Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޮލިމްޕިކް ކޮމިޓީ

އޮލިމްޕިކް ކޮމިޓީގެ އިންތިހާބު އަންނަމަހު

ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 23 އާ ހަމައަށް

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 17 އެޕްރީލު 2017 | ހޯމަ 14:33
އޮލިމްޕިކް ކޮމިޓީ އަހަރީ ކޮންގްރެސްގެ ތެރެއިން

އޮލިމްޕިކް ކޮމިޓީ އަހަރީ ކޮންގްރެސްގެ ތެރެއިން

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އިންތިހާބު އަންނަ މޭ މަހުގެ 5 ވަނަ ދުވަހު ބާއްވަން ނިންމައި އެކަން ގެޒެޓްކޮށްފި އެވެ.

އަންނަ މަހުގެ ފަސްވަނަ ދުވަހު އޮލިމްޕިކް ކޮމިޓީގެ އިންތިޚާބު ބާއްވާން ނިންމާފައިވާއިރު، އެ އިންތިޚާބުގައި ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާން ކުރައްވާފައިވަނީ ދެ ފަރާތަކުންނެވެ.

ރާއްޖޭގެ ކުޅިވަރުގެ އެންމެ ޝަރަފްވެރި އިދާރާގެ އިންތިޚާބުގައި ވާދަ ކުރައްވާނެކަން މިހާތަނަށް އިއުލާން ކުރައްވާފައިވާ ދެ ބޭފުޅުންނަކީ މިހާރުވެސް އެކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު އާއި މިދިޔަ ދެ ދައުރުގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރްޒޫގު (މަރޭ)އެވެ.

އޮލިމްޕިކް ކޮމިޓީއަށް އިންތިޚާބުކުރާ މަގާމްތަކަކީ ރައީސް، ނައިބް ރައީސް، ސެކްރެޓަރީ ޖެނެރަލް، ހަޒާންދާރު، އޮލިމްޕިކް ޓީމް ސްޕޯޓްސް އަށް ދެ މަގާމެވެ.

މީގެ އިތުރުން އޮލިމްޕިކް އިންޑިވިޖުއަލް ސްޕޯޓްސް އަށް ތިން މަގާމް، ނޮން އޮލިމްޕިކް ސްޕޯޓްސް އަށް ދެ މަގާމް އަދި ދެ އަންހެން މެމްބަރުން އިންތިޚާބުކުރާ މަޤާމްތަކުގައި ތިއްބަވައެވެ.

އަންނަ މަހުގެ 5 ވަނަ ދުވަހަށް އޮލިމްޕިކް ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް ނިންމާފައިވާއިރު މަޤާމުތަކަށް ކުރިމަތިލުމުގެ އެންމެފަހުގެ ތާރީޚަކީ މި މަހުގެ 23 އެވެ.

އޮލިމްޕިކް ކޮމިޓީގެ މަޤާމަކަށް ކުރިމަތިލައްވަން ބޭނުންވާ ފަރާތްތަކުން ނަން ހުށަހަޅަން ޖެހޭނީ ކޮމިޓީގެ މެމްބަރު އެސޯސިއޭޝަނެއް މެދުވެރިކޮށެވެ.

ތިންވަނަ ދައުރަކަށް އޮލިމްޕިކް ކޮމިޓީއަށް ކުރިމަތި ލެއްވި މަރުޒޫގު ވިދާޅުވީ އަންނަ މަހު ބާއްވާ އިންތިހާބުގައި އިތުރު ދައުރަކަށް ކުރިމަތިލާން ނިންމީ، ބައެއް ފަރާތްތަކުގެ މަޝްވަރާގެ މަތިން ކަމަށެވެ.

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2017

ފިނި މޫސުމުގެ އޮލިމްޕިކްސްގައި ރަޝިޔާ ބައިވެރިވުން މަނާކޮށްފި!

06 ޑިސެމްބަރު 2017
ފިނި މޫސުމުގެ އޮލިމްޕިކްސްގައި ރަޝިޔާ ބައިވެރިވުން މަނާކޮށްފި!
05 އޮކްޓޯބަރު 2017

ބްރެޒިލްގެ އޮލިމްޕިކް ކޮމިޓީގެ ޗެއާމަން ހައްޔަރުކޮށްފި

05 އޮކްޓޯބަރު 2017
ބްރެޒިލްގެ އޮލިމްޕިކް ކޮމިޓީގެ ޗެއާމަން ހައްޔަރުކޮށްފި
14 ސެޕްޓެމްބަރު 2017

2024 އަދި 2028 ގެ އޮލިމްޕިކް ގޭމްސް ބާއްވާ ސިޓީތަށް ކަނޑައަޅައިފި

14 ސެޕްޓެމްބަރު 2017
2024 އަދި 2028 ގެ އޮލިމްޕިކް ގޭމްސް ބާއްވާ ސިޓީތަށް ކަނޑައަޅައިފި
20 މެއި 2017

ބީޑަބްލިއުއެފްގެ ކައުންސިލަށް މޫސަ އިންތިހާބުކޮށްފި

20 މެއި 2017
ބީޑަބްލިއުއެފްގެ ކައުންސިލަށް މޫސަ އިންތިހާބުކޮށްފި
24 އެޕްރީލު 2017

އެމްއޯސީގެ އިންތިހާބުގައި ވޯޓް ނަގަން ޖެހެނީ އެންމެ މަގާމަކަށް

24 އެޕްރީލު 2017
އެމްއޯސީގެ އިންތިހާބުގައި ވޯޓް ނަގަން ޖެހެނީ އެންމެ މަގާމަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު