Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑް

އެމްބާޕޭ ހުރީ ފުރިހަމަ އަށް ތައްޔާރަށް: އަންޗެލޮޓީ

14 އޯގަސްޓު 2024 | ބުދަ 08:08

ވަކިން ޚާއްސަކޮށް ފުޓުބޯޅަ އަށް އޮތް ލޯތްބާއި، ރެއާލާ އެކު ކުރިއަށް ދާން ބޭނުންވާ މިންވަރު އެމްބާޕޭ ދައްކަަމުން އަންނަ ކަމަށް ވެސް އަންޗެލޮޓީ ބުންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 އޯގަސްޓު 2024 | ބުދަ 08:08
ރެއާލަށް ބަދަލުވި ފްރާންސްގެ ކެޕްޓަން އެމްބާޕޭ

ރެއާލަށް ބަދަލުވި ފްރާންސްގެ ކެޕްޓަން އެމްބާޕޭ

ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވި ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ ހުރީ ފުރިހަމަ އަށް ތައްޔާރަށް ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

ފްރާންސްގެ ގަދަ ބާރު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ދޫކޮށްލުމަށްފަހު އެމްބާޕޭ ރެއާލަށް ބަދަލުވީ، މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. ރެއާލާ އެކު އެމްބާޕޭ ސޮއި ކޮށްފައި ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. ރެއާލާ އެކު އެމްބާޕޭގެ އެންމެ ފުރަތަމަ މެޗަށް ވާނީ ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލް މެޗެވެ.

އެ މެޗުގެ ކުރިން ވާހަކަ ދައްކަމުން އަންޗެލޮޓީ ބުނީ އެމްބާޕޭ ހުރީ އެންމެ ފުރިހަމަ އަށް ތައްޔާރަށް ކަމަށެވެ. އެގޮތުން އެމްބާޕޭ އަންނަނީ އޭނާގެ ސަތޭކަ އިންސައްތަ މަސައްކަތް ދައްކަމުން ކަމަށް ވެސް އަންޗެލޮޓީ ބުންޏެވެ. ވަކިން ޚާއްސަކޮށް ފުޓުބޯޅަ އަށް އޮތް ލޯތްބާއި، ރެއާލާ އެކު ކުރިއަށް ދާން ބޭނުންވާ މިންވަރު އެމްބާޕޭ ދައްކަަމުން އަންނަ ކަމަށް ވެސް އަންޗެލޮޓީ ބުންޏެވެ.

އެމްބާޕޭ އާއެކު ރެއާލްގެ ސްކޮޑު އިތުރަށް ވަރުގަދަވެފައިވާއިރު، ރެއާލްގައި ރަނގަޅު އެތައް ކުޅުންތެރިންނެއް އެބަ ތިއްބެވެ. އެކަމަށް އިޝާރާތް ކުރަމުން އަންޗެލޮޓީ ބުނީ، އެހާ ގިނަ ރަނގަޅު ކުޅުންތެރިން ތިބުމަކީ އޭނާގެ ޗުއްޓީ ވެސް ޚަރާބުކޮށްލި ކަމެއް ކަމަށެވެ. އެގޮތުން، ހުރިހާ ވަގުތެއްގައި ކުޅުވާނީ ކޮން ކުޅުންތެރިނެއް ލައްވައިތޯ ވިސްނުމުގައި ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހުނު ކަމަށް ވެސް އަންޗެލޮޓީ ވަނީ ބުނެފަ އެވެ.

ރެއާލުން އެމްބާޕޭގެ ސޮއި ހޯދީ އޭނާ ހޯދަން ދެ ފަހަރެއްގެ މަތިން މަސައްކަތް ކުރުމަށްފަހު އެވެ. އެންމެ ފުރަތަމަ އެމްބާޕޭ ހޯދުމަށް ރެއާލުން މަސައްކަތް ކުރި ފަހަރު، ފަހު ވަގުތު އެމްބާޕޭ ނިންމީ ޕީއެސްޖީގައި މަޑު ކުރުމަށެވެ. ނަމަވެސް އޭގެ ފަހުން ދެ ވަނަ ފަހަރަަށް އޭނާ ހޯދުމަށް ކުރި މަސައްކަތުގައި ރެއާލުން ވަނީ ޑީލް ކާމިޔާބު ކޮށްފަ އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

21 އެޕްރީލު 2017

ހޭންޑްބޯލް ޖޫނިއާ ރެފްރީ ކޯސް ބެޗް 1 ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮއްފި

21 އެޕްރީލު 2017
ހޭންޑްބޯލް ޖޫނިއާ ރެފްރީ ކޯސް ބެޗް 1 ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮއްފި
18 އެޕްރީލު 2017

އަންޗެލޮޓީގެ ވިސްނުން ރޮނާލްޑޯ ހުއްޓުވުމަށް

18 އެޕްރީލު 2017
އަންޗެލޮޓީގެ ވިސްނުން ރޮނާލްޑޯ ހުއްޓުވުމަށް
12 އެޕްރީލު 2017

މިރޭގެ މެޗުގައި ލެވޮންޑޮސްކީއަށް ނުކުޅެވިދާނެ: އަންޗެލޮޓީ

12 އެޕްރީލު 2017
މިރޭގެ މެޗުގައި ލެވޮންޑޮސްކީއަށް ނުކުޅެވިދާނެ: އަންޗެލޮޓީ
07 އެޕްރީލު 2017

ތިން ޕޮއިންޓް ލިބުމުން ހުރިހާ ކަމެއް ފުރިހަމަވެއްޖެ: ނިޒާމްބެ

07 އެޕްރީލު 2017
ތިން ޕޮއިންޓް ލިބުމުން ހުރިހާ ކަމެއް ފުރިހަމަވެއްޖެ: ނިޒާމްބެ
04 އެޕްރީލު 2017

މުޅި ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި، އަމާޒަކީ ތިން ޕޮއިންޓު ހޯދުން:ޗެތުރީ

04 އެޕްރީލު 2017
މުޅި ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި، އަމާޒަކީ ތިން ޕޮއިންޓު ހޯދުން:ޗެތުރީ
21 މާރިޗު 2017

ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް

21 މާރިޗު 2017
ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް
21 މާރިޗު 2017

ހުރިހާވެސް ވިސްނުމެއް ހުރީ ރަން މެޑަލް ހޯދުމަށް: ބަޓިސް

21 މާރިޗު 2017
ހުރިހާވެސް ވިސްނުމެއް ހުރީ ރަން މެޑަލް ހޯދުމަށް: ބަޓިސް
19 މާރިޗު 2017

ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން

19 މާރިޗު 2017
ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން
11 މާރިޗު 2017

ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު

11 މާރިޗު 2017
ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު
14 ފެބުރުއަރީ 2017

ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް

14 ފެބުރުއަރީ 2017
ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް