Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއަޔަން އެކުލެވޭ މާއްދާތައް ކެއުން

ތިމާގެ މޫޑު އަވަސް އަވަހަށް ބަދަލުވޭތަ؟

13 ޖޫން 2020 | ހޮނިހިރު 08:04

އެންޒައިޓީ އަދި ޑިޕްރެޝަންގެ ބަލިތަކަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 13 ޖޫން 2020 | ހޮނިހިރު 08:04
އަޔަން އެކުލެވޭ ބާވަަތްތަކުގެ ކާނާ ކެއުމުން އުފާވެރިކަން އިތުރުކޮށްދޭ ކަމަށް ބައެއް ދިރާސާތަކުން ދައްކާ

އަޔަން އެކުލެވޭ ބާވަަތްތަކުގެ ކާނާ ކެއުމުން އުފާވެރިކަން އިތުރުކޮށްދޭ ކަމަށް ބައެއް ދިރާސާތަކުން ދައްކާ

މޫޑު ނެތިގެން ގިނަ ފަހަރަށް ކުރަން ޖެހޭ ވަރަށް ގިނަ މަސައްކަތްތައް ދޫކޮށްލާ ފަހަރު އާދެއެވެ. މަސައްކަތުގެ މާހައުލުގައާއި ގޭގެ ތެރޭގައި ވެސް ތިމާގެ މޫޑަށް އަންނަ ބަދަލާއެކު ދިރިއުޅުމަށް އޭގެ އަސަރުކުރެއެވެ. އަދި ބައެއް ހާލަތްތަކުގައި މީހަކު ދައްކާ ވާހަކައަކުން ނުވަތަ ކުރާ ކަމަކުން ވެސް މޫޑު ޚަރާބު ނުކުރާށޭ ބުނެ، ފެޔަށް ޖެހެވޭ ފަހަރުވެސް ވަރަށް ގިނައެވެ. އެކަމަކު ތިމާ މޫޑު ރަނގަޅުކޮށް ބެހެއްޓުމަށް ކުރެވޭނެ ކަންކަން އެބަހުއްޓެވެ.

ޞިއްޙީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ހަށިގަނޑުން އަޔަންގެ މާއްދާ ދަށްވާ ކަމަށް ވާނަމަ، އަވަސް އަވަހަށް ވަރުބަލިވުމުގެ އިތުރުން އަވަސް އަވަހަށް މޫޑު ބަދަލުވެއެވެ. އަދި މޫޑު ރަނގަޅުކޮށް ބެހެއްޓުމަށް އަޔަން އިތުރުކޮށްދޭ ބާވަތްތައް ކެއުމުގައި ބޭނުން ކުރަންޖެހެއެވެ.

މީގެ އިތުރުން ޞިއްޙީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ބޮޑުވަމުން އަންނަ ކުއްޖަކަށް އެކަށީގެންވާ މިންވަރަށް އަޔަންގެ މާއްދާ އެކުލެވޭ ކާނާ ނުލިބޭ ކަމުގައި ވާނަމަ، ޒުވާން އުމުރުގައި އެކުއްޖަކު ޑިޕްރެޝަން އަދި އެންޒައިޓީ ބަލިތަކަށް ހުށަހެޅުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމުން ހެދި ބޮޑުވަމުން އަންނަ ކުދިންނަށް އަޔަން އެކުލެވޭ ކާނާ ކާންދިނުމަށް ޞިއްޙީ ތަޖުރިބާކާރުން އިލްތިމާސް ކުރެއެވެ.

ހަށިގަނޑަށް އަޔަން ބޭނުންވާ ވަރަށް ގިނަ ސަބަބުތަކެއް ވާއިރު، ސިކުނޑި ފަންކްޝަން ކުރުމާއި، ހަށިގަނޑުން ލޭ ދަށްނުވެ ހިފެހެއްޓުމާއި، ހަށިގަނޑުގެ ފިނިހޫނުމިން ރަނގަޅު މިންވަރުގައި ހިފެހެއްޓުމަށް ރަނގަޅު އަޔަން އެކުލެވޭ ކާނާ ކާން ޖެހެއެވެ. އަދި އެނީމިއާ އާއި ކްރޯނިކް ފަދަ ބަލިތަކުން ސަލާމަތްވުމަށް ވެސް އަޔަން އެކުލެވޭ ކާނާ ބޭނުން ކުރަން ޖެހެއެވެ.

ދުވާލެއްގެ މައްޗަށް އަޔަން ހަށިގަނޑަށް ބޭނުންވާ މިންވަރު:

ބިސް، އަލުވި، ބްރޮކަލީ، އޯޓްމީލް، ސްޓޯބެރީ، ކަރާ، ބީފް އަދި ޑާކް ޗޮކްލެޓުންވެސް އަޔަންގެ މާއްދާތައް ހަށިގަނޑަށް ލިބެއެވެ.

އެގޮތުން ކޮންމެ ދުވަހަކު ވެސް އަޔަން އެކުލެވޭ މިފަދަ ބާވަތެއް ކެއުމުގައި ހިމެނުމަށް ޞިއްޙީ މާހިރުން އިލްތިމާސްކުރާއިރު، ތިމާ މާބޮޑަށް ވަރުބަލިވާކަމުގެ އިހުސާސް ކުރެވޭނަމަ ޑާކް ޗޮކްލެޓް ފަދަ އެއްޗެއް ބޭނުން ކުރުމަށް ވަނީ އެދިފައެވެ. އަދި ނަތީޖާއެއްގެ ގޮތުން މަސައްކަތުގެ މާހައުލުގައި އުފާވެރި މޫޑަކާއެކު މަސައްކަތް ކުރެވޭނެއެވެ.

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2020

ސުޕްރީމް ކޯޓުގެ ހިސާބުތަކަށް އަވަސް ކަޅިއެއް

11 ޑިސެމްބަރު 2020
ސުޕްރީމް ކޯޓުގެ ހިސާބުތަކަށް އަވަސް ކަޅިއެއް
15 ޖޫން 2020

ލޮކްޑައުންގައި މާބޮޑަށް ފަލަވެއްޖެނަމަ އަވަހަށް ހިކެން މަސައްކަތް ކުރޭ!

15 ޖޫން 2020
ލޮކްޑައުންގައި މާބޮޑަށް ފަލަވެއްޖެނަމަ އަވަހަށް ހިކެން މަސައްކަތް ކުރޭ!
22 މެއި 2020

ރާއްޖޭގެ އިގުތިސާދީ ހާލަތު: އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ

22 މެއި 2020
ރާއްޖޭގެ އިގުތިސާދީ ހާލަތު: އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ
26 މާރިޗު 2020

ގޭގައި މަޑުކޮށްލައިގެން ތިބޭއިރު ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް، ތިމާގެއުޅުން ތާވަލު ކޮށްލަމާ!

26 މާރިޗު 2020
ގޭގައި މަޑުކޮށްލައިގެން ތިބޭއިރު ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް، ތިމާގެއުޅުން ތާވަލު ކޮށްލަމާ!
10 ޑިސެމްބަރު 2019

އެތައް އުންމީދުތަކަކާއެކު އައި މަސްވެރިކަމުގެ ޤާނޫނު، ވީ އެންމެ އަވަހަށް ތަންފީޒުވެގެން ދިޔުން މުހިންމު

10 ޑިސެމްބަރު 2019
އެތައް އުންމީދުތަކަކާއެކު އައި މަސްވެރިކަމުގެ ޤާނޫނު، ވީ އެންމެ އަވަހަށް ތަންފީޒުވެގެން ދިޔުން މުހިންމު
17 އޯގަސްޓު 2019

މިހާރު ޔާމީންގެ ވެރިކަމެއް ނެތް، އަނިޔާގެ ބަދަލު ލިބުން އަވަސް ވާންޖެހޭ!

17 އޯގަސްޓު 2019
މިހާރު ޔާމީންގެ ވެރިކަމެއް ނެތް، އަނިޔާގެ ބަދަލު ލިބުން އަވަސް ވާންޖެހޭ!
10 މެއި 2019

ކުޑަ ކުދިިންނަށް އިހުމާލުވުމާއި ޖިސްމާނީ އަނިޔާ ކުރުން: އަވަސް ހައްލެއް ބޭނުންވެފައި!

10 މެއި 2019
ކުޑަ ކުދިިންނަށް އިހުމާލުވުމާއި ޖިސްމާނީ އަނިޔާ ކުރުން: އަވަސް ހައްލެއް ބޭނުންވެފައި!
13 ނޮވެމްބަރު 2018

އަވަސް ކަޅިއަކުން، ބާރަ މެމްބަރުންގެ ޤުރުބާނީ!

13 ނޮވެމްބަރު 2018
އަވަސް ކަޅިއަކުން، ބާރަ މެމްބަރުންގެ ޤުރުބާނީ!
04 ޖުލައި 2018

ރަނިންގމޭޓަކު އަވަހަށް ދައްކަން ޖެހޭ

04 ޖުލައި 2018
ރަނިންގމޭޓަކު އަވަހަށް ދައްކަން ޖެހޭ
26 އޯގަސްޓު 2017

ރަށްގިރުމުގެ މައްސަލަ: ރަށުގެ 50 މީޓަރު މޫދު އަޑީގައި، ބޭނުންވަނީ އަވަސް ހައްލު!

26 އޯގަސްޓު 2017
 ރަށްގިރުމުގެ މައްސަލަ: ރަށުގެ 50 މީޓަރު މޫދު އަޑީގައި، ބޭނުންވަނީ އަވަސް ހައްލު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް