Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ހަމަހަމަކަން

ދެ ފަންތިއެއްގެ ރައްޔިތުން: ގާނޫނުގެ ލޯ އަނދިރިކޮށް، އަތް ބިންދާލާފައި!

ގާނޫނުގެ ލޮލުގެ ކުރިމަތީގައި އެންމެން ހަމަހަމަ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 15 މެއި 2017 | ހޯމަ 18:19
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް

އިސްލާމްދީނަކީ އިންސާނާއަށް އެންމެ ގަދަރުވެރި މަގާމުދީފައިވާ ދީނެވެ. މިމަގާމު ދީފައިވަނީ ވަކި ނަސްލަކަށް، ވަކި ފަންތިއަކަށް، ވަކީ ގަބީލާއަކަށް ނުވަތަ ވަކި ޖަމާއަތަކަށް ބެލުމެއް ނެތިއެވެ. އެހެންކަމުން އިސްލާމް ދީނުގެ ކުރިމަތީގައި ހުރިހާ އިންސާނުންވެސް ހަމަހަމަވެގެންވެއެވެ. އެހެންގޮތަކަށް ބުނާނަމަ ހަމަ ކޮންމެ އިންސާނަކީވެސް ހަމަހަމަ މީހެކެވެ. އިންސާނާ މޮޅުދެރަކަން ކަނޑައެޅިގެންދަނީ އޭނާގެ ކިބައިގައިވާ ތަގުވާވެރިކަމުންނެވެ.

އިންސާނުންގެ މެދުގައިވާ ހަމަހަމަކަން ބަޔާންކޮށްދެއްވައި މާތް ރަސޫލާ محمد صلّى الله عليه وسلّم އިސްލާމީ އުއްމަތަށް ކުރެއްވި އެންމެ ފަހުގެ ވަސިއްޔަތްޕުޅުކަމުގައިވާ ހައްޖަތުލްވަދާޢުގެ މަތިވެރި ޚުތުބާގައި ޙަދީޘް ކުރައްވާފައިވާ ބަސްފުޅަކީވެސް އިސްލާމްދީނުގައި އިންސާނާގެ މާތްކަމާއި އިންސާނާއަށް ލިބިދީފައިވާ ހަމަހަމަކަން ބަޔާންވެގެންދާ އަލިގަދަ ހެއްކެކެވެ. "އޭ މީސްތަކުންނޭވެ. ތިޔަބައިމީހުންގެ ކަލާނގެއީ އެއްކައުވަންތަ ކަލާނގެއެވެ. ތިޔަބައިމީހުން އެންމެންގެ ބައްޕައަކީ އެކެކެވެ. ތިޔަބައިމީހުން އެންމެންނީ އާދަމްގެ ދަރިންނެވެ. އަދި އާދަމްގެފާނު ހައްދަވާފައިވަނީ މަށީންނެވެ. ހަމަކަށަވަރުން ﷲގެ ޙަޟްރަތުގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަން ބޮޑީ ތިޔަބައިމީހުންކުރެ އެންމެ ތަޤުވާވެރި މީހާއެވެ. އަރަތްބަކަށް އަޖަމީއެއްގެ މައްޗަކަށް އަދި އަޖަމީއަކަށް އަރަތްބެއްގެ މައްޗަކަށް އަދި ކަޅުމީހަކަށް ދޮންމީހެއްގެ މައްޗަކަށް އަދި ދޮންމީހަކަށް ކަޅުމީހެއްގެ މައްޗަކަށް ތަގުވާވެރިކަމުން މެނުވީ މަތިވެރިކަމެއް ލިބިގެނެއް ނުވެއެވެ."

ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 20 ވަނަ މާއްދާއަށް ވެސް ބައްލަވާށެވެ. އަޅުގަނޑުމެން އެންމެން އެޔެއް ނުލިބިގެން ޝަކުވާކޮށް ކަންބޮޑުވުން ފާޅުކުރަމުންދާ ހަމަހަމަކަމުގެ ވާހަކަ އެ އޮތީ ނިކަން ސާފުކޮށް ބަޔާން ކޮށްދީފަ އެވެ. "ގާނޫނުގެ ކުރިމަތީގައި، އަދި އެ މީހެއްގެ މައްޗަށް ގާނޫނު ހިންގުމުގައި ކޮންމެ މީހަކީ ވެސް ހަމަހަމަވެގެންވާ މީހެކެވެ. އަދި ގާނޫނުގެ ރައްކާތެރިކަމާއި، ގާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ ހަމަ ކޮންމެ މީހެއްގެ ވެސް ހައްގެކެވެ." ދިވެހި ރައްޔިތުންނަށް ޒަމާންތަކެއް ވަންދެން ގެއްލިފައި އޮތް ހަމަހަމަކަމާއި އިންސާފަށް ވާސިލްވެވޭނެ މަގު ކޮށައި ދިނުމަށް 2008 ވަނަ އަހަރު ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ތަސްދީގު ކުރެވުނު ގާނޫނު އަސާސީގެ އަސާސީ ހައްގުތަކުގެ ބާބުގައި އެ ވަނީ މުޅިން ވެސް ހަމަހަމަކަމާއި އިންސާފު ގާއިމްކޮށްދިނުމާއި ހައްގުތަކުގެ ވާހަކަ އެވެ.

މިއަދު އަޅުގަނޑުމެންގެ ގައުމުގެ ހާލަތާ މެދު ވިސްނާލަ ބައްލަވާށެވެ. ކަަންތައްތައް ވަމުންދާ ދެރަގޮތާ މެދު ފިކުރުކޮށް ބައްލަވާށެވެ. އިސްލާމީ އުސޫލުން ދުރުވެ، ގާނޫނުގެ ބާރު ހަމަހަމަކަމާއެކު ހިންގުމުގައި އިހުމާލުވުމުން ގައުމަށް ވެގެންދާ ގޮތް ބައްލަވާށެވެ. އަދުލު އިންސާފު ނެތެވެ. އަދާލާތު ގާއިމްކޮށްދިނުމަށް އިންކާރު ކުރަނީ އެވެ. ހައްގުތައް ރައްކާތެރިކުރުމަށް ދެކޮޅު ހަދަނީ އެވެ. ބަލިކަށި މީހާއަށް މަދަދުވެރިވުމަށް އިންކާރު ކުރަނީ އެވެ. އަމާނާތްތެރިކަން ގެއްލި، ޚިޔާނާތްތެރިވުން އިންތިހާއަށް ގޮސްފި އެވެ. އަނިޔާވެރިކަން މުޅި ގައުމުގައި ވަކި ހިއްޕާލައިފި އެވެ. ގައުމުގައި އެއްވެސް މީހަކަށް، ހަމަ އެއްވެސް މީހަކަށް ރައްކާތެރިކަމެއް ނެތެވެ. ގާނޫނު އަތަށް ނަގައިގެން މީހުން ކޮށައި ކުދި ކުރަނީ އެވެ.

ގައުމެއް ނުވަތަ މުޖުތަމައުއެއް ތަރައްގީވެ ކުރިއަަރައިގެން ދަނީ، އެތަނެއްގެ ރައްޔިތުންގެ މެދުގައި ހަމަހަމަކަމާއި އަދާލަތު ގާއިމްކުރެވިފައި އޮންނަ މިންވަރަކުންނެވެ. ޚިޔާނާތްތެރިންނާއި ވަގުން ގޮވައިގެން ކުރިއަރައިގެން ނުދެވޭނެ އެވެ. އަރުވާ ފަޓާހެއް ހެން އެފަދަ މީހުން ނިމިގެންދެ އެވެ. ގާނޫނު ހިންގުމުގައި ހަމަހަމަކަން ނެތް ނަމަ ވިޔަފާރިކުރުމުގައި ފަސްޖެހޭ މީހުން ގިނަވާނެ އެވެ. ނަތީޖާއަކީ އިގްތިސާދު ބަލިކަށިވެ ބޭރުގެ އިސްތިއުމާރީ ބާރުތަކަށް ބަރޯސާވާންޖެހުން ކަން ދުނިޔޭގެ ތާރީޚުން ފެންނާން އެބަހުއްޓެވެ.

ގާނޫނުގެ ލޮލުގެ ކުރިމަތީގައި ދެ ފަންތިއެއްގެ ރައްޔިތުންނެއް ނުތިބޭނެ އެވެ. ގާނޫނުގެ އަތް ނުފޯރާ މީހަކު ހުރެގެން ނުވާނެ އެވެ. އަމީރެއް، ގަރީބެއް، މަހުޖަނަކަށް އިސްތިސްނާއެއް ނެތެވެ. ފަނޑިޔާރެއް، ރައީސެއް، ކައުންސިލަރަކަށް ތަފާތު ކުރުމެއް ނެތެވެ. ނަމަވެސް، ގާނޫނުގެ ލޯ އަނދިރިކޮށް، ގާނޫނުގެ ދިގު އަތް ބިންދާލުމުން މި މުޖުތަމައުއަށް ވެފައިވާ ގޮތް ބައްލަވާށެވެ. ފަނޑިޔާރެއްގެ މައްސަލަ ކޯޓުގައި އޮންނަތާ ތިން އަހަރުވީ އެވެ. އެކަކު ރިޝްވަތު ބެހި ކަމަށް އެއްބަސްވުމުން ވެސް ގާނޫނަށް އަރާ ހަމައެއް ނުކުރެވުނެވެ. ބައެއް މީހުންނަށް އިންސާފު ލިބި އަނެއް ބައި މީހުންނަށް ބޭއިންސާފެވެ. އަދުލުގެ ނިޒާމަށް އިތުބާރު ގެއްލިފަ އެވެ. ދެ ފަންތިއެއްގެ ރައްޔިތުން އުފައްދައި މުޅި ގައުމު ހާޖާނު ގަނޑަކަށް ބަދަލުކޮށްލައިފި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން

ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން

03 އެޕްރީލު 2017
ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

30 މާރިޗު 2017
ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު