Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފަލަސްތީން

ޔާސިރު އަރަފާތުގެ ހިތްވަރާއި އޭނާއަށް ވިހަދީ އަވަހާރަކޮށްލިގޮތް

ނޯބެލް ސުލްހައިގެ އިނާމުވެސް އަރަފާތަށް ލިބިވަޑައިގެންނެވި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 19 މެއި 2021 | ބުދަ 11:28
ޔާސިރު އަރަފާތު - 1989ވަނަ އަހަރުން ފެށިގެން އަވަހާރަވަންދެން ފަލަސްތީނުގެ ރައީސްކަން ކުރެއްވި

ޔާސިރު އަރަފާތު - 1989ވަނަ އަހަރުން ފެށިގެން އަވަހާރަވަންދެން ފަލަސްތީނުގެ ރައީސްކަން ކުރެއްވި

ޕަލެސްޓީނިއަން ސެންޓްރަލް ކައުންސިލުން ޔާސިރު އަރަފާތަކީ ފަލަސްތީނުގެ ރައީސް ކަމަށް ކަނޑައެޅީ 1989 ވަނަ އަހަރުއެވެ. މި ނިންމުމާއި އެކު ފަލަސްތީނަށް އުއްމީދާއި ކޮންމެވެސް މިންވަރެއްގެ ކުރިއެރުން ލިބިގެންދިޔައެވެ.

ފަލަސްތީނުގެ ރައީސްކަމަށް ވަޑައިގަތުމުގެ އިތުރުން އެ ދުވަސްވަރު ވެގެންދިޔައީ އަރަފާތުގެ ޒާތީ ދިއިއުޅުއްވުމަށްވެސް ބޮޑު އުފާވެރިކަމެއް ލިބުނު ދުވަސްވަރަކަށެވެ. 1990 ވަނަ އަހަރު، އާންމުނަށް ވީހާވެސް ސިއްރުން، އޭރު އުމުރުފުޅުން 60 އަހަރުފުޅުގައި އަރަފާތު، އުމުރުން 27 އަހަރުގެ ސުހާ ދާއޫދު އަލް ތާވިލް އާއި ކައިވެނި ބައްލަވައިގަތެވެ. އެ ދެމަފިރިކަނބަލުންނަށް ހަމައެކަނި ދަރިކަނބަލުން ލިބިވަޑައިގެންނެވީ 1995 ވަނަ އަހަރު ފްރާންސްގައެވެ. އަރަފާތުގެ ދަރިކަނބަލުންނަށް ނަން ދެއްވީ އެމަނިކުފާނުގެ މަންމާފުޅަށް ނިސްބަތް ކުރައްވައި، ޒަހްވާގެ ނަމުންނެވެ.

އަރަފާތުގެ ކައިވެނިފުޅަށް އަހަރެއް ވީތަނާހެން، އެމެރިކާ އާއި ރަޝިއާ މެދުވެރިވެގެން، މެޑްރިޑްގައި ފަލަސްތީނު – އިސްރާއީލް ސުލްހައިގެ ވާހަކަތައް ފެށުނެވެ. ނަމަވެސް އެދުވަސްވަރު އަރަފާތު ގެންދެވީ ނޯވޭގައި ސުލްހައިގެ ސިއްރު މަޝްވަރާތަކެއްވެސް ސްޕޮންސަރ ކުރައްވަމުންނެވެ. އެ ވާހަކަތަކުގެ ނަތީޖާއަކަށްވީ 1993 ވަނަ އަހަރު އެއްބަސްވެވުނު އޮސްލޯ ސުލްހަނާމާއެވެ.

ބައެއް ސަރަޙައްދުތަކުގައި ފަލަސްތީނުގެ ރައްޔިތުންނަށް ބިމުގެ މިނިވަންކަން ދިނުމަށާއި، ވެސްޓް ބޭންކް އާއި ގާޒާ ގައި ބައެއް ކަންކަން ހިންގުމުގެ ކޮންމެވެސް ވަރެއްގެ ބާރު ފަލަސްތީނަށް ދިނުމަށް އިސްރާއީލުން އެއްބަސްވިއެވެ. އަދި ޕެލެސްޓީނިއަން އޮތޯރިޓީ ގާއިމުކޮށް، އެ ސަރުކާރުގެ ރައީސަކީ އަރަފާތު ކަމުގައިވެސް ހަމަޖެއްސިއެވެ.

އޮސްލޯ އާއި މެޑްރިޑްގައި ކުރެވުނު މަޝްވަރާތައް ކަޅާއި ހުދުން ލިޔެ، މި އެއްބަސްވުންތަކުގައި ސޮއިކުރެވުނީ އެމެރިކާގެ ވައިޓް ހައުސްގައެވެ. އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އަރަފާތާއި އިސްރާއީލުގެ އޭރުގެ ބޮޑުވަޒީރު ޔިޒާކް ރަބީންގެ ސަލާމްކުރެއްވުން ވެގެންދިޔައީ ތަރީޚީ ހިނދުކޮޅަކަށެވެ. މި އެއްބަސްވުންތަކުގައި ވަކި މިންވަރަކަށް، ފަލަސްތީނުގެ އަމިއްލަ ވެރިކަން ގާއިމް ކުރުމުގެ މިނިވަންކަމާއި، ވެސްޓް ބޭންކާއި ގާޒާގައި ފަލަސްތީނުގެ އަމިއްލަ ބާރު ހިންގުމުގެ ހައްގާއިމެދު އެއްބަސްވެވުނެވެ. މި މަސައްކަތަށް، އަރަފާތާއި ރަބީންއަށް ވަނީ ނޯބެލް ސުލްހައިގެ އިނާމުވެސް ދީފައެވެ.ވެ

1996 ވަނަ އަހަރު ބޭއްވުނު އިންތިޚާބުގެ ނަތީޖާ ދެއްކި ގޮތުން ޕެލެސްޓީނިއަން އޮތޯރިޓީގެ ރައީސްކަމުގައި އަރަފާތު ހުންނެވުމަށް 83 އިންސައްތަ ރައްޔިތުން ތާއީދު ކުރިއެވެ. މި އިންތިޚާބަކީ ބައިނަލްއަގުވާމީ އެކި ފަރާތްތަކުން މިނިވަން އިންސާފުވެރި އިންތިޚާބެއްގެ ގޮތުގައި ކަނޑައެޅި އިންތިޚާބެކެވެ. ރައީސްކަމުގައި ދެމިހުންނެވުމުގެ ރުހުން ރައްޔިތުންގެ ފަރާތުން ލިބުމުން 1998 ވަނަ އަހަރު އަރަފާތު ވައި ރިވަރ އެކޯޑްގައި ސޮއިކުރެއްވިއެވެ. 

ސުލްހައިގެ ވާހަކަތަކުގެ ފަހު މަރުހަލާއާ ހަމައިން، މި މަސައްކަތަށް ހުއްޓުން އެރިއެވެ. އިސްރާއީލާއި ފަލަސްތީނާއި ދެމެދު އޮތް މައިގަނޑު މައްސަލަތައް ކަމުގައިވާ ގުދުސްގެ މައްސަލަ އާއި ފަލަސްތީނުގެ ރެފިއުޖީން އެމީހުންގެ ބިމަށް އެނބުރި ދިއުމުގެ މައްސަލައާއި، ފަލަސްތީނުގެ ބިމުގައި އިސްރާއީލުން އަޅާފައިވާ ގެތަކުގެ މައްސަލައާއި، ބޯޑަރާއި ފެނުގެ މައްސަލައާއި ހަމަށް މަޝްވަރާތައް ދިއުމުން ކުރިއެރުމް ލިބޭ ގޮތް ނުވީއެވެ. 

މައްސަލަތަކަށް ހައްލު ހޯދުމުގެ އުއްމީދުގައި 2000 ވަނަ އަހަރު އަރަފާތާއި، އެމެރިކާގެ އޭރުގެ ރައީސް ބިލް ކްލިންޓަންގެ އިތުރުން އިސްރާއީލުގެ އޭރުގެ ބޮޑުވަޒީރު އެހުދް ބަރަކް، އެމެރިކާގެ ކޭމްޕް ޑޭވިޑްގައި ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި، ގުދުސް އަކީ އިސްރާއީލުގެ ބިމެއް ކަމަށް ގަބޫލުކުރުމަށް ބިލް ކްލިންޓަނާއި، އެހުދް ބަރަކް އަރަފާތަށް ބާރުއެޅުއްވިއެވެ. އެ ހުށަހެޅުމަށް އަރަފާތު ދެކޮޅު ހެއްދެވުމުން، ސުލްހައަށް ހުރަސްއަޅުއްވަނީ އަރަފާތުކަމަށް ތުޙުމަތުކުރައްވައި ބައްދަލުވުންތައް ނިންމަވާލެއްވިއެވެ.

ސުލްހައިގެ ވާހަކަތައް ހުއްޓުމާއި ގުޅިގެން ފަލަސްތީނުގެ ރައްޔިތުން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރިއެވެ. ރައްޔިތުންގެ މައިގަނޑު ކަންބޮޑުވުމަކަށް ވެފައި އޮތީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކުރުމަށް ހުރަސްއެޅިގެން ދިއުމެވެ. މި ހިތްހަމަނުޖެހުމުގެ ނަތީޖާއަކަށްވީ 2000 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފަލަސްތީނުގެ ރައްޔިތުން އިސްރާއީލާއި ދެކޮޅަށް ތެދުވުމެވެ. "އަލް އަގްސާ އިންތިފާޟާ"ގެ ނަން ދެވުނު މި ހަރަކާތްތައް ފެށެން މެދުވެރިވި ސަބަބަކީ އިސްރާއީލުގެ އޭރުގެ ބޮޑުވަޒީރު އަރިއަލް ޝެރޯން ގުދުސްއަށް ވަޑައިގެން، އަލްއަގްސާ މިސްކިތް ހުންނަ ހަރަމް އަލް ޝަރީފަށް ވަޑައިގަތުމެވެ.

މި އިންތިފާޟާ އާއި ގުޅިގެން އެމެރިކާ އާއި އަރަފާތުގެ ގުޅުން ހީނަރުވެގެން ދިޔައެވެ. ސުލްހައިގެ މަސައްކަތް ހުއްޓުވުމަށް އަރަފާތު ގަސްތުގައި ހަމަނުޖެހުން އުފައްދަވާކަމަށް ތުޙުމަތު ކުރައްވައި އެމެރިކާގެ އޭރުގެ ރައީސް ޖޯޖް ޑަބްލިއު ބުޝް އަރަފާތާއި ބައްދަލުކުރެއްވުމަށް ދެކޮޅުހެއްދެވިއެވެ. އެ ދުވަސްވަރު ރައީސް ބުޝް ވަނީ އެކި ފަހަރުމަތިން އަރިއަލް ޝެރޯން އާއި ބައްދަލުކުރައްވާ، ޝެރޯން އަކީ "މޭން އޮފް ޕީސް" ނުވަތަ ސުލްހައިގެ މީހާ ކަމަށް ސިފަކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

ސުލްހައިގެ މަސައްކަތަށް އަރަފާތަކީ ބޭކާރު މީހެއް ކަމަށް ނިންމައި، 2002 ވަނަ އަހަރު އިސްރާއީލުން އަރަފާތު ގޭބަންދު ކުރިއެވެ. އަރަފާތު ބަންދުކުރީ ރާމުﷲގައި ހުންނަ ޕީއެލްއޯގެ ވެސްޓް ބޭންކް ހެޑްކުއާޓަރުގައެވެ.

މުގާތާގެ ނަން ދީފައިވާ ފަލަސްޠީނުގެ ސަރުކާރު އޮފީސްތައް ހުންނަ އިމާރާތް ހިސާރުކޮށްގެން ދެ އަހަރުވަންދެން އިސްރާއީލުގެ ސިފައިން ތިއްބެވެ. އެ ދެއަހަރު ތެރޭގައި އެ އިމާރާތުގެ ގޯތިތެރެއަށް އެކި ފަހަރުމަތިން އިސްރާއީލު ސިފައިން ވަނީ ބޮން އަޅާފައެވެ. އަދި އަރަފާތުގެ އޮފީހަށް އެކި ފަހަރުމަތިން ޓޭންކުން ހަމަލާ ދީފައިވެއެވެ. 

އަރަފާތު ހިސާރުކޮށްގެން ތިބިއިރު، އިސްރާއީލުން ވަނީ އަރަފާތަށް ތިން ގޮތެއް ހެދުމާއިމެދު ވިސްނާފައެވެ. އެއީ އަރަފާތު ހައްޔަރުކުރުން، ފަލަސްތީނުން އަރަފާތު ޑީޕޯޓްކުރުން، ނުވަތަ އަރަފާތު އަވަހާރަކޮށްލުމެވެ. އިސްރާއީލުން ބޭކާރުކަމަށް ކަނޑައެޅި އަރަފާތު އޭރުވެސް ހުންނެވީ ފަލަސްތީނުގެ ރައީސް ކަމުގައި ކަމަށްވާއިރު، އަރަފާތުގެ ފުރިހަމަ ބާރު އޭރުވެސް ފަލަސްތީނުގައި އޮތެވެ. 2004 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 25 ވަނަ ދުވަހު އަރަފާތުގެ ހާލުކޮޅު ކުއްލިއަކަށް ދެރަވިއެވެ. ފުރަތަމަ ގަބޫލުކުރެވުނު ގޮތުގައި އަރަފާތަށް ހުމުގެ އާލާސްކަންފުޅަކާއި ކުރިމަތިވީއެވެ.

ބަލި ހާލަތާއި އެކުވެސް ވީރާނާވަމުންދިޔަ މުގާތާގެ ތެރޭގައި ތާށިވެފައި ހުންނެވިއިރު، އަރަފާތަށް ފަރުވާ ދެމުންދިޔަ މިސްރާއި، އުރުދުން އަދި ޓިއުނީޝިއާގެ ޑޮކްޓަރުންގެ ޓީމުތަކަށްވެސް އަރަފާތުގެ ބަލީގެ ހަގީގަތެއް ނުހޯދުނެވެ.

ފަލަސްތީނުގައި އަރަފާތަށް ދެވެންހުރި ހުރިހާ ފަރުވާއެއް ދިނުމަށްފަހުވެސް އަރަފާތުގެ ހާލުކޮޅަށް ބަދަލެއް ނައުމުން، އަރަފާތު ފަރަންސޭސިވިލާތަށް ގެންގޮސް، ޕެރިހުގައި ހުންނަ ޕަރސީ މިލިޓަރީ ހޮސްޕިޓަލުގައި އެނދުމަތި ކުރެވުނެވެ. އަރަފާތަށް ޒަހަރެއް ދީފައިވާކަމަށް ޝައްކުރެވިގެން ޓެސްޓުތައް ހެދިއެވެ. ނޮވެމްބަރު 3 ވަނަ ދުވަހު އަރަފާތު ކޯމާގެ ހާލަތަށް ވަޑައިގަތެވެ. ކޯމާގައި އޮންނަވައި، އަރަފާތު އަވަހާރަވީ އުމުރުފުޅުން 75 އަހަރުފުޅުގައި 2004 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ. 

އަރަފާތު އަވަހާރަވި ސަބަބެއް ކަމަށް ޑޮކްޓަރުން ކަނޑައެޅީ ސިކުނޑިފުޅަށް ލޭއެޅި، ސްޓްރޯކެއް ޖެހުމެވެ. އެހެން ނަމަވެސް އަރަފާތުގެ އޮޓޯޕްސީއެއް ހަދާފައެއް ނުވެއެވެ. އަދި އެމަނިކުފާނުގެ ސިއްހީ ލިޔެކިޔުންތައް ހާމަކޮށްފައެއްވެސް ނުވެއެވެ. އަރަފާތު އަވަހާރަވާ ދުވަހަކުން އެމަނިކުފާނުގެ ހަށިކޮޅު ގުދުސްގައި ވަޅުލުމަށް އެމަނިކުފާނު ވަސިއްޔަތް ކުރައްވާފައި ވީނަމަވެސް، އިސްރައީލުން އެކަމަށް ފުރުސަތެއް ނުދިނެވެ. އަރަފާތު ގުދުސްގައި ވަޅުލުމަށް އިސްރާއީލުން ހުއްދަ ނުދިނުމުން، ގާހިރާގައި ޚާއްސަ ޖަނާޒާއެއް ބޭއްވުމަށްފަހު، އަރަފާތު ވަޅުލާފައިވަނީ ރާމުﷲގައެވެ.

އަރަފާތު އަވަހާރަވުމަށްފަހު ކުރިއަށްގެންދިޔަ ތަހުގީގުތައް ނިންމާލީ ވަކި ކޮޅެއްގައި ނުޖެހިއެވެ. ފަރަންސޭސިވިލާތުގެ ޖަޖުންގެ ޕެނަލުން 2015ވަނަ އަހަރު ބުނެފައިވަނީ، އަރަފާތު އަވަހާރަ ކޮށްލުމަށް " ޕޮލޯނިއަމް-210 " ކިޔާ ވިހަ މާއްދާއެއް ބޭނުން ކޮށްފައިވެދާނެ ކަމަށެވެ.

އަރަފާތު އަވަހާރަ ކޮށްލީ ކޮން ބައެއްކަން އެނގޭ ކަމަށް ވިދާޅުވެ މަހްމޫދު އައްބާސްވަނީ 2016 ވަނަ އަހަރު ވާހަކަ ދައްކަވާފައެވެ. އަދި ތަހުގީގަށް ހަމައެކަނި އެމަނިކުފާނުގެ ބަސް ފުދޭނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ. އިސްރާއީލުން ވިހަދީ މަރާލީކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. ހުރިހާ ކޮޅަކުންވެސް މިކަން ގޮސް ހުއްޓެނީ އިސްރާއީލާ ހިސާބުންނެވެ. 

ކޮމެންޓް

އިތުރަށް ކިޔާލަން

އަރަފާތުގެ ނަޖިސް ބަދިގެއިން ބުޅާ މަހުގެ އުފެއްދުންތައް ފިހާރަތަކުގެ ހަރުގަނޑަށް: ކަމާއި ބެހޭ ފަރާތްތައް ފެއިލް ވެފައިވާވަރު ހާމަވި ބޮޑު މައްސަލަ

އަރަފާތުގެ ނަޖިސް ބަދިގެއިން ބުޅާ މަހުގެ އުފެއްދުންތައް ފިހާރަތަކުގެ ހަރުގަނޑަށް: ކަމާއި ބެހޭ ފަރާތްތައް ފެއިލް ވެފައިވާވަރު ހާމަވި ބޮޑު މައްސަލަ

20 އޯގަސްޓު 2024
"ނުހަނު ގަދަ ހިތްވަރާއި އަޒުމާއެކީ ޖެއްސެވި އުންޑައަކުން، ނުހަނު ބޮޑު ޕޯޗުގީޒުގެ ލަޝްކަރެއް ދިޔައީ ބުރައިގެންތާ"

"ނުހަނު ގަދަ ހިތްވަރާއި އަޒުމާއެކީ ޖެއްސެވި އުންޑައަކުން، ނުހަނު ބޮޑު ޕޯޗުގީޒުގެ ލަޝްކަރެއް ދިޔައީ ބުރައިގެންތާ"

16 ސެޕްޓެމްބަރު 2023
ޖަޕާނުގެ ހިތްވަރާއި ފެންވަރު، ވޯލްޑް ކަޕްގައި އޭޝިއާގެ އުއްމީދު އޮތީ އެމީހުންނާއެކު

ޖަޕާނުގެ ހިތްވަރާއި ފެންވަރު، ވޯލްޑް ކަޕްގައި އޭޝިއާގެ އުއްމީދު އޮތީ އެމީހުންނާއެކު

05 ޑިސެމްބަރު 2022
ބާސްކެޓުގައި ދިވެހި އަންހެން ކުޅުންތެރިން ދެއްކި ގަދަ ހިތްވަރާއި އުފާވެރި ކަރުނަ!

ބާސްކެޓުގައި ދިވެހި އަންހެން ކުޅުންތެރިން ދެއްކި ގަދަ ހިތްވަރާއި އުފާވެރި ކަރުނަ!

26 ސެޕްޓެމްބަރު 2022
މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

10 ޖެނުއަރީ 2021

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު