Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާ ކާމިޔާބުކަމާއެކު ނިންމާލައިފި

މިއަހަރުގެ ޖަލްސާ ބާއްވާފައިވަނީ ބ.ގޮއިދޫގައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 22 އެޕްރީލު 2018 | އާދީއްތަ 13:49
އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާގެ ހުރިހާ ބައިވެރިން ފޮޓޯއަކަށް ހުއްޓިލައިގެން

އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާގެ ހުރިހާ ބައިވެރިން ފޮޓޯއަކަށް ހުއްޓިލައިގެން

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާ ބ. ގޮއިދޫގައި ކާމިޔާބުކަމާއެކު ބާއްވައިފިއެވެ.

މި ޖަލްސާ ވެގެންގޮސްފައިވަނީ މާލެއިން ބޭރުގައި އޮލިމްޕިކް ކޮމިޓީގެ އަހަރީ ޖަލްސާއެއް ބޭއްވިގެންދިޔަ ފުރަތަމަ ފަހަރަށެވެ. އޮލިމްޕިކް ކޮމިޓީއިން ގޮއިދޫގައި މި ޖަލްސާ ބާއްވަން ނިންމީ އެ ކޮމިޓީގެ މަސައްކަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުންނެވެ.

މި ޖަލްސާގައި އެ ކޮމިޓީގެ އެކްސްކޯ މެމްބަރުންނާއި ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގެ ކުޅިވަރަށް ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ ކުރީގެ ކުޅިވަރާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޒާހިރު ހުސައިންއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގެ މާހައުލާއި ގުޅޭ ކުޅިވަރުތައް ކަމަށްވާ ވަކިން ހާއްސަކޮށް ފެތުން ފަދަ ކުޅިވަރުތަކުގައި ގަވާއިދުން ދަރިވަރުންނަށް ބައިވެރިވެވޭނެ ގޮތް ހެއްދެވުމަކީ މުހިންމު ކަމެއްކަން ފާހަގަ ކުރައްވާފައެވެ. ހަމައެހެންމެ މި ޖަލްސާގައި ވަނީ ރާއްޖޭގެ ކުޅިވަރުގެ ލެޖެންޑް ސައްޔިދު ހަސަންގެ ހަނދާނުގައި ހާއްސަ ސުކޫތެއް ގެނެސް ހާއްސަ ވީޑިއޯ ރިޕޯޓެއް ވެސް ގެނެސްފައެވެ.

ހަމައެހެންމެ މި ޖަލްސާގައި މިދިޔަ އަހަރު ރާއްޖެ ބައިވެރިވި ބައިނަލްއަގްވާމީ މުބާރާތްތަކުގައި ޗެފް ޑި މިޝަނަރުންގެ ގޮތުގައި ހަރަކާތްތެރިވި ފަރާތްތަކަށް ވަނީ ހަނދާނީ ލިޔުން އަރުވާފައެވެ. މީގެއިތުރުން 2020 ވަނަ އަހަރު ޖަޕާންގެ ޓޯކިޔޯގައި އޮންނަ އޮލިމްޕިކް ގޭމްސްއަށް ރާއްޖޭގެ ތިން އެތުލީޓުން ތަމްރީނުކުރުމަށް ނިންމައި އެ އެތުލީޓުންނަށް ވަނީ ސްކޮލާޝިޕްގެ ލިޔުން ހަވާލުކޮށްފައެވެ. އެ އެތުލީޓުންނަކީ އުއްމީދީ ދުވުންތެރިޔާ މުހައްމަދު ނާއިލް އަދި ފެތުންތެރިން ކަމަށްވާ މުބާލް އައްޒާމް އަދި އައިޝަތު ސާޖިނާއެވެ.

މި ޖަލްސާގައި ވަނީ އެ ކޮމިޓީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު އިއްވައި އެ ރިޕޯޓު ފާސްކޮށްފައެވެ. މި ފެށޭ އަހަރަށް ލަފާކުރެވޭ ބަޖެޓް ވެސް މެމްބަރު ކޮމިޓީތަކާއި ހިއްސާކޮށް ވަނީ ފާސްކޮށްފައެވެ. މިފަހަރުގެ ބަޖެޓްގެ ގޮތުގައި އެ ކޮމިޓީއިން ފާސްކޮށްފައިވަނީ 48.8 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ކޮމިޓީގެ ހަރަދުތަކުގެ ގޮތުގައި 46.1 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު 2.7 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓް ހުށަހެޅުމާ ހަމަޔަށް ހުންނާނެ ކަމަށް ލަފާކޮށްފައިވެއެވެ. މިއަހަރުގެ ބަޖެޓްގެ ބޮޑު ބައެއް ހޭދަކުރާނީ މިއަހަރު އިންޑޮނޭޝިއާގެ ޖަކާޓާގައި އޮންނަ އޭޝިއަން ގޭމްސްއަށް ކަމަށް އެ ކޮމިޓީއިން ވަނީ ބުނެފައެވެ.

ހަމައެހެންމެ މި ޖަލްސާގައި އޮލިމްޕިކް ކޮމިޓީގެ މެމްބަރު ހުރިހާ އެސޯސިއޭޝަންތަކުން ވަނީ ގޮއިދޫގެ ސްކޫލަށް ކުޅިވަރު ކުޅޭނެ ސާމަނު ހަދިޔާކޮށްފައެވެ. މި ސާމަނުތަކާއި ގޮއިދޫ ސްކޫލްގެ ފަރާތުން ހަވާލުވީ އެ ސްކޫލްގެ ދަރިވަރުންނެވެ.

މި ޖަލްސާއަށް ފަހު ޖަލްސާގެ ބައިވެރިންނާއި ގޮއިދޫ ރައްޔިތުން އެއްކޮށް ވަނީ ކުޅިވަރުގެ އެކި ހަރަކާތްތައް ކުރިޔަށް ގެންގޮސްފައެވެ. މި ހަރަކާތްތަކުގައި އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2017

ގައުމު ތަމްސީލު ނުކުރާ ގޮތަށް ރަޝިއާގެ އެތްލީޓުންނަށް ވާދަކުރެވޭނެ: ރަޝިއާގެ އޮލިމްޕިކް ކޮމިޓީ

13 ޑިސެމްބަރު 2017
ގައުމު ތަމްސީލު ނުކުރާ ގޮތަށް ރަޝިއާގެ އެތްލީޓުންނަށް ވާދަކުރެވޭނެ: ރަޝިއާގެ އޮލިމްޕިކް ކޮމިޓީ
07 ޑިސެމްބަރު 2017

ފިނި މޫސުމުގެ އޮލިމްޕިކްސްއިން ރަޝިއާ ސަސްޕެންޑްކުރީ ސިޔާސީ މަންފާއެއް ހޯދުމަށް: ޕޫޓިން

07 ޑިސެމްބަރު 2017
ފިނި މޫސުމުގެ އޮލިމްޕިކްސްއިން ރަޝިއާ ސަސްޕެންޑްކުރީ ސިޔާސީ މަންފާއެއް ހޯދުމަށް: ޕޫޓިން
06 ޑިސެމްބަރު 2017

ފިނި މޫސުމުގެ އޮލިމްޕިކްސްގައި ރަޝިޔާ ބައިވެރިވުން މަނާކޮށްފި!

06 ޑިސެމްބަރު 2017
ފިނި މޫސުމުގެ އޮލިމްޕިކްސްގައި ރަޝިޔާ ބައިވެރިވުން މަނާކޮށްފި!
06 ނޮވެމްބަރު 2017

ބައިކް މޯލްޑިވްސްގެ އަހަރީ ފެމިލީ ޑިނާރ ނައިޓް ބާއްވައިފި

06 ނޮވެމްބަރު 2017
ބައިކް މޯލްޑިވްސްގެ އަހަރީ ފެމިލީ ޑިނާރ ނައިޓް ބާއްވައިފި
05 އޮކްޓޯބަރު 2017

ބްރެޒިލްގެ އޮލިމްޕިކް ކޮމިޓީގެ ޗެއާމަން ހައްޔަރުކޮށްފި

05 އޮކްޓޯބަރު 2017
ބްރެޒިލްގެ އޮލިމްޕިކް ކޮމިޓީގެ ޗެއާމަން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު