Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ބާރަ މެމްބަރުން

އަވަސް ކަޅިއަކުން، ބާރަ މެމްބަރުންގެ ޤުރުބާނީ!

ރައްޔިތުން މެމްބަރުންގެ މާޒީއަށްވެސް ބަލާނެ

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު, ރާއްޖެ އެމްވީ | 13 ނޮވެމްބަރު 2018 | އަންގާރަ 13:10
ބާރަ މެމްބަރުންގެ ތެރޭގައި ހިމެނޭ ބައެއް މެމްބަރުން

ބާރަ މެމްބަރުންގެ ތެރޭގައި ހިމެނޭ ބައެއް މެމްބަރުން

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި 12 މެމްބަރުން ވެވަޑައިގެންނެވީ ބޮޑު ޤުރުބާނީއެއް ކަމަށް އޭގެ ތެރެއިން ބައެއް މެންބަރުން ވިދާޅުވިއެވެ. އެ ގުރުބާނީގެ ބަދަލުގެ ގޮތުގައި 2019 ވަނަ އަހަރު އޮންނަ ރައްޔިތުންގެ މަޖްލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ދޭންޖެހޭ ކަމަށްވެސް ބައެއް މެމްބަރުން ވިދާޅުވިއެވެ.

ރަނގަޅު ވާހަކައެކެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އެ މަޤާމުން ދުރުކުރުމަށް ޕެޓިޝަނެއްގައި ސޮއި ކުރި ހިސާބުން އެ ވިދާޅުވާ މެމްބަރުންނަށް ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. ބައެއް މެމްބަރުން ޖަލަށް ވަޑައިގެންނެވިއެވެ. ބައެއް މެމްބަރުން ދެ އިރު ދެ ދަޅައަށް ފުލުސް އޮފީހަށް ދެމިއެވެ. ނަމަވެސް އެ މެމްބަރުން ކުރެއްވީ ޖިހާދެއްތޯ ނުވަތަ އަމިއްލަ އަންބޮޑި ބޮޑުކުރެއްވީތޯ ނިންމަވާނީ ރައްޔިތުންނެވެ. އެ މެމްބަރުން ނިސްބަތްވާ ދާއިރާތަކުގެ ރައްޔިތުންނެވެ.

ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ވި ދުވަހުން ފެށިގެން އެ ވިދާޅުވާ 12 މެމްބަރުންގެ އިހުލާސްތެރިކަމާއި ވެވަޑައިގެންނެވި ގުރުބާނީގެ އުސްއަލިތަކަށް ބަލާލުމަކީ މި ދަނޑިވަޅުގައި ވަރަށް މުހިއްމު ކަމެކެވެ. އެ ވިދާޅުވާ ބޮޑު ގުރުބާނީއެއް ވެވަޑައިގެންނެވި ނަމަ އެންމެ ފުރަތަމަ ދުވަހުވެސް ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކުވާ ގޮތަށް ފާސްކުރި ބިލާ ދެކޮޅަށް ވާކާލާތު ކުރެއްވީސްކަން ޔަގީނެވެ.

މެމްބަރުންގެ ގުރުބާނީގެ ވާހަކަ ދައްކަވަންވީ މިއަދަކު ނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ޝަރުޢީ ނިޒާމް ގަޑުބަޑު ކޮށްލުމަށް ރައީސް ޔާމީން މަސައްކަތް ކުރެއްވިއިރު އެކަމާއި ދެކޮޅަށް ވަކާލާތު ކުރެއްވީހެވެ. ސުޕްރީމް ކޯޓުގެ ބެންޗާއި ރައްޔިތުންގެ މަޖިލީހުގެ އެތެރޭން ކުޅެ، ކުރީގެ އުއްތަމަ ފަނޑިޔާރާއި އަދި އިތުރު ފަނޑިޔާރަކު ވަކިކުރެއްވި އިރު ރައީސް ޔާމީންނަށް ބައިއަތު ހިފައިގެން ތިއްބެވީވެސް ތި 12 މެމްބަރުންނެވެ. ހަމައެއާއެކު އޭރުގެ އޮޑިޓަރ ޖެނެރަލް މަޤާމުން ދުރުކުރުމަށް އޮޑިޓް ޤާނޫނަށް ބަދަލުގެނެސް ރައީސް ޔާމީން ބޭނުންފުޅުވި ގޮތަށް އޮޑިޓަރ ޖެނެރަލްގެ ދައުރުވެސް ހަމަ ނުވަނީސް މަޤާމުން ދުރުކުރުމަކީ މެމްބަރުންގެ ވިދާޅުވާ ގޮތުންނަމަ ބޮޑު ގުރުބާނީއެއް ކަމަށްވެދާނެއެވެ.

އިޚްލާސްތެރި މަސައްކަތްތަކެއް ކުރެވިފައިވާނަމަ ޕްރައިމަރީއަކަށް ދާން ބިރުގަނެގެން ނުވާނެއެވެ. މިސާލަކަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބޭރުކޮށްލުމާއި ދެކޮޅަށް ތެދުވެ ވަކާލާތުކޮށް ގުރުބާންވި ނަމަ މިއަދު ރައްޔިތުން އެކަން ބަލައިގަތީސްކަން ކަށަވަރެވެ. ހަމަ އެގޮތަށް ސިޔާސީ ލީޑަރުންނަށް އަމާޒުކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޕެރޯލްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކުރުމުގައިވެސް، 12 މެމްބަރުންގެ ގުރުބާނީ އޮތްކަން މަޖިލީހުގެ ޔައުމިއްޔާތަކުން އަދިވެސް ފެންނަން އެބަހުއްޓެވެ. އެ ބިލަކީ ސީދާ ރައީސް ނަޝީދާއި ޝޭޚް އިމްރާނަށް އަމާޒުކޮށްގެން ވުޖޫދަށް ގެނުވި ބިލެއް ނުދަންނަ ރައްޔިތަކު ނެތެވެ.

ޕްރައިމަރީއަކާ ނުލައި 12 މެމްބަރުންނަށް ޓިކެޓް ދިނުމަކީ ޕާޓީތަކުގެ އެތެރޭގެ މަސްލަޙަތަށް އަންނާނެ ލޮޅުމެކެވެ. އެކަމުގައި އެ މެމްބަރުން އަމަލުކުރައްވާފައިވާ ގޮތް ވަރަށް ބޮޑު ދައުރެއް އަދާކުރެއެވެ. ސިޔާސީ ޕާޓީތަކުގެ ބައެއް ލީޑަރުންނަށް އަމާޒުކޮށް އަދި އެއް ޒަމާނެއްގައި މާ ނުފޫޒްގަދަކޮށް އުޅުއްވި ބޭފުޅަކަށްޓަކައި ޤާނޫނޫ އާސާސީ ވީދާ ކުދިކުދިކޮށްލި ޖަރީމާގައިވެސް ގުރުބާންވި ބާރަ މެމްބަރުންގެ ތެރެއިން ބައެއް ބޭފުޅުން ހިމެނެއެވެ. އެގޮތުން ސީދާ ރައީސް މައުމޫނާއި ޤާސިމް އިބްރާހިމަށް އަމާޒުކޮށް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް ކުރިމަތިލެވޭ އުމުރަށް ޤާނޫނު އަސާސީއަށް ގެނައި އިސްލާހުގެ މަތިން ދިވެހިން ހަނދާން ނެތޭހާ ދުވަހެއް ނުވެއެވެ.

މެމްބަރުން ވެވަޑައިގެންނެވި ގުރުބާނީތަކަށް ބަލާއިރު، އެއްވެ އުޅުމުގެ މިނިވަންކަމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަން ސަރުކާރުން ބޭނުންވާ ގޮތަށް ރައްޔިތުންގެ މަޖްލީހުގެ ތެރެއިން ނިގުޅައިގަތަކީވެސް، މިއަދު ޕްރައިމަރީއަކާއި ނުލައި ޓިކެޓް ލިބެންޖެހޭނެ ކަމަށް ވަކާލާތު ކުރައްވާ މެމްބަރުންގެ ފުރިހަމަ ތާޢީދާއެކުއެވެ. ނަމަވެސް މީގެން ބައެއް ބިލުތަކަށް މަދު މެމްބަރުންކޮޅެއް ދެކޮޅު ހައްދަވިކަންވެސް ފާހަގަ ކުރަމެވެ. ނަމަވެސް މެޖޯރިޓީ ތާޢީދުކުރި މި ހައްގުތައްވެސް ނިގުޅައިގަތުމަށެވެ.

މިއަދު ގުރުބާނީގެ ވާހަކަ ދައްކަވާއިރު ރައްޔިތުން ތަމްސީލުކުރާނެ ބަޔަކު އެނގޭނީ ރައްޔިތުންނަށެވެ. މިފަދަ ދެއުޅިއެއްނުވާ ޒާތުގެ ކަންކަން ކުރުމަށްވުރެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން ވޭތުވެދިޔަ 5 އަހަރު ރައްޔިތުންނަށް ކޮށްދެވުނީ ކޮންކަމެއްތޯ އެމެމްބަރުންގެ އަމިއްލަ ނަފްސާ ސުވާލު ކުރެއްވުން ބުއްދިވެރިވާނެއެވެ. އޭގެ ބަދަލުގައި ގުރުބާނީގެ ވާހަކަ ދައްކަވަނީ ކުރިއަށް އޮތް ދައުރަށް މަސައްކަތްނުކޮށް މުސާރަ ޔަޤީންވާ ވަޒީފާއަށް ވަޑައިގެންނެވުމަށް ޖައްސަވާ ސްޓަންޓަކަށް ވެގެންނުވާނެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މެމްބަރުންގެ އިހްލާސްތެރިކަން ދައްކާ، ދައުރުން ބޭރުން ޖަލްސާއެއް ނުބޭއްވެންވީ ސަބަބެއް ނެތެ!

މެމްބަރުންގެ އިހްލާސްތެރިކަން ދައްކާ، ދައުރުން ބޭރުން ޖަލްސާއެއް ނުބޭއްވެންވީ ސަބަބެއް ނެތެ!

15 ޖެނުއަރީ 2019
ރައްޔިތުންނަށްޓަކައި ވި ޤުރުބާނީ ބަލައިގަނޭތޯ ބަލަން ރައްޔިތުންނަށް ދޫކޮށްލާ!

ރައްޔިތުންނަށްޓަކައި ވި ޤުރުބާނީ ބަލައިގަނޭތޯ ބަލަން ރައްޔިތުންނަށް ދޫކޮށްލާ!

06 ނޮވެމްބަރު 2018
ބާރުގައި ބުރުވާލި ބާރަ ނިކުމެ ބާރުގެ އަހުވަ ރައީސް ޔާމީނަށް

ބާރުގައި ބުރުވާލި ބާރަ ނިކުމެ ބާރުގެ އަހުވަ ރައީސް ޔާމީނަށް

31 އޮކްޓޯބަރު 2018
އިބޫ ހުވާކުރެއްވުން ރައްޔިތުންގެ ދަރުބާރަކަށް ހައްދަވާ!

އިބޫ ހުވާކުރެއްވުން ރައްޔިތުންގެ ދަރުބާރަކަށް ހައްދަވާ!

01 އޮކްޓޯބަރު 2018
އެމްޑީޕީގައި އޮތީ އާއްމު މެމްބަރުންގެ ބާރު، ޕީޕީއެމްގައި ހަމައެކަނި ރައީސް ޔާމީން ބާރު!

އެމްޑީޕީގައި އޮތީ އާއްމު މެމްބަރުންގެ ބާރު، ޕީޕީއެމްގައި ހަމައެކަނި ރައީސް ޔާމީން ބާރު!

23 މެއި 2018

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު