Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ނުރަސްމީ ގަޑީގައި މަޖިލީހުގެ މުވައްޒިފުންނަށް ވެސް މަޖިލީހަށް ނުވަދެވޭނެކަން އަންގައިފި

13 އޯގަސްޓު 2017 | އާދީއްތަ 18:25

ނުރަސްމީ ގަޑީގައި މަސައްކަތްކުރެވޭނީ، "ނުރަސްމީގަޑީގައި އޮފީހަށް ނުކުތުމަށް ހުއްދަދޭ ފޯމް" ފުރިހަމަކުރުމަށް ފަހު

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 13 އޯގަސްޓު 2017 | އާދީއްތަ 18:25
ރައްޔިތުންގެ މަޖިލީސް

ރައްޔިތުންގެ މަޖިލީސް

ނުރަސްމީ ގަޑީގައި، ރައްޔިތުންގެ މަޖިލީހުގެ މުވައްޒިފުންނަށް ވެސް މަޖިލީހުގެ އިދާރާއަށް ވަދެވޭނީ ސިފައިންގެ ހުއްދަލިބިގެން ކަމަށް އަންގައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އަމިންއާންމު ސޮއިކުރައްވާ އާދިއްތަ ދުވަހު އާންމުކުރި މެމޯއެއްގައި ބުނެފައި ވަނީ، މަޖިލީހުގެ އިދާރީ މުވައްޒިފުންނަށް ވެސް މަޖިލީހުގެ އިދާރާގައި ނުރަސްމީ ގަޑީގައި މަސައްކަތް ކުރެވޭނީ، "ނުރަސްމީގަޑީގައި އޮފީހަށް ނުކުތުމަށް ހުއްދަދޭ ފޯމް" ފުރިހަމަކުރުމަށް ފަހު އެ ފޯމްގެ ކޮޕީއެއް އެމްއެންޑީއެފް ޑިއުޓީ ޑެސްކާ ހަވާލުކުރުމަށްފަހު ކަމަށެވެ. އަދި އެގޮތަށް ނިންމީ މަޖިލީހުގެ ސަލާމަތީކަންކަން އިތުރަށް ވަރުގަދަކުރުމުގެ ގޮތުން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެންކަމަށް މެމޯގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

ސަރުކާރުން ރިޔާސަތު ކޮންޓްރޯލްކުރަމުން އަންނަ މަޖިލީހުގެ މަސައްކަތް ހުއްޓުވާލާފައިވާއިރު، މިހާރު މަޖިލީހުގެ މަސައްކަތްތައް ހުއްޓުވާލާފައިވަނީ މަޖިލީހުގެ ފާހާނައިގައި ބޭނުންކުރި ޓިޝޫ ބޮނޑިއެއްގައި ރޯވެގެންނެވެ. އަދި ޖުލައި މަހުގެ 24 ވަނަ ދުވަހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްވެސް މަޖިލީހުގެ އިދާރާއަށް ނުވަދެވޭނެގޮތަށް ސިފައިން ގެންދަނީ މަޖިލީސް ބަލަހައްޓަމުންނެވެ.

ޖުލައި މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެ މެމްބަރުންގެ މަސްއޫލިއްޔަތު އަދާކުރުމަށް، މަޖިލީހުގެ އިދާރާއަށް ވަނުމަށް މަސައްކަތްކުރުމާއެކު، ސަރުކާރުގެ ސަލާމަތީ ހިދުމަތްތައް ބޭނުންކޮށް ވަނީ މަޖިލީހުގައި ތަޅު އަޅުވައި، މެމްބަރުންނަށް ހުރަސްތައް ކުރިމަތިކޮށްފަ އެވެ. އެގޮތުން އެ ދުވަހުގައި ވަނީ ޔުނީފޯމް އެޅި ސިފައިންނާއި ފުލުހުން މަޖިލީހުގެ ތަޅުމަށް ވަދެ، މަޖިލީހުގެ މެމްބަރުން ގަދަކަމުން ނެރި ބޭރުކޮށްލާފަ އެވެ.

ސަރުކާރުން ރިޔާސަތު ކޮންޓްރޯލްކުރާ މަޖިލީހުގެ މަސައްކަތްތައް ހުއްޓުމަކަށް ގެނައިސްފައިވާއިރު، އިދިކޮޅު ފަރާތްތަކުން ވަނީ މަޖިލީހުގެ މެޖޯރިޓީ ނަގައި، ސަރުކާރު ޒިންމާދާރުކުރުމުގެ މަސައްކަތްތައް މަޖިލީހުގެ ތެރޭން ފަށައިފަ އެވެ. ސަރުކާރުން މިވަގުތު މަޖިލީސް ކޮންޓްރޯލްކުރަމުން ގެންދަނީ އިތުބާރު ނެތްކަމަށް މަޖިލީހުގެ މެމްބަރުން ސޮއިކޮށް، ކަނޑައަޅާފައިވާ ރައީސް އަބްދުﷲ މަސިހު މުހައްމަދާއި، މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކާއި ސަލާމަތީ ޚިދުމަތް ދޭ ފަރާތްތައް ބޭނުންކޮށްގެނެނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި
08 ފެބުރުއަރީ 2017

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017
ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި
08 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް