Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

އޮލިމްޕިކް ކޮމިޓީގެ އަހަރީ ބައްދަލުވުން ފެށުމަށް ތައްޔާރުވެއްޖެ

20 އެޕްރީލު 2018 | ހުކުރު 14:28

އަހަރީ ބައްދަލުވުން އެހެން އަހަރުތަކާއި ހިލާފަށް ބާއްވާނީ ބ.ގޮއިދޫގައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 20 އެޕްރީލު 2018 | ހުކުރު 14:28
އޮލިމްޕިކް ކޮމިޓީގެ އަހަރީ ބައްދަލުވުމަށް ގޮއިދޫއަށް ދިޔަ ބައެއް ބައިވެރިން

އޮލިމްޕިކް ކޮމިޓީގެ އަހަރީ ބައްދަލުވުމަށް ގޮއިދޫއަށް ދިޔަ ބައެއް ބައިވެރިން

ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ އަހަރީ ބައްދަލުވުން ފެށުމަށް ތައްޔާރުވެއްޖެއެވެ.

އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރުގެ އޮލިމްޕިކް ކޮމިޓީގެ އަހަރީ ބައްދަލުވުން ބާއްވާނީ ބ.ގޮއިދޫގައެވެ. މި ބައްދަލުވުމުގައި ބައިވެރިވުމަށް މިއަދު ބައެއް ފަރާތްތަކުން ގޮއިދޫއަށް ގޮސްފައިވާއިރު އެ ފަރާތްތަކަށް އެ ރަށުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރުޒޫގު ވިދާޅުވީ އަހަރީ ބައްދަލުވުމަށް ގޮއިދޫއަށް ދިޔަ ފަރާތްތަކަށް އެ ރަށުން ހޫނު މަރުހަބާއެއް ކިޔާފައިވާ ކަމަށާއި މަރުހަބާ ކިޔުމުގައި ރަށުގެ ހުރިހާ ރައްޔިތުން ކަހަލަ ގޮތަކަށް ބައިވެރި ކަމަށެވެ. މަރުޒޫގު ވިދާޅުވީ މި ދުވަސްކޮޅަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރެއް ނަމަވެސް އުއްމީދަކީ މާދަމާގެ ބައްދަލުވުން ކާމިޔާބު ގޮތެއްގައި ނިންމާލުން ކަމަށެވެ. އަދި އެކަމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށް މަރުޒޫގު ވިދާޅުވިއެވެ.

ގޮއިދޫގައި މި ބައްދަލުވުން ބޭއްވުމަށް ނިންމި ނިންމުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މަރުޒޫގު ވިދާޅުވީ މީގެކުރިން އެސޯސިއޭޝަންތަކުގެ އަހަރީ ބައްދަލުވުން ބާއްވާފައި ވަނި ވަރަށް ކުޑަ ގޮތެއްގައި ކަމަށެވެ. ރާއްޖޭގެ ކުޅިވަރުގެ ހުރިހާ ސިޔާސަތެއް ކަނޑައަޅާ ފަރާތްތަކާއެކު އެއް ފުރާޅެއްގެ ދަށަށް ޖަމާވެވޭ ހަމައެކަނި ވަގުތަކީ އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ބައްދަލުވުން ކަމަށްވުމާއެކު، މިއަހަރު ރާއްޖޭގެ ކަންކޮޅުތަކަށް އޮލިމްޕިކް ކޮމިޓީ ގެންދިޔުމުގެ ގޮތުން ހުރިހާ ކަމަކަށް ބެލުމަށް ފަހު އެ ރަށުގެ ރައްޔިތުން އެކަން ކުރިޔަށް ގެންދިޔުމަށް ތިބުމާއެކު އެގޮތަށް ނިންމީ ކަމަށް މަރުޒޫގު ބުނެފައިވެއެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ކުޅިވަރު މައިދާނުގައި ހަރަކާތްތެރިވާ މުހިއްމު ގިނަ ފަރާތްތަކެއް ބައިވެރިވާނެއެވެ.

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2017

ގައުމު ތަމްސީލު ނުކުރާ ގޮތަށް ރަޝިއާގެ އެތްލީޓުންނަށް ވާދަކުރެވޭނެ: ރަޝިއާގެ އޮލިމްޕިކް ކޮމިޓީ

13 ޑިސެމްބަރު 2017
ގައުމު ތަމްސީލު ނުކުރާ ގޮތަށް ރަޝިއާގެ އެތްލީޓުންނަށް ވާދަކުރެވޭނެ: ރަޝިއާގެ އޮލިމްޕިކް ކޮމިޓީ
07 ޑިސެމްބަރު 2017

ފިނި މޫސުމުގެ އޮލިމްޕިކްސްއިން ރަޝިއާ ސަސްޕެންޑްކުރީ ސިޔާސީ މަންފާއެއް ހޯދުމަށް: ޕޫޓިން

07 ޑިސެމްބަރު 2017
ފިނި މޫސުމުގެ އޮލިމްޕިކްސްއިން ރަޝިއާ ސަސްޕެންޑްކުރީ ސިޔާސީ މަންފާއެއް ހޯދުމަށް: ޕޫޓިން
06 ޑިސެމްބަރު 2017

ފިނި މޫސުމުގެ އޮލިމްޕިކްސްގައި ރަޝިޔާ ބައިވެރިވުން މަނާކޮށްފި!

06 ޑިސެމްބަރު 2017
ފިނި މޫސުމުގެ އޮލިމްޕިކްސްގައި ރަޝިޔާ ބައިވެރިވުން މަނާކޮށްފި!
06 ނޮވެމްބަރު 2017

ބައިކް މޯލްޑިވްސްގެ އަހަރީ ފެމިލީ ޑިނާރ ނައިޓް ބާއްވައިފި

06 ނޮވެމްބަރު 2017
ބައިކް މޯލްޑިވްސްގެ އަހަރީ ފެމިލީ ޑިނާރ ނައިޓް ބާއްވައިފި
05 އޮކްޓޯބަރު 2017

ބްރެޒިލްގެ އޮލިމްޕިކް ކޮމިޓީގެ ޗެއާމަން ހައްޔަރުކޮށްފި

05 އޮކްޓޯބަރު 2017
ބްރެޒިލްގެ އޮލިމްޕިކް ކޮމިޓީގެ ޗެއާމަން ހައްޔަރުކޮށްފި
22 ސެޕްޓެމްބަރު 2017

ލޭވާ ކަޕް ފެށުމަށް ތައްޔާރުވެއްޖެ

22 ސެޕްޓެމްބަރު 2017
ލޭވާ ކަޕް ފެށުމަށް ތައްޔާރުވެއްޖެ
14 ސެޕްޓެމްބަރު 2017

2024 އަދި 2028 ގެ އޮލިމްޕިކް ގޭމްސް ބާއްވާ ސިޓީތަށް ކަނޑައަޅައިފި

14 ސެޕްޓެމްބަރު 2017
2024 އަދި 2028 ގެ އޮލިމްޕިކް ގޭމްސް ބާއްވާ ސިޓީތަށް ކަނޑައަޅައިފި
23 އެޕްރީލު 2017

އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގައި އެފްއޭއެމްގެ އެންޑޯސްމަންޓް ޝަވީދަށް

23 އެޕްރީލު 2017
އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގައި އެފްއޭއެމްގެ އެންޑޯސްމަންޓް ޝަވީދަށް
17 އެޕްރީލު 2017

އޮލިމްޕިކް ކޮމިޓީގެ އިންތިހާބު އަންނަމަހު

17 އެޕްރީލު 2017
އޮލިމްޕިކް ކޮމިޓީގެ އިންތިހާބު އަންނަމަހު
26 ޖެނުއަރީ 2017

އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ

26 ޖެނުއަރީ 2017
އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް