު އަދި އެހެން ބޭފުޅަކުނަމަވެސް ދީނާ ހިލާފު ވާހަކައެއް ދައްކަަވައިފިނަމަ އެ ވާހަކައަކާއި ގުޅެގޮތުން ރަނގަޅުގޮތް ބުނެދެއްވާނީ ދިނީ އިލްމުވެރިންނެވެ. ރާއްޖެއަކީ އުގެނިގެން ތަރުބިއްޔަތުވެގެން ތިބި ދީނީ އިލްމުވެރިން ނިސްބަތުން ގިނަވެސް ޤައުމެކެވެ. ރާއްޖޭގެ މުސްތަގުބަލަށްޓަކައިވެސް އެމީހެއްގެ ދާއިރާގެ ތެރެއިން ވާހަކަ ދެއްކުމަކީ މުހިންމުކަމެކެވެ. ލިބިވަޑައިގަންނަވާ ކޮންމެ ޕޯޑިއަމެއްގައި، ކޮންމެ ބޭފުޅެއް ނަމަވެސް ހެއްދެވި ހުރިހާ ވާހަކަފުޅެއް ދެއްކުމުގެ ނަތީޖާ ގޯސްކަން މިއަދުވެސް މިއޮތީ ފެންނާށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެ ދުވަހު ދެއްކީ ޤާސިމް 52 މިލިއަން ރުފިޔާ ނެގި ވާހަކަ! މިއަދު ވިދާޅުވަނީ ޤާސިމް އަކީ އިޚުލާސްތެރިއެއް ކަމަށް!

އެ ދުވަހު ދެއްކީ ޤާސިމް 52 މިލިއަން ރުފިޔާ ނެގި ވާހަކަ! މިއަދު ވިދާޅުވަނީ ޤާސިމް އަކީ އިޚުލާސްތެރިއެއް ކަމަށް!

09 ޖުލައި 2024
ފޯޅަވަހި ކޯލިޝަންގެ މަންޒަރުން ޤާސިމް ފަނޑުވި ސަބަބަކީ ކޮބާ؟

ފޯޅަވަހި ކޯލިޝަންގެ މަންޒަރުން ޤާސިމް ފަނޑުވި ސަބަބަކީ ކޮބާ؟

15 މެއި 2023
ރާގު ބަދަލުވެއްޖެ: އިއްޔެ ގޮވީ "ސޭޓަށް" މިއަދު "އޮނަރަބްލް ޤާސިމް"

ރާގު ބަދަލުވެއްޖެ: އިއްޔެ ގޮވީ "ސޭޓަށް" މިއަދު "އޮނަރަބްލް ޤާސިމް"

17 މާރިޗު 2023
ފަތުރުވެރިކަމުގެ ބައިގަރުނުގައި ޤާސިމްގެ ބައެއް ތަޖުރިބާ

ފަތުރުވެރިކަމުގެ ބައިގަރުނުގައި ޤާސިމްގެ ބައެއް ތަޖުރިބާ

03 އޮކްޓޯބަރު 2022
ދެކޮޅު ނުޖެހެނީ އޭރު ދީނުގެ އަދުއްވެއްކަމަށް ވިދާޅުވެ މިއަދު ދީން ހިމާޔަތް ކުރަން ނުކުންނަވައޭ ވިދާޅުވާތީ

ދެކޮޅު ނުޖެހެނީ އޭރު ދީނުގެ އަދުއްވެއްކަމަށް ވިދާޅުވެ މިއަދު ދީން ހިމާޔަތް ކުރަން ނުކުންނަވައޭ ވިދާޅުވާތީ

09 ޖެނުއަރީ 2022

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު