Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފުވައްމުލައް ގިރުން

ރަށްގިރުމުގެ މައްސަލަ: ރަށުގެ 50 މީޓަރު މޫދު އަޑީގައި، ބޭނުންވަނީ އަވަސް ހައްލު!

ފުވައްމުލަކު ސާފު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 26 އޯގަސްޓު 2017 | ހޮނިހިރު 14:21
ފުވައްމުލަކު ގިރާފައިވާ ސަރަހައްދު

ފުވައްމުލަކު ގިރާފައިވާ ސަރަހައްދު

ރާއްޖޭގެ ރައްތަަކަކީ ނާޒުކު ތިމާވެއްޓެއް އެކުލެވިގެންވާ ރަށްތަކެކެވެ. ގިނަ ރަށްތަަކަށް ރަށް ގިރުމުގެ މައްސަލަ ދިމާވެ، އޭގެ ގެއްލުންތައް ކުރިމަތިވެ އެވެ. ރަށްގިރުމުގެ މައްސަަލައަކީ އާ ވާހަކައެެއް ނޫނެވެ. ނުވަތަ އާ މައްސަލައެއް ނޫނެވެ. އެގޮތުން ފުވައްމުލަކު ސިޓީ ގުދުރަތީގޮތުން އުފެދުމުގައިވެސް ރާއްޖޭގެ އެހެން ރަށްތަކަށްވުރެ ވެސް ނާޒުކު ތިމާވެއްޓެއް އޮތް ނުވަތަ ތިމާވެށީގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ރަށެކެވެ. ތިމާވެށީގެ ތަފާތު އެތައް މައްސަލައެއް އެރަށަށް ކުރިމަތިވަމުން އަންނަ އިރު ރަށުގެ ރައްޔިތުން އެންމެ ބޮޑަށް ކަންބޮޑުވާ މައްސަލައަކީ ރަށުގެ ހުރިހާ ފަރާތުން އާދަޔާ ހިލާފަށް ގިރާ މައްސަލައެވެ.

ފުވައްމަލަކު ސިޓީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް ރަށެވެ. ރަށްގިރުމުގެ މައްސަލަ ގޮސްފައިވާ ހިސާބަށް ބަލާ އިރު މި ފާއިތުވެދިޔަ ވިހި ތިރީސް އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 50 ނުވަތަ 60 މީޓަރު ބިމުގެ ސަރަހައްދަކީ މިހާރު މޫދެވެ.

އާންމު ގޮތެއްގައި ރަށްގިރުމުގެ މިފަދަ މައްސަލަތަކަކީ، ފަރުތަކުން ވެލި ނެގުމާއި ފަރުތަކުން ގާ ނެގުން ފަދަ އިންސާނުން ހިންގާ ނޭދެވޭ އަމަލުތަކުގެ ސަބަބުން ހިނގާ ކަންކަމެވެ. މީގެ އިތުރުން މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ޖައްވު ހޫނުވެ، ފެނުގެ ލޮނު ގަނޑު އުފުލުމުގެ މައްސަލަ ދިމާވުމުން ވެސް ރަށް ގިރުމަށް ފުރުސަތު ބޮޑުވެ އެވެ. މިއީ އިންސާނުންގެ ނޭދެވޭ އަމަލުތަކާއި، ޖައްވަށް ބޭރު ކުރާ ވިހަ ގޭސްތަކުގެ ސަބަބުން އިންސާނުންނަށް ދިމާވާ މައްސަލަތަކެވެ.

އިންސާނުންގެ އަމަލުތަކުގެ ސަަބަބުން، ގުދުރަތީ މުޅި ނިޒާމަށް ބުރޫއަރާ، ތިމާވެށީގެ ތަފާތު މައްސަލަތައް ދިމާވުމަށް މަގިފަހިވާ އިރު މިކަންކަން ހައްލު ކުރުމަށް ފިޔަވަޅުތަކެއް އަޅަން ވެސް ޖެހެ އެވެ. އެގޮތުން ފުވައްމުލަކުގެ ރަށްގިރުމުގެ މައްސަލައަށް އޮތް ހައްލަކީ، ރަށުގެ ވަށައިގެން ރިވެޓްމެންޓް ޖެހުމެވެ.

ފުވައްމުލަކު ސިޓީ އަށް ދިމާވާ ތިމާވެށީގެ މައްސަލަތަކަށް ހައްލުތަކެއް ގެނައުމަށްޓަކާއި އެރަށުގެ ޒުވާނުންތަކެއް އިސްނަގައިެގން މިހާރު ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން "ސޭވް ފުވައްމުލަކު، ވަން ފުވައްމުލަކު" ގެ ނަމުގައި މޫވްމެންޓެއް އުފައްދައި ގިނަ ހަރަކާތްތަކެއް ދަނީ ހިންގަމުންނެވެ.

މި މޫވްމެންޓުން އިސްނަގައިގެން މިހާރުވެސް ރަށުގައި ސާފުކުރުމުގެ ހަރަކާތެއް ކުރިއަށްގެންދާ އިރު، ރަށުގެ ރައްޔިތުން ތިމާވެށީގެ އެހެން މައްސަލަތަކަށް ވެސް ހޭލުންތެރިކުރުމަށް ގިނަ ކަންކަން އަންނަނީ ރާވަމުންނެވެ. ރާއްޖެއެމްވީއާ ވާހަކަދައްކަވަމުން ސޭވް ފުވައްމުލަކުގެ ތަރުޖަމާނު އިބްރާހިމް ސައީދު މުހައްމަދު ބުނީ، ރަށް ސާފުކުރުމުގެ ހަރަކާތުގެ ދަށުން 12.5 ކިލޯ މީޓަރު ސާފުކުރުމަށް ހަމަޖެހިފައިވާ އިރު މިހާތަނަށް 7.5 ކިލޯ މީޓަރު ސާފު ކޮށް ނިންމާފައިވާ ކަަމަށެވެ. މިފާއިތުވެދިޔަ ހަތް ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 305 ކޮތަޅުގެ ކުނި އެއް ކުރެވިފައިވާ ކަަން އޭނާ ފާހަގަކުރި އެވެ.

ރަށުގެ ވަށައިގެން ސާފު ކުރާއިރު އެއްކުރާ ކުނި ރައްޔިތުންނަށް ދައްކާލުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

" ފުވައްމުލަކަށް ތަފާތު ތިމާވެށީގެ މައްސަލަތައް ކުރިމަތިވޭ. ފުވައްމުލަކުގެ ވަށައިގެން އަންނަނީ ގިރަމުން. މިފަދަ މަސައްކަތެއް ރަށުގެ ރައްޔިތުން ފެށީ، ތިމާވެށީގެ މިފަދަ މައްސަލަތަކަކީ އަޅާނުލާ މައްސަލަތައް ކަމުގައިވާ ނަމަ ދުރު މުސްތަގުބަލުގައި ރަށުގެ ބިމުގެ ބޮޑުބައެއް ގިރައިގެންދާނެތީ." ސައީދު ވިދާޅުވި އެވެ.

ފުވައްމުލަކު ސިޓީގެ ސޭވް މޫވްމެންޓުގައި ގާތްގަނޑަކަށް 14 މީހުން ހަރަކާތްތެރިވެ އެވެ.

ރަށުގެ މަދު ބަޔަކު، ގުޅިގެން ފެށި މި މަސައްކަތުގެ ސަބަބުންވެސް ރަށަށް ކުރިމަތިވާ ތިމާވެށީގެ މައްސަލަތައް މަދު ކުރުމަކީ އެ މޫވްމެންޓްގެ އެންމެ ބޮޑު މަގްސަދެވެ.

ފުވައްމުލަކު ސިޓީއަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކަށް ހައްލެއް ގެނައުމަށްޓަކައި އެރަށުގެެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަށް ކުވައިތު ފަންޑުން 183 މިލިއަން ރުފިޔާގެ ލޯން އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ.

މި އެއްބަސްވުމާއެކު ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ފުވައްމުލަކު ސިޓީގެ ގޮނޑުދޮށުން 2650 މީޓަރުގެ ސަރަހައްދުގައި ރިވެޓްމެންޓް ޖަހަން ހަމަޖެހިފައިވެ އެވެ. މިދިޔަ ޖުލައި މަހުގައި ލޯނު އެއްބަސްވުމުގައި ސޮއި ކޮށްފައިވާ އިރު މިހާތަނަށް އެތަނުގެ މަސައްކަތް ފަށާފައެެއްނުވެ އެވެ. އެހެން ނަމަވެސް މި މަސައްކަތް އަވަހަށް ފެށި، ރަށުގެ ރަށްގިރުމުގެ މައްސަލަ ހައްލުވެގެންދިއުމަކީ ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު އުންމީދެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފިޔާޒްގެ މައްސަލަ: ފުށުއަރާ ތިން ހެކިބަސް. އުއްމީދަކީ ޢަދްލުވެރި ހުކުމެއް

ފިޔާޒްގެ މައްސަލަ: ފުށުއަރާ ތިން ހެކިބަސް. އުއްމީދަކީ ޢަދްލުވެރި ހުކުމެއް

09 އޯގަސްޓު 2017
ދުސްތޫރީ އޮނިގަނޑުގައި މަރުތަޅެއް ނެތް، މައްސަލައަކީ ގާނޫނާ އެއްގޮތަށް އަމަލުކުރަން ބޭނުން ނުވުން!

ދުސްތޫރީ އޮނިގަނޑުގައި މަރުތަޅެއް ނެތް، މައްސަލައަކީ ގާނޫނާ އެއްގޮތަށް އަމަލުކުރަން ބޭނުން ނުވުން!

27 ޖުލައި 2017
އަދީީބުގެ ފުރާނައިގެ އަގު ކަނޑައެޅުން، ހުރިހާ ވެސް މައްސަލައަކީ ފައިސާ!

އަދީީބުގެ ފުރާނައިގެ އަގު ކަނޑައެޅުން، ހުރިހާ ވެސް މައްސަލައަކީ ފައިސާ!

12 ޖުލައި 2017
ގަތަރުގެ މައްސަލައަށް އެއްމަސް އަދި ހައްލެއް ނުފެނޭ

ގަތަރުގެ މައްސަލައަށް އެއްމަސް އަދި ހައްލެއް ނުފެނޭ

07 ޖުލައި 2017
ގަތަރުގެ މައްސަލަ ދުވަހެއް ދުވަހަކަށް ދަނީ ގޯސްވަމުން!

ގަތަރުގެ މައްސަލަ ދުވަހެއް ދުވަހަކަށް ދަނީ ގޯސްވަމުން!

09 ޖޫން 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު