Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެދެކުނު ލުބްނާނަށް ބޮން އެޅުން

ލުބްނާން އަށް އިޒްރޭލް ސިފައިން ބޮން އަޅާ މަދުވެގެން 10 މީހުން މަރުވެއްޖެ

ދެކުނު ލުބުނާންގެ ނަބާތިޔާ ސިޓީގެ ވާދީ އަލް-ކާފޫރު ގައި ހުރި ދިރިއުޅޭ އިމާރާތަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި މަދުވެގެން 10 މީހުން މަރުވުމުގެ އިތުރުން، 5 މީހުން ޒަޚަމްވެފައިވެއެވެ.

ރާއްޖެ އެމްވީ | 17 އޯގަސްޓު 2024 | ހޮނިހިރު 08:50
މި ހަމަލާ ގައި މަރުވެފައިވަނީ ސީރިއާ ގެ ރައްޔިތުންތަކެއް

މި ހަމަލާ ގައި މަރުވެފައިވަނީ ސީރިއާ ގެ ރައްޔިތުންތަކެއް

ދެކުނު ލުބްނާނަށް އިޒްރޭލުގެ ބޯޓުތަކުން ހޮނިހިރު ދުވަހު ބޮން އަޅާ މަދުވެގެން 10 މީހުން މަރާލަފިއެވެ.

ހޮނިހިރު ދުވަހު ލުބުނާންގެ ހެލްތް މިނިސްޓްރީ އިން ބުނެފައިވާ ގޮތުގައި، ދެކުނު ލުބުނާންގެ ނަބާތިޔާ ސިޓީގެ ވާދީ އަލް-ކާފޫރު ގައި ހުރި ދިރިއުޅޭ އިމާރާތަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި މަދުވެގެން 10 މީހުން މަރުވުމުގެ އިތުރުން، 5 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

ލުބުނާންގެ އަލް-މަޔާދީން ޓީވީން ބުނެފައިވަނީ ހަމަލާ ގައި މަރުވެފައިވަނީ ސީރިއާ ގެ ރައްޔިތުންތަކެއް ކަމުގައެވެ.

އިޒްރޭލުން ބުނީ މި ވައިގެ ހަމަލާ އަމާޒުކުރެވުނީ ހިޒްބުﷲ ހަނގުރާމަވެރިން ބޭނުންކުރާ ހަތިޔާރު ރައްކާކުރާ ތަނަކަށް ކަމަށެވެ.

މި ސަރަހައްދުގައި އޮތް ހަލަބޮލިކަން ފާއިތުވި ހަފްތާތަކުގައި ވަރަށް ބޮޑަށް އިތުރުވެފައި މިވަނީ ހިޒްބުﷲ އިން ދިން ކަމަށް އިޒްރޭލުން ގަބޫލު ކުރާ ރޮކެޓް ހަމަލާއެއްގައި އިސްރާއީލުން ހިފާފައިވާ ގޯލަން ހައިޓްސް އިން 12 ކުޑަކުދިންނާއި ޒުވާނުން މަރުވުމާ ގުޅިގެން ނާއި އެކަމަށް ބަދަލު ހިފުމަށް ކަމަށް ބުނެ އިޒްރޭލުން ހިޒްބުﷲ ގެ އިސް ކޮމާންޑަރަކު މަރާލުމާ ގުޅިގެންނެވެ.

ކޮމާންޑަރަށް އަމާޒުކޮށް ދިން ހަމަލާ އާ ގުޅިގެން ހިޒްބުﷲ އިން ބުނެފައިވަނީ ބަދަލު ހިފުމުގެ ޖަވާބު އިޒްރޭލަށް ދޭނެ ކަމުގައެވެ.

ލުބުނާންގެ ސިއްޙީ ވުޒާރާއިން ބުދަ ދުވަހު ޝާއިޢުކުރި މައުލޫމާތުގައިވާ ގޮތުގައި، ފާއިތުވި އަހަރުގެ އޮކްޓޯބަރ 7 ގައި އިޒްރޭލުން ފެށި ޣައްޒާ ހަނގުރާމައާ ގުޅިގެން އިޒްރޭލުން ލުބުނާން އަށް ދޭން ފެށި ހަމަލާތަކުގައި މަދުވެގެން 547 މީހުން ލުބުނާން އިން މަރުވެފައިވެއެވެ. މީގެ ތެރޭގައި 35 އަންހެނުންނާއި 20 ކުޑަކުދިންނާއި ޒުވާނުން ހިމެނެއެވެ.

ސިއްހަތާ ބެހޭ ވުޒާރާއިން އިތުރަށް ބުނެފައިވަނީ 1،765 މީހުންނަށް އަނިޔާވެފައިވާ ކަމަށާއި، 100،000 އަށްވުރެ ގިނަ މީހުން ހަމަލާތަކުން ރައްކައުތެރިކަން ހޯދަން ޤައުމުގެ އެތެރޭގައި ހިޖުރަކޮށްފައިވާ ކަމަށެވެ.

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

18 ފެބުރުއަރީ 2017
ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި
16 ފެބުރުއަރީ 2017

ރަހީން ސްޓޭޓްގައި މިޔަންމާ ސިފައިން ހިންގި އޮޕަރޭޝަން ނިންމާލައިފި

16 ފެބުރުއަރީ 2017
ރަހީން ސްޓޭޓްގައި މިޔަންމާ ސިފައިން ހިންގި އޮޕަރޭޝަން ނިންމާލައިފި
14 ފެބުރުއަރީ 2017

އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި

14 ފެބުރުއަރީ 2017
އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި
13 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

13 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
11 ފެބުރުއަރީ 2017

ސަރުކާރުގެ ކަރަޕްޝަން ހައްދުފަހަނަ އަޅާ ގޮސް ރޫމޭނިއާ ރައްޔިތުން ރުޅިގަދަވެއްޖެ

11 ފެބުރުއަރީ 2017
ސަރުކާރުގެ ކަރަޕްޝަން ހައްދުފަހަނަ އަޅާ ގޮސް ރޫމޭނިއާ ރައްޔިތުން ރުޅިގަދަވެއްޖެ
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
01 ފެބުރުއަރީ 2017

ކާބޮންމޮނޮކްސައިޑްގެ އަސަރުކޮށްގެން ހަ ޒުވާނަކު މަރުވެއްޖެ

01 ފެބުރުއަރީ 2017
 ކާބޮންމޮނޮކްސައިޑްގެ އަސަރުކޮށްގެން ހަ ޒުވާނަކު މަރުވެއްޖެ
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
26 ޖެނުއަރީ 2017

އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް، ޓްރަމްޕަށް ތާލިބާނުން ގޮވާލައިފި

26 ޖެނުއަރީ 2017
އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް، ޓްރަމްޕަށް ތާލިބާނުން ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު