Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕީޖީ މަސްއޫލިއްޔަތު

ވީހާވެސް ބޮޑަށް މީހުން ބަންދުގައި ނުބަހައްޓާ ވާނެ ގޮތެއް ބެލުމަކީ ޕީޖީގެ މަސްއޫލިޔަތެއް: މެންބަރު ނަޝީދު

ޕީޖީއަކީ ހަމައެކަނި ދައުވާ ކުރުމަށް ހުންނަވާ ބޭފުޅެއް ނޫން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 13 އޯގަސްޓު 2017 | އާދީއްތަ 17:17
މެންބަރު މުހައްމަދު ނަޝީދު

މެންބަރު މުހައްމަދު ނަޝީދު

ކުށްކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުން ވީހާވެސް ބޮޑަށް ބަންދުކޮށްފައި ނުބަހައްޓާ ވާނޭ ގޮތެއް ބެލުމަކީ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ މަސްއޫލިއްޔަތު ތެރޭގައި ހިމެނޭ ކަމެއް ކަމަށް މަޝްހޫރު ޤާނޫނީ ވަކީލް އަދި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިފަދައިން ވިދާޅުވީ އޭނާގެ އަމިއްލަ ބްލޮގްގައި ލިޔުއްވާފައިވާ ލިއުއްވުމެއްގައެވެ.

Advertisement - newsAdvertisement

މެންބަރު ނަޝީދު ވިދާޅުވެފައިވަނީ މީހުންގެ ޢާންމު ވިސްނުމުގައި، ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ގެ ދައުރަކީ، ޖިނާއީ ދަޢުވާކުރުމާއި، ދަޢުވާ ހުއްޓާލުމާއި، ދަޢުވާ އަނބުރާގެނައުމާއި، ދަޢުވާ އަލުންކުރުމާ މިފަދަ ކަންކަން ހިންގުންކަމަށް ވެދާނެ ކަމަށެވެ. އެހެންނަމަވެސް، ޕީޖީގެ މަސްއޫލިއްޔަތު އެއަށްވުރެ މާބޮޑަށް ފުޅާ ކަމަށާއި އޭނާގެ ބާރު މާދުރަށް ދާ ކަމަށެވެ.

ނަޝީދު ވިދާޅުވީ ޖިނާއީ ކުށެއްކަމަށް ތުހުމަތުކުރެވޭ ޢަމަލުތަކާ ގުޅިގެން ބަލާބެލުންތަކާއި ހިންގާ ތަޙްޤީޤުތައް ބަލައި، އެ ކަންކަން ހިންގަނީ، ޤާނޫނާ އެއްގޮތަށްތޯ ބެލުމާއި ޝަރީޢަތަށް މައްސަލަ ހުށަހެޅުމުގެ ކުރީގައި މީހަކު ހައްޔަރުކޮށް ނުވަތަ ބަންދުކޮށް، ނުވަތަ މިނޫންވެސް ގޮތަކުން މީހެއްގެ މިނިވަންކަން ހިފެހެއްޓޭނެ ޙާލަތްތަކާއި ޝަރުޠުތައް މުޠާލިއާކުރުމާއި މުރާޖިޢާކުރަމުން ގެންދިއުމާއި، އެ އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރަމުންދޭތޯ ބެލުމަކީ ޕީޖީގެ މުހިންމު ދެ ބާރު ކަމަށެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނު (ޤާނޫނު ނަންބަރު 9/2008) ގެ 15 ވަނަ މާއްދާގެ (ރ) އާއި (ބ) ގައިވެސް، މި ދެ މާއްދާ ހަމަ އެ ޢިބާރާތުން ތަކުރާރުކޮށްފައިވާކަމަށް ބުނެފައިވެއެވެ.

ނަޝީދު ވިދާޅުވީ "ޓްރިގަރ ހެޕީ" އޭ ކިޔާގޮތަށް ޤާނޫނުއަސާސީއަކީ، "ޖަލު ހެޕީ" ޤާނޫނުއަސާސީއެއް ނޫން ކަމަށެވެ. އަދި ހަމައެހެންމެ އެހެން ބައެއް ޤައުމުތަކުގައި ހުންނަހެން ޖިނާއީ ކުށްތައް "އެރެސްޓަބްލް އޮފެންސަސް" އާއި "ނޮން އެރެސްޓަބްލް އޮފެންސަސް" އަށް ބަހާފައެއްވެސް ނުހުންނަކަމަށް ނަޝީދު ވިދާޅުވި އެވެ. "ބެއިލަބްލް އޮފެންސަސް" އާއި "ނޮން-ބެއިލަބްލް އޮފެންސަސް" އަށް ބަހާފަވެސް ނުހުންނަކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ޤާނޫނުއަސާސީން އެކަށައަޅައިދީފައިވާ އަސާސީ ޙައްޤުތަކުގެ ބާބުވެސް، އަދި ޤާނޫނުތަކުން އުފައްދާފައިވާ ޖިނާއީ ޢަދުލުގެ ނިޒާމުވެސް ބައްޓަންވެފައިއޮތީ، ބަންދުގައި ބެހެއްޓުން ލާޒިމުނުވާ ޙާލަތުގައި ބަންދުގައި ނުބަހައްޓައި، މިނިވަންކަމުގައި މީހާ ބަހައްޓައިގެން ތަޙްޤީޤާއި ދަޢުވާގެ މަރުޙަލާތައް ކުރިއަށް ގެންދިޔުމަށް ކަމަށެވެ. އަދި ކުށް ސާބިތުވެ ޙުކުމެއް އައުމާހަމައަށް، އޭނާގެ މިނިވަންކަން ނަގަހައްޓައިދީ، އޭނާއަކީ، ކުށުން ބަރީޢަ މީހެއްކަމުގައި ބަލައިގެން ކުރިއަށް ދިޔުމަށް ބާރުއަޅާ ނިޒާމެއްގެ ގޮތުގައިކަމަށްވެސް ނަޝީދު ވިދާޅުވި އެވެ. މިކަން މިގޮތަށް އެކުލަވާލަންޖެހޭ ސަބަބު، ސުޕްރީމް ކޯޓުގެ ޙުކުމެއްގައި ފާހަގަކޮށްފައިވާކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ނަޝީދު ވިދާޅުވީ ޤާނޫނުއަސާސީން އެކަށައަޅައިދީފައިވާ ނިޒާމަކީ، "ޕްރީ ޓްރަޔަލް ޑިޓެންޝަން" އަށް ތާއީދުކުރާ ނިޒާމެއް ނޫން ކަމަށާއި އެކަމާ ދިމާއިދިކޮޅު ނިޒާމެއް ކަމަށެވެ. އަދި ކުށެއް ސާބިތުވެ އެ ކުށުގެ ޙުކުމެއްގެ ދަށުން ދޭ އަދަބެއްގެ ގޮތުން ނޫންގޮތަކަށް މީހަކު ބަންދުގައި ބެހެއްޓުމަކީ، ދިވެހި ޤާނޫނުއަސާސީ ޢާންމު އުސޫލުން ދަންނަކަމެއް ނޫން ކަމަށާއި ކުށެއްގެ ތަޙްޤީޤު މަރުޙަލާގައި ނުވަތަ ދަޢުވާގެ މަރުޙަލާގައި، މީހަކު ބަންދުގައި ބެހެއްޓޭނީ، ޤާނޫނުއަސާސީގެ 49 ގައި ބަޔާންކުރާ 4 ޙާލަތުގެ ތެރެއިން ޙާލަތަކަށް ފެތޭނަމަ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. އެގޮތުން ނަޝީދު ވިދާޅުވި ގޮތުގައި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްދެނީ، ޕްރީ ޓްރަޔަލް ޑިޓެންޝަންގެ ޢާންމު އުސޫލެއް ނޫނެވެ. އެއާ އިދިކޮޅަށް، އެ އުސޫލުގެ އިސްތިސްނާވާނެ ކަމަށާއި، އަދި ހަމައެހެންމެ ބަންދު ޖާއިޒު ބަންދަކަށްވަނީވެސް، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ 4 ޙާލަތުގެ ތެރެއިން އެ ބޭނުންހިފާ ޙާލަތެއް ދެމިއޮންނަ މުއްދަތަކަށް، ނުވަތަ ނިސްބަތަކަށް ވަޒަން ހަމަވާވަރަށް، އެ މިންވަރަކަށް އެކަނި ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.

ޤާނޫނުއަސާސީގެ 49 ގެ ދަށުން، މީހަކު ބަންދުގައި ބެހެއްޓިދާނެ 4 ޙާލަތް ތިރީގައި އެވަނީއެވެ.

  1. ހެކިފޮރުވަން އުޅެދާނެތީ.
  2. ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒު ފޯރުވަދާނެތީ.
  3. ކޯޓަށް ހާޒިރުނުވެދާނެތީ.
  4. މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ.

ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ ބުނާގޮތުން، އެނޫން ޙާލަތެއްގައި ޙުކުމެއްގެ ކުރީން މީހަކު ބަންދުގައި ބަހައްޓައިގެން ނުވާނެކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ޕީޖީއަށް ބާރު ދިނުމުގެ ބޭނުމަކީ، ބަންދުނުކޮށް ފަރުޖެއްސެންއޮތް މީހަކު ބަންދުގައި ބަހައްޓާތޯ ބެލުމާއި، ބަންދުކުރަނީ، ހަމައެކަނި އެކަން ކުރަންޖެހޭ ނިސްބަތަށްތޯ ބެލުމާއި، އަދި ބަދަލުވަމުންދާ ޙާލަތްތަކާއި ޙަޤީޤަތްތަކަށް ބަލައި ކުރިން ކަނޑައަޅާފައި ހުރި ޙާލަތްތައް ރިވިއުކޮށް، ރިވައިޒްކުރަމުން ދިޔުމެވެ. ތަޙްޤީޤުގެ މަރުޙަލާގައި މީހަކު ގިނަދުވަސްތަކަކަށް ބަންދުކުރާއިރު، ނުވަތަ ތަޙްޤީޤު ނިމެންދެން، ނުވަތަ ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓާނަމަ، އެކަން އެކުރަނީ، ޙަޤީޤަތުގައިވެސް އެ ކުށުގެ މައްޗަށް ބިނާކޮށް، ކޮންމެހެން ލާޒިމުވާ ނިސްބަތަށްތޯ ބެލުން ޕީޖީގެ މައްޗަށް ސާފުބަހުން، ޤާނޫނުއަސާސީއާއި ޤާނޫނުން ލާޒިމުކުރާތީ ކަމަށެވެ.

ނަޝީދު ވިދާޅުވީ ޕީޖީގެ ދައުރަކީ، ޖިނާއީ ޢަދުލުގެ ނިޒާމުގައި ހަމައެކަނި ދަޢުވާކުރުން ނޫންކަމާއި، ޖިނާއީ ޢަދުލުގެ ނިޒާމުގައި އަންނަ (ކޯޓުތަކުގެ ޙުކުމްތައް ފިޔަވައި، އެހެން) ހުރިހާ މަރުޙަލާއެއްގައި ޕީޖީގެ ދައުރަކީ، މުހިންމު އަދި ދިރިދެމިއޮތް ފުޅާ ދައުރެއް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

30 ޖެނުއަރީ 2017
އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!

އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!

29 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު