Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޓޫރިޒަމް ގާނޫނު

އަވަސް އަރުވާލައިގެން ޓޫރިޒަމް ގާނޫނުގެ މަސައްކަތްކުރުން, މަޤްސަދަކީ ކޮބާ؟

15 އޯގަސްޓު 2024 | ބުރާސްފަތި 14:31

ބިލުގެ މަސައްކަތް އަވަސް އަރުވާލައިގެން ކުރިއަށް ދާތީ މެމްބަރުން ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 15 އޯގަސްޓު 2024 | ބުރާސްފަތި 14:31
މަޖިލީހުގެ ރިޔާސަތުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله

މަޖިލީހުގެ ރިޔާސަތުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله

ރިސޯޓު ހިންގަން ކުއްޔަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކާއި ބިންތައް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރަން ފައިސާ ދައްކަން ލިބޭ މުއްދަތު ކުޑަކުރަން ޓޫރިޒަމް ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ބިލުގެ މަސައްކަތް މަޖިލީހުގައި ދިޔަ ގޮތް ނިކަން ބައްލަވާލައްވާށެވެ. އަވަސް އަރުވާލައިގެން އެ މަސައްކަތް ނިންމާލީ ގޮން ބަޔަކަށް މަންފާތައް ހޯދާދޭންތޯ ސުވާލު އުފެދެއެވެ. އެ ފައިދާ ދައްކަން ލިބޭ މުއްދަތު ދެ އަހަރުން ހަ މަހަށް ހަމަޖައްސަން އެހާ ބޮޑަށް މުހިންމުވަނީ ކީއްވެތޯ ސުވާލު އުފެދެއެވެ.

ޓޫރިޒަމް ގާނޫނަށް ސަރުކާރުގެ ފަރާތުން، ދަނގެތި ދާއިރާގެ މެމްބަރު އަބްދުﷲ ރަޝީދު ހުށަހެޅި އިސްލާހުގައި ވަނީ ކުލި މުއްދަތު އިތުރުކުރުމާ ގުޅޭ މާއްދާތަކަށް ބަދަލު ގެނައުން އެކަންޏެވެ. އެހެންކަމުންމިއީ ވަރަށް ބޮޑަށް ވަކި ކަމަކަށް ޓާގެޓްކޮށްގެން ހުށަހެޅި ބިލެކޭ ބުނުމުގެ ފުރުސަތު އެބަ އޮތެވެ. މި ބިލުގެ ޓައިމްލައިނަށް ބަލާލަމާތޯއެވެ؟ މި ބިލުގެ ފުރަތަމަ ކިޔުން އިއްވީ އޮގަސްޓު 13ގައެވެ. މީގެ ކުރިން އާއްމުކޮށް މަޖިލީހުގެ ޖަލްސާތައް ބުރާސްފަތި ދުވަހު ނުބޭއްވި ނަމަވެސް މިއަދު ވަނީ މި ބިލުގެ މަސައްކަތް ކުރުމަށް ޖަލްސާއެއް ބާއްވާފައެވެ. މި ވެސް ސުވާލު އުފެދޭ ކަމެއް ނޫންތޯއެވެ.

ދެން އޮތް ކަމަކީ ބުރާސްފަތި ދުވަހުގެ ޖަލްސާގައި އިބްތިދާއީ ބަހުސް ހެނދުނު 09:00 ގައި ފަށައި ގާތްގަނޑަކަށް ދޮޅުގަޑިއިރުވަންދެން ބަހުސް ކުރެއްވުމަށް ފަހު ނެގި ވޯޓުގައި 75 މެންބަރުންގެ ވޯޓާއި އެކު ބިލު ބަލައިގަތުމެވެ. މި ބިލު ފާސްކުރަން ސަރުކާރުން ގަދަފައި ހިއްޕާފައި ވަނީ ކޮން ބަޔަކު ރުއްސަންތޯއެވެ. ހަމަ ގައިމު ވެސް މިއަށް ވުރެ އާއްމުންނަށް މުހިންމުކަންކަން މިހާރުވެސް މަޖިލީހުގައި އެބަހުއްޓެވެ. އެހެންކަމުން މަޤްސަދަކީ ކޮބާތޯ އެންމެންވެސް ދަނީ ސުވާލު އުފައްދަމުންނެވެ. ފަހަރުގައި މިއީ ނުފޫޒު ގަދަ ބޭފުޅެއް ނޫނީ ބޭފުޅުންކޮޅެއްގެ ހިތްޚަލާސް ހޯދަން ކުރިކަމަށް ވެދާނެއެވެ.

މި މަޖިލީހުން މިހާ އަވަހަށް ވެސް ބިލުތަކުގައި ރަބަރު ސްޓޭމްޕް ޖަހައޭ ބުނަނީ ކަމެއް ވީމައެވެ. ކުރިން މި ބުނި ވޯޓަށް ފަހު މަޖިލީހުގެ ރައީސް ރިޔާސަތުގައި އިންނަވައިގެން ބިލުގެ މަސައްކަތް ކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީ ފެއްޓެވީއެވެ. މިއަދު އެކަން ކުރުމަށް ހުރަހެއް ނެތެވެ. މެޖޯރިޓީގެ ބޭނުން ހިފަނީ ހެޔޮގޮތުގައޭ މިވަރުވީމަ ބުނެވޭތޯއެވެ؟ ދެން އޮތް ކަމަކީ ލިބުނު ފުރަތަމަ ފުރުސަތުގައި ވާހަކަ ދައްކަވަމުން ފުނަދޫ ދާއިރާގެ މެންބަރު އަހްމަދު މަމްދޫހު އިތުރު ބަހުސަކަށް ނުގޮސް ކޮމިޓީން ބިލު ފާސްކުރުމަށް ހުށަހެޅުއްވުމެވެ. އެހިސާބުން ޝައްކުތައްވީ ހައްތަހާ އިތުރެވެ. އަވަސް އަރުވާލައިގެން ބިލުގެ މަސައްކަތް ކުރިއަށްގެންދާތީ ކަންބޮޑުވުން ފާޅުކުރި މެމްބަރުންނަށް ދިނީ ބީރު ކަންފަތެކެވެ. ފެނިގެން މިދަނީ ފާސްކުރަން ބޭނުން ބިލެއް ވީމަ، ދުވަހުން ދުވަހަށް ވަގުތުން ވަގުތަށް ކަންކަން ނިންމާލާ މަންޒަރެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

13 ޖޫން 2020

ތިމާގެ މޫޑު އަވަސް އަވަހަށް ބަދަލުވޭތަ؟

13 ޖޫން 2020
ތިމާގެ މޫޑު އަވަސް އަވަހަށް ބަދަލުވޭތަ؟
22 މެއި 2020

ރާއްޖޭގެ އިގުތިސާދީ ހާލަތު: އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ

22 މެއި 2020
ރާއްޖޭގެ އިގުތިސާދީ ހާލަތު: އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ
17 އޯގަސްޓު 2019

މިހާރު ޔާމީންގެ ވެރިކަމެއް ނެތް، އަނިޔާގެ ބަދަލު ލިބުން އަވަސް ވާންޖެހޭ!

17 އޯގަސްޓު 2019
މިހާރު ޔާމީންގެ ވެރިކަމެއް ނެތް، އަނިޔާގެ ބަދަލު ލިބުން އަވަސް ވާންޖެހޭ!
16 ޖޫން 2019

ލަންކާގެ ޓޫރިޒަމް ހުއްޓިފައި!

16 ޖޫން 2019
ލަންކާގެ ޓޫރިޒަމް ހުއްޓިފައި!
10 މެއި 2019

ކުޑަ ކުދިިންނަށް އިހުމާލުވުމާއި ޖިސްމާނީ އަނިޔާ ކުރުން: އަވަސް ހައްލެއް ބޭނުންވެފައި!

10 މެއި 2019
ކުޑަ ކުދިިންނަށް އިހުމާލުވުމާއި ޖިސްމާނީ އަނިޔާ ކުރުން: އަވަސް ހައްލެއް ބޭނުންވެފައި!
26 ޖެނުއަރީ 2019

ޕްރައިމަރީ ނިމިއްޖެ! ދެން އޮތީ އެކުގައި މަސައްކަތްކުރުން!

26 ޖެނުއަރީ 2019
ޕްރައިމަރީ ނިމިއްޖެ! ދެން އޮތީ އެކުގައި މަސައްކަތްކުރުން!
13 ނޮވެމްބަރު 2018

އަވަސް ކަޅިއަކުން، ބާރަ މެމްބަރުންގެ ޤުރުބާނީ!

13 ނޮވެމްބަރު 2018
އަވަސް ކަޅިއަކުން، ބާރަ މެމްބަރުންގެ ޤުރުބާނީ!
30 ޖުލައި 2018

ޓޫރިޒަމް އިންޑަސްޓްރީގައި ވަޒީފާ އަދާކުރާ ޒުވާނުންގެ މެދުގައި ގެންގުޅޭ ތަފާތު ކުރުންތައް ނައްތާލަން ޖެހޭ!

30 ޖުލައި 2018
ޓޫރިޒަމް އިންޑަސްޓްރީގައި ވަޒީފާ އަދާކުރާ ޒުވާނުންގެ މެދުގައި ގެންގުޅޭ ތަފާތު ކުރުންތައް ނައްތާލަން ޖެހޭ!
26 އޯގަސްޓު 2017

ރަށްގިރުމުގެ މައްސަލަ: ރަށުގެ 50 މީޓަރު މޫދު އަޑީގައި، ބޭނުންވަނީ އަވަސް ހައްލު!

26 އޯގަސްޓު 2017
 ރަށްގިރުމުގެ މައްސަލަ: ރަށުގެ 50 މީޓަރު މޫދު އަޑީގައި، ބޭނުންވަނީ އަވަސް ހައްލު!
15 މެއި 2017

ދެ ފަންތިއެއްގެ ރައްޔިތުން: ގާނޫނުގެ ލޯ އަނދިރިކޮށް، އަތް ބިންދާލާފައި!

15 މެއި 2017
ދެ ފަންތިއެއްގެ ރައްޔިތުން: ގާނޫނުގެ ލޯ އަނދިރިކޮށް، އަތް ބިންދާލާފައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް