Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކުޑަކުދިންގެ ދުވަސް

ކުޑަ ކުދިިންނަށް އިހުމާލުވުމާއި ޖިސްމާނީ އަނިޔާ ކުރުން: އަވަސް ހައްލެއް ބޭނުންވެފައި!

ކޮންމެ އިހުމާލެއް ވަކިން ބަލަންޖެހޭ: ޑރ. ނާޒް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 10 މެއި 2019 | ހުކުރު 10:36
ކުޑަކުދިންތަކެއް މަގުމަތީގައި ކުޅެނީ

ކުޑަކުދިންތަކެއް މަގުމަތީގައި ކުޅެނީ

ބައިނަލްއަޤުވާމީގޮތުން ފާހަގަކުރާ ކުޑަކުދިންގެ ދުވަސް ރާއްޖޭގައިވެސް ފާހަގަ ކުރަމުންދާއިރު، ކުޑަ ކުދިންނަށް އިހުމާލުވުމާއި ޖިސްމާނީ އެކިއެކި އަނިޔާތައް ކުރުން އިތުރުވެފައިވާ މިންވަރާމެދު އަޅުގަނޑުމެން މިވަނީ ފުންކޮށް ވިސްނާލަން ޖެހިފައެވެ.

މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް މިއަހަރުގެ މިހާތަނަށް ހުށައެޅިފައިވާ މައްސަލަތަކަށް ބަލާލުމުންވެސް އެންމެ ގިނައީ ކުޑަ ކުދިންނަށް އިހުމާލުވުމާއި، ޖިސްމާނީ އަނިޔާ ކުރުމުގެ މައްސަލަތަކެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ 3 މަހަށް ބަލާއިރު، ހަމައެކަނި ކުޑަކުދިންނަށް އިހުމާލުވުމުގެ 115 މައްސަލައެއް ހުށައެޅިފައިވާއިރު، ޖިސްމާނީ ހާނިކައިގެ 85 މައްސަލައެއް ވަނީ ހުށައެޅިފައެވެ. އަދި މި ދެބާވަތުގެ މައްސަލައިގެ އިތުރުންވެސް، ޖިންސީ އަނިޔާއާއި، ނަފްސާނީ އަނިޔާއާއި، ހައްޤުތަކުން މަހުރޫމު ކުރުން ފަދަ މައްސަލަތައްވެސް މިނިސްޓްރީއަށް ވަނީ ހުށައެޅިފައެވެ.

ކުޑަކުދިންނަށް އަނިޔާ ކުރުމާއި އިހުމާލުވުން އިތުރުވެފައިވާއިރު، އެކަމާ ގުޅޭގޮތުން "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން މަޝްހޫރު ނަފްސާނީ އިލްމުވެރިޔާ ޑރ. އާއިޝަތު އަލީ ނާޒް ވިދާޅުވީ، އިހުމާލުކުރުމާއި އަނިޔާ ކުރުމުގެ ކޮންމެ މައްސަލައެއްވެސް ވަކިން ބަލަން ޖެހޭ ކަމަށާއި، އެކުދިންނަށް ލިބުނު އަނިޔާއާ ގުޅިގެން ނަފްސާނީ އެއްވެސް މައްސަލައެއް ކުރިމަތިވެފައިވޭތޯ ޔަޤީންކޮށް އެކަމަށް އެކަށީގެންވާ އެހީތތެރިކަން ދޭން ޖެހޭނެ ކަމަށެވެ.

"ކޮންމެ އިހުމާލެއްގެ އަނިޔާއެއްގެ މައްސަލަ ވަކިން ބަލަންޖެހޭ، ކޮން ކަހަލަ އާއިލާއެއްގަތޯ އަދި ބެލެނިވެރިން އިހުމާލުވި ސަބަބު ބަލަންޖެހޭ، އެއްވެސް ހާލެއްގައި އިހުމާލުވެ އަނިޔާވެރި ވެގެން ނުވާނެ، އަދި އަނިޔާ ލިބުނު ނުވަތަ އިހުމާލުވި ކުދިންގެ ކިބައިގައި ނަފްސާނީ އެއްވެސް މައްސަލައެއް ނުވަތަ ނުކުޅެދުންތެރިކަމެއް ހުރިތޯ ބަލަންޖެހޭ، އެއަށްފަހު އެފަދަ ކުދިންގެ ކިބައިން ފެންނަ މައްސަލަތަކަށް ބެލެނިވެރިން ހޭލުންތެރި ކުރުވައި އެފަދަ ހާލަތްތަކުގައި ތަރުބިއްޔަތު ކުރަން ބޭނުންކުރާނެ ޚާއްސަ ހުނަރުތައް ދަސްކޮށްދޭން ޖެހޭ." ޑރ.ނާޒް ވިދާޅުވިއެވެ.

ކުޑަ ކުދިންނަށް އިހުމާލުވެ އަނިޔާވެރިވުމުން އެކުދިންގެ އުޅުމާއި އަޚުލާޤަށްވެސް ބޮޑެތި ބަދަލުތަކެއް އަންނައިރު، އެކުދިންގެ އަހުލާޤާއި ގުޅުން ހުރި 49 މައްސަލައެއް މި އަހަރުގެ ފުރަތަމަ 3 މަސް ތެރޭގައި މިނިސްޓްރީއަށް ވަނީ ހުށައެޅިފައެވެ. އެގޮތުން ސުކޫލަށް ދާން ބޭނުން ނުވުމާއި، ގެއިން ނުކުމެގެން ދިއުމާއި، އެހެން ކުދިންނަށް ގަނާ ކުރުމާއި ފުރައްސާރަ ކުރުން ފަދަ މައްސަލަތައް އޭގެ ތެރޭގައި ހިމެނޭ ކަމަށް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ޖެނުއަރީ މަހު މިނިސްޓްރީއަށް ހުށައެޅުނު ބައެއް މައްސަލަތައް

އޭގެ އިތުރުން، ކުޑަކުދިންގެ ދުވަހާ ގުޅިގެން ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ނެރުއްވި ޚިތާބުގައިވެސް ވަނީ ކުޑަކުދިންނަށް ކުރާ އަނިޔާއާއި އިހުމާލުވުމުގެ މައްސަލަތަކަށް އަލިއަޅުވާލާފައެވެ. އެގޮތުން އެކަންކަން ހައްލު ކުރުމަށްޓަކައި މުޅި މުޖުތަމައުގެ އެހީތެރިކަމާ އެއްބާރުލުން ބޭނުންވާ ކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

"ކުޑަކުދިންނާ ގުޅުން ހުރި ސިޔާސަތުތަކަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމުގައިވާ އިރު، ކުޑަކުދިން ބާރުވެރި ބަޔަކަށް ހެދުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުން. އެ ގޮތުން، ކުޑަކުދިންގެ މަޞްލަޙަތު ހިމެނޭ ކަންކަމުގައި އެ ކުދިންގެ ވިސްނުމާއި ޚިޔާލު ހޯދުމާއި، އަނިޔާއާއި އިހުމާލުވުމުގެ މައްސަލަތަކާ މެދު ކުދިންގެ އުމުރުފުރާއާ ގުޅޭ ގޮތުން ދަނީ ހޭލުންތެރިކުރުވަމުން. މި ފަދަ ކަންކަމުގައި ފުރިހަމަ ނަތިޖާއަކަށް ވާސިލުވުމަށް މުޅި މުޖުތަމަޢުގެ އެއްބާރުލުން ބޭނުންވޭ. އެ ގޮތުން، ޢާއިލާތެރޭގައާއި ތަޢުލީމީ މާޙައުލުގައި ވެސް، ކުޑަކުދިންގެ ބައިވެރިވުން އޮތްކަމާއި، މުހިންމު ކަން އެ ކުދިންނަށް އިހުސާސްކޮށްދޭން ޖެހޭ." މިނިސްޓަރ ވިދާޅުވިއެވެ.

ކުޑަ ކުދިންނަށް ކުރާ އެކިއެކި އަނިޔާތައް ހުއްޓުވައި އެކުދިންގެ ހައްޤުތައް ހިމާޔަތް ކުރުމަށް މިނިސްޓްރީއާއި ސަރުކާރުން ބޮޑު އިސްކަމެއްދޭއިރު، އެންމެ އިސްކަންދީގެން، ސަރުކާރުން މިވަގުތު ކުރިއަށް ގެންދަނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނެއް ފާސްކުރުމުގެ މަސައްކަތްކަމަށް ރައީސް ސޯލިހުވެސް ވަނީ ވިދާޅުވެފައެވެ. އެގޮތުން ދިވެހި ކުޑަކުދީންގެ ޙާލަތު ރަނގަޅު ކުރުމަށްޓަކައި، އިތުރަށް ހަރުދަނާ ކުރަންޖެހޭ ބައެއް ކަންކަން ހުރި ކަމަށާއި، ކޮންމެ ޢާއިލާއަކަށް އުފަންވާ ކޮންމެ ކުއްޖަކީވެސް، އެންމެ ޅަފަތުން ފެށިގެން ޢާއިލީ ލޯތްބާއި އޯގާތެރިކަން ލިބޭނެ ކުދިންކަން ކަށަވަރު ކުރުމަކީ، ސަރުކާރުގެ ވަރަށް މުހިންމު މަޤްޞަދެއްކަމަށް ކުޑަކުދިންގެ ދުވަހާ ގުޅިގެން ނެރުއްވި ޚިތާބުގައި ރައީސްވެސް ވަނީ ފާހަގަކުރައްވާފައެވެ.

ކުޑަ ކުދިންނާމެދު ވެވޭ އިހުމާލާއި އެކުދިންނަށް ކުރާ އެކިއެކި އަނިޔާ ހުއްޓުވުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހިފައިވާއިރު، ދިވެހިރާއްޖެއަށް އުފަންވާ ކޮންމެ ކުއްޖަކީ ވެސް ތުއްތު އިރުއްސުރެ ޢާއިލީ ލޯބި ލިބޭނެ ކުދިންކަން ކަށަވަރުކުރުން ސަރުކާރުގެ ސަތޭކަ ދުވަހުގެ ވަޢުދުތަކުގެ ތެރޭގައިވެސް ހިމެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!

ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!

17 ޖޫން 2017
ދަރީންނަށް ތިޔަ ދަސްކޮށްދެނީ އަނިޔާވެރިކަމެވެ!

ދަރީންނަށް ތިޔަ ދަސްކޮށްދެނީ އަނިޔާވެރިކަމެވެ!

26 އެޕްރީލު 2017
ޔާމީން ރަޝީދު އަނިޔާވެރިކޮށް މަރާލުން - ޓައިމްލައިން

ޔާމީން ރަޝީދު އަނިޔާވެރިކޮށް މަރާލުން - ޓައިމްލައިން

25 އެޕްރީލު 2017
ޔާމިން ރަޝީދު ރަހުމު ކުޑަކޮށް މަރާލުން – ކޮމިޝަނަރ އިސްތިއުފާ ދޭންޖެހޭ!

ޔާމިން ރަޝީދު ރަހުމު ކުޑަކޮށް މަރާލުން – ކޮމިޝަނަރ އިސްތިއުފާ ދޭންޖެހޭ!

23 އެޕްރީލު 2017
އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟

އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟

23 އެޕްރީލު 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު