Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފުޓްބޯޅަ

ޖަނާހްގެ ފަރާތުން ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަނަކަށް ޒުހޫރު

ޒުހޫރާއެކު ނޯމަލައިޒޭޝަން ކޮމިޓީ މިހަފުތާގައި ފީފާއިން އިއުލާނުކުރާނެ ކަމަށް ވަނީ ބެލެވިފަ އެވެ. މި ކޮމިޓީގައި ތިބޭނެ ކަމަށް ބެލެވެނީ ފަސް މެމްބަރުންނެވެ.

ރާއްޖެ އެމްވީ | 13 އޯގަސްޓު 2024 | އަންގާރަ 07:52
އެޗްޑީސީގެ ޗެއަރމަން ކަމުންނާއި ބޯޑުން ޒުހޫރު ވަކިކޮށްފި

އެޗްޑީސީގެ ޗެއަރމަން ކަމުންނާއި ބޯޑުން ޒުހޫރު ވަކިކޮށްފި

ފީފާ އިން ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން ހިންގަން އައްޔަންކުރާ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަންކަން ދޭނީ ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު ޒުހޫރަށް ކަމުގައި ވަރަށް ބޮޑަށް ބެލެވެން ފަށައިފި އެވެ.

ކުރީގެ ރައީސް އަބަދުﷲ ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓަރު ކަމުގެ އިތުރަށް ހެތްލް މިނިސްޓަރުކަމާއި ކުޅިވަރާ ބެހޭ ވަޒީރުކަން ވެސް ކުރެއްވި ޒުހޫރަށް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަންކަން ފަހިކޮށްދޭ ބޭފުޅަކީ ޖަނާހެވެ. މިހާރު ބެލެވިފައިިވަނީ ނޯމަލައިޒޭޝަން ކޮމިޓީގެ އެއްވެސް މަގާމަކަށް ޖަނާހް ވަަޑައިނުގަންނާނެ ކަމަށެވެ. ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ގާތް ގުޅުމެއް ބާއްވާ ޖަނާހަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ އިސް އެޑްވައިޒަރު ވެސްމެ އެވެ. ޒުހޫރު އެންމެ ފަހުން ހުންނެވީ މި ސަރުކާރުގެ އެޗްޑީސީގެ ޗެއާމަނަކެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ މަގާމުގައި ފަސް މަސް ހޭދަކުރުމަށްފަހު މިދުޔަ ޖޫން މަހު އެވެ.

ޒުހޫރާއެކު ނޯމަލައިޒޭޝަން ކޮމިޓީ މިހަފުތާގައި ފީފާއިން އިއުލާނުކުރާނެ ކަމަށް ވަނީ ބެލެވިފަ އެވެ. މި ކޮމިޓީގައި ތިބޭނެ ކަމަށް ބެލެވެނީ ފަސް މެމްބަރުންނެވެ. މީގެ ތެރޭގައި ހިމެނެނީ ޒުހޫރާއި ދެ ގާނޫނީ ވަކީލުންނާއި ތަޖުރިބާކާރު ގޯލްކީޕަރު އިސްމާއީލް ޒަރިޔަންދާއި އެފްއޭއެމުގެ ކޮންސަލްޓަންޓް މުހައްމަދު އާދަމެވެ. ގާނޫނީ ވަކީލުންގެ ތެރެއިން އެއް ބޭފުޅަކީ މަޝްހޫރު ވަކީލު އަހުމަދު މުއިއްޒެވެ.

ނޯމަލައިޒޭޝަން ކޮމިޓީ އަށް ފީފާއިން ވަނީ ވަރަށް ގިނަ ބާރުތަކެއް މަތިކޮށްފަ އެވެ. މީގެ ތެރޭގައި އެފްއޭއެމުގެ ވެރިން ހިޔާނާތްވެފައިވާ ފައިސާ ރާއްޖޭގެ ގާނޫނޫ އޮނިގަނޑުގެ ތެރެއިން އަނބުރާ ހޯދުމާއި ފީފާގެ އޮޑިޓް އަދި ކޮމްޕްލަޔަންސް ކޮމިޓީގެ ފާހަގަކޮށް އަންގާފައިވާ ކަންކަން ތަންފީޒުކުރުމާއި އެފްއޭއެމުގެ އަސާސީ ގަވާއިދު އިސްލާހުކޮށް އިންތިހާބު ބޭއްވުން ހިމެނެ އެވެ.

ފީފާއިން ނޯމަލައިޒޭޝަން އައްޔަންކުރަނީ ގިނަވަގެން އެއް އަހަރު ދުވަހަށެވެ. މި ކޮމިޓީގެ މެމްބަރުންގެ މުސާރައަކަކީ 4000 ޑޮލަރާއި 6000 ޑޮލަރާ ދެމެދެވެ. އެފްއޭއެމް ނޯމަލައިޒް ކުރަން ނިންމީ އެ އިދާރާގެ އިންތިހާބު ދެ ފަހަރު މަތިން ނުބޭއްވި ގޮސް ގާނޫނީ އަދި އެޑްމިނިސްޓްރޭޓިވް ހުސްކަމަކަށް އައުމާއި މާލީ އޮތުން އެފްއޭއެމަށް ކޮރަޕްޝަނުގެ ތުހުމަތު ކުރެވި، ފީފާއިން ދީފައިވާ 1 މިލިއަން ޑޮލަރުގެ ލޯނު ފައިސާގެ މައްސަލާގައި ރައީސް ބައްސާމް އަދީލް ޖަލީލް ސަސްޕެންޑްކުރުމާއެކުގަ އެވެ.

އިތުރަށް ކިޔާލަން

22 އެޕްރީލު 2018

އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާ ކާމިޔާބުކަމާއެކު ނިންމާލައިފި

22 އެޕްރީލު 2018
އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާ ކާމިޔާބުކަމާއެކު ނިންމާލައިފި
20 އެޕްރީލު 2018

އޮލިމްޕިކް ކޮމިޓީގެ އަހަރީ ބައްދަލުވުން ފެށުމަށް ތައްޔާރުވެއްޖެ

20 އެޕްރީލު 2018
އޮލިމްޕިކް ކޮމިޓީގެ އަހަރީ ބައްދަލުވުން ފެށުމަށް ތައްޔާރުވެއްޖެ
03 އެޕްރީލު 2018

އޮލިމްޕިކް ކޮމިޓީގެ އަހަރީ ބައްދަލުވުން މިއަހަރު ބ. ގޮއިދޫގައި

03 އެޕްރީލު 2018
އޮލިމްޕިކް ކޮމިޓީގެ އަހަރީ ބައްދަލުވުން މިއަހަރު ބ. ގޮއިދޫގައި
28 ޑިސެމްބަރު 2017

ވޯލްޑް ކަޕް އޯގަނައިޒިން ކޮމިޓީގެ ޗެއާމަން އިސްތިއުފާ ދެއްވައިިފި

28 ޑިސެމްބަރު 2017
ވޯލްޑް ކަޕް އޯގަނައިޒިން ކޮމިޓީގެ ޗެއާމަން އިސްތިއުފާ ދެއްވައިިފި
05 އޮކްޓޯބަރު 2017

ބްރެޒިލްގެ އޮލިމްޕިކް ކޮމިޓީގެ ޗެއާމަން ހައްޔަރުކޮށްފި

05 އޮކްޓޯބަރު 2017
ބްރެޒިލްގެ އޮލިމްޕިކް ކޮމިޓީގެ ޗެއާމަން ހައްޔަރުކޮށްފި
26 ސެޕްޓެމްބަރު 2017

ރޮނާލްޑޯގެ ފަރާތުން ގޯލު ފެންނާނެ: ކަވަހާލް

26 ސެޕްޓެމްބަރު 2017
ރޮނާލްޑޯގެ ފަރާތުން ގޯލު ފެންނާނެ: ކަވަހާލް
23 އެޕްރީލު 2017

އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގައި އެފްއޭއެމްގެ އެންޑޯސްމަންޓް ޝަވީދަށް

23 އެޕްރީލު 2017
އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގައި އެފްއޭއެމްގެ އެންޑޯސްމަންޓް ޝަވީދަށް
17 އެޕްރީލު 2017

އޮލިމްޕިކް ކޮމިޓީގެ އިންތިހާބު އަންނަމަހު

17 އެޕްރީލު 2017
އޮލިމްޕިކް ކޮމިޓީގެ އިންތިހާބު އަންނަމަހު
22 ޖެނުއަރީ 2017

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް
07 ޖެނުއަރީ 2017

ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި

07 ޖެނުއަރީ 2017
ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު