Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ތިންބާރުގެ ނިޒާމު

މި ވީގޮތަކީ ދެ ބުޅާ އަރައިރުމުގައި ވަނިކޮށް ރާމާމަކުނު ބޯކިބާ ކާލީ ނޫންތޯއެވެ؟

ރާއްޖޭގައި އޮތީ ބާރުތައް ވަކިކުރެވިފައިވާ ވެރިކަމުގެ ނިޒާމެއް

ރާއްޖެ އެމްވީ | 24 މެއި 2017 | ބުދަ 12:49
ރައީސް ޔާމީން ރައީސް ކަމުގެ ހުވާ ކުރެއްވި ރަސްމިއްޔާތުގެ ތެރެއިން - ރާއްޖޭގައި އޮތީ ބާރުތައް ބަކި ކުރެވިފައިވާ ނިޒާމެއް

ރައީސް ޔާމީން ރައީސް ކަމުގެ ހުވާ ކުރެއްވި ރަސްމިއްޔާތުގެ ތެރެއިން - ރާއްޖޭގައި އޮތީ ބާރުތައް ބަކި ކުރެވިފައިވާ ނިޒާމެއް

ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 4 ވަނަ މާއްދާގައި ވަނީ "ދިވެހި ދައުލަތުގެ އެއްމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މިބާރުތައް ދެމި އޮންނަނީ ވެސް ރައްޔިތުންގެ ކިބައިގައެވެ." މިހެންނެވެ. ހަމަ އެފަދައިން ޖެހިގެން އަންނަ 5 ވަނަ މާއްދާގައި ބުނެފައި ވަނީ އަންނަނިވި ގޮތަށެވެ. "ދިވެހި ރާއްޖޭގައި ޤާނޫނު ހެދުމުގެ އެންމެހައި ބާރުތައް ލިބިގެން ވަނީ "ޤާނޫނު ހެދުމުގެ ބާރު" ރައްޔިތުންގެ މަޖިލީހަށެވެ."

ހަމަ އެފަދައިން 6 ވަނަ މާއްދާގައި ވަނީ އަންނަނިވި ޢިބާރާތެވެ. "މި ޤާނޫނު އަސާސީ ގައި ބަޔާންވެގެންވާ ގޮތުގެ މަތީން ވެރިކަން ހިންގުމުގެ ބާރު ލިބިގެން ވަނީ ރައީސުލް ޖުމްހޫރިއްޔާ އަށެވެ. އަދި ޢަދުލު އިންޞާފު ޤާއިމް ކުރުމުގެ ބާރު ގެ މާއްދާ ކަމުގައިވާ7 ވަނަ މާއްދާގައި ބުނެފައި ވަނީ "ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ބާރު ލިބިގެން ވަނީ ދިވެހި ރާއްޖޭގެ ކޯޓުތަކަށެވެ.

މިހެން މިބާރުތައް ބަހާލާފައި ވާއިރު 2008 ވަނަ އަހަރު ތަޞްދީޤުކޮށް ޢަމަލުކުރަމުންދާ ކަމަށް ބުނާ ފެހި ޤާނޫނު އަސާސީގެ 8 ވަނަ މާއްދާގައި ވަނީ ކީކޭތޯއެވެ؟ އެ މާއްދާގައި ވަނީ މިހެންނެވެ. "ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ހިންގަން ވާނީ މި ޤާނޫނުއަސާސީ ގައި ވާ ގޮތުގެ މަތީންނެވެ. ބާރުތައް ތަންފީޒުކުރުމާއި، ނެގުމުގައި މި ޢިބާރާތަށް ބަލަން ޖެހެއެވެ. އެހެނީ މި ޢިބާރާތުން ދޭހަ ވަނީ ޤާނޫނު އަސާސީ އިން ދީފައިވާ ބާރުތައް ނެގުމާއި، ދޫކޮށްލުމަގައި އިންތަކަކާއި، މިންތަނޑުތަކެއް ކަނޑައަޅައިފައި ވާކަމެވެ.

މި ދައްކަނީ ބަޞަރާއަށް ކަދުރު ވިއްކަން ގޮސް އުޅުން ނުވަތަ އިރަށް ކުޅުޖަހަން އުޅުން ފަދަ ކަމެއްގެ ވާހަކަ ދޮގެއްތޯއެވެ؟ އެހެނީ ދައުލަތުގެ އެކިއެކި މަޤާމުތަކުގައި އުޅުއްވާ ބޭފުޅުންނަކީ ޤާނޫނު އަސާސީއަށާއި، ޤާނޫނުތަކަށާ، ޤަވާޢިދުތަކަށް އަހުލުވެރި ވެފައިވާ ބައެކެވެ. ނުވަތަ އަހުލުވެރި ވެފައިވާން ޖެހޭ ބަޔެކެވެ. ފުންނާބު އުސް ބަޔެކެވެ. އަދި މާނަކުރަން ވެސް ދެނެވަޑައި ގަންނަވާނީ ވެސް ހަމަ އެބޭފުޅުންނަށެވެ. އެހެން ނަމަވެސް މިހާރު ހިނގަމުން ދާ ކަންކަމާ މެދު އެއްޗެއް ބުނަން މި ފެށީ ކުރިން ވެސް ދެންނެވި ފަދައިން ޤާނޫނު އަސާސީގެ 4 ވަނަ މާއްދާގައި ބުނާފަދައިން ނިކަމެތި އަޅުގަނޑަށް ވެސް ބާރެއް ލިބިފައި އޮންނާތީއެވެ.

ޤާނޫނު އަސާސީގެ ޢިބާރާތެއް މާނަކުރުމަށް ސްޕްރީމް ކޯޓަށް، އެޓަރނީ ޖެނަރަލް ހުށަހެޅުއްވި މައްސަލައަކާ ގުޅިގެން މި މަހުގެ 22 ގައި އެކޯޓުން ވަނީ ނިންމުމެއް ނިންމާފައެވެ. އެއީ އެކަށީގެންވާ ސަބަބެއް ނެތި ވަޒީރުންގެ އިތުބާރު ނެތް ކަމަށް ވޯޓު ނެގުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ނޯންނާނެ ކަމަށް ކަނޑައަޅަން ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ވާހަކައެވެ. މި މައްސަލައި ގައި ސުޕްރީމް ކޯޓުން ކުރި ހުކުމުގައި އެ ކޯޓުން ބުނެފައި ވަނީ "އިތުބާރު ނެތްކަމުގެ މައްސަލަތަކުގެ އެންމެ ފަހުގެ ނިންމުންތައް ނިންމާނީ އެ ކޯޓުން ކަމުގައެވެ." އަދި އެ މައްސަލައަށް ވަނީ ސްޕްރީމް ކޯޓުން އިތުރު ބާރުތަކެއް ވެސް ނަގާފައެވެ. އެއީ ވަޒީރުންގެ އިތުރުން ރައީސުލް ޖުމްހޫރިއްޔާ އާއި ނާއިބު ރައީސާއި ފަނޑިޔާރުންނާއި ޤާނޫނުއަސާސީގައި ބުނާ މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައި، މަޤާމުން ވަކި ކުރުމުގައި ވެސް އެ އުޞޫލު ހިނގާނެ ކަމަށް ބުނެއެވެ. ޤާނޫނު އަސާސީގެ 101 ވަނަ މާއްދާގައި ބުނެފައި ވަނީ "މަޖިލީހުގެ މެމްބަރުން ސަބަބު ބަޔާންކޮށް ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ އިތުބާރު ނެތްކަމަށް ހުށައެޅި ދާނެ ކަމުގައެވެ." މިހެން އޮތުމުގެ ސަބަބުން މި މާއްދާއަށް ރިޢާޔަތް ކޮށް މީގެކުރިން މަޖިލީހުން ވަނީ ނާއިބު ރައީސުންނާއި، ބައެއް ވަޒީރުންނާއި، މިނިވަން މުއައްސަސާތަކުގެ ވެރިންގެ އިތުބާރު ނެތްކަމުގެ މައްސަލަތައް ފާސް ވެސް ކޮށްފައެވެ.

މިހެން މިކަން އޮތް އިރު، ހޯމަ ދުވަހު ސްޕްރީމް ކޯޓުން ނިންމި ނިންމުމަކީ ޤާނޫނު އަސާސީއާ ޚިލާފު ނިންމުމެއް ކަމަށައި، ސިޔާސީ ނިންމުމެއް ކަމުގައި ބައެއް ބޭފުޅުން ގެންދަވަނީ ވިދާޅު ވަމުންނެވެ. އެއީ ސަބަބުތަކެއް ވެސް އޮވެގެން ވިދާޅުވާ އެއްޗެކެވެ. ރައީސުލް ޖުމްހޫރިއްޔާ އަށް ޤާނޫނު އަސާސީ އިން ބާރުތަކެއް ދެއްވާފައި ވެއެވެ. އަދި ހަމަ އެފަދައިން ރައްޔިތުންގެ މަޖިލީހަށް ވެސް އެފަދަ ބާރުތަކެއް މަތި ކުރެވިފައި ވާ ފަދައިން ޖުޑިޝަރީ އަށް ވެސް ބާރުތަކެއް ކަނޑައަޅާފައި ވެއެވެ. އެއީ އެއް ބާރުން އަނެއްބާރުގެ ބާރުތަކާއި، ޒިންމާތަކަށް އަރައި ނުގަނެވޭ ފަދައިން އޮންނަ ބާރުތަކެއްގެ ގޮތުގައެވެ. މިހެން އޮތް އިރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގެންފައި އޮތް ބާރެއް އެވަނީ އެމަނިކުފާނަށް ގެއްލި ވަޑައިގެންފައެވެ. ހަމަ އެފަދައިން ރައްޔިތުންގެ މަޖިލީހަށް ވެސް މެއެވެ. އެބާރު ދަމައިގަތީ ޖުޑިޝަރީންނެވެ. އެއީ އެގްޒެކެޓިވް ބާރުން ތިމާމެންގެ އަމިއްލަ ބާރު ބޮޑުކުރުމަށް ކުރެވުނު މަސައްކަތެއްގެ ސަބަބުންނެވެ. މިކަމުގެ މިސާލަކީ ދެ ބުޅަލުގެ އަރައިރުމުގައި ރާމާމަކުނު ބޯކިބާ ކައި ހުސްކޮށްލި މިސާލެވެ.

މިކަމުގައި ދެރަ ވާނީ މަޖިލީހުގެ މެމްބަރުން ނުވަތަ އިދިކޮޅު ފަރާތްތަކެއް އެކަންޏެއް ނޫނެވެ. އެގްޒެކްޓިވް ބާރުތަކުގައި ތިބީން ވެސް ދެރަވެ ހިތާމަ ކުރަން ޖެހޭނެއެވެ. އެހެނީ މިހާތަނަށް އިތުބާރު ނެތްކަމުގެ ވޯޓުތައް ބާއްވައި ކާމިޔާބު ކުރުމުގައި ޗެމްޕިއަން ކަން ހޯދާފައި ވަނީ އެގްޒެކެޓިވް ބާރުގައި މިހާރު ތިއްބެވި ބޭފުޅުންނެވެ. އެއީ 2008 ގެ ފަހުން މިހާތަނަށް ދެ ނާއިބު ރައީސުންނާއި ވަޒީރުން ތަކަކާއި، ސްޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކާއި މިނިވަން މުއައްސަސާތަކުގެ ބޭފުޅުން ފަދަ ބޭފުޅުންގެ އިތުބާރު ނެތްކަމުގެ ވޯޓުނަގައި ބޭރުކޮށްލުމަގައި ޢަމަލީ ގޮތުން މަސައްކަތް ކޮށްފައި ވަނީ އެ ބޭފުޅުން ކަމުގައި ވާތީއެވެ. މިހެން ކަން ހިނގާފައި ވާއިރު ދެން މިހާރު އެފަދައިން ފަސޭހަކަމާއެކު އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި ބޭފުޅަކު ބޭރުކޮށްލެވިދާނެ ބާއެވެ؟ އަދި ވޯޓެއް ނެގުމަށް ފަހު އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅައި އެ މައްސަލަ ވަކިގޮތަކަށް ނިންމުމަށް 5 ފަނިޑިޔާރުންނާ ޙަވާލުކުރެވިފައި ވުމުން ދައުލަތުގެ ވެރިޔާ އަކީ އުއްތަމަ ފަނޑިޔާރު ކަމުގައި ނުވޭ ބާއެވެ. ޤާނޫނު އަސާސީގައި ބުނެފައިވާ އެގްޒެކްޓިވްގެ ބާރު މިހާރު ބަދަލުވީ ސްޕްރީމް ކޯޓަށް ނޫންތޯއެވެ؟ ވާނީވެސް އެހެންތާއެވެ. ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެފައި ވަނީ ތިމަން މަނިކުފާނުގެ ވެރިކަމަކީ ސްޕްރީމް ކޯޓުން ނިންމި ނިންމުންތަކެއްގެ ސަބަބުން ލިބިވަޑައިގެން ވެރިމަމެއް ކަމުގައެވެ. މާނައަކީ ތިމަން މަނިކުފާނާ ވެރިކަން ޙަވާލުކުރީ ރައްޔިތުން ނޫން ކަމަށާއި، ކޯޓުން ކަމުގައެވެ. އެ ވިދާޅުވި ވިދާޅުމާ އެއް ގޮތަށް ހިނގާފައި ވާނަމަ އެއީ ޤާނޫނާ ޚިލާފަށް ހިނގާފައި ވާކަމެއް ނޫންތޯއެވެ؟ މިހެން ވުމުން ކަން ކޮށްދިން މީހުން ބުނާހާ ގޮތަކަށް ޢަމަލު ކުރަން ޖެހޭނޭތާއެވެ!

މިހެން ވުމުން އެނގުނީ މަޖިލީހުގައި އެގްޒެކްޑިވް ބާރަށް ކުރިން އޮތް ބާރާއި، މެޖޯރިޓީ، މިހާރު އެ ބާރަށް ގެއްލި ފައިވާ ކަމެވެ. އަދި އިދިކޮޅު ޕާޓީތަކަށް ލިބުނުކަމަށް އަމިއްލަފުޅަށް ޤަބޫލުކުރައްވައިފި ކަމެވެ. ހަމަ އެހެންމެ އެބާރު އަލުން ނަންގަވުމަށް ނުވަތަ އިދިކޮޅު ފަރާތްތަކަށް ލަނޑު ދިނުމަށްޓަކައި ސްޕްރީމް ކޯޓުގެ ޙިމާޔަތުގައި ބާރު ނަންގަވަން ކުރެއްވި ކަމެވެ. ޤަބޫލުކުރެވޭ ގޮތުގައި މި ފިކިރުގައި ނަމަވެސް ކުރެއްވި މިކަމުން ރައްޔިތުންގެ މަޖިލީހާއި، އެގްޒެކްޓިވް ބާރުގެ ކޯޅުމުގައި އެ ދެބާރުގެ ބާރުތައް ވަނީ ތިން ވަނަ ބާރު ކަމުގައި ވާ ޖުޑިޝަރީ އިން ނަންގަވާފައެވެ. މިހެން ވުމުން "ދެ ބުޅަލުގެ އަރައިރުމުގައި ރާމާމަކުނު ބޯކިބާ ކައި ހުސްކޮށްލީ ނޫންބާއެވެ؟

މިހެންވުމުން ޤާނޫނު ހެދުމުގެ ބާރުގެ ބާރުތަކާއި، އެގްޒެކްޓިވް ބާރުގެ ބާރުތައް ވެސް މިހާރު މި ވަނީ ތިންވަނަ ބާރަށް ފިރުކާލެވިފައެވެ. މިހެން ވުމުން ޤާނޫނޫ އަސާސީގެ މަފްހޫމު ނުގެއްލޭ ތޯއެވެ؟ 2008 ގައި ތަޞްދީޤުކޮށް ޢަމަލުކުރަމުން ގެންދާ ފެހި ޤާނޫނު އަސާސީ 2012 ފެބްރުއަރީ މަހުގެ 6، 7 ގައި ވީދާލި ކަމަށް މީހަކު ބުނާ ނަމަ މިހާރު މި ވީގޮތުން އެ ޤާނޫނު އަސާސީ މި ވަނީ އަންދައި އަޅިއަށް ހަދައި އަޅިތައް ވަޅުލައިފައި ނޫންތޯއެވެ؟

ކޮމެންޓް

އިތުރަށް ކިޔާލަން

ބުޅާމަހުގެ އުފެއްދުމާއެކު މުޅިމާލެ ނަފްސާނީވެފައި

ބުޅާމަހުގެ އުފެއްދުމާއެކު މުޅިމާލެ ނަފްސާނީވެފައި

21 އޯގަސްޓު 2024
އަރަފާތުގެ ނަޖިސް ބަދިގެއިން ބުޅާ މަހުގެ އުފެއްދުންތައް ފިހާރަތަކުގެ ހަރުގަނޑަށް: ކަމާއި ބެހޭ ފަރާތްތައް ފެއިލް ވެފައިވާވަރު ހާމަވި ބޮޑު މައްސަލަ

އަރަފާތުގެ ނަޖިސް ބަދިގެއިން ބުޅާ މަހުގެ އުފެއްދުންތައް ފިހާރަތަކުގެ ހަރުގަނޑަށް: ކަމާއި ބެހޭ ފަރާތްތައް ފެއިލް ވެފައިވާވަރު ހާމަވި ބޮޑު މައްސަލަ

20 އޯގަސްޓު 2024
"ބުޅާގޯނިން ބޭރުވެ" އެތެރެ ކޮއިލުގެ އުދާސްތައް ފުރަތަމަ ވޯޓަށް

"ބުޅާގޯނިން ބޭރުވެ" އެތެރެ ކޮއިލުގެ އުދާސްތައް ފުރަތަމަ ވޯޓަށް

30 މެއި 2024
ޣައްޒާގައި ރަމަޟާން މަސް: "މާބުޅާ ފަތްކޮޅަކާއި ލުނބޯކޮޅެއް ނޫން އެއްޗެއް ނެތް"

ޣައްޒާގައި ރަމަޟާން މަސް: "މާބުޅާ ފަތްކޮޅަކާއި ލުނބޯކޮޅެއް ނޫން އެއްޗެއް ނެތް"

28 މާރިޗު 2024
އާސަހަރާ މައްސަލަ: 45 ޕަސެންޓު މަސައްކަތަށް 3.6 މިލިއަން ރުފިޔާ ދީފައިވަނިކޮށް އެއްބަސްވުން ބާތިލްކޮށްފި

އާސަހަރާ މައްސަލަ: 45 ޕަސެންޓު މަސައްކަތަށް 3.6 މިލިއަން ރުފިޔާ ދީފައިވަނިކޮށް އެއްބަސްވުން ބާތިލްކޮށްފި

05 ނޮވެމްބަރު 2023

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު