Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ބުޅާ

މާލެ ސިޓީގައި އުޅޭ ބުޅާތައް ގެންގުޅެން އެންމެ ރަނގަޅުވާނީ ކޮންތަނެއް؟

ސިޓީ ކައުންސިލުން ވަނީ ބުޅާ ގެންގުޅޭނެ ތަނެއް ނުވަތަ "ކެޓް ޝެލްޓާ" އެއް ހަދާނަމަ އެތަން ހަދަން އެންމެ އެކަށީގެންވަނީ ކޮންތަނެއްތޯ ބެލުމަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 25 ޑިސެމްބަރު 2019 | ބުދަ 03:00
މާލޭ ސިޓީގެ މަގުމަތީގައި އުޅޭ ބުޅަލެއް- މާލޭގައި ބުޅާ ވަނީ އިތުރުވެފައި

މާލޭ ސިޓީގެ މަގުމަތީގައި އުޅޭ ބުޅަލެއް- މާލޭގައި ބުޅާ ވަނީ އިތުރުވެފައި

މާލެ ސިޓީގައި މަގެއްގެ މަތިން ހިނގާފައިދާއިރު ބުޅަލެއް ނުފެންނަ ފަހަރެއް މަދުވާނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ކުރިޔާ އަޅާބަލާއިރު ފާހަގަވާވަރަށް މިފަހަކަށް އައިސް މާލޭގެ މަގުތަކުން ބުޅާ ފެންނަމުންދެ އެވެ. އެއް ބަޔަކު ބުޅާ ގެންގުޅެނީ ލޯބިން ގެންގުޅޭ ޕެޓެއްގެ ގޮތުގަ އެވެ. ނަމަވެސް އަނެއް ބަޔަކަށް ބުޅަލަކީ އެހާ ކަމުދާ އެއްޗަކަށް ނުވެއެވެ. ބުޅާ ދެކެ ހެސްކިޔާފައި ލޯބިވާ ބުޅަލުގެ ހައްގުގައި ވަކާލާތު ކުރާ ދިވެހިން ތިބި ގޮތަށް ބުޅާ ދެކެ ރުޅި އަންނަ ދިވެހިންވެސް އުޅެއެވެ.

އެކަމުގެ ސަބަބުން ބުޅާތަކަށް ގޯނާ ކުރުމާއި އަނިޔާވެރިކޮށް މެރުންފަދަ ކަންކަން އަންނަނީ ހިނގަމުންނެވެ. އަނިޔާވެރިކޮށް ބުޅާ މަރާ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސް އެމައްސަލަ ސީރިޔަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލަންވެސް ބަލާފައިވެ އެވެ. ނަމަވެސް ދައްކަން މިއުޅެނީ އަދި އެވާހަކަ އެއް ނޫނެވެ.

މާލެ ސިޓީގައި ބުޅާ ގިނަވެގެން ސިޓީ ކައުންސިލުން މިވަނީ މާލޭ ސިޓީގައި ބުޅާ ގެންގުޅޭނެ ތަނެއް ނުވަތަ "ކެޓް ޝެލްޓާ" އެއް ހަދާނަމަ އެތަން ހަދަން އެންމެ އެކަށީގެންވަނީ ކޮންތަނެއްތޯ ބެލުމަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލާފަ އެވެ.

މާލެ ސިޓީގެ އޮފިޝަލް ޓްވިޓަރ އެކައުންޓުން ކޮށްފައިވާ މިޓްވީޓަށް ލިބިފައިވާ ޚިޔާލުތަކަށް ބަލާލާއިރު މާލޭގެ މަގުތަކުގައި އުޅޭ ބުޅާތަކުގެ ކަންތައް ހައްލުކުރަން ރައްޔިތުން ބޭނުންވާ މިންވަރު ހާމަވެގެންދެ އެވެ. އެއް ބަޔަކު ގަބޫލުކުރާ ގޮތުގައި ބުޅާ ގެންގުޅެން އެންމެ ރަނގަޅުވާނީ ވިލިމާލެ ނުވަތަ ހުޅުމާލެއެވެ.

މާލޭ ސިޓީ ކައުންސިލުން މިކަމަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ހުޅުވާލުމާއި ގުޅިގެން ރާއްޖެ އެމްވީން މާލެ ސިޓީގެ މޭޔަރ ޝިފާ މުހައްމަދު އާއި މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކާލީމެވެ. ޝިފާ ވިދާޅުވީ އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލީ މިކަމާމެދު އާންމުންގެ ޝަކުވާ ސިޓީ ކައުންސިލަށް އަންނަމުންދާތީ ކަމަށެވެ. ބައެއް ރައްޔިތުން ބުޅަލުގެ ސަބަބުން އުނދަގޫވެގެން ޕެޓިޝަންތައް ހުށަހަޅާފައި ވާ ކަމަށް ޝިފާ ވިދާޅުވި އެވެ. އެހެންކަމުން ކަމާބެހޭ ފަރާތްތަކާއި ސިޓީ ކައުންސިލުން ބައްދަލުކޮށް މިކަމަށް ހައްލެއް ހޯދަންޖެހޭ ކަމަށް ދަންނަވާފައިވާނެ ކަމަށް ޝިފާ ވިދާޅުވި އެވެ.

ކޮންމެ އަކަސް ހުރިހާ ބުޅާތައް އެއް ތާކަށް ޖަމާކޮށްގެން ނޫނީ ކަމާބެހޭ ފަރާތްތަކަށް މިބުޅާތައް ބެލެހެއްޓޭ ކަށް ނެތެވެ. އެހެންކަމުން ސިޓީ ކައުންސިލުން މިހާރު އަންނަނީ މިކަމުގައި މަޝްވަރާ ކުރަން ސިޓީ ކައުންސިލަށް އައި ގްރޫޕްތަކާއި މިކަމުގައި ކަންބޮޑުވާ ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހު މިކަމަށް ގޮތެއް ނިންމުމަށް ތައްޔާރުވަމުންނެވެ. ޝިފާ ވިދާޅުވީ މިކަމަކީ ކޮންމެހެންވެސް މިހާރު ކުރަންޖެހިފައިވާ ކަމެއް ކަމަށާއި އެހެން ކަމުން މިމަސައްކަތް ފަށާނެ ކަމަށެވެ.

އެއަށްފަހު ދެން ހުންނަ މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޝިފާ ވިދާޅުވި އެވެ.

މާލޭގައި ދޫވެގެން މަގުތަކުގައި މިއުޅޭ ބުޅާތައް ގިނަވާ ސަބަބާ މެދު ވާހަކަ ދައްކަމާ ހެއްޔެވެ. ބުޅަލެއް ވިހަނީ ތިން މަހުން އެއް ފަހަރު އެވެ. އެހެންކަމަށްވާނަމަ އަހަރެއްގެ މައްޗަށް ހަތަރު ފަހަރު ބުޅަލެއް ވިހާނެ އެވެ. ބުޅާ ގެންގުޅޭ ބައެއް މީހުން ބުނާގޮތުން ބައެއް ފަހަރަށް ދިހަ ބާރަ ބުޅާ ވެސް ބުޅާ ވިހައެވެ. އެހެންކަމަށްވާނަމަ ބުޅަލުގެ އާބާދީ މަތިވަމުންދާނެ ވަރު އަންދާޒާކޮށްލާށެވެ.

މިކަމަށް އޮތް ހައްލަކީ ވިހެއުން ކޮންޓްރޯލް ކުރުމެވެ. ބޭރު ގައުމުތަކުގައި ބުޅަލުގެ ވިހެއުން ކޮންޓްރޯލުކުރުމަށް ތަފާތު ކަންކަން ކުރެ އެވެ. އެންމެ އާންމުކޮށް ކުރާކަމަކީ "ސްޕޭ" ނުވަތަ "ނިއުޓާ" ކުރުމެވެ. ނުވަތަ ނުވިހާ ގޮތަށް ހެދުމެވެ. އާންމުންގެ ބައެއް ފަރާތްތަކުންވެސް އެގޮތަށް އެކަން ކުރުމަށް ޚިޔާލު ފާޅުކޮށްފައިވެ އެވެ.

އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝިފާ ވިދާޅުވީ ހުރިހާ ބުޅާތައް އެއްތަނަކަށް ލައިފިނަމަ ނުވިހާ ގޮތަށް ބުޅާތަކަށް ހެދޭނެކަމަށް އެގްރިކަލްޗަރ މިނިސްޓްރީން ވިދާޅުވެފައިވާ ކަމަށެވެ. އަދި މިކަމުގައި ހެލްތު މިނިސްޓްރީގެ އެހީތެރިކަންވެސް ބޭނުންވާ ކަމަށް ޝިފާ ވިދާޅުވި އެވެ.

މީގެ އިތުރުން ޝިފާ ވިދާޅުވީ މަގުތަކުގައި އުޅޭ ބުޅާތަކާއި މީހުން ގެންގުޅޭ ބުޅާތައްވެސް ވަކިވާން ޖެހޭކަމަށެވެ. ގެންގުޅެން އެތެރެކުރާ ބުޅާތަކަކީ ވަކި ޓެގެއް ނުވަތަ ވަކި ކާޑެއް ހައްދައިގެން ނޫނީ އެތެރެނުކުރާ ބުޅާތަކަކަށް ވާއިރު އެކަން ކުރެވޭނެ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށްވެސް ޝިފާ ވިދާޅުވި އެވެ. އަދި މިކަމުގައި ހައްލެއް ހޯދުމަށް ރައްޔިތުންގެ ޝަކުވާތައް ހިމަނައިގެން ކަރުދާހެއް މިހާރު އެކުލަވާލާފައިވާ ކަމަށް ޝިފާ ވިދާޅުވި އެވެ.

މަގުމަތީގައި އުޅޭ ބުޅާތަކަށް ބައެއް ފަރާތްތަކުން ކާންދިނުމުގެ ކަންކަން ކުރާ ކަމަށާއި ނަމަވެސް އެކަމުގެ ސަބަބުން އެ ސަރަހައްދުތައް ހަޑިވެ، ބަލިތައް ފެތުރި އާންމުންނަށް އުނދަގޫވަމުންދާ ކަމުގެ ޝަކުވާ ކައުންސިލަށް ލިބޭ ކަމަށް ޝިފާ ވިދާޅުވި އެވެ. އެހެންކަމުން އެފަދަ ކަންކަމަށް ނުކުރުމަށް ޝިފާ އެދިވަޑައިގެންނެވި އެވެ.

ބުޅަލުގެ ނަޖިހުން އިންސާނުންނަށް ޖެހޭ ބައްޔެއް ކަމަށްވާ ލާވާ މައިގްރަންސް، މާލެ ސަރަހައްދުގައި އިތުރުވާ ކަމަށް ބައެއް ޑޮކްޓަރުން މީގެކުރިން ވަނީ ބުނެފައެވެ. އެހެންކަމުން ބުޅަލުގެ ސަބަބުން ކުރިމަތިވާ މިފަދަ ކަންކަމުން ސަލާމަތްވުމަށްޓަކައި ބުޅާތަކަށް ރައްކާތެރި މާހައުލެއް ހޯދައިދޭން ހިނގާށެވެ. އެކަމަށް ސިޓީ ކައުންސިލް އޮތީ ތައްޔާރަށެވެ. ބޭނުންވަނީ އާންމުންގެ ޚިޔާލެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރަށްތައް ފަޅުކޮށް، މާލެ ސަރަހައްދު ތޮއްޖެއްސުމަށް ރައީސް ޔާމީނަށް ވޯޓެއް!

ރަށްތައް ފަޅުކޮށް، މާލެ ސަރަހައްދު ތޮއްޖެއްސުމަށް ރައީސް ޔާމީނަށް ވޯޓެއް!

27 ޖުލައި 2018
ރަށްވެހި ތަރައްގީ : އައްޑޫ ސިޓީގައި ހިންގި މަޝްރޫއުތަކުގައި އޮޅުން ބޮޅުން!

ރަށްވެހި ތަރައްގީ : އައްޑޫ ސިޓީގައި ހިންގި މަޝްރޫއުތަކުގައި އޮޅުން ބޮޅުން!

26 ޖުލައި 2018
ދައުލަތޭ ކިޔައިގެން މިއުޅޭ ބައިގަނޑާއެކު އިންތިހާބަކަށް ދާން ހެޔޮނުވާނެ އެވެ!

ދައުލަތޭ ކިޔައިގެން މިއުޅޭ ބައިގަނޑާއެކު އިންތިހާބަކަށް ދާން ހެޔޮނުވާނެ އެވެ!

01 ޖޫން 2018
ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

21 އެޕްރީލު 2018
ޒުވާން ޖީލު ހަލާކުވެ ދިއުން: އެތައް ބައެއްގެ އިހްމާލެއް، ވިސްނާ

ޒުވާން ޖީލު ހަލާކުވެ ދިއުން: އެތައް ބައެއްގެ އިހްމާލެއް، ވިސްނާ

17 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު